"ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސަޤާފީ މައުރަޒު 2025" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން މި މައުރަޒަކީ މި އަންނަ ސެޕްޓެމްބަރ މަހު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮމަންވެލްތް ބީޗްހޭންޑް ބޯޅަ މުބާރާތް 2025" ކުރިއަށްދާ ވަގުތު ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ.

Ad
rt

މި މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 21 ސެޕްޓެމްބަރ 2025 ވަނަ ދުވަހު ހަވީރު 16:15 ގައި ކަމަށެވެ.

ޖުމްލަ 11 ކެޓަގަރީގެ ސްޓޯލްތަކެއް ހިމެނޭހެން ކުރިއަށް ގެންދާ މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން https://forms.gle/UHdyDX4voydw1nbaFA މެދުވެެރިކޮށް ރަޖިސްޓަރ ވުމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މި މައުރަޒުގެ މަޤުސަދަކީ ސިޓީގެ ރައްޔިތުންނަށް ހުނަރާއި މަސައްކަތްތެރިކަން ޤައުމީ ފެންވަރުގައި ދައްކާލުމަށް ފުރުސަތު ހޯދައިދީ، ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ރޫހު އާލާކޮށް، ދިވެހީންގެ ކާބަފައިންގެ ޒަމާނުއްސުރެއް ކުރަމުން އައި މަސައްކަތްތައް ދިރުވައި އާލާކުރުމުގެ އިތުރުން މުއްސަނދި ސަޤާފަތް އަންނަން އޮތް ޖީލުތަކަށް ދިރުވައި ދެމެހެއްޓުމަށް ބާރުއެޅުވުމެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ، މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު މައުލޫމާތު އެ އިއުލާނާއެކު އާއްމުކޮށްފައިވާ "ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސަޤާފީ މައުރަޒު 2025 ގެ އުޞޫލު" ގައި ބަޔާންކޮށްފައިވާނެކަމަށާއި، އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6527122 އަށް ގުޅުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.