📍 ހދ. ކުޅުދުއްފުށި
ރައީސްގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒުނާ އަހުމަދު ހދ އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ކުޅުދުއްފުށި ސިޓީ އަށް ވަޑައިގަންނަވައިފި އެވެ. ކުޅުދުއްފުށިން ރައީސްއަށް މަރުހަބާ ދެންނެވީ މޭޔަރ މުޙައްމަދު ޢާޠިފް އަދި ސިޓީ ކައުންސިލްގެ މެންބަރުންނާއި މުވައްސަސާތަކުގެ އިސްވެރިންނެވެ. މިދަތުރު ފުޅުގައި އެސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައި، މުއައްސަސާތަކުގެ އިސްވެރިންނާއި އެ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަ...