މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުށީ ކައިރިން ފިއްލަދޫ އަށް ބޮޑު މޮޅެއް, ކެލާ އަތުން މުރައިދޫ މޮޅުވެއްޖެ 📍 ހއ. ފިއްލަދޫ

ހޯރަފުށީ ކައިރިން ފިއްލަދޫ އަށް ބޮޑު މޮޅެއް, ކެލާ އަތުން މުރައިދޫ މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ފިއްލަދޫ އާއި ހޯރަފުށި ބައްދަލުކުރި މެޗުން ފިއްލަދޫ ކުރިހޯދާފައިވާއިރު، ކެލާ އަދި މުރައިިދޫ ބައްދަލުކުރި މެޗު މުރައިދޫ ކާމިޔާބުކޮށްފިއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްގެންދާ މި މުބާރާތުގެ 9 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ ހޯރަފުއްޓާއި ފިއްލަދޫ އެވެ. ފިއްލަދޫ ޓީމުން މި މެޗު ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާ އަކުން ހޯރަފުށި ކައިރިން ކުރިހޯދައިގެންނެވެ. މިގޮތުނ...

އައިޝަތު އައިނީ އާމިރު
ހޯރަފުށީ ކައުންސިލްގެ ހާއްސަ ހިދުމަތުގެ އައްޑަނަ ސޯލިހް، އުއްޗު އަދި އާޒިމަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލްގެ ހާއްސަ ހިދުމަތުގެ އައްޑަނަ ސޯލިހް، އުއްޗު އަދި އާޒިމަށް

ހދ. ހޯރަފުށީ ކައުންސިލުގެ ހާއްސަ ޚިދުމަތުގެ އައްޑަ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހިމެނޭހެން އިތުރު ދެ ބޭފުޅަކަށް ރޭ ދީފިއެވެ. މި އެވޯޑްތައް ދީފައި ވަނީ ހޯރަފުށީ ކައުންސިލުން ފާހަގަ ކުރަމުން އަންނަ ”ހޯރަފުށީ ދުވަސް” ފާހަގަކުރަން ރޭ އެރަށުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. މި ޖަލްސާގައި ކުރީގެ ރައީސް ޞާލިޙަށް އަރުވާފައި ވަނީ ހޯރަފުށީ ކައުންސިލުގެ ހާއްސަ ޚިދުމަތުގެ އައްޑަނައިގެ ގޮތުގައި ”ސިރީނަރަވަންނަ އައްޑަނަ”އެވެ. އެ އަށްޑަނަ ޞާލިޙަށް އެރުވީ އެއީ ހޯރަފުށީގެ […]

ޔުމްނާ ޢަލީ
ފެނަކަ އޮޑިޓް: ހޯރަފުށީ ބޮޓްލިންގ ޕްލާންޓަށް 41 މިލިއަން ޚަރަދު، އަންދާޒާއަށްވުރެއް 12 މިލިއަން އިތުރު 📍 ހއ. ހޯރަފުށި

ފެނަކަ އޮޑިޓް: ހޯރަފުށީ ބޮޓްލިންގ ޕްލާންޓަށް 41 މިލިއަން ޚަރަދު، އަންދާޒާއަށްވުރެއް 12 މިލިއަން އިތުރު

ހއ.ހޯރަފުށީގައި ހަދަން ފެށި ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ނުނިމި ގާތްގަނޑަކަށް 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަންދާޒާކުރި ޚަރަދަށްވުރެ އިތުރަށް 12,29,832 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. ރޭގެ 12 ޖަހާކަންހާއިރު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި ޕްރޮޖެކްޓްގެ މަސައްކަތް 156 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާއިރު މަސައްކަތް ނިމޭނެކަމަށް ބަލައި ޚަރަދުވާނެކަމަށް އަންދާޒާ ކޮށްފައިވަނީ 29,002,49...

އަލީ އާދިލް
ހޯރަފުށި، ނޮޅިވަރަންފަރު، ހަނިމާދޫ ހިމެނޭހެން 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް 📍 ހއ. ހޯރަފުށި

ހޯރަފުށި، ނޮޅިވަރަންފަރު، ހަނިމާދޫ ހިމެނޭހެން 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިތުރު 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އުއްމީދު ޖަމިއްޔާއާއެވެ. މި އެއްބަސްވުމުގެ ދަށުން މުސްޙަފް ހަދިޔާކުރާނެ ރަށްތަކުގ...

ޔުމްނާ ޢަލީ
ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި 📍 ހއ. ހޯރަފުށި

ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި

ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާއަށް ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ. 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ހއ. އަތޮޅު މަދަރުސާގައި މަތީ ޘާނަވީ ގްރޭޑް 11 އަށް ކިޔަވައިދިނުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ. އެހެންވެ އެ މަދަރުސާއިން ވަނީ 21 އޯގަސްޓް 2025 ގައި އެ މަދަރުސާގެ ގްރޭޑް 11 އަށް ކުދިންވެއްދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއިރު މިކަމަށް މުއްދަތު ދީފައި ވަނީ 31 އޯގަސްޓްގެ […]

ޔުމްނާ ޢަލީ
އެމްޓީސީސީން ހޯރަފުށީގެ 3 ވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހއ. ހޯރަފުށި

އެމްޓީސީސީން ހޯރަފުށީގެ 3 ވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

އެމްޓީސީސީން ހއ. ހޯރަފުށީގެ ތިންވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މި މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި 27،300 ކިއުބިކް މީޓަރުގެ ބިންހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން 210 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް އަދި 210 މީޓަރުގެ ރޮކް އެޕްރަން އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން 50 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަ...

އަލީ އާދިލް
ހޯރަފުއްޓާއި އުލިގަމު ފުޓްސަލް ދަނޑު ތަރައްްގީކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުއްޓާއި އުލިގަމު ފުޓްސަލް ދަނޑު ތަރައްްގީކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުއްޓާއި، ހއ. އުލަގަމު ފުޓްސަލް ދަނޑު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ. މިކަމަށް ހުޅުވާލަމުން އެ ވުޒާރާއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހޯރަފުށީގައި ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް https://forms.gle/3eXP5u2xwZdSr5wj6 މެދުވެރިކޮށް “ބިޑް ރަޖިސްޓްރީ ފޯމް” ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށެވެ. މީގެ އިތުރުން އުލިގަމުގައި ފުޓްސަލް ދަނޑ...

އައިޝަތު އައިނީ އާމިރު
ހޯރަފުށީ ކައުންސިލުން މަރުޙޫމް މަޑުލު ވަހީދާއި ސަލީމްގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލުން މަރުޙޫމް މަޑުލު ވަހީދާއި ސަލީމްގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަނީ

ހއ. ހޯރަފުށީ ކައުންސިލުން، އެ ރަށަށް ނިސްބަތްވާ ފަޚްރުވެރި ދެ ފަންނުވެރިންކަމަށްވާ މަރުޙޫމް މަޑުލު މުޙައްމަދު ވަހީދާއި އާދަމް ސަލީމް (ހޯރަފުށީ ސަލީމް)ގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަންނިންމާފައިވާކަން ޢިއުލާންކޮށްފިއެވެ. އެ ދެ މުބާރާތަކީ މަރްޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ހަނދާނީ ކުރުވާހަކަ ލިޔުމުގެ މުބާރާތާއި، މަސްހޫރު ޝާޢިރު އާދަމް ސަލީމްގެ ހަނދާނީ ޅެން ހެދުމުގެ މުބާރާތެވެ. މިކަން ޢިއުލާންކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެރަށުގައި ބޭއްވި އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދުގެ...

ޙުސައިން ޝަހުދީ
މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާ ހޯރަފުށީގައި ބާއްވައިފި 📍 ހއ. ހޯރަފުށި

މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާ ހޯރަފުށީގައި ބާއްވައިފި

އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދު ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާން އައުކުރެއްވުމަށް، އެ މަރްޙޫމް ނިސްބަތްވެވަޑައިގެންފައިވާ ހއ. ހޯރަފުށީގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވައިފިއެވެ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި ޖަލްސާގައި ވަޙީދުގެ ޢާއިލާ އާއި، ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ އާއި، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމްއާއި، ދިވެހި ބަހުގެ އުސްތާޛް އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ) އާއި މުޙައްމަދު ސަލީމް (ހޯރަފުށީ...

ޔުމްނާ ޢަލީ
މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާއެއް ހޯރަފުށީގައި ވެސް ބާއްވަނީ 📍 ހއ. ހޯރަފުށި

މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާއެއް ހޯރަފުށީގައި ވެސް ބާއްވަނީ

އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދު ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާން އައުކުރެއްވުމަށް ތަޢުބީނުގެ ޖަލްސާއެއް ހއ. ހޯރަފުށީގައި ބާއްވަން ނިންމައިފި އެވެ. ހޯރަފުށީ ކައުންސިލުން ވަނީ، މިޖަލްސާގައި ބައިވެރިވެ ދެއްވުން އެދި ހޯރަފުށީގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 20:30 ގައި ހއ. އަތޮޅު މަދަރުސާގެ ހޯލުގައެވެ. ބަހުގެ އެކި ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުޙައްމަދު ވަހީދު އ...

އިބްރާހިމް އަސްވާޤް
ހޯރަފުށީ ކައުންސިލް މެދުވެރިކޮށް ހއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓުކުރަން ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލް މެދުވެރިކޮށް ހއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓުކުރަން ފަށައިފި

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ.އަތޮޅުގައި ފަށައިފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން އެއްރަށުގައި ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، މިހާރު ހއ. އަތޮޅު ގައި އެ އަތޮޅު ހޯރަފުށީގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، (ޑީއެންއާރް) އިން ވިދާޅުވިއެވެ. މުޅި ރާއްޖެ އައިޑީ ހަދ...

އަލީ އާދިލް
ހޯރަފުށީ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. ހޯރަފުށީގެ މަގުތައް ހެދުމުގެ އެއްވަނަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައި ވަނީ އެމްޓީސީސީ އިންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 5.3 ކިލޯމީޓަރުގައި ވަނީ ތާރު އަޅާފައެވެ. އެއީ އެ ރަށުގެ 11 މަގެއްގައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައިއެވެ. އެ ރަށު މަގުތައް ހެދުމުގެ […...

އިބްރާހިމް ޚަލީލް
ހޯރަފުށީ މަގުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ދެވަނަ ފިޔަވަހި ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ މަގުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ދެވަނަ ފިޔަވަހި ފަށަނީ

ހއ. ހޯރަފުށީ މަގުތަކުގައި އަމިއްލަތަކެތީގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިއުލާނުކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެރަށު މަގުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ދެވަނަ ފިޔަވަޔަވަހީގެ ދަށުން ސެކިއުރިޓީ ކެމެރާ ސިސްޓަމް ޤާއިމްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ހުޅުވާލާ ކަމަށެވެ. މިގޮތުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު، ހޯރަފުށި ކައުންސިލް އިދާރާއަށް ހާޒިރުވެ އަންދާސީ...

އައިޝަތު އައިނީ އާމިރު
ހޯރަފުށިން ހޯކްސްއަށް ދޫކުރި ބިމުގައި މަސައްކަތް ކުރަނީ ގަވާއިދާ ޚިލާފަށް: އެލްޖީއޭ 📍 ހއ. ހޯރަފުށި

ހޯރަފުށިން ހޯކްސްއަށް ދޫކުރި ބިމުގައި މަސައްކަތް ކުރަނީ ގަވާއިދާ ޚިލާފަށް: އެލްޖީއޭ

ތެޔޮ އެތެރެކުރާ ކުންފުންޏެއް ކަމަށްވާ ހޯކްސްއަށް ހއ. ހޯރަފުށިން ދޫކޮށްފައިވާ ބިމުގައި މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ޚިލާފަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ. އެލްޖީއޭއިން މިހެން ބުނެފައި ވަނީ ހޯކްސްއަށް ބިމެއް ދިން މައްސަލާގައި އަމިއްލަ ފަރާތްކުން މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކަން ސާފުކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެލްޖީއޭގައި އެދުމުން ދީފައިވާ ޖަވާބުގައެވެ. މިއަދު އޮތް މާލިއްުޔަތު ކޮމެޓީގައި މި މައްސަލަ ކުރިއަށްގެންގޮސްފައިވާ...

ޔުމްނާ ޢަލީ
ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ: ފެނަކަ 📍 ހއ. ހޯރަފުށި

ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ: ފެނަކަ

ހއ. ހޯރަފުށީގައި ތަރަގީކުރަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އެހީއާއެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ މަޝްރޫއު ހިނގާފައިވާ ގޮތަށް ބަލާއިރު، 2019 ވަނަ އަހަރު މަޝްރޫއު މަސައްކަތް […...

އަޙްމަދު ވަހީދު