📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށި ޗެމްޕިއަންޝިޕް: ސެމީގައި ހަނިމާދޫއާއި ކޮރަލްސް އަދި ހިރިމަރަދޫއާއި ޒިގްޒެގް
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ކްލަބް ކޮރަލް އަދި ހިރިމަރަދޫ ޑޮމިނޭޓާސްއާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ޒިގްޒެގް ބައްދަލުކުރި މެޗާއިއެކު ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފައެވެ. މިއަދުގެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ހަނިމާދޫއިންނެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ތިން ލަނޑުޖަހައި...