މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ނަރުދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނަރުދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ނަރުދޫން ޖުމްލަ 8 މީހުން ފައްސިވެއްޖެ

ނަރުދޫން ޖުމްލަ 8 މީހުން ފައްސިވެއްޖެ

ށ. ނަރުދޫން މިހާތަނަށް ޖުމްލަ އަށް މީހެއް ކޯވިޑަށް ފައްސިވެފައި ވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން ބޯޓުގެ ކެޕްޓަނާއި އެކު އެރަށުން ޖުމްލަ އަށް މީހަކު މިހާރު ކޯވިޑަށް ފައްސި ވެފައި ވާކަމަށެވެ. އަދި އެރަށުގައި އެންމެ ބޮޑަށް ނޫންނަމަވެސް މުޖުތަމައު ތެރޭ ބަލި ފެތުރޭ ހާލަތް އޮތް […]

ޔުމްނާ ޢަލީ
ނަރުދޫން ފައްސިވި މީހުންގެ ޢަދަދު 6 އަށް 📍 ށ. ނަރުދޫ

ނަރުދޫން ފައްސިވި މީހުންގެ ޢަދަދު 6 އަށް

ށ. ނަރުދޫ އިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު 6 އަށް އަރައިފިއެވެ. އެޗްޕީއޭއިން މިކަން އަދި ރަސްމީކޮށް ޔަޤީން ކޮށް ދީފައި ނުވިނަމަވެސް ނަރުރޫން މިނޫހަށް ވާހަކަ ދެއްކި މީހަކު ވަނީ އެރަށުން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު ހަޔަކަށް އަރާފައިވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ އެރަށުން ކޯވިޑް-19 ފައްސިވެފައި ވަނީ އަމާޒު ބޯޓުގެ ކެޕްޓަނާއި، އޭނާގެ އަނބިމީހާއާއި، ދެ ދަރިންނާއި އަދި އަމާޒު ބޯޓުގެ ދެ ފަޅުވެރިން ކަމަށެވެ. އެ ރަށުން […]

ޝިއުނާ އާދަމް
ނަރުދޫން އިތުރު ތިން މީހުން ފައްސިވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫން އިތުރު ތިން މީހުން ފައްސިވެއްޖެ

ށ. ނަރުދޫ އިން އިތުރު ތިން މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. އެޗްޕީއޭއިން މިކަން އަދި ރަސްމީކޮށް ޔަޤީން ކޮށް ދީފައި ނުވިނަމަވެސް ނަރުރޫން މިނޫހަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުން އިތުރު ތިން މީހަކު ފައްސިވެފައިވާ ކަމަށެވެ. އެކަން އެ ޢާއިލާއަށް އަންގާފައިވަނީ މީގެ އިރުކޮޅެއް ކުރިން ކަމަށްވެސް އޭނާ ބުންޏެވެ. އެ ރަށުން ވިހި މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އަލަށް ފައްސިވި ތިން މީހުންނަކީވެސް އަމާޒު ބޯޓު ކެޕްޓަނާއި ސީދާ […]

ޝިއުނާ އާދަމް
ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި 📍 ށ. ފުނަދޫ

ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނެސްފި އެވެ. އެޗްޕީއޭ އިން ބުނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ.ނަރުދޫ އާއި ށ.ފުނަދޫ އާއި ށ.މިލަންދޫ އާއި ށ.ފީވަށް އަދި ށ.މާއުނގޫދޫ ކަމަށެވެ. މީގެ އިތުރުން ނ އަތޮޅު ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށަ ގެނެސްފައެވެ. މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެ […]

ޔުމްނާ ޢަލީ
ނަރުދޫ ބޯޓުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސި ވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫ ބޯޓުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސި ވެއްޖެ

ށ. ނަރުދޫ ބޯޓަކުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މިކަމާއި ގުޅޭ އެޗްޕީއޭގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު، ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނައިކަން އެކައުންސިލުން ހާމަކޮށްފައިވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރު ކުރި މީހެއް ކޯވިޑް-19 އަށް ފައްސިވެފައިވާކަން އެޗްޕީއޭއިން އެ ކައުންސިލަށް އެންގުމާއި ގުޅިގެންނެވެ. އެ ކައުންސިލުން ބުނެފައި ވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ބޯޓުން 16 އޭޕްރިލް […]

ޔުމްނާ ޢަލީ
ނަރުދޫގައި ހުރި "ލޭ" ފާޑުގެ އެއްޗެއް އަންނަ، އާދަޔާއި ހިލާފު ގަސް! 📍 ށ. ނަރުދޫ

ނަރުދޫގައި ހުރި "ލޭ" ފާޑުގެ އެއްޗެއް އަންނަ، އާދަޔާއި ހިލާފު ގަސް!

މިއީ މަސްހޫރު ށ. ނަރުދޫގައި ހުންނަ އާދަޔާއި ހިލާފުކަމެއް ފެންނަން ހުރި ގަހެއްގެ ވާހަކައެކެވެ. މިގަހަށް އެރަށުމީހުން ކިޔާއުޅެނީ “ނަން ނޭނގޭ ގަސް” ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެއެވެ. އެރަށު ޒުވާނެއް ކަމުގައިވާ އަލީ ރަމްޒީ މައުލޫމާތުދިން ގޮތުގައި މިހާރުވެސް އެގަހުގެ ގޮތްޕެއް ކަނޑާލިޔަސް ގަހުންއަންނަ ކިރުގެ ބަދަލުގައި އަންނަނީ ރަތްކުލައިގެ ލޭ، ފާޑުގެ އެއްޗެއް ކަމަށެވެ. ރަށުގެ ކައުންސިލް ކުރިމައްޗަށްވާ ގޮތަށް ހެދިފައި ހުރި މިގަހަށް މިހާރު 100 (ސަތޭކަ ) އަހަރަށްވުރެ ގިނަދުވަސްވެފައިވާކަމަށ...

އަލީ އިބްރާހިމް
ނަރުދޫގައި ފެން ބޮޑުވެ ދެ ގެއަކަށް ގެއްލުން ވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫގައި ފެން ބޮޑުވެ ދެ ގެއަކަށް ގެއްލުން ވެއްޖެ

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި، ށ. ނަރުދޫގައި ފެންބޮޑުވެ، ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ. ށ. ނަރުދޫއަށް ރޭ ކުރި ވިއްސާރާގައި، ރޭ ދަންވަރު 12:00 ހާއިރުން ފެށިގެން ހުއްޓާ ނުލައި ވެހެމުންދިޔަ ވާރޭގެ ސަބަބުން އެރަށުގައި ގާތްގަނޑަކަށް ތިން ފޫޓަށް ފެންބޮޑު ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެވިއްސާރާފައި އެރަށުގެ 5 ވަރަކަށް ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ވެފައިވާއިރު އޭގެ ތެރެއިން 2 ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ ހިފާ ގެންގުޅޭތަކެއްޗަށް ގެއްލުން ވެފައިވާކަމަށް […...

ޔުމްނާ ޢަލީ
22 ރަށަކަށް ޓާރފް ގެނެސް އިންސްޓޯލް ކޮށްދޭނެ ބަޔަކު ހޯދަަށް އަލުން ޢިއުލާން ކޮށްފި 📍 ށ. މިލަންދޫ

22 ރަށަކަށް ޓާރފް ގެނެސް އިންސްޓޯލް ކޮށްދޭނެ ބަޔަކު ހޯދަަށް އަލުން ޢިއުލާން ކޮށްފި

22 ރަށެއްގެ ފުޓްބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދިލެއްވުމުގެ މަތިން އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ، އެބީލަންތަށް ބާތިލުކޮށް އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާކަމަށެވެ. އެ ޢިއުލާންގައިވ...

ޔުމްނާ ޢަލީ
"ރީތި ސާފު ނަރުދޫ" ނަމޫނާ ހަރަކާތް ކާމިޔާބުކަމާއިއެކު ނިންމާލައިފި، ފެނަކައިގެ ޝުކުރު ރައްޔިތުންނަށް! 📍 ށ. ނަރުދޫ

"ރީތި ސާފު ނަރުދޫ" ނަމޫނާ ހަރަކާތް ކާމިޔާބުކަމާއިއެކު ނިންމާލައިފި، ފެނަކައިގެ ޝުކުރު ރައްޔިތުންނަށް!

29 އޮކްޓޯބަރ 2019 ވަނަދުވަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ށ. ނަރުދޫ ބްރާންޗުން އިސްނަގައިގެން ރަށުތެރެސާފުކުރުމުގެ ޕްރޮގްރާމްތަކެއް “ރީތި ސާފު ނަރުދޫ” މި ޝިޢާރުގެ ދަށުން އެރަށުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ފުރަތަމަ ޕްލާސްޓިކްހޮވުމުގެ މުބާރާތެއް ޖުމްލަ 17 ޓީމް ބައިވެރިވެ ކުރިޔަށް ގެންދެވިފައިވާއިރު 35191 ޕްލާސްޓިކް، 3 ޓަން ޕްލާސްޓިކް އެކުރެވިފައިވެއެވެ. އަދި މުބާރާތުގައި ވާދަކޮށް ވަނަތައް ހޯދި ފަރާތްތަކަށް އިނާމް ދެވިފައިވެއެވެ. އެގޮތުން އެއް ވަނަ ޓީމަށް 1000 ރުފިޔާ، ދެވަނަ ޓީމަށް [...

އިބްރާހިމް އަސްވާޤް
ނަރުދޫ އަތިރިމަތި ސާފުކުރުން ފެނަކައާއި އެކު މިފަހަރު ނިކުތީ އަންހެންވެރިން 📍 ށ. ނަރުދޫ

ނަރުދޫ އަތިރިމަތި ސާފުކުރުން ފެނަކައާއި އެކު މިފަހަރު ނިކުތީ އަންހެންވެރިން

ފެނަކަ ނަރުދޫ ބުރާންޗް އިސްނަގައިގެން ”ރީތި ސާފު ނަރުދޫ ” ގެ ނަމުގައި ކުރިއަށް ގެންދާ ޕޮރޮގްރާމްގެ ދަށުން އެރަށު އަންހެންވެރިން ނުކުމެ އެރަށުގެ  ގޮނޑުދަށްތައް ސާފު ކޮށްފިއެވެ. މި ހަރަކާތުގައި އަންހެން ވެރިންގެ އިތުރުން  ށ.ނަރުދޫ ސުކޫލު ގާލް ގައިޑް ދަރިވަރުންވެސް ވަނީ ބައިވެރި ވެފައެވެ. މިދިޔަމަހުގެ ފަހުކޮޅު ށ. ނަރުދޫ ފެނަކަ ބްރާންޗުން ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ މުބާރާތުގައި އެރަށުން 2.8 ޓަނުގެ ޕްލާސްޓިކްވަނީ ހޮވާފައެވެ. މި ޕްރޮގުރާމަކީ ފެނަކަ ކޯޕްރޭޝަން އަދި މިލަންދޫ ދާއިރާގެ […]

ފާތިމަތު ސިނާޒާ
📍 ށ. ނަރުދޫ

ށ. ނަރުދޫ ފެނަކަ ބްރާންޗުން ރަށުތެރެ ސާފުކުރުމަށް ނަމޫނާ މުބާރާތެއް

ށ. ނަރުދޫ ފެނަކަ ބްރާންޗުން ރަށުތެރެ ސާފުކުރުމަށް ނަމޫނާ މުބާރާތެއް ބާއްވައިފިއެވެ. ށ. ނަރުދޫ ފެނަކަ ބްރާންޗުން ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ މުބާރާތުގައި އެރަށުން 2.8 ޓަނުގެ ޕްލާސްޓިކް ހޮވައިފިއެވެ. “ރީތި ސާފު ނަރުދޫ” ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ހޮވުމުގެ މުބާރާތެއް ފެނަކަ ނަރުދޫ ބްރާންޗުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ. މި މުބާރާތުގައި 17 ޓީމަކުން ބައިވެރިވިއިރު ޖުމްލަ 35،191 ޕްލާސްޓިކު ކޮޅު ވަނީ ހޮވައިފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ދާއިރާގެ...

ޔުމްނާ ޢަލީ
ށ.އަތޮޅުކައުންސިލާއި އެފްއޭއެމް ގުޅިގެން ބޭއްވި ފުޓްބޯލް ކޯޗިންގ ކޯސް ނިންމާލައިފި 📍 ށ. ފޭދޫ

ށ.އަތޮޅުކައުންސިލާއި އެފްއޭއެމް ގުޅިގެން ބޭއްވި ފުޓްބޯލް ކޯޗިންގ ކޯސް ނިންމާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއި، ށ.އަތޮޅުކައުންސިލާ ގުޅިގެން މިމަހުގެ 12 އިން 22 އަށް ށ.ފުނަދޫގައި ކުރިޔަށްގެންދެވުނު “އޭ.އެފް.ސީ/އެފް.އޭ.އެމް “ސީ” ސެޓްފިކެޓް ކޯޗިންގ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ށ.އަތޮޅު ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ރޭ 8:30ގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާއިބުރައީސާ އަލްފާޟިލާ ޢާއިޝަތު ނާޒިމާއެވެ. ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން މި ޖަލްސާ ފައްޓަވައިދެއްވީ ކޯހުގ...

ޔުމްނާ ޢަލީ
📍 ށ. ފޭދޫ

ށ އަތޮޅުގައި އަޅާ ހައުސިން ޔުނިޓްތަކާއި ގުޅޭގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ ބައްދަލުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ށ. އަތޮޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކާއި ގުޅޭ ގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ އަތޮޅު ކައުންސުލުން ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ އެ އަތޮޅު ކަނޑިތީމު، ގޮއިދޫ، ފޭދޫ، ބިލެތްފަހި، ފޯކައިދޫ، ނަރުދޫ، ޅައިމަގު އަދި ފުނަދޫ ކައުންސިލްގެ ރައީސުންނާއެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ރަށްރަށަށް ބަހާލައިގެން ޖުމްލަ 20،000 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަސް ނިންމާ...

އަފްރާހް އަބްދުލް ރަޝީދު