މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (216 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
216 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

216 ޚަބަރުގެ ތެރެއިން
ނޮޅިވަރަމުގައި ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފަށަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފަށަނީ

ހދ. ނޮޅިވަރަމުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ނޮޅިވަރަމަކީ އާބާދީ ބޮޑު، ބިންބޮޑު ރަށެއް ކަމުގައިވާތީ، އެ ރަށުގައި ހ...

ޔުމްނާ ޢަލީ
ނޮޅިވަރަމު ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމު ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ހދ. ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ ރޭ އަޅައިފިއެވެ. މި ރަސްމިއްޔާތުތައް ބާއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައެވެ. މި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވ...

ޔުމްނާ ޢަލީ
ނޮޅިވަރަމުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާ ފިހާރައެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާ ފިހާރައެއް

ހދ. ނޮޅިވަރަމުގެ ދަނޑުވެރިންނަށް ބޭނުންވާ ދަނޑުވެރިކަމުގެ ސާމާނު ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ގޮތުން، އެރަށުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާ ފިހާރައެއް ގާއިމު ކުރުމަށްޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ނޮޅިވަރަމް ކައުންސިލްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭ...

ޔުމްނާ ޢަލީ
ނޮޅިވަރަން ދަނޑުބިންތަކުން ކައުންސިލަށް ފީ ނުނެގުމަށް ރައީސް އިލްތިމާސްކުރައްވައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަން ދަނޑުބިންތަކުން ކައުންސިލަށް ފީ ނުނެގުމަށް ރައީސް އިލްތިމާސްކުރައްވައިފި

ހދ. ނޮޅިވަރަން ދަނޑުބިންތަކުން ރަށު ކައުންސިލަށް ފީ ނުނެންގެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިކަމަށް އިލްތިމާސްކުރެއްވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން ރައީސް ވިދާޅުވީ، ނޮޅިވަރަމަކީ ދަނޑުވެރި ރަށެއް ކަމަށާއި، އެ ރަށުގެ ވަކި ވަކި އާއިލާތަކަށް އެންމެ ބޮޑު...

ޔުމްނާ ޢަލީ
ނެއްލައިދޫ އާއި ނޮޅިވަރަމްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ އާއި ނޮޅިވަރަމްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ނެއްލައިދޫ އާއި އެ އަތޮޅު ނޮޅިވަރަމްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަ...

އައިޝަތު އައިނީ އާމިރު
ނޮޅިވަރަމް ދާއިރާ މެމްބަރު ރަޝީދު ދެއްވާ އުމްރާ ދަތުރަށް ކުރިމަތިލުމަށް ހުޅުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ދާއިރާ މެމްބަރު ރަޝީދު ދެއްވާ އުމްރާ ދަތުރަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ރަޝީދުބެ) ދާއިރާގެ ރައްޔިތުންނަށް ދެއްވާ އުމްރާ ދަތުރަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ކޮންމެ އަހަރަކު ދާއިރާގެ ދެ ރަށް ކަމަށްވާއި ނޮޅިވަރާމާއި، ނޮޅިވަރަންފަރުގެ ދެ ރަށުން ގުރުއަތުން ހޮވޭ 4 މީހަކު އުމްރާ އަށް ފޮނުވުމަކީ ރަޝީދުގެ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން މިއަހަރު އުމްރާއަށް ދިޔުމަށް ގުރުއަތުގައި ބައިވެރިވުމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ގޫގްލް ފޯމު މެދުވެރިކޮށް 21 ޖުލައި 2025 ވަނަ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ސްކޫލުގައި ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސްކޫލުގައި ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަނުން ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހދ. ނޮޅިވަރަމް ސްކޫލުގައި މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވާފައިވަނީ ހދ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިނާނެވެ. މި ރަސްމިއްޔާތުގައި ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް ފަޒީލާ ޢަބްދުލްޣަފޫރާއި، ސްކޫލުގެ އިސްވެރިންނާއި، ޓީޗަރުންގެ އިތުރުން ގިނަ އަދަދެއްގެ...

އިބްރާހިމް އަސްވާޤް
އާދަމް އިބްރާހިމް ގެއްލުނު މައްސަލަ: އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރިއަށް 📍 ހދ. ނޮޅިވަރަމް

އާދަމް އިބްރާހިމް ގެއްލުނު މައްސަލަ: އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރިއަށް

ހދ. ނޮޅިވަރަމަށް ނިސްބަތްވާ އާދަމް އިބްރާހިމް ގެއްލުނު މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އާދަމް އިބްރާހިމް ހޯދަން ފެށީ 11 މެއި 2025 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެހާކަންހާއިރު ނަޑައްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބިގޮތަށް އަނބުރާ ދޯންޏަށް ނުގޮސް، ޚަބަރެއް ނުވެގެންނެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 11 މެއި 2025 ދުވަހުގެ ރޭ 10:25 އެހާކަންހާއިރު […]

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުން ދިޔަ ނޮޅިވަރަމް މީހާ ފަޅުރަށަކުން ފެނިއްޖެ 📍 ހދ. ނޮޅިވަރަމް

ގެއްލިގެން ހޯދަމުން ދިޔަ ނޮޅިވަރަމް މީހާ ފަޅުރަށަކުން ފެނިއްޖެ

ގދ. ނަޑައްލާ އަށް ދަތުރުކުރި ދޯންޏަކުން އެރަށަށް ފޭބި ހދ. ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ  ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34 އަހަރު) އެވެ. ފުލުހުން ބުނިގޮތުގައި އާދަމް އިބްރާހިމް ވަނީ ފެނިފައެވެ. ”އޭނާ ފެނިފައިވަނީ މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން. ހާލު ރަނގަޅު.” ފުލުހުން ބުންޏެވެ. އާދަމް އިބްރާހިމް ހޯދަން ފެށީ 11 […]

ޔުމްނާ ޢަލީ
ނަޑައްލާއަށް ފޭބި ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަނީ 📍 ހދ. ނޮޅިވަރަމް

ނަޑައްލާއަށް ފޭބި ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަނީ

ގދ. ނަޑައްލާ އަށް ދަތުރުކުރި ދޯންޏަކުން އެރަށަށް ފޭބި ހދ. ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދާ ފަރާތަކީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34 އަހަރު) އެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންތުގައި، 2025 މެއި 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެހާކަންހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އާދަމް އިބްރާހިމް ރަށަށް ފައިބައި، އޭގެފަހުން އެނބުރި ދޯންޏަށް އައިސްފައި ނުވާކަމަށް […]

ޔުމްނާ ޢަލީ
ނޮޅިވަރަމްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ފެނުގެ ނިޒާމުގެ މަސައްކަތް އަވަސްކުރަންް މަޝްވަރާކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ފެނުގެ ނިޒާމުގެ މަސައްކަތް އަވަސްކުރަންް މަޝްވަރާކޮށްފި

ހދ. ނޮޅިވަރަމުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ފެނުގެ ނިޒާމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިއަދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާ އާއި، އިނޮޅިވަރަމް ކައުންސިލްގެ މެމްބަރުންނާއި އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާއިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، ނިމިދިޔަ ސަރުކާރުން ފަށައިފައި...

އައިޝަތު އައިނީ އާމިރު
ބޮޑު ތިލަދުންމަތީގެ 6 ރަށެއް، 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން އެމްޓީސީސީ އަށް 📍 ހއ. މާރަންދޫ

ބޮޑު ތިލަދުންމަތީގެ 6 ރަށެއް، 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން އެމްޓީސީސީ އަށް

ބޮޑު ތިލަދުންމަތީގެ 6 ރަށެއް ހިމެނޭހެން 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން މޯލްޑިވްސް ޓްރަންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ރާއްޖޭގެ މި ޖަޒީރާ ރަށްތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ރަނގަޅަށް އުނގެނުމުގެ މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން ތައުލީމީ އިންފްރާސޓްރަކްޗަރ ހަރުދަނާކުރުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މި މަސްރޫޢުތައް ހިންގުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ކުންފ...

އައިޝަތު އައިނީ އާމިރު
ނޮޅިވަރަމް ދާއިރާގެ މެންބަރު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ދާއިރާގެ މެންބަރު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެ

ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ވަސީމާ މުޙައްމަދު ނިޔާވެއްޖެއެވެ. މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ނިޔާވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އެ ތައުޒިޔާ މެސެޖްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އަނބިކަނބަލުން، ނިޔާވުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅުގައި، އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި، އެމަނިކުފާނުގެ އާއިލާއަށް އ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ސިއްހީ މަރުކަޒަށް ތިން ވަނަ ސިޔާސީ ވެރިޔަކު ހަމަޖައްސައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސިއްހީ މަރުކަޒަށް ތިން ވަނަ ސިޔާސީ ވެރިޔަކު ހަމަޖައްސައިފި

ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒަށް އިތުރު ސިޔާސީ ވެރިޔަކު ހަމަޖައްސައިފިއެވެ. މިއީ ނޮޅިވަރަމް ސިއްހީ މަރުކަޒަށް މި ސަރުކާރުން ޢައްޔަނުކުރި ހަތަރު ވަނަ ސިޔާސީ ވެރިޔާއެވެ. އެ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް މިފަހަރު ހަމަޖައްސާފައި ވަނީ އަޙްމަދު އާމިރެވެ. އާމިރަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ ކެމްޕޭންގައި ވަރަށް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ރަޝީދު މިނިވަން މެމްބަރެއްގެ ގޮތުގައި ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ވަނީ ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. މި...

ޔުމްނާ ޢަލީ
ނޮޅިވަރަމް ޓާފު ދަނޑު ރަސްމީކޮށް ހުޅުވައި ކައުންސިލްކަޕް ފަށައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ޓާފު ދަނޑު ރަސްމީކޮށް ހުޅުވައި ކައުންސިލްކަޕް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމްގައި ޓާފް އަޅައިގެން ތަރައްގީކުރި ބޮޑު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައި “ނޮޅިވަރަމް ކައުންސިލް ކަޕް 2024” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. އިއްޔެ ހަވީރު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ރަސްމީކޮށް އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، އެ ރަށަށް ވަޑައިގެން ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ނޮޅިވަރަމްގައި އެ ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ މަސައްކަތް […]

އިބްރާހިމް ޚަލީލް