މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ކަނބަލުންގެ މަސްރޭހުގެ ތަރިއަކީ ޔުމްނާ، 1 ވަނަ ޓީމަކަށް ފަރިހި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ކަނބަލުންގެ މަސްރޭހުގެ ތަރިއަކީ ޔުމްނާ، 1 ވަނަ ޓީމަކަށް ފަރިހި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް “ކަނބަލުންގެ މަސް ރޭސް 2026” ރޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޖުމްލަ 18 ޓީމަކުން ބައިވެރިވި މަސްރޭހުގެ ޓީމުތައް މަހަށް ފުރާފައި ވަނީ އިއްޔެ 15:00 ގައެވެ. އަދި އަނބުރާ މަހުން ލެފީ 21:00 ގައެވެ. ޓީމުތައް މަހުން ލެފުމާއެކު ބޮޑުބެރާއި އެކު ކުރިއަށް ގެންދިޔަ ފޯރިގަދަ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައިވެރިންނަށް ހުޅުވާލައިގެން ހާއްސަ ލަކީޑްރޯއެއް ވެސް ކުރިއެއް ގެންދިޔައެވެ. މިލަކީޑްރޯގައި ...

ޔުމްނާ ޢަލީ
ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް 📍 ހދ. ކުޅުދުއްފުށި

ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް މިއަދު ވަޑައިގަންނަވައިފިއެވެ. ސައިޚް ކުޅުދުއްފުށީ ސިޓީ އަށް މިއަދު ވަޑައިގެންނެވުމުން އެއާޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ސައިޚަށް މަރުޙަބާ ކިޔުމަށް އިސްކޮށް ހުންނެވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުالله (ރޯޒޭ) އެވެ. ސައިޚްގެ މި ދަތުރުގައި މިރޭ ކުޅުދުއްފުށީ ސިޓީގައި ދަރުސް ދެއްވާނެއެވެ. މި ދަރުސް އޮންނާނީ މިރޭ 20:30 ގައި އެ ސިޓީގައި […]

ޔުމްނާ ޢަލީ
ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގައި، ކުޅުދުއްފުށީގައި ދެއްވާ ދަރުސް އަންގާރަ ދުވަހުގެ ރޭ 📍 ހދ. ކުޅުދުއްފުށި

ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގައި، ކުޅުދުއްފުށީގައި ދެއްވާ ދަރުސް އަންގާރަ ދުވަހުގެ ރޭ

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގައި ދެއްވާ ފުރަތަމަ ދަރުސް އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދަތުރުވެރިޔާ އުމްރާ ގުރޫޕް އާއި ގުޅިގެން ބާއްވާ ދީނީ ދަރުސްގައި ޝައިޚް އާސިމް އަލް ހަކީމް އަންގާރަ ދުވަހުގެ ރޭ (28 އޭޕްރިލް 2026ގައި) އެ ސިޓީގައި ދަރުސް ދެއްވާނެކަމަށެވެ. މި ދަރުސް ފަށާނީ އެ ރޭ […]

ޝިއުނާ އާދަމް
ޝައިޚް އާސިމް ރާއްޖޭގެ ފަސް ސިޓީއަކަށް، ފުރަތަމަ ދަރުސް ކުޅުދުއްފުށީ ސިޓީގައި 📍 ހދ. ކުޅުދުއްފުށި

ޝައިޚް އާސިމް ރާއްޖޭގެ ފަސް ސިޓީއަކަށް، ފުރަތަމަ ދަރުސް ކުޅުދުއްފުށީ ސިޓީގައި

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ. “ދަ ޓްރެވަލާ” ގްރޫޕުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ އަށް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ސައިޚް ރާއްޖޭގެ ފަސް ސިޓީއެއްގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެވެ. މި ދަރުސްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަރުސް ބޭއްވުމަށް […]

ޔުމްނާ ޢަލީ
ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ފައިނަލް ކަށަވަރުވެއްޖެ 📍 ހދ. ކުޅުދުއްފުށި

ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ފައިނަލް ކަށަވަރުވެއްޖެ

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ދެވަނަ މެޗުގައި ކުޅުދުއްފުށީ ސިޓީގެ މައްޗަށް ހަނިމާދޫ މިއަދު ކުރި ހޯދައިފިއެވެ. މިއަދުގެ މެޗުގައި ހަނިމާދޫ މޮޅުވީ 3-0 އިންނެވެ. މި ނަތީޖާއާއެކު ކުޅުދުއްފުށީ ސިޓީ ކުޅުނު ދެމެޗުން ބަލިވުމުން އެ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ. މި މޮޅާއެކު މުބާރާތުގެ އެއްމެޗު ބާކީ އޮއްވާ ހަނިމާދޫ އަށް […]

ޔުމްނާ ޢަލީ
ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގައި އެފްއެސްއެމްގެ ފިއުލް ޝެޑު ގާއިމުކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގައި އެފްއެސްއެމްގެ ފިއުލް ޝެޑު ގާއިމުކުރަނީ

ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީ ސިޓީގައި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ޝެޑުތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމި ނިންމުމެކެވެ. މި މަޝްރޫއުގެ ދަށުން މިހާރުވެސް ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި އެފްއެސްއެމްގެ ފިއުލް ޝެޑުތަކުން ދަނީ ޚިދުމަތް ދެމުންނެވެ. ދިއްދޫ އާއި ކުޅުދުއްފުށީގައި މި ޚިދުމަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޑެންގީ ކޭސްތައް ގިނަވާތީ 33 މުއައްސަސާއެއްގެ ބައިވެރިވުމާއެކު ސާފުކުރުމުގެ ބޮޑު ހަރަކާތެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޑެންގީ ކޭސްތައް ގިނަވާތީ 33 މުއައްސަސާއެއްގެ ބައިވެރިވުމާއެކު ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ކުޅުދުއްފުށި ސިޓީގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެމުންދާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން ރަށުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށީ ޑެންގީ ޓާސްކް ފޯސްގެ ފަރާތުން ރަށުގެ އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސާފުކުރުމުގެ ހަރަކާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އިތުރު 33 މުއައްސަސާއަކުން ޖުމްލަ 850 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. މީގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނި...

ޔުމްނާ ޢަލީ
ދެ ޗެމްޕިއަންގެ މެޗުން ނޯތު ރީޖަން ލީގު ކޮލިފަޔާސް މިއަދު ފަށަނީ 📍 ހއ. ދިއްދޫ

ދެ ޗެމްޕިއަންގެ މެޗުން ނޯތު ރީޖަން ލީގު ކޮލިފަޔާސް މިއަދު ފަށަނީ

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ މެޗުތައް މިއަދު ފަށާނެއެވެ. ނޯތު ރީޖަން ލީގުގެ ކޮލިފައިންގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ އާއި ހދ. އަތޮޅުގެ ޗެމްޕިއަން ކުޅުދުއްފުށީ ސިޓީއެވެ. މި ރީޖަންގެ މެޗުތައް ކުޅޭނީ ހއ.ގެ ވެރިރަށް ދިއްދޫގައެވެ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ދެ ޗެމްޕިއަންގެ ކުރިމަތިލުން […]

ޔުމްނާ ޢަލީ
މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުޅުދުއްފުށީގައި ހާއްސަ މަސައްކަތްތަކެއް 📍 ހދ. ކުޅުދުއްފުށި

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުޅުދުއްފުށީގައި ހާއްސަ މަސައްކަތްތަކެއް

ކުޅުދުއްފުށީ ސިޓީގައި މަދިރި ގިނަވެ، ޑެންގީ ހުން ފަދަ ބަލިތައް ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން، ބަލިތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ބާއްވާ ހާއްސަ ސެޝަނެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޭޕްރިލް 2026 ވާ ދުވަހުގެ ރޭ 20:30 އިން 22:00 އަށް، އެން.އޯ.ސީ ލަގޮނޑި މާލިމީ މާލަމުގައެވެ....

ޔުމްނާ ޢަލީ
ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ 59 އަހަރުގެ މީހަކު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ 59 އަހަރުގެ މީހަކު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު، އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ފުލުހުން “ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި، ކުޅުދުއްފުށިން މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ މެންދުރުފަހު 13:48 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިއަދު މެންދުރުފަހު 15:00 [...

އަލީ އާދިލް
ކުޅުދުއްފުށީ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ ދާއިރާތަކުގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވެފައިވާކަމަށް މިހާތަނަށް އާންމުކުރި ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ޕީއެންސީ އަށް ލިބިފައި ވަނީ ކުޅުދުއްފުށީ ސިޓީ ހުޅަނގު އުތުރު ދާއިރާއެވެ. އެ ގޮނޑި ކާމުޔާބުކުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް އަހްމަދެވެ. މިހާތަނަށް ސާފު...

އަލީ އާދިލް
ބޮޑު އަޣުލަބިއްޔަތަކުން އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރައްވައިފި 📍 ހދ. ކުޅުދުއްފުށި

ބޮޑު އަޣުލަބިއްޔަތަކުން އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރައްވައިފި

ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން، މިހާރުގެ ވެސް މޭޔަރު މުހައްމަދު އާތިފް ކާމިޔާބުކުރައްވައި، ދެވަނަ ދައުރަކަށް އެ މަގާމު ދިފާއުކުރައްވައިފިއެވެ. މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އާތިފް މި ގޮނޑި ކާމިޔާބުކުރެއްވީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރެއްވީ ވޯޓުލީ މީހުންގެ 68.79 އިންސައްތަ ވޯޓުންނެވެ. އެއީ 3412 ވޯޓެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، މި އިންތިޚާބުގައ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އަޅައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އަޅައިފި

ހދ. ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ކުރިއަށްގެންދާ 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ބިންގާ ރޭ ރަސްމީކޮށް އަޅައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހައުސިންގ އެންޑް ކޮންޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ މުއްޠަލިބްގެ އަރިހުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރިޓަޔާރޑް) އަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ. މީ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލްގެ ކިޔެވުން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލްގެ ކިޔެވުން ފަށައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ހިންގާ ޕްލޭ ސްކޫލްގެ ކިޔެވުން އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢަކީ މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސްޓްރެޓެޖިކް ގްރޯތް (މިސްގް) އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށެވެ. “މިސްގް ޕްލޭ ސްކޫލް” ގެ ނަމުގައި ހިންގާ މި ސްކޫލްގެ ކިޔެވުން ފަށާފައިވަނީ ޖުމްލަ 154 ދަރިވަރުންނާއެކުގައެވެ. މި ސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ބޭބީ ނާސަރީ އަދި ނާސަރީ ފަންތީގެ ކުދިންނަށެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުނ...

ޔުމްނާ ޢަލީ
ކޭއާރުއެޗުގެ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ އަޅައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގެ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ އަޅައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އިމާރާތްކުރާ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ. މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހީމް އެވެ. މިއަދު ބިންގާ އެޅި އައިސޮލޭޝަން ފެސިލިޓީއަކީ އެ ސަރަހައްދުގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢެކެވެ. މި ފެސިލިޓީގައި ޕްރައިވެޓް ރޫމްތަކާއި، 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްގެ އިތުރުން، ބޭނުންޖެހިއްޖެ ހާލަތެއްގައި ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ފަރުމާ...

ޔުމްނާ ޢަލީ