މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުށީ އައިސްޕްލާންޓްގެ ބިންގާ އަޅައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އައިސްޕްލާންޓްގެ ބިންގާ އަޅައިފި

ހއ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ ރޭ އަޅައިފިއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހޯރަފުށީ ބަނދަރު ސަރަހައްދުގައި ގައެވެ. މި ރަސްމިއްޔާތުގައި އައިސްޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި ހޯރަފުށީ ކެޔޮޅުންނެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯއާއި، ހޯރަފުށީ ކައުންސިލާއި، އެރަށުގެ ކެޔޮޅުންނާއ، މަސްވެރިންނާއި ބައިވެރިވެފައިވާއިރު، އެރަސްމިއްޔާތުގައި ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފ...

ޙުސައިން ޝަހުދީ
ހޯރަފުށްޓާއި، އިހަވަންދޫ ހޮސްޕިޓަލްގެ ކަންތައްތައް މިދަނީ ގާތުން ބަލަމުން: މިނިސްޓަރު 📍 ހއ. ހޯރަފުށި

ހޯރަފުށްޓާއި، އިހަވަންދޫ ހޮސްޕިޓަލްގެ ކަންތައްތައް މިދަނީ ގާތުން ބަލަމުން: މިނިސްޓަރު

ސަރުކާރުން ހއ. ހޯރަފުށްޓާއި، އެ އަތޮޅު އިހަވަންދޫގެ ގާއިމު ކުރަން ނިންމަވާފައިވާ ހޮސްޕިޓަލްގެ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހޯރަފުށީގައި ހޮސްޕިޓަލެއް ގާއިމުކޮށް ދިނުން...

ޔުމްނާ ޢަލީ
900 މީޓަރުގެ ފާލަމަކުން ހޯރަފުއްޓާއި ގުޅުވާލާ "އިހަވަންދިއްޕޮޅު އިންޓަރނޭޝަނަލް ޕޯޓު" ހަދާނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

900 މީޓަރުގެ ފާލަމަކުން ހޯރަފުއްޓާއި ގުޅުވާލާ "އިހަވަންދިއްޕޮޅު އިންޓަރނޭޝަނަލް ޕޯޓު" ހަދާނެ ބަޔަކު ހޯދަނީ

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް (ޕޯޓް) ހަދަން ބަޔަކު ހޯދަން އިކޮނޮމިން މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ހަދާ ބަނދަރަކީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރު ބޯޓުފަހަރުތަކަށް ހިދުމަތްދިނުމުގެ ގާބިލުކަން ލިބިފައިވާ ބަނދަރަކަށް ވާނެ ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް މި ޕޯޓުބް 1.8 މިލިއަން ކޮންޓެއިނަރު ހޭންޑަލް ކުރެވޭނެ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ. މި މަޝް...

އަޙްމަދު ވަހީދު
ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޯރަފުށީ ޙަސަން އިރުޝާދު! 📍 ހއ. ހޯރަފުށި

ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޯރަފުށީ ޙަސަން އިރުޝާދު!

ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހއ. ހޯރަފުށީ/ޖަޒީމާ، ޙަސަން އިރުޝާދު ހޮވިއްޖެއެވެ. މި ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭގައި ދ. ވާނީގައި އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް އެވެ. ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. އިރުޝާދަކީ ހއ. […...

ޙުސައިން ޝަހުދީ
ހުސޭނުބޭގެ މަރު: އުމުރު ދުވަހުގެ ޖަލު ހުކުމަކުން 15 އަހަރަށް ކުޑަކޮށްފި 📍 ހއ. ހޯރަފުށި

ހުސޭނުބޭގެ މަރު: އުމުރު ދުވަހުގެ ޖަލު ހުކުމަކުން 15 އަހަރަށް ކުޑަކޮށްފި

ހއ. ހޯރަފުށީގައި ރަހީނުކޮށް، މަރާލި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) ގެ މަރުގެ މައްސަލާގައި ޖަލަށްލި އޭނާއަށް ބޮޑުބޭބެ ކިޔާ މުހައްމަދު ލަތީފް އަދަބު 15 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން ކުޑަކޮށްފި އެވެ. 2010 ވަނަ އަހަރު ހުސޭނުބޭގެ ގެއިން ވައްކަން ކުރުމަށްޓަކައި އޭނާ ރަހީނުކޮށްގެން ގެންގުޅެނިކޮށް މަރުވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް 2016 ގައި އިއްވީ އޭނާއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގެ، […]

އަލީ އާދިލް
ހޯރަފުށީ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތު! 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތު!

ހއ. ހޯރަފުށީ އެއާޕޯޓުގެ އެކި ދާއިރާތަކުން ގިނަ ވަޒީފާތަކެއް ޢިއުލާން ކޮށްފިއެވެ. މި ގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އިން މިއަދު ކުރި ޢިއުލާނެއްގައި ވަނީ އެ އާޕޯޓުން 45 ވަޒީފާގެ ފުރުޞަތު ހުޅުވާލާފައެވެ. ހޯރަފުށީ އެއާޕޯޓުން ޢިއުލާންކޮށްފައިވާ ވަޒީފާތައް ފަޔަރ އޮފިސަރ (1) ސަބް އޮފިސަރ (1) ލީޑިން ފަޔަރ މޭން (1) ޖޫނިއަރ އެއާޕޯޓް ފަޔަރ ފައިޓަރ (2) އެއާޕޯޓް ފަޔަރ ފައިޓަރ ޓްރެއިނީ (4) އީއެމްޓީ ފަޔަރ ފައިޓަރ ޓްރޭނީ (2) […]

ޔުމްނާ ޢަލީ
ހޯރަފުށި އަދި ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދައި ދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި އަދި ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދައި ދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށި އަދި ފ. ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދާދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ޢިއުލާން ކޮށްފިއެވެ. މިފްކޯއިންކުރި ޢިއުލާނެއްގައި ބުނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، މިހިނގާ ފެބުރުވަރީ މަހުގެ 10 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކުންފުނީގެ އީ- މެއިލް corporate@mifco.com.mv  މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާކަމަށެވެ. މި މަސައްކަތަށް ކުރިމަތިލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ދޫކުރެވޭ މ...

ޔުމްނާ ޢަލީ
ހޯރަފުށީ ބަނދަރަށް ގޮހޮރުފަދަ ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާ ކުރަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ބަނދަރަށް ގޮހޮރުފަދަ ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާ ކުރަނީ

ހޯރަފުށީ ބަނދަރުގެ ފަޅުތެރެއަށް ގޮހޮރާއި އެނޫންވެސް ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާކުރާނެކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެބަނދަރުގެ ފަޅުތެރޭގެ ފެންގަނޑު ގަރަބުވެ ރަށުތެރެއަށާއި އެސަރަޙައްދުގައި ހުރި މުއައްސަސާތަކާއި މީހުން ދިރިއުޅޭ ގެތަކަށާއި އިޙްލާސް މިސްކިތަށް ނަމާދަށްދާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންއަންނަކަމަށެވެ. މިކަމަކީ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދުގައިވެސް މަނާކޮށްފައިވާ ކަމަކަށްވާއިރު އ...

ޔުމްނާ ޢަލީ
ގެސްޓުހައުސް އެޅުމަށް ހޯރަފުށީ ކައުންސިލުން 7 ބިމެއް ބީލަމަށްލައިފި 📍 ހއ. ހޯރަފުށި

ގެސްޓުހައުސް އެޅުމަށް ހޯރަފުށީ ކައުންސިލުން 7 ބިމެއް ބީލަމަށްލައިފި

ހއ. ހޯރަފުށީގައި ގެސްޓުހައުސް ތަރައްގީކޮށް ހިންގަން ހޯރަފުށީ ކައުންސިލުން 7 ބިމެއް ބީލަމަށް ހުޅުވާލައިފިއެވެ. ހޯރަފުށީ ޓޫރިޒަމް ޒޯނުން 7 ބިމެއް، އެރަށު ކައުންސިލުން މިއަދު ބީލަމަށް ހުޅުވާލާފައި މިވަނީ އެރަށުން ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުމުގެ އެމްއޯޔޫގައި ހޯރަފުށީ ކައުންސިލާއި، ޓޫރިޒަމް މިނިސްޓަރީއާއި ދެމެދު މިއަދު ސޮއި ކުރެވިގެން ދިޔުމާއިއެކުގައެވެ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެ ބިންތަކާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ އޮންލައިން...

Thiladhun
ޖޭއެސްސީން ހޯރަފުށި އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ 📍 ހއ. ހޯރަފުށި

ޖޭއެސްސީން ހޯރަފުށި އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ހއ. ހޯރަފުށި އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުހައްމަދު ޝަރީފްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފިއެވެ. ޖޭއެސްސީން ވިދާޅުވީ، އޭނާގެ މައްސަލައެއް ބެލުމަށް ނިންމީ ތަނާޒުލް ވާން ޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި ނިންމި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ މިއަހަރުގެ ހަތަރުވަނަ ޖަލްސާއިން އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީ އެއް އެކުލަވާލާފައިވާ […]

އަޙްމަދު ވަހީދު
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފި

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފ...

ޝިއުނާ އާދަމް
ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް ޒޯނާއި ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް ޒޯނާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހއ. ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް ޒޯނު ތަރައްގީ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މިގޮތުން އެ މަޝްވަރާ ކުރިއަށް ގެންދެވީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް(ސައްލެ) އިސްވެ ހުންނަވައިގެން، ކަމާއިގުޅޭ އެހެން މުއައްސަސާތަކާއި އެކުގައެވެ. މި މަޝްވަރާތަކުގައި މެންބަރު އަޙްމަދު ސަލީމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ހިމެނޭހެން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު އަދި ކައުންސިލް މެންބަރުން ކަމުގައިވާ އިބްރާހިމް ޝާކިރު އަދި އަޙ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމްކޮށް ހިންގައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމްކޮށް ހިންގައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީގައި، ޕަވަރ ޕާޗެސިންގ އެގްރީމެންޓްގެ ދަށުން ސޯލާ ކަރަންޓު އުފައްދާ ނިޒާމެއް އަމިއްލަ ޚަރަދުގައި ގާއިމްކޮށް، އޮޕަރޭޓްކޮށް އެނިޒާމުން އުފައްދާ ކަރަންޓު ހޯރަފުށީގެ ގްރިޑަށް ފީޑްކޮށް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް، އެރަށު ކައުންސިލުން ފުރުޞަޠު ހުޅުވާލައިފިއެވެ. އެކަމަށް އެ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ އެ ކައުންސިލުން ދައްކާ، ހޯރަފުށީގެ މޫދުގެ ސަރަހައްދެއްގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ސޯލާ ގްރިޑް ކަނެކްޓެޑ...

އިބްރާހިމް ޚަލީލް
ހޯރަފުއްޓަށް ބާއްވާ ފުރަތަމަ ޝެޑިއުލް ފްލައިޓް ފުލްވެ، މިމަހު 28 އަށް އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓަށް ބާއްވާ ފުރަތަމަ ޝެޑިއުލް ފްލައިޓް ފުލްވެ، މިމަހު 28 އަށް އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފި

ހއ. ހޯރަފުއްޓަށް މޯލްޑިވިއަނުން ބާއްވާ ފުރަތަމަ ޝެޑިއުލް ފްލައިޓް ފުލްވެ، މި މަހުގެ 28 ގައި އިތުރު ފްލައިޓެއް ބޭއްވުމަށް ޝެޑިއުލްކޮށްފިއެވެ. މޯލްޑިވިއަނުން ވަނީ ހޯރަފުށީ އެއާޕޯޓަށް ފަށާ ފުރަތަމަ ޝެޑިއުލް ދަތުރު މިމަހުގެ 26 ވާ ބުރާސްފަތި ދުވަށް ޝެޑިއުލަކޮށްފައެވެ. މިއަދު މޯލްޑިވިއަނުން ބުނީ މިހާރު އެ ފްލައިޓް ފުލްވެފައިވާ ކަމަށާއި، ހޯރަފުއްޓަށް އޮތް ޑިމާންޑް ބޮޑުވުމުން މި މަހުގެ 28 ގައި އިތުރު ފްލައިޓެއް އެރަށަށް ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި ހޯރަފުށިން ޝެޑިއުލްކުރި ފްލައިޓްތައްވެސ...

ޔުމްނާ ޢަލީ
ހޯރަފުށީ އެއާޕޯޓު: އިހަވަންދިއްޕޮޅަށް އައު ދިރުމެއް 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓު: އިހަވަންދިއްޕޮޅަށް އައު ދިރުމެއް

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް މިއަދު ހުޅުވިގެން ދިޔައިރު، މި އެއާޕޯޓު ވެގެން ދާނީ އިހަވަންދިއްޕޮޅަށް އައު ދިރުމެއް ގެނުވާނޭ އެއާ ޕޯޓަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައެވެ. އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް އެ ތާރީޚީ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާކަމަށް ވުމީ، އެ ރައްޔިތުންނަށް ލިބުނު އިތުރު ފަޚުރަކާއި ޝަރަފެކެވެ. މިއަދު ހޯރަފުށީގައި ހުޅުވިގެންދިޔަ އެއާޕޯޓުގަ...

ޙުސައިން ޝަހުދީ