📍 ހދ. ކުޅުދުއްފުށި
ކުނިކޮށި ސާފު ކުރުމަށް، ވެމްކޯއިންކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުން: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ކުޅުދުއްފުށީ ސިޓީގެ ކުނިކޮށި ސާފު ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުރަމުން އަންނަ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން ބުނީ ކުނިކޮށި ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކުނިކޮށްޓަށް ގެންދާ ކުނި ޒިންމާދާރު ކަމާއެކު އުކާލުން މުހިންމު ކަމަށެވެ. އެހެންކަމުން ކުނި ގެންދާއިރު ކައުންސިލުން ބުނެފައިވާ ގޮތްތަކަށް އަމަލު ކުރަން އެ ކައުންސިލުން ވަނީ އެދިފައެވެ. ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި ކުނިވާޒާތުގެ ކުނި...