މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (215 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
215 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

215 ޚަބަރުގެ ތެރެއިން
ނޮޅިވަރަމް ގޮނޑުދޮށުން ވެލި ނެގުން - ނުހުއްޓުވުނު ބޮޑު މައްސަލަ އެއް! 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ގޮނޑުދޮށުން ވެލި ނެގުން - ނުހުއްޓުވުނު ބޮޑު މައްސަލަ އެއް!

ނޮޅިވަރަމުގައި އާންމު ރައްޔިތުންގެ އެކިއެކި ބޭނުންތަކަށާއި ބައެއްފަރާތް ތަކުން ވިޔަފާރި އުސޫލުން ގައު އަޅާވިއްކުމަށް މިދުވަސްވަރު ގޮނޑުދޮށުން ގިނައަދަދަކަށް ވެލި ނަގަމުންދާތީވެ ރަށް ގިރުމުގެ މައްސަލަމިވަނީ ވަރަށް ބޮޑު ވެފައެވެ. މިދުވަސްވަރު އާދަޔާހިލާފަށް ނޮޅިވަރަމުން ވެލިނަގަމުން ދާތީ އަމިއްލަ ފަރާތަކުން ވަނީ އީ.ޕީ.އޭ އަށް މައްސަލަވެސް ހުށައަޅާފައެވެ. އަދި މިމައްސަލަ މިހާރު އީ.ޕީ.އޭ އިން  ބަލަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިނޫހަށް މަޢުލޫމާތު ދެމުން ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބު...

ހުސައިން ހަބީބް
📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ޖަމިއްޔަތުލް ރިސާލާއިން ދީނީ ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއް ހިންގައިފި

ހދ. ނޮޅިވަރަމްގެ ޖަމްއިއްޔާއެެއް ކަމަށްވާ، ޖަމިއްޔަތުލް ރިސާލާއިން ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ. މިޙަރަކާތްތަކުގައި 19 ޑިސެމްބަރ 2019 ވަނަ ދުވަހު ހދ. ކުރިނބީގައި ދީނީ ނަޞޭހަތް ދިނުމުގެ 2 ޕްރޮގްރާމް، 20، 21 ޑިސެމްބަރު 2019 ވަނަ ދުވަހު ނޮޅިވަރަމްގައި ދީނީ ދަރުސް ދިނުމުގެ 4 ޕްރޮގްރާމްވަނީ ހިންގާފައެވެ. މީގެ އިތުރުން ހިންގި ހަރަކާތްތަކުގެ ތެރޭގައި ހޭލުންތެރިކޮށް، މައުލޫމާތު ފޯރުކޮށް ދިނުމަށް ގޭގެޔަށް ޒިޔާރަތް ކުރުމާއި، ޢާއިލީ ނަޞޭހަތް ދިނުން ކުރިއަށް ގެންދިއުމާއި […]

ޙުސައިން ޝަހުދީ
ނޮޅިވަރަމްގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް

ނޮޅިވަރަމްގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް

ނޮޅިވަރަމްގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުޑަކުދިންނަށް ފަސާގެ އިނާމެއް ހދ. ނޮޅިވަރަމްގައި ޖަމާއަތުގައި ފަތިސްނަމާދުކުރާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް ދޭން، އެރަށުގެ ޖަމްއިއްޔާއަކުން ނިންމައިފި އެވެ. އެގޮތަށް ފައިސާ ދޭން ނިންމާފައި ވަނީ ނޮޅިވަރަމްގެ ޖަމިއްޔާއެއްކަމަށްވާ ޖަމިއްޔަތުއް ރިސާލާއިންނެެވެ. އެ ހަރަކާތުގައި ބައިވެރިވާކަން އެންގުމަށް ނަން ނޯޓް ކުރަން ޖެހެއެވެ. މިހަރަކާތުގައި ބައިވެެރިވެ އިނާމު ލިބޭނީ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އެކަންޏެވެ. އެޖަމްއިއްޔާއިން ވަނީ މިހަރަކާތުގަ...

ހުސައިން ހަބީބް
ޕެންޓަގުރާމް ބޮޑު ޗުއްޓީސޭލް، ހދ. އަތޮޅުގެ 4 ރަށެއްގައި 📍 ހދ. ކުޅުދުއްފުށި

ޕެންޓަގުރާމް ބޮޑު ޗުއްޓީސޭލް، ހދ. އަތޮޅުގެ 4 ރަށެއްގައި

“ޕެންޓަރގުރާމް ބޮޑު ޗުއްޓީ ސޭލް” މިފަހަރު ހދ އަތޮޅުގެ 4 ރަށެއްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. ޕެންޓަރގުރާމް ބޮޑު ޗުއްޓީ ސޭލް މިފަހަރު ހދ އަތޮޅުގެ 4 ރަށެއްގައި ބާއްވަން ހަމަޖެހިފައިވާއިރު މިމަހުގެ 3 ވަނަ ދުވަހު ސޭލް ފަށާފައިވަނީ ނޮޅިވަރަމުންނެވެ. 5 ވަނަ ދުވަހާއި 6 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ސޭލް ކުރިއަށްދާއިރު 8 އަދި 9 ވަނަ ދުވަހު ސޭލް އޮންނާނީ ކުރިނބީގައެވެ. ސޭލް ގެ އެންމެ ފަހު ރަށެއްގެ ގޮތުގައި ކުރިއަށްދާނީ ނެއްލައިދޫގައެވެ. ޕެންޓަރގުރާމަކީ […]

ފާތިމަތު ސިނާޒާ
ނޮޅިވަރަމް ސްކޫލުގައި 6 ކުލާސް ރޫމް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސްކޫލުގައި 6 ކުލާސް ރޫމް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ހދ ނޮޅިވަރަމް ސްކޫލަށް އަލަށް އިތުރުކުރެވޭ 6 ކުލާސް ރޫމްގެ މަސައްކަތް ކުރުމަށް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފި އެވެ. ނޮޅިވަރަމް ސްކޫލްގެ 6 ކުލާސް ރޫމް އެޅުމުގެ މަސައްކަތުގެ އިތުރު ގއ ގެމަނަފުށީ ސްކޫލުގައި 10 ކުލާސް އެޅުމަށްވެސް ހަވާލުކުރީ ސްފިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ އެވެ. ގއ.ގެމަނަފުށި ސްކޫލްގައި 10 ކްލާސްރޫމް އަދި ހދ.ނޮޅިވަރަމް ސްކޫލްގައި 06 ކްލާސްރޫމް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން@aisthly pic.twitter.com/zS9tCV20zB — Ministry of Educat...

އިބްރާހިމް އަސްވާޤް
ނޮޅިވަރަމްގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ހދ ނޮޅިވަރަމްގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި އެވެ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ އިއްޔެ އެކަމަށްޓަކާ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބުދުﷲ އާއި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދެވެ. ކުރިން ޕޮލިސް ޑެސްކުގެ ހިދުމަތް ދެމުންގެންދިޔަ ނޮޅިވަރަމްގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ޕޮލިސް ސްޓޭޝަން ހުޅުއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިއަދުގެ ސަރުކާރުގެ ވިސްނުމަކީ ރާއްޖ...

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދައިފި 📍 ހދ. ނޮޅިވަރަމް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދައިފި

ހދ އަތޮޅުގައި ބާއްވަމުންދާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ކަމަށްވާ ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ޗެމްޕިއަންކަން ޓީމު ނޮޅިވަރަމް ހޯދައިފިއެވެ. މިރޭ 21:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ފެށި މުބާރާތުގެ ފައިނަލް މެޗުގައި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު، ސީދާ ތިން ސެޓުން ބަލިކޮށް ޓީމު ނޮޅިވަރަމް އިން ވަނީ މެޗު ކާމިޔާބި ކޮށްފައެވެ. ސިދާ 3 ސެޓުން ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރިޔަސް ތިން ސެޓުވެސް ވެގެން ގޮސްފައިވަނީ ވަރަށް […]

އަޙްމަދު މުޖުތަބާ
ނޮޅިވަރަމް ދާއިރާގެ މެމްބަރު މޮސްޓާ ޖުމްހޫރީ ޕާޓީ ޖަލްސާގައި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ދާއިރާގެ މެމްބަރު މޮސްޓާ ޖުމްހޫރީ ޕާޓީ ޖަލްސާގައި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ޖުމްހޫރީ ޕާޓީން މިވަގުތު ބާއްވަމުންދާ ޖަލްސާގައި ބައިވެރިވަމުން އެބަގެންދަވައެވެ. އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ ނަޝީދު ޖޭޕީގެ ޖަލްސާގައި ބައިވެރިވަމުންދާއިރު ނަޝީދު ފާހަގަ ކުރެވެނީ މަޖިލިސް ތެރޭގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުއްލަވާ ވާހަކަފުޅު ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ. ހއ، ހދ އަދި ށ އަތޮޅުގެ މަޖިލިސް މެމްބަރުންނަށް ބަލާލާއިރު ނަޝީދު ފިޔަވައ...

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ފައިނަލަށް 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ފައިނަލަށް ޓީމު ހަނިމާދޫ ބަލިކޮށް ޓީމު ނޮޅިވަރަމް ދަތުރު ކޮށްފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗު ގައި ލީގުގެ އެއްވަނާގައި އޮތް ޓީމު ހަނިމާދޫ އާއި ދެވަނާގައި އޮތް ޓީމު ނޮޅިވަރަމް ބައްދަލުކުރި މެޗު ޓީމު ނޮޅިވަރަމް އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ޓީމު ހަނިމާދޫ ބަލިކޮށްފައެވެ. ރޭ 20:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން 23-25 އިން ކާމިޔާބު ކުރިއިރު […]

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމް އަދި ހަނިމާދޫ ސެމީ ފައިނަލަށް 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމް އަދި ހަނިމާދޫ ސެމީ ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ސެމީ ފައިނަލްގެ ޖާގަ ޓީމް ނޮޅިވަރަމް އަދި ޓީމް ހަނިމާދޫ ޔަގީން ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ޓީމު ހަނިމާދޫ އަދި ޓީމް ނޮޅިވަރަމް އެވެ. މި މެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކުރީ ޓީމް ނޮޅިވަރަމް އެވެ. މެޗުގެ 4 ސެޓުވެސް ދިޔައީ ވަރަށް ވަދާވެރިކޮށެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރީ 34-36 […]

އަޙްމަދު މުޖުތަބާ
📍 ހދ. ފިނޭ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 : ނޮޅިވަރަމް އާއި ނޮޅިވަރަންފަރު މޮޅުވެއްޖެ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގައި އިއްޔެވެސް 2 މެޗު ކުޅެފައިވެއެވެ. އިއްޔެ ހަވީރު ކުޅެވުނީ މުބާރާރާތުގެ 9 ވަނަ މެޗެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ޓީމް ވައިކަރަދޫ ވިޔެސް އެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބު ކުރީ 20-25 އިން ނެވެ. ދެވަނަ ސެޓު […]

އަޙްމަދު މުޖުތަބާ
ރާންބޯގެ ފަރާތުން ނޮޅިވަރަމް އަށް ލިބުނު ނަމޫނާ އެހީ 📍 ހދ. ނޮޅިވަރަމް

ރާންބޯގެ ފަރާތުން ނޮޅިވަރަމް އަށް ލިބުނު ނަމޫނާ އެހީ

ރަށް ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ކުރިޔާއި މިހާރު ވަރަށް ތަފާތެވެ. ރައްޔިތުން އަމިއްލައަށް މަސައްކަތް ކޮށްގެން އިމާރާތް ކޮށްފައިވާ ރަށު ސްކޫލާއި ރަށު އޮފީހާއި އިޖުތިމާޢީ މަރުކަޒު ތައް މިހާރުވެސް ބައެއް ރަށް ރަށުގައި ފެންނާން އެބަހުއްޓެވެ. ރައްޔިތު މަސައްކަތަކަށް ގޮވާލީމައި އޭރު ރަށު ކުދި ބޮޑު އެންމެން ނިކުމެއެވެ. އެހެންނަމަވެސް މިއަދު މުޅިން ތަފާތެވެ. އޭރު ބަރޯ ނުވަތަ ކޮނޑުގައި އެއްޗެހި އުފުލައިގެން އޭރުގެ ނިސްބަތުން ބޮޑެތި އިމާރާތްތައް ނިންމާލަނީ މަދު […]

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 : ނޮޅިވަރަމް އާއި ކުޅުދުއްފުށި މޮޅުވެއްޖެ 📍 ހދ. ފިނޭ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 : ނޮޅިވަރަމް އާއި ކުޅުދުއްފުށި މޮޅުވެއްޖެ

ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯލް މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނީ މުބާރާރާތުގެ 5 ވަނަ މެޗެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ޓީމް ނޮޅިވަރަމް އާއި ޓީމް ފިނޭއެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ޓީމް ނޮޅިވަރަމް އެވެ. މެޗުގެ ފުރަތަމަ ސެޓު ޓީމް ނޮޅިވަރަމް އިން ކާމިޔާބު ކުރީ 16-25 އިން ނެވެ. ދެވަނަ ސެޓު ޓީމް ނޮޅިވަރަމް […]

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމްފަރު އަދި ހަނިމާދޫ މޮޅުވެއްޖެ 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމްފަރު އަދި ހަނިމާދޫ މޮޅުވެއްޖެ

ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯލް މުބާރާތުގެ 2 މެޗު އިއްޔެވެސް ކުޅެފިއެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބާއި އާއި ޓީމް ކުޅުދުއްފުއްޓެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް 17-25 އިން ކާމިޔަބު ކުރިއިރު ދެވަނަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބުކުރީ 16-25 […]

އަޙްމަދު މުޖުތަބާ
"ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް" 📍 ހދ. ނޮޅިވަރަންފަރު

"ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް"

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނު” އަށް އިސްލާޙު ހުށަހެޅި، ދާއިރާ ތަކުގެ ނަމަށް ބަދަލު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ދިޔައިރު ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު (މޮސްޓާ) ފާޅުކުރެއްވި ކަންބޮޑުވުމަކީ އޭނާގެ ދާއިރާއަށް ކުރިމަތި ވެފައިވާ ކަންބޮޑުވުމެކެވެ. ނަޝީދުގެ ކަންބޮޑުވުމަކީ އޭނާގެ ދާއިރާގައި އެންމެ ދެރަށް އޮތްއިރު، އެ ދެރަށުގެ ނަން މާ އެއްގޮތްވުމުން ކުރިމަތިވާ މައްސަލަތަކެކެވެ. އެއީ އެ ދާއިރާގައި އ...

ހުސައިން ހަބީބް