އޮރިޔާން ކާޑު ހެދި މައްސަލާގައި ބަންގްލަދޭޝްގެ އަލަމްގިރި ދެ އަހަރާއި ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެތައް ބަޔަކާ އެއް ޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރު ވީޑިއޯކުރި މައްސަލާގައި އަލަމްގިރިގެ މައްޗަށް 40 ދައުވާއެއް ދައުލަތުން ކުރި އެވެ. އެ ހުރިހާ ދައުވާތަކަށް އޭނާ އެއްބަސްވާތީ ކޯޓުން ވަކިވަކިން އިއްވި އަދަބުތަކުގެ ޖުމްލަ އަދަބަކީ ދެ އަހަރާއި އަށް މަހަށް ޖަލަށްލުމެވެ.

Ad
rt

އޭނާގެ މައްޗަށް ކުރިން ވަނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ހަތް މަހުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.

އޭނާއާ އެކު ގުޅުން ހިންގި ވަކީލް ނާޒިމް ސައްތާރާއި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވެސް އޮތީ ހުކުމްކޮށްފަ އެވެ. ނާޒިމަށް އިއްވީ ތިން މަހުގެ ގޭ ބަންދުގެ ހުކުމެކެވެ.

ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.