މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނެއްލައިދޫ (191 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
191 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނެއްލައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

191 ޚަބަރުގެ ތެރެއިން
ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ 📍 ހއ. ތުރާކުނު

ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ހއ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ތުރާކުނު ކައުންސިލް އަދި ހދ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ހދ. ނެއްލައިދޫ ކައުންސިލް ހޮވިއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. […]

އަލީ އާދިލް
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދުވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހަ...

ޔުމްނާ ޢަލީ
ނެއްލައިދޫ ކޮމިޔުނިޓީ ޕާކް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްޤީ ކުރަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކޮމިޔުނިޓީ ޕާކް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްޤީ ކުރަނީ

ހދ.ނެއްލައިދޫ ކޮމިއުނިޓީ ޕާކް ސަރަހައްދުގައި ވިޔަފާރި އުސޫލުން ރެސްޓޯރެންޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު  ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 ފެބްރުއަރީ 2021  ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް އެ ކައުންސިލަށް ވަޑައިގެން ރެޖިސްޓަރީ ކުރައްވަމުން ގެންދިއުމަށެވެ. ރަޖިސްޓަރ...

އިބްރާހިމް ޚަލީލް
ނެއްލައިދޫން ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫން ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ނެއްލައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ފަސް މީހުންނަކީ ވެސް އެއް ޢާއިލާއަކަށް ނިސްބަތްވާ ފަސް މީހުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ. އެމީހުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެމީހުންގެ ހޯމް ކަރަންޓީނު މުއްދަތު 14 ދުވަސް އިތުރު ކުރެވިފައިވާ ކަމަށް ވެސް އެ […]

ޔުމްނާ ޢަލީ
ނެއްލައިދޫ "ޒޫމް ޓުރޭޑް": ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން އައު ފިހާރަ އެއް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ "ޒޫމް ޓުރޭޑް": ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން އައު ފިހާރަ އެއް

ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން ހދ. ނެއްލައިދޫގައި “ޒޫމް ޓުރޭޑް” ގެ ނަމުގައި އައު ފިހާރައެއް ހުޅުވައިފި އެވެ. ގޭތެރޭގެ ސާމާނުތައް އެއްތާކުން އަގުހެޔޮކޮށް ލިބޭ މިފިހާރަ ހުޅުވާފައިވާނީ މިމަހުގެ19 ވަނަ ދުވަހު އެވެ. އެ ފިހާރައިގެ އެއް ފައުންޑަރ ކަމުގައިވާ މުހައްމަދު އަލީފް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފިހާރަ އަކީ އަގު ހެޔޮކޮށް ގޭތެރެއަށް ބޭނުންވާ ސާމާނު ފަދަ ތަކެތި އެއްތާކުން ލިބޭނެ އިންތިޒާމް އެރަށުގެ ރައްޔިތުންނަށް ހޯދައިދިނުމަށް ހުޅުވުނު ފިހާރައެއްކަމަށެވެ. ސާނަވީ ތަޢުލީމު ނިންމާ […]

އިބްރާހިމް އަސްވާޤް
ނެއްލައިދޫ ބަނދަރުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް އަންނަ ހދ. ނެއްލައިދޫ ބަނދަރުގެ 42 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 5 ޕަސެންޓް ވަނީ ނިމިފައިވާކަމަށެވެ. އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އ...

ޔުމްނާ ޢަލީ
ނެއްލައިދޫ "ކާޑުގެ" އަށް ނަޒަރެއް! 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ "ކާޑުގެ" އަށް ނަޒަރެއް!

ރާއްޖޭގެ ރައްޔިތުންނަށް ކާބޯތަކެތި ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، 80 އަހަރު ކުރިން ދިވެހި ދައުލަތުން ވަނީ، ރަށްފުށުގައި ކާޑުގެތަކެއް އިމާރާތްކޮށްފަ އެވެ. އެގޮތުން އިމާރާތްކުރެވުނު ކާޑުގެތަކުގެ ތެރެއިން ހދ. ނެއްލައިދޫ ކާޑުގެ އިމާރާތްކުރެވިފައިވަނީ ރަށްވެހި މަގުގެ ރަށްވެހި އަސަރު އިމާރާތުގެ ކުރިމަތިން ފެންނަންހުރި އުވަ ތަޅުންގަނޑު އޮތް ބިމުގައެވެ. އެދުވަސްވަރުގެ ޅަފުރާގެ ކުދިން، ނަމަވެސް މިއަދުގެ އުމުރުން ދުވަސްވެފައިވާ ފަރާތްތަކުން މަޢުލޫމާތު ދެއްވިގޮތުގައި، ނެއްލައިދޫ ކާޑުގެއި...

ތިލަދުން
ނެއްލައިދޫގެ ހިތްފަސޭހަ މާހައުލުން، ކާބަފައިންގެ ސާދާ ދިރިއުޅުމުން ދުވަހެއް! 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގެ ހިތްފަސޭހަ މާހައުލުން، ކާބަފައިންގެ ސާދާ ދިރިއުޅުމުން ދުވަހެއް!

އިހުގެ ކާބަފައިންގެ ދިރިއުޅުން ހުރިނެތްގޮތް ބަލައިލުމަށް ހދ ނެއްލައިދޫގެ ބައެއް ދުވަސްވީ މީހުންނާއިއެކު ތަރައްގީގެ މި ހަލަބޮލި މާހައުލުގެ ތެރެއިން  ވަގުތުކޮޅެއް ހުސްކޮށްލީމެވެ.     ސުވާލުކޮށްލުމުން ފުރަތަމަވެސް ފެނިގެންދިޔައީ ލުއި ހިނިތުންވުމެކެވެ. “ސިޔާސަ އުމުރުކަމުން ކޮންމެދުވަހެއްވެސް ފެށެނީ ފަތިސް ނަމާދަށް މަންމަ ނެގީމައެވެ. ނަމާދުން އަވަދިވެގެން ފަތިހުގެ ހިތްގައިމު ވަގުތުގައި ފެންފޮދެއް ބޯލައިގެން މުޅޯށި ހިފައިގެން އަވަސްވެ ގަނެވެނީ ދުވަހުގެ ކޮއްތު ހޯދުމަށް، ބައްޕައާއިއެކީ ބަނބުކެޔޮ ގަސްތަކ...

ތިލަދުން
ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކަ ކޯޕަރޭޝަން އިން ހދ. އަތޮޅު ކުމުންދޫ އާއި ވައިކަރަދޫ އަދި ނެއްލައިދޫގައި އަޅާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ތިން ރަށުގެ އިންޖީނުގެ އާއި އޮފީސް ބްލޮކްގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އަދި ރަށު ކައުންސިލުގެ ރައީސުންނެވެ. ކުމުންދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓްރަކްޝަންސްއާ ކަމަށްވާއިރު، 270 ދުވަހުގެ ތެރޭގައި މި މަސައްކަތް...

ޔުމްނާ ޢަލީ
އެމްޓީސީސީން ތަރައްޤީކުރާ ނެއްލައިދޫ އަދި ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށް 📍 ށ. ފީވަށް

އެމްޓީސީސީން ތަރައްޤީކުރާ ނެއްލައިދޫ އަދި ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ހދ. ނެއްލައިދޫ އަދި ށ. ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށް ދާކަމަށް އެ ކުންފުނިން ބުނެފިއެވެ. މިގޮތުން އެމްޓީސީސީން ބުނީ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިފައިވާ ކަމަށެވެ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިންމާލެވިފައިވާ ކަމަށް ވެސް […]

ޔުމްނާ ޢަލީ
ނެއްލައިދޫ ސްކޫލުގެ ރަންޔޫބިލް ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ސްކޫލުގެ ރަންޔޫބިލް ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ނެއްލައިދޫ ސްކޫލުގައި ތަޢުލީމް ފޯރުކޮށްދޭން ފެށިތާ ފަންސާސް އަހަރު ވުމާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ  ސްކޫލުގެ ރަންޔޫބިލް ހަރަކާތްތަކުގައްޔާއި އަދި ކަނޑައެޅޭ ވަކި މުއްދަތަކަށް އެ ސުކޫލުގެ ރަސްމީ ލިޔުންތަކުގައި ބޭނުންކުރުމަށް ލޯގޯއެއް ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު އެ ސްކޫލުން ހުޅުވައިލައިފިއެވެ. އެ ސުކޫލުގެ ދަރިވަރުންގެ އިތުރުން އާންމު ފަރާތްތަކަށް ވެސް ރަންޔޫބިލް ލޯގޯ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވާއިރު އެ ސްކޫލްގެ ރަންޔޫބިލް ހަރަކާތްތަކުގައި ބޭނުން ކ...

އިބްރާހިމް ޚަލީލް
ނެއްލައިދޫ ބަނދަރުގެ 32 ޕަސެންޓު މަސައްކަތް ނިމިއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގެ 32 ޕަސެންޓު މަސައްކަތް ނިމިއްޖެ

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 32 ޕަސެންޓު މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށިލުމަށް ބޭނުންވާ ގައު އިއްޔެ އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި،10،294 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރ...

އަލީ އާދިލް
އައިސެވަން އިން ނެއްލައިދޫގައި ކަރަންޓީން ފެސިލިޓީއެއް ޤާއިމް ކުރުމަށް ބޮޑު އެހީއެއް

އައިސެވަން އިން ނެއްލައިދޫގައި ކަރަންޓީން ފެސިލިޓީއެއް ޤާއިމް ކުރުމަށް ބޮޑު އެހީއެއް

އައި.ސެވަން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑ ގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ނެއްލައިދޫ “އެދުރުވެހި” އިމާރާތް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މަރާމާތުކޮށް ނިންމައި، ނެއްލައިދޫ ކައުންސިލް އާއި ހަވަލުކޮށްފިއެވެ. ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ މިއީ ކޯވިޑް19 އަށް މޮނިޓަރ ކުރުމަށް ކަރަންޓީންކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަޤުސަދުގައި ކުރެވުނު މަސައްކަތެއްކަމަށެވެ. މިމަސައްކަތް ނިންމާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަދު އެދުރުވެހި އިމާރާތުގައެވެ. އައި.ސެވަން ކޮންސްޓްރަކްޝަން ކޮމްޕެނީ...

އިބްރާހިމް އަސްވާޤް
ނެއްލައިދޫ ބަނދަރުގެ 30 އިންސައްތަ މަސައްކަތް ނިންމާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގެ 30 އިންސައްތަ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ %30 ނިމިފައި ވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އެމްޓީސީސީއިން ކުރި ޓުވިޓެއްގައި އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ %45 މަސައްކަތްވެސް ވަނީ ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި، 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 224...

ޖަލްވާން ޖާދުﷲ
އުތެމަ ޖަމްޢިއްޔާ އަށް ފިޔަވަޅު އެޅުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި 📍 ހދ. ނެއްލައިދޫ

އުތެމަ ޖަމްޢިއްޔާ އަށް ފިޔަވަޅު އެޅުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ “އުތެމަ” ޖަމްޢިއްޔާއިން އިސްލާމް ދީނާ ޚިލާފު ރިޕޯޓެއް ނެރެފައި ވާކަމަށާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން ގޮވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ “އުތެމަ” އިން 22 ޖޫން 2020 އިން 10 ޖުލައި 2020 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމެޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހެޅި ރިޕޯޓުގައި އެމްޑީއެންގެ ރިޕޯޓު ބަލައިގަ...

އިބްރާހިމް ޚަލީލް