މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ޅައިމަގު (64 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
64 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ޅައިމަގުގެ އެންމެ ފަހުގެ ޚަބަރުތައް

64 ޚަބަރުގެ ތެރެއިން
ޅައިމަގަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގޭގެއާއި މަގުތައް ސާފުކުރުމުގައި ނަމޫނާ 📍 ށ. ޅައިމަގު 2 މިނިޓު

ޅައިމަގަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގޭގެއާއި މަގުތައް ސާފުކުރުމުގައި ނަމޫނާ

ށ. ޅައިމަގަށް އެރި ނަގޫރޯޅީގެ ސަބަބުން އެކި ސަރަޙައްދުތަކަށް ލިބުނު ގެއްލުންތައް ފިލުވައި، ގެއްލުންވި ގޭގެއާއި މަގުތައް ސާފުކުރުމުގައި އެ ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުން ނަމޫނާ ދައްކައިފިއެވެ.

ފާތިމަތު ސަޙާ
ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް، ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ 📍 ށ. ޅައިމަގު 2 މިނިޓު

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް، ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

ށ. ޅައިމަގަށް އެރި ނަގޫރޯޅިއެއްގެ ސަބަބުން ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހަކަށް އަނިޔާވެ، ގެތަކަށާއި ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ޝިއުނާ އާދަމް
ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ބަނދަރުމަތިން އަތުލައިގެންފި 📍 ށ. ޅައިމަގު

ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ބަނދަރުމަތިން އަތުލައިގެންފި

ށ. ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެ ރަށު ބަނދަރު ސަރަހައްދުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ށ. ޅައިމަގު، ވީނަސްގެ، އުމުރުން 42 އަހަރުގެ ރިޟުވާން ޙަމީދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުންގެ މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ މަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތުން، ޅައިމަގު ބަނދަރު ސަރަހައްދުން...

އަލީ އާދިލް
ޓެސްޓު ހަދަން އެހެން ރަށްރަށަށް ދިއުން ނިމުމަކަށް، ޅައިމަގުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި 📍 ށ. ޅައިމަގު

ޓެސްޓު ހަދަން އެހެން ރަށްރަށަށް ދިއުން ނިމުމަކަށް، ޅައިމަގުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ށ. ޅައިމަގު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޅައިމަގު ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ވަޒީރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޅައިމަގު ކައުންސިލްގެ އިސްވެރިންނާއި، އެ ރަށު ޞިއްޙީ މަރުކަޒުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވ...

ފާތިމަތު ސަޙާ
ޅައިމަގުގައި ކާމިޔާބު ''ގާލްސް'' ތަމްރީނު ޕްރޮގްރާމެއް 📍 ށ. ޅައިމަގު

ޅައިމަގުގައި ކާމިޔާބު ''ގާލްސް'' ތަމްރީނު ޕްރޮގްރާމެއް

ށ.ޅައިމަގުގައި ކުރިއަށް ގެންދިޔަ، ޖެންޑާ އެކްޝަން ލާނިން ސިސްޓަމް(ގާލްސް) އަދި ހޯމް ގާޑެނިން ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ޅައިމަގުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، އެރަށު ކައުންސިލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް ރިސޯސަސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ މުޖުތަމަޢާއި އަމިއްލަ ނަފްސު ބާރުވެރި ކުރުވުމެވެ. ޅައިމަގު ޑަބްލިޔުޑީސީގެ ރައީސާ ރުޤިއްޔާ ޝާނާ ”ތިލަދުން” އަށް މަޢުލޫމާތު ދެއްވިގޮތުގައި، މި...

ފާތިމަތު ސަޙާ
ޅައިމަގު ފެނަކަ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރުުމުން ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފި 📍 ށ. ޅައިމަގު

ޅައިމަގު ފެނަކަ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރުުމުން ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފި

ށ. ޅައިމަގު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް އެއްވެސް ސަބަބެއްނެތި ވަކި ކުރިކަމަށްބުނެ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފިއެވެ. މިކަމާގުޅިގެން ޅައިމަގު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ، ތަޖުރިބާ ހުރި، ޤާބިލް މުވައްޒަފުންތަކެއް ހަރުދަނާ އެއްވެސް ސަބަބެއް ނެތި، އަދި ސުލޫކީ އެއްވެސް ފިޔަވަޅެއް އެޅުމަކާނުލައި، ކުންފުނި ރައިޓްސައިޒް ކުރުމުގެ ނަމުގައި ވަޒީފާއިން އެ ފަރާތްތައް ވަކި ކުރުމުން އެ ކަަ...

ފާތިމަތު ސަޙާ
ޅައިމަގުގައި ހިންގި ހޯމް ގާޑަނަން ޕްރޮގްރާމް ވަރަށް ކާމިޔާބު 📍 ށ. ޅައިމަގު

ޅައިމަގުގައި ހިންގި ހޯމް ގާޑަނަން ޕްރޮގްރާމް ވަރަށް ކާމިޔާބު

ށ. ޅައިމަގުގައި ކުރިއަށް ގެންދިޔަ ހޯމްގަރޑެނިން ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޑަބްލިޔުޑީސީގެ ރައީސާ ރުޤިއްޔާ ޝާނާ ”ތިލަދުން” އަށް ވިދާޅުވީ، މި ޕްރޮގްރާމް މި ދިޔަ ޖޫން 24 ގައި ފަށައި ނިންމާލުމާއި ހަމައަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަމަށެވެ. އަދި މިއީ ވަރަށް ކާމިޔާބު ރަނގަޅު ނަތީޖާ ފެނިގެންދިޔަ ޕްރޮގްރާމެއްގެގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މި ޕްރޮގްރާމް ހިންގުމަށް ކައުންސިލުން ބިމެއް ހަމަޖައްސައިދީފައިވާއިރު، މި ޕްރޮގްރާމްގެ ދަށުން އެ ބިމުގައި...

ފާތިމަތު ސަޙާ
ޅައިމަގުގައި ޖެންޑާ އެކްޝަން ލާނިން ސިސްޓަމް ޓްރެއިނިން ޕްރޮގްރާމެއް 📍 ށ. ޅައިމަގު

ޅައިމަގުގައި ޖެންޑާ އެކްޝަން ލާނިން ސިސްޓަމް ޓްރެއިނިން ޕްރޮގްރާމެއް

ށ. ޅައިމަގުގައި ހަމައެކަނި ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ “ޖެންޑާ އެކްޝަން ލާނިން ސިސްޓަމް ޓްރެއިނިން ޕްރޮގްރާމް” ފަށައިފިއެވެ. ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް މަގުފަހި ކުރުމަށް މަޢުލޫމާތު ހޯދައިދިނުމާއި، ވިޔަފާރި ކުރުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، މުޖުތަމަޢު ބާރުވެރި ކުރުވައި، މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމުގެ މައްޗަށް ބިނާ ކޮއްފައިވާ މި ޕްރޮގްރާމްގައި ޖުމްލަ 25 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގައި ކުރިއަށް ގެންދަނީ ދުވާލަކު އެއް ސެޝަންކަމަށާޢި، ކޮންމެ ސ...

ފާތިމަތު ސަޙާ
ޅައިމަގު ޕޮލިސް ޕޯސްޓްގެ ފަރާތުން "ރަން ވިތް ޕޮލިސް" ގެ ނަމުގައި ދުވުމެއް 📍 ށ. ޅައިމަގު

ޅައިމަގު ޕޮލިސް ޕޯސްޓްގެ ފަރާތުން "ރަން ވިތް ޕޮލިސް" ގެ ނަމުގައި ދުވުމެއް

ށ. ޅައިމަގު ޕޮލިސް ޕޯސްޓުގެ ފަރާތުން “ރަން ވިތް ޕޮލިސް” ގެ ނަމުގައި ހާއްސަ ދުވުމެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ޅައިމަގު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފް.އާރ.ސީ) އިން އިސްނަގައިގެން “ޅައިމަގު ރަނާސް” އަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފިޒިކަލް ޓްރެއިނިންގް ސެޝަންތަކުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ. މި ދުވުމުގައި ޅައިމަގު ސްކޫލުގެ ދަރިވަރުންނާއި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ށ. އަތޮޅު ޕޮލިހުން ބުނެފައިވާ ގޮތުގައި، މި އިވެންޓުގެ ތެރެއިން […]

ޔުމްނާ ޢަލީ
ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި 📍 ށ. ޅައިމަގު

ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި

ށ. ޅައިމަގު ސްކޫލްގެ ”ކްލަބް ލަކުސަނަ”އިގެ ފަރާތުން ނެރޭ ލުއިފޮތް ”ފަށަން”ގެ ދެވަނަ އަދަދު ނެރެފިއެވެ. މި ލުއި ފޮތަކީ ކްލަބް ލަކުސަނައިގެ ފަރާތުން މަހަކު އެއްފަހަރު ނެރޭ ލުއި ފޮތުގެ ސިލްސިލާގެ ދެވަނަ ފޮތެވެ. މި ފޮތުގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު ތާރީޚްގެ ބައިގައި ”ށ.އަތޮޅުގައި ސިއްޚީ ޚިދުމަތް ދޭ ފުރަތަމަ މަރުކަޒު”ގެ ސުރުޚީގެ ދަށުގައި ގެނެސްދީފައިވާ ލިޔުމުގައި ށ.އަތޮޅުގައި އެންމެ ފުރަތަމަ ސިއްޚީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކޮށް ޚިދުމަތްފަށާފައި ވަނީ 25 ޑިސެމްބަރު 1970 […]

ޔުމްނާ ޢަލީ
ޅައިމަގު އަންހެނުންގެ ކޮމެޓީގެ "ބަދަހިގުޅުން ކޮމެޓީއާއެކު" ބައްދަލުވުން ބުރާސްފަތި ދުވަހު 📍 ށ. ޅައިމަގު

ޅައިމަގު އަންހެނުންގެ ކޮމެޓީގެ "ބަދަހިގުޅުން ކޮމެޓީއާއެކު" ބައްދަލުވުން ބުރާސްފަތި ދުވަހު

ށ. ޅައިމަގު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބާއްވާ ހާއްސަ މަޝްވަރާ ބައްދަލުވުމަށް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ. “ބަދަހިގުޅުން ކޮމެޓީއާއެކު” ނަމުގައި ކުރިއަށް ގެންދާ މި ބައްދަލުވުމަށް ދައުވަތު އަރުވަމުން ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުނީ މި މަޝްވަރާ ބައްދަލުވުމަކީ 2026 ވަނަ އަހަރު އެ ކޮމެޓީގެ މަސައްކަތު ތާވަލު ތައްޔާރުކުރުމަށް ބާއްވާ މަޝްވަރާ ބައްލަވުމެއް ކަމަށެވެ. މިގޮތުން މި ބައްދަލުވުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަ...

އައިޝަތު އައިނީ އާމިރު
ޅައިމަގުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، ސްވިމިންގ ޓްރެކެއް ވެސް އަޅައިދޭނެ 📍 ށ. ޅައިމަގު

ޅައިމަގުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، ސްވިމިންގ ޓްރެކެއް ވެސް އަޅައިދޭނެ

އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޅައިމަގުގައިވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި އެރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށްދެއްވުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވ...

ޔުމްނާ ޢަލީ
ޅައިމަގުގައި ހޭންޑް ބޯލް ކޯޓެއް އަޅައި ފުޓްސަލް ދަނޑުގައި ފެންވަރު ރަނގަޅު ޓާފެއް އަޅަނީ 📍 ށ. ޅައިމަގު

ޅައިމަގުގައި ހޭންޑް ބޯލް ކޯޓެއް އަޅައި ފުޓްސަލް ދަނޑުގައި ފެންވަރު ރަނގަޅު ޓާފެއް އަޅަނީ

ޅ.ޅައިމަގުގައި ހޭންޑް ބޯލް ކޯޓެއް އަޅައި ފުޓްސަލް ދަނޑުގައި ފެންވަރު ރަނގަޅު ޓާފެއް އަޅައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި، އެ ރަށުގައި ހޭންޑް ބޯލް ކޯޓެއް އެޅުމާއި ފުޓްސަލް ދަނޑުގެ ޓަރފް ބަދަލުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން  ރައްޔ...

ޔުމްނާ ޢަލީ
ޅައިމަގުގައި އައު ތިން މަޝްރޫޢުއެއް، ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދޭނެ 📍 ށ. ޅައިމަގު

ޅައިމަގުގައި އައު ތިން މަޝްރޫޢުއެއް، ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދޭނެ

ށ. ޅައިމަގުގައި އައު ތިން މަޝްރޫޢުއެއް ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި، އެރަށު ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މި މަޝްރޫޢުތައް ފަށަން އޮތް ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން މިކަމަށް އިންތިޒާމްކުރި ރަސްމިއްޔާތުތައް ބޭއްވޭގޮތެއް ނުވިއެވެ. އެ މަޝްރޫޢުތަކަކީ، ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުމާއި، ފިޓްނަސް...

ޔުމްނާ ޢަލީ
ޅައިމަގުގައި އަންހެނުންގެ ޚާއްސަ ޑރ. ހަނާ އާއިއެކު އެވެއަރނެސް ސެޝަން އެއް

ޅައިމަގުގައި އަންހެނުންގެ ޚާއްސަ ޑރ. ހަނާ އާއިއެކު އެވެއަރނެސް ސެޝަން އެއް

ށ. ޅައިމަގުގައި އަންހެނުންނަށް ޚާއްސަ ކޮށްގެން އަންހެނުންގެ ޚާއްސަ ޑޮކްޓަރު، ޑރ. ހަނާ އާއެކު ހޭލުންތެރިކުރުުގެ ސެޝަން އެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ސެޝަން އަކީ ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ޅައިމަގު ކައުންސިލާއި ގުޅިގެން އަންހެނުންނަށް ޖެހޭ ބަލިތަކަށް ހޭލުންތެރިކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ސެޝަން އެކެވެ. އެގޮތުން މި ސެޝަން އާއި ގުޅޭގޮތުން ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެފައިވަނީ މި ސެޝަންގައި އަންހެނުންނަށް ޚ...

އައިޝަތު އައިނީ އާމިރު