މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ މަށިކުޅި ދިރާސާކޮށް ހިމާޔަތްކުރުމަށް އެމްއެންޔޫ އާއި ކައުންސިލާއި ދެމެދު ފަހުމުނާމާ އެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށިކުޅި ދިރާސާކޮށް ހިމާޔަތްކުރުމަށް އެމްއެންޔޫ އާއި ކައުންސިލާއި ދެމެދު ފަހުމުނާމާ އެއް

ހދ.ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ދެމެދު ދިރާސާކުރުމާއި، ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި، ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮއްފައިވަނީ، 30 އޮގަސްޓު 2026ގައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދެ ފަރާތް ގުޅިގެން ދިރާސާތަކާއި ޕްރޮގްރާމްތައް ހިންގުމާއި، މަށިކުޅި އާއި އެހެނި...

ފާތިމަތު ސަޙާ
''ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް'' ގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

''ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް'' ގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް 2026” ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ  9 އޮކްޓޯބަރ 2026 އެވެ. ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓްސަލް ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަށާއި ރަށުގެ ޒުވާނުންގެ ފުޓްސަލްގެ ހުނަރު އ...

ފާތިމަތު ސަޙާ
މާޕްގެ "ދަ ގްރޭޓް އެޗްއާރް ބެސްޓް ޕްރެކްޓިސް ޝެއަރ" ޕްރޮގްރާމް ކުޅުދުއްފުށީގައި 📍 ހދ. ކުޅުދުއްފުށި

މާޕްގެ "ދަ ގްރޭޓް އެޗްއާރް ބެސްޓް ޕްރެކްޓިސް ޝެއަރ" ޕްރޮގްރާމް ކުޅުދުއްފުށީގައި

އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި މަސައްކަތުގެ މާޙައުލުގެ އެންމެ ފުރިހަމަ އުސޫލުތަކުގެ މުސްތަޤުބަލަށް އަމާޒުކޮށްގެން ބާއްވާ “ދަ ގްރޭޓް އެޗްއާރް ބެސްޓް ޕްރެކްޓިސް ޝެއަރ” ޕްރޮގްރާމް މިއަދު ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކުރާ މި ޕްރޮގްރާމަކީ، ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރިތަކުގެ އިތުރުން ޢާންމު ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި ފަންނީ މާހިރުން އެއ...

ފާތިމަތު ސަޙާ
ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް

ކުޅުދުއްފުށި ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އިސްކަންދޭ ޚިދުމަތުގެ ސަގާފަތެއް އަށަގަންނުވުމުގެ މަޤްޞަދުގައި އެ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދެ ދުވަހުގެ އިންޓެންސިވް ޓްރެއިނިންގ ޕްރޮގްރާމެއް ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދެވުނު މި އިންޓެންސިވް ޓްރެއިނިންގ ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ މަޝްހޫރު ކީނޯޓް ސްޕީކަރ، އެގްޒެކެޓިވް ކޯޗް، މެންޓަރ އަދި މޯ...

ޔުމްނާ ޢަލީ
އެމްއާރުސީން ކުޅުދުއްފުށީގައި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނެއް 📍 ހދ. ކުޅުދުއްފުށި

އެމްއާރުސީން ކުޅުދުއްފުށީގައި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނެއް

ހދ.ކުޅުދުއްފުށި ސިޓީގައި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) އިން ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް (ބީޕީއެފްއޭ) ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އެމްއާރުސީން ބުނިގޮތުގައި މިއީ އެ ޖަމާއަތުގެ ވޮލަންޓިއަރުންނާއި ޝައުޤުވެރިވާ އާންމު ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 21 އޮގަސްޓް 2026 އިން 22 ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައްޔާއި އެނޫން ވެސް ދަތި،އުނދަގޫ ޙާލަތްތަކުގައި ނަފ...

ފާތިމަތު ސަޙާ
ކޭއާރުއެޗުގައި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތް އިފްތިތާޙް ކޮށްފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގައި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތް އިފްތިތާޙް ކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ. ކޭއާރުއެޗާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މި ޚިދުމަތް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ކޭއާރްއެޗްގެ ސީއީއޯ ނާޒިމާ އަލީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޮދަރން އޭރިޔާ ކޮމާންޑަރުގެ އިތުރުން ދެ މުއައްސަސާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުޅުދުއްފުށީގައި ގާއިމްވެފައިވާ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ވެސް...

ފާތިމަތު ސަޙާ
ކޭއާރުއެޗުގައި ސްޕެޝަލް ކޮންސްޓަބްލަރީގެ ޚިދުމަތް މިއަދު ފަށަނީ 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގައި ސްޕެޝަލް ކޮންސްޓަބްލަރީގެ ޚިދުމަތް މިއަދު ފަށަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ސްޕެޝަލް ކޮންސްޓަބްލަރީގެ ޚިދުމަތް މިއަދު ފެށުމަށް ހަަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލްއިން ބުނެފިއެވެ. އެހެންވެ، މި ޚިދުމަތް ތައާރަފްކުރެވުމާއެކު ބަލިމީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހޮސްޕިޓަލްގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި، ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި އެޅޭ މުޙިއްމު ފިޔަވަޅެއް ގޮތުގައި، ދޮރު ތަޅުލެވޭ އިލެކްޓްރޯނިކް ނިޒާމެއް ތަޢާރަފްކޮށް، ކޮންޓްރޯލް ކުރެވިފައިވާ ސަރަޙައްދުތ...

ފާތިމަތު ސަޙާ
ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަން ޓީމަކީ ''ފައިވް'' 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަން ޓީމަކީ ''ފައިވް''

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ “ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026” ގެ ޗެމްޕިއަންކަން ”ފައިވް” ހޯދައިފިއެވެ. އާދީއްތަ ދުވަހު ކުޅުނު ފައިނަލްގައި ”ފައިވް” ޗެމްޕިއަންކަން ހޯދީ ފައިނަލްގައި “ކޭވައިއާރްސީ ޖޫނިއާސް”ގެ މައްޗަށް 22-29 އިން ކުރި ހޯދައިގެންނެވެ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ޝަރަފްވެރިކޮށްދެއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމަންޓްގެ މަގާމު ހޯދި ”ފައިވް”ގެ ސާދުނާ އ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ފައިނަލްގައި ކޭވައިއާރްސީ ޖޫނިއާސް އާއި ފައިވް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ފައިނަލްގައި ކޭވައިއާރްސީ ޖޫނިއާސް އާއި ފައިވް

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ “ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026″ގެ ސެމީފައިނަލްގައި ވާދަ ކޮށް، “ކޭވައިއާރްސީ ޖޫނިއާސް” އާއި “ފައިވް” ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފިއެވެ. މި މުބާރާތުގެ ފައިނަލަށް “ފައިވް” ދަތުރުކުރީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި “ކޭއީޑީ” އާ ކުރިމަތިލައި 34- 10 އިން މޮޅުވެގެންނެވެ. އެ މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ “ފައިވް”ގެ އާމިނަތު ލައުޒާއެވެ. “ކޭވައިއާރްސީ ޖޫނިއާސް” ފައިނަލަށް ދަތުރުކުރީ ސެމީގައި...

ފާތިމަތު ސަޙާ
އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ކުޅުދުއްފުށި ސިޓީއަށް 📍 ހދ. ކުޅުދުއްފުށި

އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ކުޅުދުއްފުށި ސިޓީއަށް

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ހދ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، އެ ކުންފުނީގެ މަޝްރޫއުތައް ބައްލަވާލައްވައި، ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފިއެވެ. މި ދަތުރުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ދާއޫދު ވެސް ބައިވެރިވެލެއްވިއެވެ. އެމްޑީ ހުސައިން ފަހުމީއާއެކު މެމްބަރު މުހައްމަދު ދާއޫދު ވަނީ މި ދަތުރުގެ އެކި ހަރަކާތްތަކުގައްޔާއި ބައްދަލުވުންތަކުގައި އަމަލީގޮތުން ބައ...

އަލީ އާދިލް
ބޭރުން ކިޔެވުމުގެ އެހީތެރިކަމަށް ''އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ'' ކުޅުދުއްފުށީގައި ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ބޭރުން ކިޔެވުމުގެ އެހީތެރިކަމަށް ''އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ'' ކުޅުދުއްފުށީގައި ބާއްވަނީ

ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ‘އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ’ ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮއްފިއެވެ. އެހެންވެ، މި އެކްސްޕޯގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީކުރުމަށް މިހާރު ހުޅުވާލައިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރު 2 ވާ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް، ކުޅުދުއްފުށި ސިޓީގެ ފުނަވަލު މާލަމުގައެވެ....

ފާތިމަތު ސަޙާ
މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ ޤައުމީ ކޮންފަރެންސް ކުޅުދުއްފުށީގައި 📍 ހދ. ކުޅުދުއްފުށި

މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ ޤައުމީ ކޮންފަރެންސް ކުޅުދުއްފުށީގައި

މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ޒުވާނުން އިސްނަގައިގެން ބާއްވާ ޤައުމީ ކޮންފަރެންސް، ލޯކަލް ކޮންފަރެންސް އޮފް ޔޫތު (އެލްސީއޯވައި މޯލްޑިވްސް) ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިކަން ހާމަކޮށް ކުޅުދުއްފުށީ ސިޓި ކައުންސިލުން ބުނީމި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:30 އިން 17:00 އަށް ކަމަށެވެ. އެހެންވެ، މި ކޮންފަރެންސްގައި ބައިވެރިވުމަށް ޝަައުޤުވެރިވާ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ...

ފާތިމަތު ސަޙާ
އީފާސް ޓީމުން ކުޅުއްފުށީގައި ކޮމިއުނިޓީ އެންގޭޖްމަންޓް ވޯކްޝޮޕެއް 📍 ހދ. ކުޅުދުއްފުށި

އީފާސް ޓީމުން ކުޅުއްފުށީގައި ކޮމިއުނިޓީ އެންގޭޖްމަންޓް ވޯކްޝޮޕެއް

ޑިޖިޓަލް އައިޑެންޓިޓީ އަދި ‘އީފާސް’ އާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ހދ. ކުޅުދުއްފުށި ސިޓީގައި ކޮމިއުނިޓީ އެންގޭޖްމަންޓް ވޯކްޝޮޕެއް ބާއްވައިފިއެވެ. ”އީފާސް” ޓީމުގެ އަތޮޅު ދަތުރުގެ ތެރެއިން ހދ. އަތޮޅު ދަތުރުގައި މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން މި ވޯކްޝޮޕް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަބްދުﷲ އެވެ. އީފާސް އިން މަޢުލޫމާތު ދޭ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައ...

ފާތިމަތު ސަޙާ
ވެރިފަރާތެއް ނެތް 100ރ. އާއި އަތުކުރި ގަޑިއެއް ހަވާލުކުރަން ފިހާރައިގެ ވެރިމީހާ ދިޔައީ ކޯޓަށް 📍 ހދ. ކުޅުދުއްފުށި

ވެރިފަރާތެއް ނެތް 100ރ. އާއި އަތުކުރި ގަޑިއެއް ހަވާލުކުރަން ފިހާރައިގެ ވެރިމީހާ ދިޔައީ ކޯޓަށް

ހދ. ކުޅުދުއްފުށީ ސިޓީގެ ފިހާރައެއްގައި އޮތް 100ރ. އަކާއި އަތުކުރި ގަޑިއެއްގެ ވެރިފަރާތް ނޭނގޭތީ އެތަކެތި ދައުލަތަށް ނަގަން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ. ކުޅުދުއްފުށީ ފިހާރައެއްގައި އޮތް 100ރ. އަކާއި އަތުކުރި ގަޑިއެއްގެ ވެރިފަރާތް ނޭނގޭތީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެ ފިހާރައިގެ ވެރިމީހާ އެވެ. އަދި އޭގެ ވެރިފަރާތް ހޯދުމަށް ނުވަތަ ގާނޫނީ ގޮތުން އަމަލުކުރަންޖެހޭ އުސޫލުން ކަންކަން ކުރަން އެ މީހާގެ ފަރާތުން ކޯޓުގައި އެދުނެވެ. އެ ތަކެތީގެ ވެރިފަރާތް ހޯދަން […]

ހުސައިން ހަބީބް
ކުޅުދުއްފުށީ އާންމު ކުތުބުޚާނާގެ ފާރު ނޫހުގެ ދެވަނަ އަދަދަށް ލިޔުން ހުށައެޅުމަށް ފުރުޞަތު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އާންމު ކުތުބުޚާނާގެ ފާރު ނޫހުގެ ދެވަނަ އަދަދަށް ލިޔުން ހުށައެޅުމަށް ފުރުޞަތު

ކުޅުދުއްފުށީ ސިޓީގެ އާންމު ކުތުބުޚާނާ (ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ)އިން ޝާޢިއުކުރާ ފާރު ނޫހުގެ ދެވަނަ ޢަދަދަށް ލިޔުން ހުށައެޅުމުގެފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި އެ ކުތުބުޚާނާއިން ބުނީ އެ ކުތުބުޚާނާގެ ފާރު ނޫސް “ޢިލްމީ އޮއިވަރު” އަކީ ލިޔުންތެރިކަމާއި އުފެއްދުންތެރި މަސައްކަތްތަކަށް ޝައުޤުވެރިވާ، އުމުރުން 12 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ. ކުތުބްޚާނާއިން މަޢުލޫމާތު ދޭ ގޮތުގައި މި ޚަރަކާތުގެ ބޭނުމަކީ އުފެއްދުންތެރި ޚިޔާލުތަކާއި، ހުނަ...

ފާތިމަތު ސަޙާ