މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގެ އިޚްތިޞާޞްގެ ތެރެއަށް، ހޮޅުމީދޫ އިތުރުކޮށްފިއެވެ.
ހޮޅުދޫގެ އިޚްތިޞާޞްގެ ތެރެއަށް ހޮޅުމީދޫ އިތުރުކުރީ،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދުނެރުއްވި ޤަރާރަކުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ލާމަރުކަޒީ ޤާނޫނުންމަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައަޅާފައި އޮތް ގޮތަށް ބަދަލު ގެންނަން ޖެހިއްޖެކަމަށްއެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ޤާނޫނު އަސާސީއާއި ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞްގައި، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގެއިޚްތިޞާޞް ތެރެއަށް، ހޮޅުމީދޫ އިތުރުކޮށް، ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން އެކަށައަޅާފައިވާ ކަަމަށެވެ.
އެންމެ ފުރަތަމަ ހޮޅުމީދޫއަކީ، ހޮޅުދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2002 ވަނަ އަހަރުއެވެ. އަދި އޭގެފަހުން 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައިވެސް
ހޮޅުމީދޫއަކީ، ހޮޅުދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސިއެވެ.
ނ. ހޮޅުދޫގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނި ހޮޅުމީދޫއަކީ، 28.3 ހެކްޓަރުގެ ބޮޑުމިނުގެ ޖާގައެއް އޮތް ފަޅު ރަށެކެވެ.އާބާދީގައި 2،218 މީހުން ހިމެނޭ ހޮޅުދޫއަކީ، މިހާރު ބިމުގެ ގޮތުން ދަތިތަކާއި ކުރިމަތިވެފައިވާ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!