މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގެ އަދަދު މައްޗަށް، އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އަދަދު މައްޗަށް، އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށިން އިތުރު 8 މީހަކު ކޯވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ސިޓީން އިތުރު 8 މީހަކު ވަނީ މިއަދު އަލަށް ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި 8 މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. މިއާއިއެކު އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޢަދަދު 34 އަށް އަރާފައިވާ ކަމަށް ކޭއާރުއެޗް އިން ވިދާޅުވެއެވެ. މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ […]

ޝިއުނާ އާދަމް
ކުޅުދުއްފުށީގައި ފެނަކަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ފެނަކަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ

ކުޅުދުއްފުށީ ސިޓީގައި، ފެނަކަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެއެވެ. ފެނަކައިން ވިދާޅުވިގޮތުގައި އެއީ އެ ކުންފުނިން ޑީސަލް އުފުލުމަށް ބޭނުންކުރާ ބައުޒަރެކެވެ. އެ ހާދިސާ ހިނގީ ޑީސަލް ރީފިލް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި، އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުން ނުވާކަމަށް ފެނަކައިން ވިދާޅުވެއެވެ. ނަމަވެސް ބައުޒަރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެއްގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑިއެފް ނޯދަން އޭރިއާއަށް 11:55...

ޔުމްނާ ޢަލީ
ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށި ސިޓީން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލް ތަކަކާއި ފުލޫ އޯޕީޑީގެ އިތުރު ސާމްޕަލުތަކެއްވެސް މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި އެވެ. ކޭއާރްއެޗް އިން ހާމަކުރެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި 4 މީހަކީ 24 ވަނަ ދުވަހުގެ ކޭސް އާއި ޑައިރެކްޓް ކޮންޓެކްޓުންނެވެ. މިއަދު ޕޮޒިޓިވްވި ކޭސް ތަކާއިއެކު އެ ސިޓީން […]

އަޙްމަދު އަރުޝަމް
ރަައްޔިތުންގެ ހިޔާލު ހޯދަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ކްލަބް ހައުސްއަށް 📍 ހދ. ކުޅުދުއްފުށި

ރަައްޔިތުންގެ ހިޔާލު ހޯދަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ކްލަބް ހައުސްއަށް

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕުލޭން އެ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުލަބް ހައުސް މެދުވެރިކޮށް ބައްދަލުވުން ތަކެއް ބޭއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިއީ ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕުލޭން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ބައްދަލުވުން ތަކެކެވެ. މި ބައްދަލުވުން ތަކުގައި އެސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުން ކުޅުދުއްފުށީ ސިޓީ...

ޔުމްނާ ޢަލީ
ކުޅުދުއްފުށިން އިތުރު 7 މީހަކު ޕޮޒިޓިވްވެ، އަދަދު 20 އަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު 7 މީހަކު ޕޮޒިޓިވްވެ، އަދަދު 20 އަށް

ކުޅުދުއްފުށި ސިޓީން އިތުރު 7 މީހަކު ކޮވިޑް-19 ޕޮޒިޓިވްވެ ޖުމްލަ އަދަދު 20 އަށް އަރައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މަޢުލޫމާތުދެއްވި ގޮތުގައި މިއަދު ޕޮޒިޓިވް ވެފައި ވަނީ ފުލޫ އޯޕީޑީ އަށް ދެއްކި 2 މީހެއްގެ އިތުރުން މިހާތަނަށް ޕޮޒިޓިވް ވީ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވެފައިވާ 5 މީހެކެވެ. ކޭސްތަކުގެ އަދަދު މަތި ވަމުން ދާއިރު، އެންމެ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކުރާކަމަށާއި ހާއްސަ ގޮތެއްގައި […]

އަޙްމަދު އަރުޝަމް
ގިނަ ދުވަހު މޮނިޓަރިންގ ގައި އޮންނަން ޖެހިއްޖެނަމަ ނެދޭވޭ އަސަރުތަކެއް ކުރާނެ، ރައްޔިތުންގެ އެއްބާރުލުން ބޭނުން: މޭޔަރ 📍 ހދ. ކުޅުދުއްފުށި

ގިނަ ދުވަހު މޮނިޓަރިންގ ގައި އޮންނަން ޖެހިއްޖެނަމަ ނެދޭވޭ އަސަރުތަކެއް ކުރާނެ، ރައްޔިތުންގެ އެއްބާރުލުން ބޭނުން: މޭޔަރ

ކުޅުދުއްފުށި ސިޓީ ގިނަ ދުވަސްތަކަކަށް މޮނިޓަރިންގ ގައި އޮންނަން ޖެހިއްޖެނަމަ އެރަށުގެ އިޤްތިޞާދަށާއި އާންމު ފަރުދުންގެ ދިރިއުޅުމަށް އެތަށް ނެދޭވޭ އަސަރުތަކެއް ކުރާނެކަމުން މި ހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އެދޭކަމަށް މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ. މޭޔަރ މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީ އިން ގުޅުމެއް ނެތް  ފުލޫ ސާމްޕަލްތަކެއް ޕޮސިޓިވްވެ އެސިޓީ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނިކޮށް މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. “މި ޙައް...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް: ފުލޫ އޯޕީޑީއަށް ދެެއްކި 4 މީހުން ޕޮޒިޓިވްވެ ޖުމްލަ 14 އަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް: ފުލޫ އޯޕީޑީއަށް ދެެއްކި 4 މީހުން ޕޮޒިޓިވްވެ ޖުމްލަ 14 އަށް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ފުލޫ އޯޕީޑީއަށް ދެެއްކި 4 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށީގެ ޖުމްލަ 14 އަށް އަރައިފި އެވެ. ކޭއާރުއެޗްއިން ވިދާޅުވީ މިހާރު އެރަށުގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންކަމުން މާސްކުއަޅައި ގައިދުރުކޮށް އެއްވުންތައް ވީހާވެސް މަދުކުރުމަށް އެދިފައިވެއެވެ. ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އެ ކުއްޖާއާއި ގުޅުން...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ކުނބުރުދޫ ނުވަތަ ކޭލަކުނު ހިމެނުމަށް އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ކުނބުރުދޫ ނުވަތަ ކޭލަކުނު ހިމެނުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނު ހިމެނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެ އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވީ މިގޮތަށް މަޝްވަރާ ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެސިޓީއަށް ދާދިފަހުން ކުރެއްވި ދަތުރުގައި އެކައުންސިލް އާއިއެކު ކުރިއަށްގެންދިޔަ މަޝްވަރާ ތަކުގެ ތެރޭގައި ކަމަށެވެ. މިކަމުގެ މަޢުލޫމާތު “ތިލަދުން” އާއި ހިއްސާ ކުރައްވަމުން މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވީ، ކުޅުދުއްފުއްށި ސިޓީގެ ބި...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ

ކުޅުދުއްފުށީ ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައި ވަނީ 23 ޖުލައި ގައި ފުލޫ އޯޕީޑީއަށް ދެއްކިއިރު ޕޮޒިޓިވްވި ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވީ މީހުންގެ ތެރެއިން ދެ މީހަކާއި، އިއްޔެ ފުލޫ އޯޕީޑީ އަށް ދެއްކި ފަރާތެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވެފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. 23 ޖުލައިގައި ފުލޫ ކުލިނިކަށް […]

ޔުމްނާ ޢަލީ
ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި މޮނީޓަރިންއަށް 📍 ހދ. ކުޅުދުއްފުށި

ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި މޮނީޓަރިންއަށް

ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މަޢުލޫމާތު ދެމުން ބުނެފައިވަނީ ހުމާއި ރޯގާގެ އަސަރު ހުރެގެން އިއްޔެ ފުލޫ ސާމްޕަލް ނެގުނު 13 އަހަރުގެ ކުއްޖެއް ވަނީ ކޮވިޑް 19 އަށް ޕޮޒުޓިވްވެފައިކަމަށެވެ. އެހެންކަމުން މި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިފައިވާކަމަށާއި, ކުޅުދުއްފުށި ސިޓީ މިވަގުތުވަނީ މޮނީޓަރިންގ އަށް ލެވިފައިކަމަށް ކޭއާރުއެޗް އިން ބުނެ އެވެ. ކުޅުދުއްފުށ...

އިބްރާހިމް އަސްވާޤް
ކައިޓްބޯޑިން ކުޅުދުއްފުށީގެ ފަރާތުން ބޭއްވި "ލައިޓް ޝޯ" ވަރަށް ހިތްގައިމު 📍 ހދ. ކުޅުދުއްފުށި

ކައިޓްބޯޑިން ކުޅުދުއްފުށީގެ ފަރާތުން ބޭއްވި "ލައިޓް ޝޯ" ވަރަށް ހިތްގައިމު

ހދ.ކުޅުދުއްފުށި ސިޓީގައި އެ ރަށުގެ ކައިޓްސާފަރުން “ލައިޓް ޝޯ” ގެ ނަމުގައި ކައިޓް ދުއްވުމުގެ ވަރަށް ހިތްގައިމު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ކައިޓްބޯޑިންގެ ކުޅުދުއްފުށީގެ ފަރާތުން 22 ޖުލައި 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 22:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ކައިޓްތަކާއި އަދި ކައިޓް ސާފަރުންގެ ގައިގައި ކުލަބޮކިލައި ދިއްލައިގެން ވަނީ ކައިޓް ދުއްވާފައެވެ. އެކިކުލަކުލައިން ކައިޓްތައް ދިއްލާލައިގެން ކުރިއަށް ގެންދިޔަ ހިތްގައިމު މި ހަރަކާތް ބަލައިލަން އެ ސިޓީގެ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ: ސިޓީ ކައުންސިލް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ: ސިޓީ ކައުންސިލް

1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދާ ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވިދާޅުވެފައިވަނީ އެ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން 1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައި ވަނީ ޒޯން […]

އިބްރާހިމް ޚަލީލް
ރައީސް، ކުޅުދުއްފުށި ސިޓީގެ 3 ސްކޫލުގެ އިސްވެރިންނާއި ބައްދަލު ކުރެއްވައިފި 📍 ހދ. ކުޅުދުއްފުށި

ރައީސް، ކުޅުދުއްފުށި ސިޓީގެ 3 ސްކޫލުގެ އިސްވެރިންނާއި ބައްދަލު ކުރެއްވައިފި

އުތުރުގެ ތިން ރަށްކަމަށްވާ ކުޅުދުއްފުށި ސިޓީއާއި، ކުމުންދޫ އަދި ހަނިމާދޫއަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލުގެ އިސް ވެރިންނާއި ބައްދަލު ކުރައްވައިފިއެވެ. ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައެވެ. އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް ބައ...

އިބްރާހިމް ޚަލީލް
ރައީސް، ކުޅުދުއްފުށި ސީޓީ ކައުންސިލާއި އ.ތ.މ. ކޮމިޓީއާއި ބައްދަލުކުރައްވައިފި 📍 ހދ. ކުޅުދުއްފުށި

ރައީސް، ކުޅުދުއްފުށި ސީޓީ ކައުންސިލާއި އ.ތ.މ. ކޮމިޓީއާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފި އެވެ. ރޭ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކާއެކު އެ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެންމެފަހުން ރަ...

އަޙްމަދު އަރުޝަމް
ރައީސް ޔާމިން މިނިވަންކޮށް، ރައީސް ޞާލިޙު އިސްތިއުފާ ދެއްވުމަށް ގޮވާލާ ކުޅުދުއްފުށީގައި މުޒާހަރާކޮށްފި 📍 ހދ. ކުޅުދުއްފުށި

ރައީސް ޔާމިން މިނިވަންކޮށް، ރައީސް ޞާލިޙު އިސްތިއުފާ ދެއްވުމަށް ގޮވާލާ ކުޅުދުއްފުށީގައި މުޒާހަރާކޮށްފި

ކުރީގެ ރައީސް ޔާމިން އަބްދުލް ޤައްޔޫމް މިނިވަންކޮށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އިސްތިއުފާ ދެއްވުމަށް ގޮވާލާ ކުޅުދުއްފުށި ސިޓީގައި މުޒާހަރާކޮށްފި އެވެ. މި މުޒާހަރާ ކުރިއަށް ގޮސްފައިވަނީ ކުޅުދުއްފުށި ސިޓީ އެއަރޕޯޓް ސަރަހައްދުގައި އެސިޓީގެ ބައެއް ރައްޔިތުން އެއްވެތިބެ އަޑުގަދަކުރާ ބޭނުން ކޮށްގެންނެވެ. މި މިޒާހަރާގައި ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ “އިނއޑިއާ އައުޓް” ލިޔެފައިވާ ބެނާތަކެއްވެސް ވަނީ ބޭނުންކޮށްފަ އެވެ. މި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓްގެ ހުޅަ...

ޔުމްނާ ޢަލީ