މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހިރިމަރަދޫ (72 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
72 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހިރިމަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

72 ޚަބަރުގެ ތެރެއިން
ހިރިމަރަދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީ ވެސް "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާއި ދެކޮޅު 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީ ވެސް "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާއި ދެކޮޅު

ހދ. ހިރިމަރަދޫ ކައުންސިލާއި އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމާއި ދެކޮޅުކަން ހާމަކޮށްފިއެވެ. މިގޮތުން ހިރިމަރަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ވަކީން ނެރެފައިވާ ދެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ ވެސް އިސްލާމްދީން ކަމަށާއި، ދިވެހިރާއްޖޭގައި އިސްލާމް...

އިބްރާހިމް ޚަލީލް
ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ޕޮޒިޓިވްވެއްޖެ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ޕޮޒިޓިވްވެއްޖެ

ހދ. ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ. ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު “ތިލަދުން”އަށް ވިދާޅުވީ، އެމީހާ ޓެސްޓް ކުރީ ބަލީގެ އަލާމަތް ހުރިކަމުގެ މައުލޫމާތު ލިބިގެންނެވެ. “އެއީ ހަނިމާދޫ މަގުން މިކޮޅަށް އައިސް ކަރަންޓީނުގައި ހުރި އިންޑިއާ ޓީޗަރެއް، ކަރަންޓީނުވިތާ ދެތިން ދުވަސްފަހުން ބަލީގެ އަލާމަތް ހުރިކަމަށް މައުލޫމާތު ލިބިގެން ޓެސްޓް ކުރީ، އޭނާ...

ޔުމްނާ ޢަލީ
ހިރިމަރަދޫ މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ހދ. ހިރިމަރަދޫގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހދ. ހިރިމަރަދޫ، ހިޔާވަހި އަހުމަދު ނަބީހު ފެބްރުއަރީ، 2016 ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް އެރަށުން އޭނާ ހައްޔަރުކޮށް ސުވާލު ކުރުމަށް ފަހު އެރަށު ހޮޅުއަށި ސަރަހައްދުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އޭނާ ބުނުމުން އެ ސަރަހައްދުގައި ހުރި ހޮޅުގަނޑެއްގެ ތެރެއިން ފުލުހުންނަށް އޭނާ ދެއްކި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނެވެ...

އަލީ އާދިލް
ކުޅުދުއްފުށިން ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި 📍 ހދ. ހިރިމަރަދޫ

ކުޅުދުއްފުށިން ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީއިން ހދ. ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނީ ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެއަތޮޅު ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، ކުޅުދުއްފުށީ ބަނދަރުމަތިން އެމީހާ ހުއްޓުވައި ބަލައިފާސްކ...

އަލީ އާދިލް
15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް 📍 ހއ. މާރަންދޫ

15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާ...

މުޙައްމަދު އިނާން
ހިރިމަރަދޫ ފުޓްބޯޅަ ދަނޑުގެ ވިނަ ނޮޅައި ސާފުކޮށް ވިނަ ހައްދާނެ ފަރާތެއް ހޯދަނީ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ފުޓްބޯޅަ ދަނޑުގެ ވިނަ ނޮޅައި ސާފުކޮށް ވިނަ ހައްދާނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގައި މިހާރު ގާއިމް ކޮށްފައިވާ ފުޓްބޯޅަ ދަނޑުގެ ވިނަ ނޮޅައި ސާފުކުރުމަށްފަހު ވިނަ ހައްދާދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. ހިރިމަރަދޫ ކައުންސިލުން މިއަދުކުރި އިޢުލާނެއްގައި ބުނެފައިވަނީ ހިރިމަރަދޫ ފުޓްބޯޅަ ދަނޑުގެ ވިނަ ނޮޅައި ސާފުކުރުމަށްފަހު ވިނަ ހައްދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތައް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިކަމާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ތާވަލްކޮށްފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 2...

މުޙައްމަދު އިނާން
ހިރިމަރަދޫ ހިރިޒިލް: ރަށުގެ އިޖުތިމާޢީ ދުޅަހެޔޮ ކަމަށް އަތުކުރި އޮޅާލާފައި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ހިރިޒިލް: ރަށުގެ އިޖުތިމާޢީ ދުޅަހެޔޮ ކަމަށް އަތުކުރި އޮޅާލާފައި

ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީ ވުމުގެ އެންމެ ފަހުގެ މަރުހަލާގައި އޮތް ހދ. ހިރިމަރަދޫ “ހިރިޒިލް” ޓީމް އަކީ، ރަށަށް ޚިދުމަތްތެރި ޓީމެއް ކަން އެޓީމްގެ ބުންވަރުން އަންނަނީ ސާބިތު ކޮށްދެމުންނެވެ. ރަށުގެ ޒުވާނުންތަކެއް ގުޅިގެން 2013 ވަނަ އަހަރު ވުޖޫދަށް ގެނައި “ހިރިޒިލް” ޓީމަކީ ރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް، އެ ޓީމް އުފެދުނު ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ހަރަކާތްތެރި، ހިރިމަރަދޫއަށް ޚިދުމަތްތެރި ޓީމެކެވެ. “ހިރިޒިލް” އިން ދަނީ 2013 ވަނަ އަހަރުން ފެށިގެން އެ ރަށުގެ ޒުވާނުންނަށް [...

ހުސައިން ހަބީބް
އެންމެ ފަހުވަގުތާއި ހަމައަށްވެސް ހުންނާނީ ހިރިމަރަދޫ ރައްޔިތުންގެ ޚިދުމަތުގައި: ވަހީދު 📍 ހދ. ހިރިމަރަދޫ

އެންމެ ފަހުވަގުތާއި ހަމައަށްވެސް ހުންނާނީ ހިރިމަރަދޫ ރައްޔިތުންގެ ޚިދުމަތުގައި: ވަހީދު

އެންމެ ފަހުވަގުތާއި ހަމައަށްވެސް ހުންނާނީ ހިރިމަރަދޫ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ވަޙީދުގެ ފޭސްބުކްގައި މިއަދު ލިޔުއްވާފައިވަނީ މާތްﷲ އިރާދަ ކުރެއްވިއްޔާ އޭނާ ހުންނާނީ އެންމެ ފަހު ވަގުތާއި ހަމަޔައްވެސް ހިރިމަރަދޫގެ ލޮބުވެތި ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ. ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ހއ. އުލިގަމަށް ދަތުރުކުރި މީހެއް އިއްޔެ ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، ހިރިމަރަދޫގައި އެމީހާއާއި ސީދާ ބައްދަލުވި މީހެއް ހުރުމުން މިވަގުތ...

ޝިއުނާ އާދަމް
ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙު ކޮށްފި

ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙު ކޮށްފި

ހދ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިން، ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙުކޮށް، ކޮންޓްރެކްޓަރާއެކު ސޮއިކޮށްފިއެވެ. މިކަމަށްޓަކައި، 05 މަރޗް 2019 ވީ ބުރާސްފަތި ދުވަހު، ހިރިމަރަދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި މިމަޝްރޫޢު އިފްތިތާހު ކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޢަލީއެވެ. މިރަސްމިއްޔާތުގައި ވަަނީ ދެކައުންސިލް ގުޅިގެން މިމަސައްކަތް ކުރުމަށް، ހދ.އަތޮޅު ކަ...

ޝިއުނާ އާދަމް
ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިރިމަރަދޫގައި ކުރިއަށް ގެންގޮސްފި

ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިރިމަރަދޫގައި ކުރިއަށް ގެންގޮސްފި

އާއިލީ މަސްލަހަތު ދެމެހެއްޓުމާއި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ހދ. ހިރިމަރަދޫ ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިން ނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ ހިރިމަރަދޫ ސްކޫލު ޕީޓީއޭ އަދި ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ހދ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި، އާއ...

ޔުމްނާ ޢަލީ
އެމްޑީއެން ގެ ރިޕޯޓް ހިރިމަރަދޫ އަދި ނެކުރެންދޫ ކައުންސިލުން ކުށްވެރިކޮށްފި 📍 ހދ. ނޭކުރެންދޫ

އެމްޑީއެން ގެ ރިޕޯޓް ހިރިމަރަދޫ އަދި ނެކުރެންދޫ ކައުންސިލުން ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ އެޢަމަލު ހިރިމަރަދޫ އަދި ނޭކުރެންދޫ ކައުންސިލުން ކުއްވެރިކޮށްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓުގައި ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ ކަންކަމަށް ފާޅުގައި ދެކޮޅުހަދާ މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ އަބުރުފުޅާއި ކަރާމާތައް އިހާނެތިކޮށް...

ފާތިމަތު ސިނާޒާ
📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކް ބޭނުންކުރަން ފަށައިފި

ހދ. ހިރިމަރަދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ނިންމައި ބޭނުންކުރަން ފަށައިފިއެވެ. އެރަށު ބަނދަރު ސަރަހައްދުގައި ހެދި މި ޕާކް ތަރައްގީކުރުމަށް ގާތްގަނޑަކަށް ތިން އަހަރު ހޭދަވިއިރު، ޕާކު ހެދުމަށް ހަރަދުކުރީ ކައުންސިލާއި ކުރީގެ ސަރުކާރުގެ ހޯމް މިނިސްޓްރީ ދިން ތިން ލައްކަ ރުފިޔާގެ ގުރާންޓެއްގެ އެހީގައެވެ. ވަގުތީ ގޮތުން ޕާކު ބޭނުންކުރަން ފެށި ނަމަވެސް ރަސްމީކޮށް ޕާކު ހުޅުވާނީ ފަހުގެ ތާރީހެއްގައި ކަމަށް ކައުންސިލުން ބުނެއެވެ. މި ޕާކް ހެދުމަށް އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު […]

އަފްރާހް އަބްދުލް ރަޝީދު