މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ފަތިސް ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ބަށި ބޯޅަ މުބާރާތުގެ ބަށި ރާނީ އަކަށް ނައުފާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ބަށި ބޯޅަ މުބާރާތުގެ ބަށި ރާނީ އަކަށް ނައުފާ

ކުޅުދުއްފުށި ބަށި މުބާރާތް، ހދ އަތޮޅު ލީގު 2025 ގެ “ޝަރަފްވެރި ބަށި ރާނީ” އަކަށް ކްލަބް ސަމާގެ ޖާޒީ ނައުފާ އިބްރާހީމް ހޮވިއްޖެއެވެ. މި ސެޕްޓެމްބަރ މަހު 4 އިން 6 އަށް ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް އަރޭނާގައި ކުރިއަށް ގެންދިޔަ މި ބަށި މުބާރާތުގެ ފައިނަލް މެޗުކުޅެ، ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި މުބާރާތުގެ ފައިނަލްގައި ކުޅެފައި ވަނީ ނެއްލައިދޫ ބަށި ޓީމާއި، ކުމުންދޫގެ ކްލަބް ސަމާ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ބަށި މުބާރާތް - ހދ.އަތޮޅު ލީގްގެ ޗެމްޕިއަންކަން ކުމުންދޫ އަށް 📍 ހދ. ކުމުންދޫ

ކުޅުދުއްފުށީ ބަށި މުބާރާތް - ހދ.އަތޮޅު ލީގްގެ ޗެމްޕިއަންކަން ކުމުންދޫ އަށް

ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ “ކުޅުދުއްފުށި ބަށި މުބާރާތް – ހދ އަތޮޅު ލީގް 2025″ގެ ޗެމްޕިއަންކަން ކުމުންދޫގެ ކްލަބް ސަމާ ހޯދައިފިއެވެ. މި ސެޕްޓެމްބަރ މަހު 4 އިން 6 އަށް ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް އަރޭނާގައި ކުރިއަށް ގެންދިޔަ މި ބަށި މުބާރާތުގެ ފައިނަލް މެޗުކުޅެ، ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި މުބާރާތުގެ ފައިނަލްގައި ކުޅެފައި ވަނީ ނެއްލައިދޫ ބަށި ޓީމާއި، […]

ޔުމްނާ ޢަލީ
''ކުޅުދުއްފުށީ ބަށި މުބާރާތް - ހދ އަތޮޅު ލީގް'' މާދަމާ ފަށަނީ 📍 ހދ. ކުޅުދުއްފުށި

''ކުޅުދުއްފުށީ ބަށި މުބާރާތް - ހދ އަތޮޅު ލީގް'' މާދަމާ ފަށަނީ

ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “ކުޅުދުއްފުށި ބަށި މުބާރާތް – ހދ އަތޮޅު ލީގް 2025” މާދަމާ ފަށާނެއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު މުޅި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުމުގެ ރަސްމިއްޔާތެއް މި ހަފްތާ ވަނީ ބާއްވާފައެވެ. އެގޮތުން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް އަރޭނާގައި ކުރިއަށް ގެންދާ މި މުބާރާތުގެ […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ސަމާލުވާން އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ސަމާލުވާން އެދިއްޖެ

ކުޅުދުއްފުށި ސިޓީ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދަށް ވަދެ އުޅުން މަނާކޮށް ސަމާލުވުމަށް ސިޓީ ކައުންސިލުން އެދިއްޖެއެވެ. ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތްކުރުމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާތީ، މަސައްކަތު ސައިޓް ތެރެއަށް ވަނުމާއި އެ ސަރަހައްދުގައި މޫދަށް އެރި އުޅުމަކީ މަނާކަމެއް ކަމަށެވެ. އެގޮތުން ބޯޒިޔާރާތުގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ ގޮތުން ވެލިގ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ޓެކްސީ ޑްރައިވަރުންނަށް ޙާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޓެކްސީ ޑްރައިވަރުންނަށް ޙާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި ޓެކްސީ ޑްރައިވަރުންނަށް ޙާއްސްކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓްރެފިކް ޕޮލިސްގެ ރޯޑް ސޭފްޓީ ޔުނިޓުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލަމުން ފުލުހުން ބުނެފައިވަނީ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން  https://forms.gle/baw5xvjzG2HMgcXA8 މެދުވެރިކޮށް 5...

އައިޝަތު އައިނީ އާމިރު
މިދިޔަ މަހު ކުޅުދުއްފުށީގައި 7 ކައިވެނި, 7 ވަރި 📍 ހދ. ކުޅުދުއްފުށި

މިދިޔަ މަހު ކުޅުދުއްފުށީގައި 7 ކައިވެނި, 7 ވަރި

ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގައި މިދިޔަ އޮގަސްޓް މަހު 7 ކައިވެނި ކުރިއިރު އަދި ހަމަ 7 ވަރި ކޮށްފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް މިއަދު ހާމަކޮށްފައިވާއިރު، އެ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޮގަސްޓް މަހު ކޮށްދީފައިވާ ކައިވެންޏާއި ވަރިތައް މިވަނީ އެއްވަރު ވެފައެވެ. މީގެ އިތުރުން އެ ކޯޓުގައި މިދިޔަ މަހު އާއިލީ މައްސަލަތަކުގެ […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް އެރި ބޯޓު ފުންކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް އެރި ބޯޓު ފުންކޮށްފި

ކުޅުދުއްފުށީ ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރު ނެރުމައްޗަށް އިއްޔެ އެރި ބޯޓު މިއަދު ފުންކޮށްފިއެވެ. ހއ.އަތޮޅާއި ހދ.ގެ ބައެއް ރަށްތަކަށް ދަތުރުކުރާ މި ބޯޓު ކުޅުދުއްފުށީ ނެރުމައްޗަށް އެރީ އިއްޔެ ހަވީރުއެވެ. ބޯޓު ފަރަށް އެރިއިރު އެއިގައި ހުރީ 500 އެއްހާ ފެން ކޭސްކަމަށް މައުލޫމާތު ލިބެއެވެ. އެ ބޯޓު މިއަދު ހެނދުނު ފުން ކޮށްފައިވާއިރު، އެ ބޯޓު އޮތީ މިހާރު އޮތީ ކުޅުދުއްފުށީ ކަސްޓަމްސް ސަރަހައްދީ ބަނދަރުގެ އުތުރުން އޮތް ދިމާލަށް ކައިރިކޮށްފައެވެ. މައުލޫމާތު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސަޤާފީ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސަޤާފީ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފި

“ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސަޤާފީ މައުރަޒު 2025” ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން މި މައުރަޒަކީ މި އަންނަ ސެޕްޓެމްބަރ މަހު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކޮމަންވެލްތް ބީޗްހޭންޑް ބޯޅަ މުބާރާތް 2025” ކުރިއަށްދާ ވަގުތު ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކ...

އައިޝަތު އައިނީ އާމިރު
މަރާމާތައް ފަހު ކުޅުދުއްފުށީގެ ހަސަނާތު މިސްކިތް މާދަމާ ހުޅުވަނީ 📍 ހދ. ކުޅުދުއްފުށި

މަރާމާތައް ފަހު ކުޅުދުއްފުށީގެ ހަސަނާތު މިސްކިތް މާދަމާ ހުޅުވަނީ

ކުޅުދުއްފުށި ސިޓީ މަސްޖިދުލް ހަސަނާތުގެ މަރާމާތުގެ ބޮޑު ބައެއް ނިމިފައިވުމާއެކު މާދަމާ އާންމުންނަށް ނަމާދުކުރުމަށް އެ މިސްކިތް އަލުން ހުޅުވުމަށް ހަމަޖެހިއްޖެއެވެ. ސިޓީ ކައުންސިލުން ހަސަނާތު މިސްކިތް އަލުން ހުޅުވާލުމަށް އާންމުންނަށް އިއުލާނުކުރަމުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މިސްކިތުގެ ބޮޑު ބައެއް ނިމިފައިވުމާއެކު މާދަމާ، 29 އޮގަސްޓް 2025 ވާ ހުކުރު ދުވަހު ފަތިސް ނަމާދުން ފެށިގެން އާންމުނަށް ނަމާދުކުރުމަށް ހުޅުވާލާނެކަމަށެވެ. އެގޮތުން މި އަހަރުގެ މެއި މަހު ސިޓީ ކައުންސިލުން ވަނ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ބައެއް މަގުތައް ހަދާނީ ރޭސިން އަށް ބޭނުންކުރެވޭ ގޮތަށް: ރައީސް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ބައެއް މަގުތައް ހަދާނީ ރޭސިން އަށް ބޭނުންކުރެވޭ ގޮތަށް: ރައީސް

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ ބައެއް މަގުތައް، ރޭސިންގ އަށް ބޭނުންކުރެވޭ ގޮތަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ، ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ނިޔަލަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް

ކުޅުދުއްފުށީ ސިޓީގައި ހޭންޑްބޯލް ބަލަން ތިބޭގޮތަށް ގާއިމުކުރެވޭ ސިޑިބަރިއާއެކު ހަގީގަތުގައި ގާއިމުވެގެން ދަނީ ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދު ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. ރައީސްގެ ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ކުޅުދު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އައު ޚިދުމަތްތަކެއް އިފްތިފާހުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އައު ޚިދުމަތްތަކެއް އިފްތިފާހުކޮށްފި

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ކޭޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ކުޅުދުއްފުށީ ޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ގޮތުން، މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. ރައީސުލްޖުމްހޫރިއ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކޮށް އެއެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އައު އިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި އެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ކުޅުދުއްފުށީ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައެވެ. ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާއި ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާއި ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން ރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުއްޓިފައި ހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތާއި އަލަށް ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތްވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ...

އައިޝަތު އައިނީ އާމިރު
ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ: ރައީސް 📍 ހދ. ކުޅުދުއްފުށި

ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ: ރައީސް

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވ...

ޔުމްނާ ޢަލީ