އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ބަންގްލަދޭޝްގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒާހަރާ ކުރަން ފެށީ އެ ގައުމަށް މޯދީ ކުރެއްވި ދަރުފުޅާ ގުޅިގެންނެވެ. މި މުޒާހަރާ ފަށާފައިވަނީ އިއްޔެ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މިސްކިތެއްގައެވެ.

Ad
rt

މިއަދާ ހަމައަށް މި މުޒާހަރާތަކުގައި ފަސް މީހުން މަރުވެފައިވަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. މިއާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ބޯޑާ ކޮންޓްރޯލް ކުރުމަށް އާމީ ފޮނުވައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ސިފައިން ފޮނުވައިފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ސިފައިން ފޮނުވުމަށްފަހު އެއްވެސް ކަހަލަ ހަމަ ނުޖެހުމެއް މިހާތަނަށް ރިޕޯޓު ކޮށްފައި ނުވެއެވެ. ނަމަވެސް މުޒާހަރާ ދަޏި ކުރިއަށެވެ.

މޯދީ ބަންގްލަދޭޝަށް ވަޑައިގަތީ އެ ގައުމުގެ މިނިވަންކަމުގެ ރަން ޔޫބީލް ފާހަގަ ކުރުމަށާއި އެ ގައުމުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު އަދި އެ ގައުމުގެ ފައުންޑާ ޝެއިޚް މުޖީބުއް ރަހުމާން ގެ އުފަން ދުވަސް ފާހަގަ ކުރެއްވުމަށެވެ.

އެ ގައުމުގެ ސަރުކާރުން ބުނެފައިވާގޮތުގައި މި މުޒާހަރާތައް ލީޑު ކުރަނީ އެ ގައުމުގެ މުސްލިމް ގްރޫޕުތަކަކުންނެވެ.