ނ. ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމައި، އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމައި އެ ރަށު ކައުންސިލާއި ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަ ކޮށްގެން މިއަދު އެ ރަށުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުން ހޮޅުދޫގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރަން، އެމަސައްކަތް ހަވާލުކޮށްފައިވަނީ، އިންޑިއާގެ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ ލިމިޓެޑާއެވެ. މި މަޝްރޫއުގެއީއައިއޭ އަދި ޑިޒައިން ގެ މަސައްކަތް ކޮށްފައިވަނީ ރިއަން ޕްރައިވެޓް ލިމިޓެޑުންނެވެ. މި މަޝްރޫއުގެ ދަށުން ޕަމްޕް ސްޓޭޝަނަކާއި އައުޓްފްލޯ ސިސްޓަމެއްގާއިމްކޮށްފައިވެއެވެ.
މި މަޝްރޫއުއަށް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ސަބަބުން ހޮޅުދޫގައި ދިމާވަމުންދާ ފެންބޮޑުވުމުގެމައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!