ހދ. ހިރިމަރަދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ނިންމައި ބޭނުންކުރަން ފަށައިފިއެވެ.

އެރަށު ބަނދަރު ސަރަހައްދުގައި ހެދި މި ޕާކް ތަރައްގީކުރުމަށް ގާތްގަނޑަކަށް ތިން އަހަރު ހޭދަވިއިރު، ޕާކު ހެދުމަށް ހަރަދުކުރީ ކައުންސިލާއި ކުރީގެ ސަރުކާރުގެ ހޯމް މިނިސްޓްރީ ދިން ތިން ލައްކަ ރުފިޔާގެ ގުރާންޓެއްގެ އެހީގައެވެ.

Ad
rt

ވަގުތީ ގޮތުން ޕާކު ބޭނުންކުރަން ފެށި ނަމަވެސް ރަސްމީކޮށް ޕާކު ހުޅުވާނީ ފަހުގެ ތާރީހެއްގައި ކަމަށް ކައުންސިލުން ބުނެއެވެ.

މި ޕާކް ހެދުމަށް އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކައުންސިލުން ހަމަކުރެއެވެ.