📍 ށ. ކަނޑިތީމު
ކަނޑިތީމު ބަނދަރުގައި އޮތް ލަކުޑި ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ
ށ.ކަނޑިތީމު ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ އަނދަން ފަށައިފިއެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ، ކަނޑިތީމު ބަނދަރު ތެރޭގައި އަޅާފައި ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. މިހާރު ފުލުހުންނާއި އާންމުން ގުޅިގެން އެ ސަރަހައްދުގައި ހުރި އިތުރު އުޅަނދުތައް ދުރައްޖައްސައި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވ...