މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ބާރަށް (273 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
273 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ބާރަށްގެ އެންމެ ފަހުގެ ޚަބަރުތައް

273 ޚަބަރުގެ ތެރެއިން
ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ބާރަށް

ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ބާރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ބާރަށު ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ޒާހިރު “ތިލަދުން”އަށް ވިދާޅުވީ އެރަށު ގެއެއްގައި ހޯމްކަރަންޓީނުގައި ތިބި ދެ މީހުންކުރެ އެކަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވީ ކަރަންޓިނުގައި ތިބި ދެމަފިރިން ތެރެއިން ފިރިމިހާއެވެ. އެ މީހުން ކަރަންޓީނުގައި ތިބީ އެހެން މީހުން ނޫޅޭ ގެއެއްގައެވެ. “އިތުރު ބަޔަކު އެގޭގައި ނޫޅޭނެ، އިތުރަށް ބަލަންޖެހޭ ކަންކަން އަޅުގަނޑުމެނ...

ޙުސައިން ޝަހުދީ
ބާރަށު ރައްޔިތުން ފަލަސްޠީނާއެކު! ޖެޓީ ސަރަހައްދުގައި ނެގީ ފަލަސްޠީނުގެ ދިދައެއް 📍 ހއ. ބާރަށް

ބާރަށު ރައްޔިތުން ފަލަސްޠީނާއެކު! ޖެޓީ ސަރަހައްދުގައި ނެގީ ފަލަސްޠީނުގެ ދިދައެއް

ހއ.ބާރަށުގެ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިނުމަށް ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ. މި ހިނގާލުމަކީ ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ އުދުވާނާ ދެކޮޅު ހަދައި، އިޒްރޭލްގެ އަމަލުތައް ކުއްވެރި ކުރުމަށް ބާރަށު ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ. ބާރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިހިނގާލުން އޮތީ އިއްޔެ ހަވީރުއެވެ. މިހިނގާލުން ނިންމާލީ އެރަށު ޖެޓީ ސަރަހައްދު ކައިރިއަށެވެ. ހިނގާލުން ނިންމާލީ ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަ...

އިބްރާހިމް އަސްވާޤް
ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓުގެ ރަންވޭއާއި ޓާނިން ޕެޑްގެ ސަބްގްރޭޑް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. މި މަޝްރޫއުގެ ދަށު...

އަޙްމަދު ވަހީދު
ބާރަށު ރައްޔިތުން، މުރައިދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި 📍 ހއ. ބާރަށް

ބާރަށު ރައްޔިތުން، މުރައިދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި

ހއ. ބާރަށު ރައްޔިތުން، އެއަތޮޅު މުރައިދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ކޯވިޑް-19އާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މުރައިދޫ އޮތީ އަރާ ފޭބުން މަނާކޮށް، އަދިވެސް މޮނިޓަރިން ހާލަތުގައެވެ. މިހާލަތުގައި ބާރަށު ރައްޔިތުން، މުރައިދޫ ރައްޔިތުންނަށް މި ފޯރުކޮށްދިން އެހީތެރިކަމާއި ގުޅިގެން ބާރަށު ކައުންސިލުން ވިދާޅުވެފައި ވަނީ، މި އެހީތެރިކަމަކީ، މުރައިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ކޯވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތުގައި އޮތުމުން އެރަށުގެ ރައްޔ...

ޙުސައިން ޝަހުދީ
ނަރުދޫ ކައުންސިލަރުން ހުވާކުރި ދަރުބާރަށް ފުރައްސާރަކޮށް ލިޔުންތަކެއް ލިޔެފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލަރުން ހުވާކުރި ދަރުބާރަށް ފުރައްސާރަކޮށް ލިޔުންތަކެއް ލިޔެފި

ށ. ނަރުދޫ ކައުންސިލަރުން މިއަދު ހުވާކުރި ދަރުބާރަށް ފުރައްސާރަކޮށް ލިޔުންތަކެއް ލިޔެފިއެވެ. ނަރުދޫގައި ކައުންސިލުން ހުވާކުރުމުގެ ދަރުބާރު ބާއްވާފަ ވަނީ އެރަށުގައި އަންހެނުން ކުރިން ނަމާދުކުރަން ބޭނުން ކުރި މިސްކިތެއްގައެވެ. އެތަން މިހާރު ބޭނުން ކުރަނީ ޕްރީ ސްކޫލެއް ހިންގާށެވެ. މިއަދު އަލިވިލުނު އިރު އެ އިމާރާތުގައި، މިއަދުގެ ރަސްމިއްޔާތަކީ ކޮން ރަސްމިއްޔާތެއްކަން އަންގައިދިދިނުމަށް ހަރުކޮށްފަވާ ބެނާގެ ތިރީގައި އޮތީ އެ ރަސްމިއްޔާތަށް ފުރައްސާރަކޮށް ލިޔެފައެވެ. މީގެއިތުރުން އެ އިމާރާތުގެ ބޭރުގައާއ...

އަލީ އާދިލް
ބާރަށުގައި އިތުރު ފުޓްސަލް ދަނޑެއް 📍 ހއ. ބާރަށް

ބާރަށުގައި އިތުރު ފުޓްސަލް ދަނޑެއް

ހއ. ބާރަށުގައި ފުޓްސަލް ދަނޑެއް ގާއިމުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާންކޮށްފިއެވެ. މިގޮތުން ބާރަށުގައި ފުޓުސަލް ދަނޑެއް ގާއިމުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބާރަށު ކައުންސިލުން ކުރި ޢިއުލާން ގައި ބުނެފައިވަނީ އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާ...

ޝިއުނާ އާދަމް
ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ބާރަށް

ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެމީހާއަކީ އެރަށުގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރި މީހެކެވެ. އެމީހާއަކީ ހޯމް ކަރަންޓީނުގައި ހުރިމީހެއްކަމުން އޭނާއާއި އިތުރު މީހަކާއި ބައްދަލުވެފައިވާކަމެއް އަދި ފާހަގަ ކުރެވިފައެއްނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް “ތިލަދުން” އަށް ވިދާޅުވީ، އެރަށުން މިފަހަރު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އެ ރަށަށް ގޮސް ހޯމް ކަރަންޓީން ފުރިހަމަ ކުރިމީހެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްކަން [...

ޖަލްވާން ޖާދުﷲ
ތިލަދުންމަތި ބާރަށު ނެރު ފުން ކުރަން އެމްޓީސީސީއަށް 📍 ހއ. ބާރަށް

ތިލަދުންމަތި ބާރަށު ނެރު ފުން ކުރަން އެމްޓީސީސީއަށް

ތިލަދުންމަތި ބާރަށު ނެރު ފުން ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިންއޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 12.17 މިލިއަން ރުފިޔާ އަށެވެ. އަދި މި މަސައްކަތް ނިންމުމަށް 120 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ވަނީ ދީފައެވެ. ޑިޒައިން އެން...

އަޙްމަދު ވަހީދު
ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހއ. ކެލާ

ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. ކެލާ ލިލީ ހައުސް މަރާމާތުކޮށް ރަށު މިއުޒިއަމް/ގެލެރީއެއް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރިއަށް ދާކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފި އެވެ. ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމުން އެ ޢިމާރާތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކެލާ ރަށު ކައުންސިލުން ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފައި ވެއެވެ. އެމަރުކަޒުން މި މަސައްކަތް ކުރިއަށް ދާގޮތް ހިއްސާ ކުރަމުން އިތުރަށް ބުނެފައިވަނީ މިތަން […]

އާއިޝަތު ރަފާހް ޢަލީ
ބާރަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރަށް ޔެލޯ އެލާޓް!

ބާރަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރަށް ޔެލޯ އެލާޓް!

ބާރަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރަށް ޔެލޯ އެލާޓް ނެރެފި އެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ބ އަތޮޅާއި ދެމެގެ ރަށްތަކަށް، މިރޭ 19:45 އިން މިރޭ 23:00 އަށެވެ. މިރޭ 08:00 އިން މާދަމާ ރޭގަނޑު 08:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތައް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައިވެއެ. […]

ޖަލްވާން ޖާދުﷲ
ބާރަށު އިސް މެޖިސްޓްރޭޓްގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި 📍 ހއ. ބާރަށް

ބާރަށު އިސް މެޖިސްޓްރޭޓްގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޣަނީ ޢަލީގެ މައްޗަށް ހުށަހެޅުނު މައްސަލައަކީ އިތުރަށް ކުރިޔަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީން ބުނީ  އެ މައްސަލައަކީ، ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޣަނީ ޢަލީ ޤާނޫނުއަސާސީއާ ޚިލާފަށް ދިފާއީ ވަކީލެއްގެ ޙައްޤުނުދީ މައްސަލައެއް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ކަމަށެވެ. އެ މައްސަލަ ތަޙްޤީޤުކުރ...

އަލީ އާދިލް
ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން 📍 ހއ. ބާރަށް

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުންކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހއ. އަތޮޅުގެ 12 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން ބައްދަލުވުން ބޭއްވި 12 ރަށު ކައުންސިލަކީ: 1- ތުރާ...

އިބްރާހިމް އަސްވާޤް
ބާރަށު ސްކޫލްގައި އިމާރާތްކުރާ 12 ކްލާސްރޫމް ނިންމަން ހަވާލުކޮށްފި 📍 ހއ. ބާރަށް

ބާރަށު ސްކޫލްގައި އިމާރާތްކުރާ 12 ކްލާސްރޫމް ނިންމަން ހަވާލުކޮށްފި

ހއ. ބާރަށު ސްކޫލްގައި ޢިމާރާތްކުރަން ފަށާފައިވާ، 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މިއަދު ހިވާލުކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދުވަނީ އެ މަސައްކަތް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެކަމުގެ އެއްބަސް ވުމުގައި ސޮއިކޮށްފަ އެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މި 12 ކްލާސްރޫމްގެ މަސައްކަތް ނިމުމާއި އެކު ބާރަށު ސްކޫލް، އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ. މި މަސައްކަތް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލ...

ޔުމްނާ ޢަލީ
ހއ އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގަނީ 📍 ހއ. ބާރަށް

ހއ އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގަނީ

ހއ. ފިއްލަދޫ އާއި ހއ. ވަށަފަރު ފަޅުތެރެއިން މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް “ތިލަދުން” އަށް މަޢުލޫމާތުދެމުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ މިއަދު 11 ޖަހާކަންހާއިރު މަހަށް ގޮސް އެންބުރި އެރަށަށް އައި ދޯންޏަކަށްކަމަށެވެ. އަދި އެތަކެތި ބަންދުކޮށްފައި ހުރި 50 ޕެކެޓް އެރަށުން ފެނިފައިވާކަމަށާއި ޕެކެޓެއްގައި 1 ކިލޯ ހުރިކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. ހއ. ވަށަފަރު ކައުންސިލްގެ ރައީސް މ...

އަލީ އާދިލް
ބާރަށް ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބާރަށް ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބާރަށް ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ނ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 10:10 އިން މެންދުރު 14:00 އާއި ހަމައަށެވެ. މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތައްބަލާއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން […]

އަލީ އާދިލް