މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ހޮޅުދޫ (25 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
25 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޮޅުދޫގެ އެންމެ ފަހުގެ ޚަބަރުތައް

25 ޚަބަރުގެ ތެރެއިން
މަނަދުއާއި ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މަނަދުއާއި ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ނ. މަނަދުއާއި ނ. ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ މިދެމީހުން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. މަނަދުއާއި ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކަމަށެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން މަނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕ...

އަލީ އާދިލް
ހޮޅުދޫ އަބްދުﷲ އަވަހާރަވެއްޖެ 📍 ނ. ހޮޅުދޫ

ހޮޅުދޫ އަބްދުﷲ އަވަހާރަވެއްޖެ

ރާއްޖެދުށް އެންމެ ހުނަރުވެރި އެއް ފަންނާނު ކަމުގައިވާ، އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) އަވަހާރަވެއްޖެ އެވެ. ފަނޑުވުމެއް ނެތް ރަން އަޑުގެ ވެރިޔާ، ހޮޅުދޫ އަބްދުﷲ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު އައިޖީއެމްއެޗުގަ އެވެ. ހޮޅުދޫ އަބްދުﷲ ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލްކުރައްވާފައެެވެ. ހޮޅުދޫ އަބްދުﷲ ދިވެހިން ފާހަގަކުރަނީ “ގައުމީ ގުރާ” ގެ ގޮތުގަ އެވެ. ހޮޅުދޫ އަބްދުﷲ […]

ތިލަދުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ހޮޅުދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހޮޅުދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ މި އޮޕަރޭޝަނަކީ މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި މިއީ މާލެއިން އެރަށަށް ދިޔަ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި  އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރ...

އިބްރާހިމް އަސްވާޤް
ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފި 📍 ނ. ހޮޅުދޫ

ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

ނ. ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމައި، އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ. ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމައި އެ ރަށު ކައުންސިލާއި ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަ ކޮށްގެން މިއަދު އެ ރަށުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ. ސަރުކާރުން ހޮޅުދޫގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރަން، އެމަސައްކަތް ހަވާލުކޮށްފައިވަނީ، އިންޑިއާގެ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ ލިމިޓެޑާއެވ...

އަޙްމަދު ވަހީދު
ބީއެމްއެލްއިން ހޮޅުދޫގައި މަސްކަނޑަން ޚާއްސަތަނެއް ހަދައިދީފި

ބީއެމްއެލްއިން ހޮޅުދޫގައި މަސްކަނޑަން ޚާއްސަތަނެއް ހަދައިދީފި

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ފަރާތުން ނ.ހޮޅުދޫގައި މަސްކެނޑުމަށް ޚާއްސަތަނެއް ހަދައިދީފިއެވެ. ބީއެމްއެލްގެ “ކޮމިޔުނިޓީ ފަންޑް”ގެ ފަރާތުން ހަދާދީފައިވާ މި މަސްކަނޑާތަން ހަދާފައިވަނީ މަހެއްގެ ފަރުމާއަށެވެ. މިތަނަކީ ހޮޅުދޫ މަސްވެރިންގެ އިތުރުން، އެ ރަށުގެ ޢާންމު ރައްޔިތުންނަށްވެސް މަސްކެނޑޭނެހެން ހަދާފައިވާ ތަނެކެވެ. މި ތަނުން މަސްކަނޑަން ބޭނުންވާ ފަރާތްތަކަށް ރޭގަނޑު މަސްކެޑޭނެހެންވަނީ ލައިޓު ހަރުކޮށްދީފައެވެ. އަދި އެއްފަހަރާ8 މީހުންނަށް މަސްކަނޑަން ހުރެވޭއިރު، ރީތިފެން އިސްކުރުވެސް ވަނީ...

މުޙައްމަދު މާއިލް ހަސަން
ނ. ހޮޅުދޫގެ އިޚްތިޞާޞްގެ ތެރެއަށް ހޮޅުމީދޫ އިތުރުކޮށްފި 📍 ނ. ހޮޅުދޫ

ނ. ހޮޅުދޫގެ އިޚްތިޞާޞްގެ ތެރެއަށް ހޮޅުމީދޫ އިތުރުކޮށްފި

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގެ އިޚްތިޞާޞްގެ ތެރެއަށް، ހޮޅުމީދޫ އިތުރުކޮށްފިއެވެ. ހޮޅުދޫގެ އިޚްތިޞާޞްގެ ތެރެއަށް ހޮޅުމީދޫ އިތުރުކުރީ،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދުނެރުއްވި ޤަރާރަކުންނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ލާމަރުކަޒީ ޤާނޫނުންމަތިކޮށްފައިވަނީ ރައ...

ޔުމްނާ ޢަލީ
ހޮޅުދޫން މަސްތުވާތަކެއްޗާއެކު 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ހޮޅުދޫން މަސްތުވާތަކެއްޗާއެކު 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިއަަދު ބުނެފައިވަނީ ހޮޅުދޫ ބޭރުން މޫދަށް ޑިންގީއަކުން އެއްލި ފުޅިއެއް ބަލައި މީހަކު ފަތާފައި ދިޔަކަމުގެ މައުލޫމާތު ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ފުލުހުން ބުނެފައިވަނީ އޭނާ އެއްގަމަށް އެ...

ޔުމްނާ ޢަލީ
ހޮޅުދޫ އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ 📍 ނ. ހޮޅުދޫ

ހޮޅުދޫ އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ނ.އަތޮޅު ހޮޅުދޫއަށް އުދައަރައި ބޮޑުތި ގެއްލިންތަކެއް ލިބިއްޖެއެވެ. މޫސުން ގޯސްވެ އުދަ އެރުންފަދަ ހާދިސާއެއް ހިނގާފާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގަައުމީ އިދާރާއިން ރޭ އިންޒާރު ނެރެފައިވާ، އެރަށަށް އުދަ އަރަން ފަށާފައިވަނީ ރޭ ދަންވަރު 00:00 އިން ފެށިގެންނެވެ. އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ގާތްގަނޑަކަށް 3 ފޫޓަށް ލޮނުގަނޑު ބޮޑުވެފައިވާއިރު ވަރަށް ގިނަ ގެތަކަށްވެސް ލޮނުގަނޑު ވަދެފައިވާކަމަށް އެރަށުން މަޢުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ. މީސްމީޑިޔާގައި އެރަށުގެ ބަޔެއް މީހުން ހިއްސާކޮށްފައ...

އިބްރާހިމް އަސްވާޤް
📍 ހދ. ކުޅުދުއްފުށި

ފާޅު ބޯޓުގެ ފަޅުވެރިއަކަށް ސްޓްރޯކެއް ޖެހި، ހޮޅުދޫ މަރުކަޒުގައި ފަރުވާދެނީ

ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ފާޅު ބޯޓުގައި ހުރި ކުޅުދުއްފުށީ މީހަކަށް، ސްޓްރޯކެއް ޖެހުމުގެ ސަބަބުން، ނ.ހޮޅުދޫ އަށް ބާލައި، އެރަށު ޞިއްހީ މަރުކަޒުގައި ފަރުވާދެމުން އެބަދެއެވެ. ސްޓްރޯކެއް ޖެހިގެން، ހޮޅުދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދަނީ، 55 އަހަރުގެ ހދ.ކުޅުދުއްފުށި، ރީގަލް، ޔޫސުފް މޫސާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިކަމާއި ގުޅިގެން ފާޅު ބޯޓުގައި ހުރިމީހަކު “ތިލަދުން” އަށް މަޢުލޫމާތު ދެމުންބުނީ ސްޓްރޯކް ޖެހިފައިވަނީ އެދޯނީގައި މަސައްކަތްކުރާ މީހެއް ކަމަށާއި އެމީހާ...

ޔުމްނާ ޢަލީ
ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި

ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި

ނ. ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި އެވެ. ހޮޅުދޫގައި މި ފިޓްނަސް ސެންޓަރު ގާއިމުކޮށްފައިވަނީ އެ ރަށަށް ކުޅިވަރުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ މޫސާ އިބްރާހީމް އެވެ. ހޮޅުދޫ ރައްޔިތުންނަށް އެ ރަށުގައި ފިޓްނަސް ސެންޓަރެއް ހުޅުވިއިރު، މިއީ ނ. އަތޮޅުގައިވެސް އަމިއްލަ ފަރާތަކުން އިސްނަގައިގެން ފިޓްނަސް ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ. ހޮޅުދޫ ރައްޔިތުންނަށް ފިޓްނަސް ސެންޓަރެއް އެ ރަށުގައި ހުޅުވި މޫސަ ބުނީ މި ސެންޓަރަކީ ހޮޅުދޫގެ މުޖުތަމައަށް އެތަށް […...

Thiladhun