ށ.ކަނޑިތީމު ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ އަނދަން ފަށައިފިއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ، ކަނޑިތީމު ބަނދަރު ތެރޭގައި އަޅާފައި ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު އެ އޮފީހަށް ލިބިފައިވާ ކަމަށެވެ.

Ad
rt

އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. މިހާރު ފުލުހުންނާއި އާންމުން ގުޅިގެން އެ ސަރަހައްދުގައި ހުރި އިތުރު އުޅަނދުތައް ދުރައްޖައްސައި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

މި ހާދިސާއާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ކަނޑިތީމު ކައުންސިލުގެ ރައީސާ އައިމިނަތު އަހްމަދު ވިދާޅުވެފައިވަނީ ފުލުހުންނާއި ރައްޔިތުން ގުޅިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އަދި މި އަލިފާންގަނޑު ނިއްވާލުމަށް ޓަކައި ކުޅުދުއްފުށީ ފަޔާރ އެންޑް ރެސްކިއު ޓީމް ވެސް މިހާރު އެ ރަށަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ. އެ ޓީމް 22:45 ގައި އެ ރަށަށް ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.