މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނެއްލައިދޫ (191 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
191 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނެއްލައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

191 ޚަބަރުގެ ތެރެއިން
ފުޓްބޯޅަ ކުޅޭނެ ދަނޑެއް ނެތުމުން ނައިވާދޫ ޓީމް ޕްރެކްޓިސް ކުރަން ނެއްލައިދޫއަށް 📍 ހދ. ނައިވާދޫ

ފުޓްބޯޅަ ކުޅޭނެ ދަނޑެއް ނެތުމުން ނައިވާދޫ ޓީމް ޕްރެކްޓިސް ކުރަން ނެއްލައިދޫއަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ސިޓީގެ ކުލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ، މި އަހަރު މުބާރާތުގެ ދަޢުވަތު އަތޮޅުގެ ބައެއް ރަށްތަކުގެ ކުލަބް ޖަމިއްޔާތަކަށް ފޮނުވާފައިވާއިރު، އެ ދަޢުވަތު ނައިވާދޫއަށް ވެސް ވަނީ ފޮނުވާފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފޮނުވި ދަޢުވަތު ޤަބޫލްކޮށް ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބުން ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެ އެ ޓީމުން މިހާރު ޕްރ...

އިބްރާހިމް ޚަލީލް
ނެއްލައިދޫ ޕްރޮމޯޓްކުރެވޭ ވަސީލަތަކަށް މަލުން ޖަރީވެފައިވާ ބޯގަންވިލާ ގަސްތައް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ޕްރޮމޯޓްކުރެވޭ ވަސީލަތަކަށް މަލުން ޖަރީވެފައިވާ ބޯގަންވިލާ ގަސްތައް

ގޯތިތެރޭގައި އޮންނަ ހުސްތަންކޮޅުގައި ނުވަތަ ދިރިއުޅޭ އެޕާޓްމެންޓްގެ ބެލްކަނީގައި ގަސް އިންދައި ހެއްދުމަކީ ދިވެހިންގެ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ގޭތެރޭގައި ގިނަވަގުތު ހޭދަކުރަން ޖެހުމާއިއެކު ގޯތިތެރެއާއި ބެލްކަނީގައި ގަސް އިންދައި ހެއްދުމަށް އައިސްފައި ވަނީ އިންގިލާބީ ބަދަލެކެވެ. މި އިންގިލާބީ ބަދަލުގެ ތެރެއިން އެންމެ ގިނަގެތަކުގެ ބެލްކަނިންނާއި ގޯތިތެރޭގައި ހެދިފައިވާ ބަގީޗާތަކުން ފެނިގެންދާ އެއް ބާވަތަކީ ބޯގަންވިލާއެވެ. ބޯގަންވިލާގެ ކުލަތަކުގެ ނ...

އިބްރާހިމް ޚަލީލް
ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 04 މެއ...

އިބްރާހިމް ޚަލީލް
ރޯދަ މަހަށް ތައްޔާރު ވުމަށް ނެއްލައިދޫގައި އަދާލަތުގެ ދަރުހެއް 📍 ހދ. ނެއްލައިދޫ

ރޯދަ މަހަށް ތައްޔާރު ވުމަށް ނެއްލައިދޫގައި އަދާލަތުގެ ދަރުހެއް

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހދ.ނެއްލައިދޫގައި އަދާލަތު ޕާޓީން ދަރުހެއް ބާއްވައިފިއެވެ. ރޭ ނެއްލައިދޫ ބަނދަރު ސަރަހައްދުގައި “ރަމަޟާން މަހަށް ތައްޔާރުވުން” މި މަޢުޟޫއަށް ކުރިއަށް ގެންދެވުނު ދަރުސް ދެއްވާފައި ވަނީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ޙުސައިން އެވެ. މި ދަރުހަކީ ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ނެއްލައިދޫ ކައުންސިލާއި އަދާލަތު ޕާޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދަރުހެކެވެ. މި ދަރުހާއި ގުޅޭގޮތުން މި ނޫހަ...

އިބްރާހިމް ޚަލީލް
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބާއްވަނީ 📍 ހދ. ނެއްލައިދޫ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބާއްވަނީ

މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހދ. ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ ނައިބު ރައީސް އަހްމަދު ރަޝީދު ވިދާޅުވީ މިއީ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތްތަކެއް ކަމަށެވެ. އަދި މިއީ އެރަަށު އަންހުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތްތަކެއް ކަމަށެވެ. އެގޮތުން މާރޗު 8 ވަނަަ ދުވަހު މަދަހަ މުބާރާތެއް ބޭއްވުމަށް ނިންމާފ...

މުޙައްމަދު އަފްރާޙް
ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ބޭއްވި ދުވުން ނިންމާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ބޭއްވި ދުވުން ނިންމާލައިފި

ހދ. ނެއްލައިދޫ، ވެރޯނާ / މުހައްމަދު ހަސަން އަށް އެހީވުމަށް ބޭއްވި “ހެލްޕް ރަން” ކާމިޔާބު ކަމާއިއެކު ނިންމާލައިފި އެވެ. މި ދުވުން އިންތިޒާމުކުރި ނެއްލައިދޫ އެންޕަވަމެންޓް އެންޑް ރެކްރިއޭޝަން ޔުނިޓީ (ނެރު) ޖަމިއްޔާއިން ވިދާޅުވީ، މި ދުވުމުގައި ގިނަ އަދަދެއްގެ ކުދިންނާއި މީހުން ބައިވެރިވެފައިވާކަމަށެވެ. މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 3 ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. 18 އަހަރުން ދަށާއި 19 އަހަރާއި 35 އަހަރާއި ދެމެދު އަދި 36 އަހަރުން މަތީގެ މީހުންނަށް ފުރުޞަތު […]

އަލީ އާދިލް
ކުޅުދުއްފުށީގެ އިތުރުން ހދ. އަތޮޅުގެ ފަސް ރަށަކަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް 📍 ހދ. ވައިކަރަދޫ

ކުޅުދުއްފުށީގެ އިތުރުން ހދ. އަތޮޅުގެ ފަސް ރަށަކަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. އަތޮޅުގެ ފަސް ރަށަކަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފަށައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވާގޮތުގައި މިއީ ފުޑް ސެކިއުރިޓީ ޕްރޮޤްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. އަތޮޅުގެ ފަސް ރަށަކަށް މުޑުވައް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ކުޅުދުއްފުށީގެ އިތުރުން މި އަހަރު މުޑުވައް ދޭން ނިންމާފައިވާ […]

ޔުމްނާ ޢަލީ
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ދުވުމެއް ބާއްވަނީ 📍 ހދ. ނެއްލައިދޫ

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ދުވުމެއް ބާއްވަނީ

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ހދ. ނެއްލައިދޫ، ވެރޯނާ / މުހައްމަދު ހަސަން އަށް އެހީވުމަށް ހާއްސަ ދުވުމެއް ބޭއްވުމަށް އެރަށު ނެރު ޖަމިއްޔާ އިން ތައްޔާރުވެއްޖެ އެވެ. އެޖަމިއްޔާގެ ރައީސް ހާމިދު ރަޝީދު “ތިލަދުން” އަށް ވިދާޅުވީ މި ދުވުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ނެއްލައިދޫގައި ކަމަށެވެ. އަދި އެ ދުވުމަށް އެރަށުން ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި ދުވުން ފަށާނީ އެ ދުވަހުގެ ހަވީރު 4 ޖަހާއިރު ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް އަލުން ފަށައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް އަލުން ފަށައިފި

ހދ. ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް ފަށައިފި އެވެ. އެ އެކަޑަމީގެ ރައީސް ފާރޫގް އާދަމް “ތިލަދުން” އަށް ވިދާޅުވީ 2018 ވަނަ އަހަރު އުފެދުނު މި އެކަޑަމީގެ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ގެންދަނިކޮށް މުޅި ދުނިޔެއަށް ވެސް ކުރިމަތިވި ކޮވިޑުގެ ސަބަބުން ހަރަކާތްތަކަށް މަޑުޖެހުން އައި ކަމަށެވެ. ނަމަވެސް އެ ހާލަތު ބަދަލުވެ، މިހާރުވަނީ އަލުން ކުރިއެކޭ ވެސް އެއްގޮތަށް ހަރަކާތްތައް ފަށާފައި ކަމަށެވެ. އެގޮތުން މި ޑިސެމްބަރު މަހު އެރަށުގައި ފުޓްސަލް […]

މުޙައްމަދު އަފްރާޙް
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި މަސްރޭހެއް 📍 ހދ. ނެއްލައިދޫ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި މަސްރޭހެއް

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މުއައްސަސާތަކުގެ އިތުރުން ކުލަބު ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަސް ރޭހެކެވެ. ދިވެހި ރާއްޖޭގައި ކޮންމެ އަހަރަކު ވެސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. މި މުބާރާތް ބ...

އިބްރާހިމް ޚަލީލް
އިންޓަރ ސްކޫލް ނޯތް ޒޯން ނެޓްބޯލް މުބާރާތް: ފުނަދޫ، ނެއްލައިދޫއަށް ހަމަހަމަ ނިމުމެއް، އަފީފުއްދީން ސްކޫލަށް ބޮޑުމޮޅެއް 📍 ހދ. ކުޅުދުއްފުށި

އިންޓަރ ސްކޫލް ނޯތް ޒޯން ނެޓްބޯލް މުބާރާތް: ފުނަދޫ، ނެއްލައިދޫއަށް ހަމަހަމަ ނިމުމެއް، އަފީފުއްދީން ސްކޫލަށް ބޮޑުމޮޅެއް

ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗު އެެއްވަރުވެގެން ނިމިއްޖެ އެވެ. މި މެޗުގައި ބައްދަލުކުރީ ފުނަދޫ ސްކޫލާއި ނެއްލައިދޫ ސްކޫލެވެ. 13 އަހަރުން ދަށުގެ އުމުރުފުރައިގެ މި މެޗު ނިމުނީ 4 ޝޫޓް 4 ޝޫޓުން އެއްވަރުވެގެން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ނެއްލައިދޫ ސްކޫލުގެ ސާރާ އަހްމަދެވެ. މިއަދުގެ ދެވަނަ މެޗަކީ ވެސް […]

މުޙައްމަދު އަފްރާޙް
ނެއްލައިދޫއިން ޓޫރިޒަމް މިނިސްޓްރީގެ ވަފުދަށް، "ޓޫރިޒަމް ނެތް ހދ" ގެ ހާލަތު ދައްކާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫއިން ޓޫރިޒަމް މިނިސްޓްރީގެ ވަފުދަށް، "ޓޫރިޒަމް ނެތް ހދ" ގެ ހާލަތު ދައްކާލައިފި

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި “ޓޫރިޒަމް ނެތް ހދ” ގެ ހާލަތު ތަފާތު ގޮތަކަށް ހދ. ނެއްލައިދޫއިން ދައްކާލައިފި އެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފް އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، މިއަދު އެރަށަށް ވަޑައިގެންނެވީ އިރާކޮޅުގެ ވަގުތެއްގަ އެވެ. މިނިސްޓްރީގެ ވަފުދަށް މަރުހަބާ ދެނެވެވުމަށް އެރަށު ބަނދަރުމަތި ވަނީ ވ...

އަލީ އާދިލް
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތުގެ 93 އިންސައްތަ ވަނީ މިހާރު ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ތަރައްގީ ކުރުމާއި، 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ހދ. […]

އަޙްމަދު ވަހީދު
އުރީދޫގެ އެހީއާއިއެކު ނެއްލައިދޫގެ ހުރިހާ ގެއަކަށް ފޮތިކޮތަޅު ބަހައިފި 📍 ހދ. ނެއްލައިދޫ

އުރީދޫގެ އެހީއާއިއެކު ނެއްލައިދޫގެ ހުރިހާ ގެއަކަށް ފޮތިކޮތަޅު ބަހައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގެ ގޭބިސީތަކަށް ފޮތިކޮތަޅު ބަހައިފިއެވެ. މިކަމާއި ގުޅިގެން ނެއްލައިދޫ ކައުންސިލުން މިއަދު ވިދާޅުވެފައި ވަނީ އެ ރަށުގެ ރައްޔިތުންގެ މެދުގައި ތިމާވެއްޓާއި ރައްޓެހި އާލާތްތައް ބޭނުންކުރުމުގެ ޝައުޤުވެރިކަން އުފެއްދުމަށާއި، ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ބާރުއެޅައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އުރީދޫ މޯލްޑ...

އިބްރާހިމް ޚަލީލް
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމިއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމިއްޖެ

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 51 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއިގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. Hdh. Nellaidhoo Shore Protection Project is...

އަޙްމަދު ވަހީދު