ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގެ ގޭބިސީތަކަށް ފޮތިކޮތަޅު ބަހައިފިއެވެ.
މިކަމާއި ގުޅިގެން ނެއްލައިދޫ ކައުންސިލުން މިއަދު ވިދާޅުވެފައި ވަނީ އެ ރަށުގެ ރައްޔިތުންގެ މެދުގައި ތިމާވެއްޓާއި ރައްޓެހި އާލާތްތައް ބޭނުންކުރުމުގެ ޝައުޤުވެރިކަން އުފެއްދުމަށާއި، ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ބާރުއެޅައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން އެ ރަށުގެ ކޮންމެ ގޭބީސީއަކަށް ފޮތިކޮތަޅު ހަދިޔާ ކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ރައީސާ ލީލާ މުޙައްމަދު ވިދާޅުވެފައި ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ މިންވަރު މަދުކުރުމުގެ މަޤުޞަދުގައި އެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް މިއަދު ފޮތި ކޮތަޅު ބަހާފައިވާ ކަމަށާއި، އެ މަސައްކަތް ކޮށްފައި ވަނީ އެ ކޮމެޓީގެ މެމްބަރުން ކަމަށެވެ.
ލީލާ ވަނީ އެ ކޮމެޓީން ނިންމާ ނިންމުންތައް ތަންފީޒް ކުރުމުގައި ނެއްލައިދޫ ކައުންސިލުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއަދު ކުރިއަށް ގެންދެވުނު ހަރަކާތުގައި އުރީދޫގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެ ފަރާތަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!