މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
އާރްވީ ސްޕޯޓްސް "އީދު ހޯރަ ވޮލީ ލީގް" ފައިނަލް ފުރަތަމަ ޖާގަ ޓީމް ތްރީޑީ އަށް 📍 ހއ. ހޯރަފުށި

އާރްވީ ސްޕޯޓްސް "އީދު ހޯރަ ވޮލީ ލީގް" ފައިނަލް ފުރަތަމަ ޖާގަ ޓީމް ތްރީޑީ އަށް

ހއ .ހޯރަފުށީގައި ކުރިއަށްދާ އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގް ފައިނަލްގެ ފުރަތަމަ ޖާގަ ޓީމް ތްރީޑީ އިން ކަށަވަރު  ކޮށްފި އެވެ. ޓީމް ތްރީޑީ އިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ލީގްގައި ކުޅުނު 03 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 06 ޕޮއިންޓް ހޯދައި ލީގްގެ އެއްވަނަ ޓީމްގޮތުގައެވެ. މުބާރާތުގެ ފައިނަލް 02 ވަނަ ޖާގަ ލިބޭނީ 25 ވަނަދުވަހު އޮންނަ ސެމީފައިނަލްގައި ލީގްގައި 02 ވަނަ އަށްދިޔަ ބަދަހި ސިކްސް އަދި […]

ތިލަދުން
ހޯރަފުށީ އާރްވީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ "އީދު ހޯރަ ވޮލީ ލީގް" ފޯރިއާއެކު ކުރިއަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ އާރްވީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ "އީދު ހޯރަ ވޮލީ ލީގް" ފޯރިއާއެކު ކުރިއަށް

ހއ. ހޯރަފުށީ އާރްވީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ “އީދު ހޯރަ ވޮލީ ލީގް” ފޯރިއާއެކު ފެށިގެން އެރަށުގައި ކުރިއަށް އެބަގެންދެއެވެ. މިނޫހަށް މައުލޫމާތުދެއްވަމުން އާރްވީ ސްޕޯޓްސް އެކެޑަމީގެ މަސްއޫލުވެރިޔާ ހާމިދު އާދަމް ވިދާޅުވީ މިއީ އެ އެކެޑަމީން ކުރިއަށްގެންދާ ފުރަތަމަ މުބާރާތް ކަމަށާއި، ޒުވާނުންނަށް އަމާޒުކޮށްގެން ވޮލީބޯޅަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އީދުގެ އުފަލާއެކު އެކުވެރި މާހައުލެއްގައި ކުޅިވަރު ކުޅުމަށް ފުރުސަތު ދިނުމަށްކަމަށާއި އަދި ވޮލީއިން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުއް...

ތިލަދުން
އުތުރަށް އުދަ އަރުވާލި ގަދަ ކޮޅިގަނޑާއެކު، ހޯރަފުށީ ފަޅުތެރޭ އޮންނަ "އިންނަ ފިނޮޅު" ދެބުރިވެއްޖެ 📍 ހއ. ހޯރަފުށި

އުތުރަށް އުދަ އަރުވާލި ގަދަ ކޮޅިގަނޑާއެކު، ހޯރަފުށީ ފަޅުތެރޭ އޮންނަ "އިންނަ ފިނޮޅު" ދެބުރިވެއްޖެ

މި ހިނގާ މެއި މަހުގެ މެދު ތެރޭ މުޅިރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި، އެންމެ ބޮޑު އަސަރެއް ކުރި އެއް ސަރަހައްދަކީ ރާއްޖޭގެ އެންމެ އުތުރު ބިތުގެ ރަށްތަކަށާއި، ތިލަދުންމަތީގެ ބައެއް ރަށްތަކަށެވެ. މުޅިރާއްޖެއަށްހެން ކުރި މި ވިއްސާރާގައި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް ވަރަށް ބޮޑަށް މޫސުން ގޯސްވިއިރު، މެއި 14 ވަނަ ދުވަހަކީ ގަދަވަޔާއެކު، އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން އޮރެންޖް އިންޒާރު ދިން ދުވަހެކެވެ. އެ އިންޒާރު ދީފައި އޮތީ […]

ތިލަދުން
ކުދިބޮޑު އެންމެން ނިކުމެ ހޯރަފުށި އެއަރޕޯޓް ސާފުކޮށްފި 📍 ހއ. ހޯރަފުށި

ކުދިބޮޑު އެންމެން ނިކުމެ ހޯރަފުށި އެއަރޕޯޓް ސާފުކޮށްފި

މިދިޔަ ހަފްތާގައި ރާއްޖޭއަށްކުރި ގަދަ ވިއްސާރައިގައި، ހއ. ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި އެއާޕޯޓުގެ ރަންވޭ އަށާއި ހައިވޭއަށް ޖަމާވެފައިވާ ގަލާއި ވެލި، އެރަށުގެ ރައްޔިތުންނިކުމެ ސާފުކޮށްފި އެވ. މިއަދު ކުރިއަށްދިޔަ މި ހަރަކާތާއި ގުޅޭގޮތުން ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ތިލަދުންއަށް މަޢުލޫމާތުދެމުން ވިދާޅުވީ މިހަރަކާތުގައި އެރަށުގެ 350 އަށްވުރެގިނަ މީހުން ބައިވެރިވެފައިވާކަމަށެވެ. މިކަމަށް އެރަށު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއްލިބިފައިވާކަމަށް ވަހީދު ވިދާޅުވި އެވެ. މިމަސައްކ...

އިބްރާހިމް އަސްވާޤް
ހޯރަފުށީ އެއާޕޯޓުގެ ހާލަތާއިމެދު މުހައްމަދު ވިދާޅުވީ ޅެންބައިތެއް! 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓުގެ ހާލަތާއިމެދު މުހައްމަދު ވިދާޅުވީ ޅެންބައިތެއް!

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ރާއްޖޭގެ އެންމެ އުތުރުގެ ހއ. ހޯރަފުށީގައި، އެއާޕޯޓު އޮންނަ ސަރަހައްދަށް އުދައަރައި ގެއްލުންތަކެއް ވެފަވާއިރު، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާޢީލް އެ އެއާޕޯޓަށް ދިމާވި ހަލާތާމެދު ވިދާޅުވީ ޅެންބައިތެކެވެ. އިއްޔެއާއި މިއަދު ރާއްޖޭގެ ނޫސްތަކާއި، މީސް މީޑިއާގެ އެންމެ ބޮޑަށް ސަމާލުކަން ހުއްޓިފައިވާ އެއްކަމަކީ ހޯރަފުށީ އެއާ ޕޯޓަށް ދިމާވި ހާލަތެވެ. އެ އެއާޕޯޓަށް އުދައަރައި ރަންވޭގެ ބޮޑު ބައި ވެސް އޮތީ ވެލިން ފޮރުވާލާފައެވެ. މުޅި ސަރަހައްދުގަ...

އަލީ އާދިލް
އުދައިގެ ލޮނުގަނޑު ހުރަސް ކުރަނީ ހޯރަފުށީ އެއާޕޯޓް ރަންވޭ މަތިން! 📍 ހއ. ހޯރަފުށި

އުދައިގެ ލޮނުގަނޑު ހުރަސް ކުރަނީ ހޯރަފުށީ އެއާޕޯޓް ރަންވޭ މަތިން!

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ރާއްޖޭގެ އެންމެ އުތުރުގެ ހއ. ހޯރަފުށީގައި އޮންނަ އެއާޕޯޓު ސަރަހައްދަށް އަރަމުންދާ އުދައިގެ ލޮނުގަނޑު، އެ އެއާޕޯޓު ރަންވޭ ހުރަސްކޮށް އަނެއް ފަރާތަށް ދާކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފިއެވެ. ރާއްޖޭގެ އުތުރަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފަވާއިރު، ގިނަ ރަށްތަކަކަށް ދަނީ އުދައަރަމުންނެވެ. އުދައިގެ ލޮނުގަނޑު ރަށުތެރެއަށް ދެމިގަނެ ގޭތަކަށް ވެސް ދަނީ ލޮނު ވަންނަމުންނެވެ. ގޭތަކުގެ ފުރާޅުއެއްލާލައި، ރުއްގަހަށާއި، ދަނޑު ބިންތަކަށް ދަނީ ގެއްލުން ވަމުންނެވެ....

ޝިއުނާ އާދަމް
ކޮޅިގަނޑެއްގައި ހޯރަފުށީ އެއާޕޯޓު ޓާމިނަލްގެ ދޮރާއްޓެއް ފުނޑުފުނޑުވެއްޖެ 📍 ހއ. ހޯރަފުށި

ކޮޅިގަނޑެއްގައި ހޯރަފުށީ އެއާޕޯޓު ޓާމިނަލްގެ ދޮރާއްޓެއް ފުނޑުފުނޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ކޮޅިގަނޑެއްގައި ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލްގައި ފުރާމީހުން ބޭނުންކުރާ ދޮރާށި ފުނޑުފުނޑުވެއްޖެއެވެ. އެ ޓާމިނަލްގެ ދޮރާށިތައް ހަދާފައި ހުންނަނީ އެލްމިނިއަމް ގިއުގަނޑެއްގައި ބިއްލޫރި ބޭނުންކޮށްގެންނެވެ. ކޮޅިގަނޑެއްގައި އެ ޓާމިނަލްގައި ފުރާމީހުންގެ ދޮރާށި އެއްކޮށްވެއްޓި ފުނޑުފުނޑުވީ މިއަދު ހެނދުނު 10:30 ހާއިރުއައި ކޮޅިގަނޑެއްގަ އެވެ. އެ އެއާޕޯޓްގެ އޮފިޝަލެއް “ތިލަދުން”އަށް ވިދާޅުވީ، އެ ކޮޅިގަނޑުގައި އެ އެއާޕޯޓްގެ ޓާމިނަލްގ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ގެސްޓްހައުސް އަޅައި، ހިންގާނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ގެސްޓްހައުސް އަޅައި، ހިންގާނެ ބަޔަކު ހޯދަނީ

ތިލަދުންމަތި ހޯރަފުށީގައި ގެސްޓު ހައުސް އަޅައި، ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ. ހޯރަފުށި ކައުންސިލް އިދާރާއިން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ރަށުގެ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް އަޅަން ބިންތަކެއްކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ލީޒް، ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަން އުސޫލުން ހިންގުމަށް ހަ ގެސްޓްހައުސް ތަރައްގީ ކުރަން ހުޅުވާލާ ކަމަށް ވަނީބުނެފައެވެ. ގެސްޓްހައުސް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހު […]

އަޙްމަދު ވަހީދު
ހޯރަފުށީ ހަހެތި ޖަމިއްޔާގެ "ހަހެތި ހޯރަ މަދަހަ މުބާރާތް" ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ހަހެތި ޖަމިއްޔާގެ "ހަހެތި ހޯރަ މަދަހަ މުބާރާތް" ފަށަނީ

ހއ. ހޯރަފުށި ހަހެތި ޖަމިއްޔާއިން “ހަހެތި ހޯރަ މަދަހަ މުބާރާތް 1442” ނަމުގައި، މަދަހަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މި މުބާރާތަކީ އެރަށު އަތަމާގެ، އަމީނާ އަބްދުއްރަހްމާން ހަނދާނުގައި އެ ޖަމިއްޔާއިން ބާއްވާ މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ނަން ނޯޓުކޮށް މިހާރު ނިމިފައިވާއިރު، މި މުބާރާތް އަމާޒުކޮށްފައި ވަނީ އެރަށުގެ 7 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރާތަކުގެ ކުދީންނަށެވެ. މި މުބާރާތުން އެއްވަަނަ އަށް އަންނަ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް […]

އާއިޝަތު ރަފާހް ޢަލީ
ހޯރަފުށި އައިސްޕްލާންޓުގެ ފައުންޑޭޝަން އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި އައިސްޕްލާންޓުގެ ފައުންޑޭޝަން އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީގެ އައިސްޕްލާންޓުގެ ފައުންޑޭޝަން އަޅައިދޭނެ ބަޔަކު ހޯދަން މިފްކޯއިން އިއުލާން ކޮށްފިއެވެ. މިފްކޯއިން ނެރުނު އިއުލާނެއްގައި ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ހޯރަފުށި ކައުންސިލް އިދާރާ މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި މަސައްކަތުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ. މު މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ޕްރޮޕޯސަލް...

އަޙްމަދު ވަހީދު
ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް 📍 ހއ. ހޯރަފުށި

ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހއ. ހޯރަފުށީގެ މަގު ހެދުމުގެ  މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މުސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓްސެކްޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. މި މަޝްރޫއު އެމްޓީސީސީއާ ހ...

އަޙްމަދު ވަހީދު
ހޯރަފުށި ފެރީ ޓާމިނަލުގެ ބިންގާ އަޅައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި ފެރީ ޓާމިނަލުގެ ބިންގާ އަޅައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީ ފެރީ ޓާރމިނަލް ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، ހޯރަފުށީ ކައުންސިލްގެރައީސް މުޙައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޓަރމިނަލަކީ ދިވެހިރާއްޖެ ހައި -ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މ...

އަޙްމަދު ވަހީދު
ހޯރަފުށީ ފުޓުސަލް ދަނޑުގެ ޓާފް ހަލާކުކޮށްލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ފުޓުސަލް ދަނޑުގެ ޓާފް ހަލާކުކޮށްލައިފި

ހއ. ހޯރަފުށީގެ ފުޓްސަލް ދަނޑުގައި އަޅާފައިވާ ޓާފް ހަލާކޮށްލައި ޓާފް ދަނޑަށް ގެއްލުންދީފައިވާކަމަށް ހޯރަފުށީ ކައުންސިލް އިދާރާއިން ބުނެފި އެވެ. ހއ. ޙޯރަފުށީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުޓްސަލް ދަނޑުގެ ޓާފް ހަލާކޮށްލާ ގެއްލުން ދީފައިވާކަމަށެވެ. އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަ ކުރާކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ. “ހޯރަފުށި ފުޓްސަލް ދަނޑުގެ ޓާފް ހަލާކު ކޮށްލުމަކީ ޒުވާނުންނަށް ދިން ބޮޑު ގެއްލުމެއް، އެކަހަލަ ވިޔާނުދާ ކަންކަމުން ދުރުވުމަށް އިލްތިމާސްކު...

އަލީ އާދިލް
12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ 📍 ހއ. ހޯރަފުށި

12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ

އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީއިން ވިދާޅުވީ، 12 ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. މިގޮތުން އަލަށް ހޮސްޕިޓަލްތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ތިލަދުންމަތީގެ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫއާއި ހޯރަފުއްޓެވެ. ހދ. އިން ހަނިމާދޫ އެ ލިސްޓްގައި ހިމެނޭއިރު، ށ. އަޮޅުން މިލަންދޫ ވެސް އެ ލިސްޓްގައި ހިމެނެއެވެ. އެ ލި...

ޔުމްނާ ޢަލީ
ހޯރަފުށީ މަސްވެރިންނަށް ހާއްސަ ކެފޭއެއް! 📍 ހއ. ހޯރަފުށި

ހޯރަފުށީ މަސްވެރިންނަށް ހާއްސަ ކެފޭއެއް!

ހއ. ހޯރަފުށީގައި ގާއިމުކުރާ އައިސްޕްލާންޓާއި އިންވެގެން އެރަށުގެ މަސްވެރިންނަށް ހާއްސަކޮށްގެން ކެފޭއެއް ހެދުމުގެ މަސައްކަތް ކުރަށްވާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގެ ބަނދަރުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އެ އައިސްޕްލާންޓަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)އާއި، ޗަމްޕާ ބްރަދާސްގެ ހެޔޮއެދުން ތަކާއެކު ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އޭނާ ދެއްކެވި ވާ...

ޔުމްނާ ޢަލީ