މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހަނިމާދޫ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ހަނިމާދޫ

ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހަނިމާދޫ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ހަނިމާދޫ ރައްޔިތުން ހޭލުންތެރިކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި ހިނގާ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި، މުޖުތަމަޢުގައި ހިންގާ ނޭދެވޭ ކުށްތައް މަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ނޭނގި ކުރެވޭ ކުދި ކުށްތަކަކީ ކޮބައިކަމާއި އެކުށްތަކ...

އިބްރާހިމް އަސްވާޤް
ހަނިމާދޫގައި އިސްލާމިކް ޔުނިވަރސިޓީގެ 56 ކޯހެއް ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އިސްލާމިކް ޔުނިވަރސިޓީގެ 56 ކޯހެއް ފަށަނީ

ހަނިމާދޫގައި އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ފެށުމަށް ހަމަޖައްސައި، ކޯސްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއަދު އެޔުނިވަރސިޓީއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ ސެމިސްޓަރގައި އައި.ޔޫ.އެމް އިން ހދ. ހަނިމާދޫގައި އެ ޔުނިވަރސިޓީގެ ކޯސްތައް ފެށުމަށް ހަމަޖެހިފައިވާ ވާކަމަށެވެ. އެގޮތުން ޖުމްލަ 56 ކޯހެއް ހަނިމާދޫގައި ފެށުމަށް ޢިއުލާންކޮށްފައިވެއެވެ. އޭގެ ތެރޭދައި މާސްޓަރސް ޑިގްރީއަށް ކިޔެވޭ 11 ކޯހާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ 3 ކޯހާއި، ބެޗްލަރސް ޑިގްރީއ...

އަލީ އާދިލް
ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފި

ހދ. ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. އިއްޔެ ހައުސިންގ މިނިސްޓްރީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ “ހދ. ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ 100 ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.” ހދ.ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ 100 ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފި pic.twitter.com/lI0EjnBz5V — Min.of Natio...

އަލީ އާދިލް
މިއަހަރު ތެރޭ ކުޅުދުއްފުށި އަދި ހަނިމާދޫ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރަނީ 📍 ހދ. ހަނިމާދޫ

މިއަހަރު ތެރޭ ކުޅުދުއްފުށި އަދި ހަނިމާދޫ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރަނީ

މިއަހަރު ތެރޭ ކުޅުދުއްފުށި އަދި ހަނިމާދޫ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޓްރާންސް ޕޯރޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. އެކަމަނާ އެހެން ވިދާޅުވީ ރޭ ވީޓީވީ އިން ގެނެސްދިން ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރޭ މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރީ ސަރުކާރުން ތަރައްޤީކޮށް މިސަރުކާރުން ހުޅުވި ކުޅުދުއްފުށި އެއާޕޯޓް ތަރައްޤީ ކޮށްފައި އޮތީ މި ސަރުކާރުން ބޭނުންވާ ފެންވަރުގައި ނޫން ކަމަށެވެ. އެހެންކަމާއެކު މިއަހަރުގެ ތެރޭގައި އެ ރަށުގެ އެއާޕޯޓް...

ޔުމްނާ ޢަލީ
📍 ހދ. ހަނިމާދޫ

އާދަމް ސަލީމް ކަޕްގެ ފައިނަލް މެޗް: ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުން

ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް 2019 ގެ ފައިނަލް މެޗް ފެށިއްޖެއެވެ. އާދަމް ސަލީމް ކަޕްގެ ފައިނަލްގައި ރިއަލް ސްޓާރސްއާއި ޝީލްޑްގެ ބައްދަލުކުރާ މެޗު ފެށުމާއެކު ފުރަތަމަ މިނިޓްގައި ރިއަލް ސްޓާރސްގެ ޖާރޒީ ނަމްބަރ 5، މިސްބާހް ވަނީ ލަނޑެއްޖަހާފައެވެ. މެޗްގެ 2 ވަނަ ލަނޑެއް ރިއަލް ސްޓާރސްއިން ޖަހައި، ލީޑް […]

ޙުސައިން ޝަހުދީ
📍 ހދ. ހަނިމާދޫ

އާދަމް ސަލީމް ކަޕްގެ ސެމީ ފައިނަލް މެޗް ހަނިމާދޫ ފުޓްބޯޅަ ދަނޑުން

  ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް 2019 ގެ ސެމީފައިނަލް މެޗް ފެށިއްޖެއެވެ. ފައިނަލްގެ ފަހުޖާގަ ކަށަވަރު ކުރުމަށް ކުޅެވޭ މިމުބާރާތުގެ ސެމީ ފައިނަލް މިމެޗްގައި ވާދަކުރަނީ ރިއަލް ސްޓާރސް އާއި އަހުލީއެވެ. މެޗްގެ ފުރަތަމަ ހާފްގެ 24 މިނިޓް ކުޅެވުނު އިރު ދެޓީމްގެ ފަރާތުން ފެންނަމުންދަނީ ހަމަ ހަމަ ކުޅުމެކެވެ. […...

ޙުސައިން ޝަހުދީ
އާދަމްސަލީމްކަޕްގެ ގްރޫޕް ސްޓޭޖް ނިމި ޝީލްޑް ފައިނަލަށް 📍 ހދ. ހަނިމާދޫ

އާދަމްސަލީމްކަޕްގެ ގްރޫޕް ސްޓޭޖް ނިމި ޝީލްޑް ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ މެޗްތައް އިއްޔެ ނިމިއްޖެއެވެ. ގްރޫޕް ސްޓޭޖްގެ ފަހުމެޗާއެކު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޝީލްޑުން ވަނީ ކަށަވަރު ކޮށްފައެވެ. ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ މިމުބާރާތުގެ ގްރޫޕު ސްޓޭޖު ފަހުމެޗުގައި އިއްޔެ ޝީލްޑާއި ޔޫތު ފުރެންޑްސް ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އިއްޔެގެ މެޗަށް ނުކުތްއިރު […]

ޙުސައިން ޝަހުދީ
ހަނިމާދޫ އާދަމް ސަލީމްކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާދަމް ސަލީމްކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން  އިންތިޒާމު ކޮށްގެން  ބާއްވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ފަށައިފިއެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވެމުންދާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރޫހް އަދި ޔޫތު ފްރެންޑްސްއެވެ. މުބާރާތުގެ ފުރަތަމަ މެޗް ނިމުނީ 1-1 ލަނޑުން މެޗް އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޫހު ޓީމުގެ ޖޯޒީ ނަންބަރު 14 މުޙައްމަދު ޢަލީއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ފުރަތަމަ މެޗް ޝަރަފްވެރި ކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރ،...

ޙުސައިން ޝަހުދީ
އާދަމް ސަލީމްކަޕް ފެށުމަށް އެންމެ ފަހުގެ ތައްޔާރިތައްވެއްޖެ 📍 ހދ. ހަނިމާދޫ

އާދަމް ސަލީމްކަޕް ފެށުމަށް އެންމެ ފަހުގެ ތައްޔާރިތައްވެއްޖެ

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން  އިންތިޒާމު ކޮށްގެން  މިޑިސެމްބަރ 10 ގައި ފެށުމަށް ހަމަޖެހިފައިވާ، އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ. މިގޮތުން މިމުބާރާތުގައި ބައިވެރިވި ހަޓީމުގެ މެދުގައި ގުރުއަތުލުން 06 ޑިސެމްބަރު 2019 ވީ ހުކުރު ދުވަހުގެ ރޭ 21:00 ގައި ވަނީ ހަނިމާދޫ ޔޫތު ކެފޭގައި ބާއްވާފައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ހަޓީމަކީ ޔުނީފޯމް، ރިއަލްސްޓާރސް، ރޫހު، ޝީލްޑު، އަހުލީ އަދި ޔޫތު ފުރެންޑްސްއެވެ. މިމުބާރާތުގެ ފަހުގެ […]

ޙުސައިން ޝަހުދީ
ހަނިމާދޫއިން ބަޔަކު ރަހީނުކުރި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ބަޔަކު ރަހީނުކުރި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫގައި ބަޔަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. މިމަހުގެ 1 ވަނަ ދުވަހުގެ ވަގުތެއްގައި ހދ ހަނިމާދޫ ގައި 22 އަހަރުގެ ފިރިހެނަކަށް ބަޔަކު ބިރުދައްކާ އަނިޔާ ކޮށް ރަހީނު ކޮށްގެން ގެންގުޅޭ ކަމުގެ މައްސަލައެއް އެދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުންގެ މީޑިޔާ އޮފިސަލް ތިލަދުން އަށް މަޢުލޫމާތު ދެމުންބުނީ މި މައްސަލައިގައި މިމަހުގެ 2 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން 27 އަހަރުގެ ފިރިހެނަކާއި އަދި 24 އަހަރުގެ ފިރިހެނެއް  ފުލުހުންގެ ބެލުމުގެ […]

ޔުމްނާ ޢަލީ
ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިން ”އާދަމް ސަލީމް ކަޕް“ ޑިސެމްބަރ 10 ގައި ބާއްވަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިން ”އާދަމް ސަލީމް ކަޕް“ ޑިސެމްބަރ 10 ގައި ބާއްވަނީ

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ”އާދަމް ސަލީމް ކަޕް“ ފުޓްބޯޅަ މުބާރާތް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ 10 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހެވެ. މި މުބާރާތަކީ ހަނިމާދޫއިން ފާހަގަ ކޮށްލެވުނު ކުޅުންތެރިއެއް ކަމުގައިވާ، އެޖަމުޢިއްޔާގެ މެމްބަރު އަލްމަރްޙޫމް އާދަމް ސަލީމުގެ ހަނދާނުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހަނި...

އިބްރާހިމް އަސްވާޤް
ހަނިމާދޫގައި ކަނޑުއުޅަނދު ދުއްވާ ފަރާތްތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހަނިމާދޫގައި ކަނޑުއުޅަނދު ދުއްވާ ފަރާތްތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. ހަނިމާދޫގައި ކަނޑުއުޅަނދު ދުއްވާ ފަރާތްތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ސައިކަލުފަދަ އަގުބޮޑެތި މުދާ އެ އުޅަނދު ތަކަށް އަރުވާނަމަ ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން އެ އުޅަނދު ތަކުގެ ކެޕްޓަނުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ފުލުހުންނަށް އެންގުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކަނޑު ބޯޓުތަކުން މަސްތުވާތަކެތި ގެ...

އިބްރާހިމް އަސްވާޤް
ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރަނީ 📍 ހދ. ހަނިމާދޫ

ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރަނީ

މިއަންނަ އަހަރު ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ހުރިހާ އެއާޕޯޓުތަކެއް ބަޖެޓުގައި ހިމަނާފައި ނުވި ނަމަވެސް ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން މި އެއާޕޯޓުތައް ތަރައްޤީކުރެވިގެން ދާނެކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަރނޭޝ...

އަޙްމަދު މުޖުތަބާ
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޖެޓުގައި އެކައްޗެއްވެސް ނުހިމަނާ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޖެޓުގައި އެކައްޗެއްވެސް ނުހިމަނާ

ހދ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޖެޓުގެ އެއްވެސް މިންވަރެއް، 2020 ވަނަ އަހަރަށް ތައްޔާރުކޮށް ހުށައެޅި ބަޖެޓުގައި ހިމަނާފައި ނުވެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ ދުވާލަކު 5 ފްލައިޓް އޮޕަރޭޓު ކުރާ އެއާޕޯޓެކެވެ. އަދި މިހާރު ޓްރެވެންޑްރަމް އަދި ކޮޗިން އަށް ހަނިމާދޫ އެއާޕޯޓުން ދަތުރު ކުރެއެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދަތުރުކުރާ މިއެއާޕޯޓަކީ ރާއްޖޭގެ އުތުރުގައި އޮތް ހަމައެކަނި އިންޓަރނޭޝަނަލް އެއާޕޯޓެވެ. ދާދި ފަހުން ކޮޗިން އަށް ދަތުރު ތައް ފަށާފައިވާ މި […]

އަޙްމަދު މުޖުތަބާ
ހަނިމާދޫ ސުކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސުކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ. ހަނިމާދޫ ސުކޫލުން އިންތިޒާމުކޮށް ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ހަނިމާދޫ އެމްއެންޑީއެފް ޕޯސްޓް ގުޅިގެން، ހަނިމާދޫ ސުކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 8 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ހަނިމާދޫ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ގްރޭޑް 1 އިން 6 އާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސްކޫލުތަކުގެ ކަރިކިއުލަމްގެ ތެރެއިން، ކޮންމެ ދަރިވަރަކީ […...

އިބްރާހިމް އަސްވާޤް