މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ފަތިސް ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ދެ ކިޑްނީ ފެއިލްވެފައިވާ މަނިކަށް އެހީވާން ބާރަށުން ލައްކައަކަށްވުރެ ގިނަ ރުފިޔާ 📍 ހއ. ބާރަށް

ދެ ކިޑްނީ ފެއިލްވެފައިވާ މަނިކަށް އެހީވާން ބާރަށުން ލައްކައަކަށްވުރެ ގިނަ ރުފިޔާ

ދެ ކިޑްނީ ފެއިލްވެފައިވާ މުހައްމަދު މޫސާ (މަނިކު) އަށް އެހީވާން އޭނާގެ އުފަން ރަށްކަމަށްވާ ހއ. ބާރަށުން 119،542.43 ރުފިޔާ ހޯދައިފިއެވެ. މަނިކަކީ މީގެ އަހަރުތަކެއް ކުރިން ހދ. ހަނިމާދޫއަށް ބަދަލުވެ އެރަށުގައި މިހާރު ދިރިއުޅެމުންދާ ހަނިމާދޫގެ ރައްޔިތެކެވެ. އުމުރުން 55 އަހަރުގެ މަނިކަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ ވޯކްޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ. އޭނާ އެ ވަޒީފާ އަދާކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ދެ ކިޑްނީ ފެއިލްވެ ވޭން އުފުލަމުންދާ […]

ތިލަދުން
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ "އާދަމް ސަލީމް ކަޕް" ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ "އާދަމް ސަލީމް ކަޕް" ފުޓްބޯޅަ މުބާރާތް ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމު ކޮށްގެން  ބާއްވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2021 ފަށައިފިއެވެ. 27 ނޮވެމްބަރ 2021 ވީ ހޮނިހިރު ދުވަހު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ފަށާފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމް ކަމަށްވާ ރިއަލް ސްޓާރސްއާއި އަހުލީއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އަހުލީއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު […]

އިބްރާހިމް ޚަލީލް
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުލުން ބާއްވައިފި 📍 ހދ. ހަނިމާދޫ

އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުލުން ބާއްވައިފި

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން  އިންތިޒާމު ކޮށްގެން  މުޅިރަށަށް ހުޅުވާލައިގެން  ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ  “އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2021” ގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތަކީ ހަނިމާދޫ ގައި ފުޓްބޯޅައިން ފާހަގަ ކޮށްލެވުނު ހުނަރުވެރިއެއް ކަމަށްވާ، އެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ  23 ނޮވެމްބަރ 2021 ވީ އަންގާރަ ދ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ދަބަސް ފަހަން ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ދަބަސް ފަހަން ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަނީ

ހދ.ހަނިމާދޫ ކައުންސިލުން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދަބަސް ފަހަން ދަސްކޮށްދޭ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕަކީ ހަނިމާދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްއާއި ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް ފެށުމަށް ހަމަޖެހިފައިވަނީ 28 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުއެވެ. މި ވޯކްޝޮޕް ނިންމާލުމަށް ހަމަޖެހިފައި ވަނީ 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުއެވެ. މި ވޯކްޝޮޕްގައ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ހދ.ހަނިމާދޫގައި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް އާދަޔާ ޚިލާފަށް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެ ރަށު ސިއްހީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން 22 ނޮވެމްބަރ 2021 ގައި އެ މަރުކަޒުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ރޯގާގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ހުރިހާ ބަލިމީހުން ވެސް އެ މަރުކަޒުން ކޯވިޑަށް ޓެސްޓް ކުރަމުން އަންނަކަމަށާއި، ކޯވިޑަށް ޓެސްޓް ކުރަމުން ގެންދާތީ ރޯގާޖެހި ނުވަތަ ހުންއައި ނަމަވެސް ބައެއްފަރާތްތަކުން ޑޮކްޓަރަށް ނުދައްކާކަނ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށަނީ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ފެށުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން […]

އަޙްމަދު ވަހީދު
މުހައްމަދު މޫސާ (މަނިކު) އަށް ކިޑްނީއެއް ވަނީ ލިބިފައި، ބޭނުންވަނީ މާލީ އެހީތެރިކަން 📍 ހދ. ހަނިމާދޫ

މުހައްމަދު މޫސާ (މަނިކު) އަށް ކިޑްނީއެއް ވަނީ ލިބިފައި، ބޭނުންވަނީ މާލީ އެހީތެރިކަން

ހދ.ހަނިމާދޫ ކޮކާހިޔާ މުހައްމަދު މޫސާ (މަނިކު) ގެ ދެ ކިޑްނީ ފެއިލްވެ، އެ ބަލިމަޑުކަން ތަހަންމަލް ކުރަން ޖެހިފައި ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އުމުރުން 55 އަހަރުގެ މަނިކަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ ވޯކްޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ. އެ ވަޒީފާ އަދާކުރާތާ 30 އަހަރަށްވުރެ ގިންވެފައިވާއިރު، އެ ވަޒީފާއިން ލިބޭ އާމްދަނީން އަނބިދަރިންގެ ޚަރަދު ބަލަހައްޓައި އޭނާ އައީ ފުދުންތެރި ދިރިއުޅުމެއް އުޅެމުންނެވެ. ނަމަވެސް މީގެ ދޮޅު އަހަރެއްހާ […]

އިބްރާހިމް ޚަލީލް
ކުޑަވެސް އުންމީދެއް އޮތީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަގޮތުގައި ތަރައްގީ ކުރެވިގެން: ވަހީދު 📍 ހއ. ދިއްދޫ

ކުޑަވެސް އުންމީދެއް އޮތީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަގޮތުގައި ތަރައްގީ ކުރެވިގެން: ވަހީދު

ކުޑަވެސް އުންމީދެއް އޮތީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަގޮތުގައި ތަރައްގީ ކުރެވިގެން ދިޔުމުންކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. ވައްޑޭ މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ވައްޑޭ ވަނީ 2022 ވަނަ އަހަރާއި ބައްދަލު ކުރެވެމުން ދަނީ އުންމީދީ ވަގުތެއްގައި ކަމަށާއި، ކޯވިޑްގެ އަޑިގަނޑަށް ފަހު އަލުން ގައުމުގެ އިޤްތިޞާދު ކޮޅަށް ޖެހެމުގެ ކޮޅުމަތި ފެންނަމުން ދިޔުމަކީ އާލާވާ އ...

ތިލަދުން
ހަނިމާދޫ ކައުންސިލުން ދަނޑުވެރިކަމުގެ ކޯހެއް ހިންގަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުން ދަނޑުވެރިކަމުގެ ކޯހެއް ހިންގަނީ

ހދ.ހަނިމާދޫ ކައުންސިލުގެ އިދާރާއިން އެ ރަށުގައި ދަނޑުވެރިކަމުގެ ކޯހެއް ހިންގަން ނިންމައި ބައިވެރިން ހޯދަން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން 02 ނޮވެމްބަރ 2021 ވީ އަންގާރަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހަނިމާދޫގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަން ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެ ކައުންސިލާއި އެ ރަށުގައި ހުންނަ އެގްރިކަލްޗަރ ސެންޓަރ ގުޅިގެން ދަނޑުވެރިކަމުގެ ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހިނގާ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހު...

އިބްރާހިމް ޚަލީލް
އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް 📍 ހއ. ދިއްދޫ

އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތިލަދުންމަތީގެ 3 ރަށަކަށް ކުރާ ދަތުރެއް މިއަދު ފަށައިފިއެވެ. އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީ ބައެއް ނަައިބު ރައީސުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މި ދަތުރުކުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ހަނިމާދޫއަށް ގޮސްފައިވާއިރު، އެ ރަށުން އެ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ރައީސް ނާޒިމާއި ވަނީ ހަވާލުކޮށްފައެވެ. މި ދަތުރުގެ ދެވަނަ މަންޒިލެއްގެ […]

އަލީ އާދިލް
ހަނިމާދޫ ކެތިއަރާ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ޓީމް ސީހޯސްއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކެތިއަރާ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ޓީމް ސީހޯސްއަށް

ހދ. ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ކެތިއަރާ މަސްރޭސް 2021” ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ސީ ހޯސް ހޯދައިފިއެވެ. ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މަސްރޭހުގެ އަންހެން ކެޓަގަރީގެ ރޭސް ބާއްވާފައި ވަނީ 29 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުއެވެ. ފިރިހެން ކެޓަގަރީގެ މަސް ރޭސް ބާއްވާފައި ވަނީ 30 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. ފިރިހެން […]

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައިފި

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައިފި

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި ހިނގާލުން ނިންމާލައިފިއެވެ. ގިނަ އިދިކޮޅު ސަޕޯޓަރުންތަކެއް ބައިވެރިވި މި ހިނގާލުން އަމާންކަމާއެކު ނިންމާލާފައިވާއިރު، މި ހިނގާލުމުގައި ވަނީ ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވެސް ގޮވާލާފައެވެ. މާލޭ ސިޓީގައި ހުންނަ ޕީޕީއެމްގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުން މިއަދު ހަވީރު 4 ޖަހާއިރު ފެށި މި ހިނގާލުމުގައި ވަނީ އިދިކޮޅު ލީޑަރޝިޕްގެ އިސްބޭފުޅު...

ތިލަދުން
ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުން އެންމެ އުފާވީ ސްކޭޓްކުރާ ކުދިން 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުން އެންމެ އުފާވީ ސްކޭޓްކުރާ ކުދިން

ހަނިމާދޫގެ މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަށް ތަރައްޤީ ކުރުމާއިއެކު ފެންނަން ފެށި މަންޒަރުން މި ބުނެދެނީ ހަޤީޤަތުގައި ތަފާތު ވާހަކައެކެވެ. ތަޢާރަފްވެގެން ދިޔަތަން ފެނިގެން ދިޔައީ ރަށަށް އައު ކުޅިވަރެކޭ ވެސް ބުނެވިދާނެއެވެ. މީގެ އަހަރުތަކެއް ކުރިއަށް ނަޒަރު ހިންގާލުމުން ހަނިމާދޫގައި ސްކޭޓްކުރާ މަދު ކުއްޖަކު ފެނިފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކުޅިވަރެއްގެ ގޮތުގައި ހަނިމާދޫގެ ޅަ އުމުރުގެ ކުދިންގެ ތެރޭގައި އެ ކުޅިވަރު އޭރު ނެތޭ ބުނެވިދާނެއެވެ. ކޮންމެ ދުވަހަކު ހަވީރު ހަނިމާދޫގެ ތ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ޝަރީފް، މޭބިސްކަދުރު ގަނެގެން ނުކާތާ 6 އަހަރު! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޝަރީފް، މޭބިސްކަދުރު ގަނެގެން ނުކާތާ 6 އަހަރު!

ރާއްޖޭގައި މޭބިސްކަދުރު ހައްދާ ވާހަކައަކީ މިހާރު އައު ވާހަކައެއް ނޫނެވެ. މި ފަހަކަށް އައިސް ރާއްޖޭގައި މޭބިސްކަދުރު ހައްދާ މިންވަރު އިތުރު ވަމުން އަންނަކަމުގެ ހެކިދޭ އެއް މާހައުލަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެވެ. ދަނޑުވެރިކަމުގެ ވައިބާ ގްރޫޕްތަކާއި ދަނޑުވެރިކަމާއި ގުޅުންހުރި ފޭސްބުކް ޕޭޖްތަކުގައި ދަނޑުވެރިން ހިއްސާ ކުރަމުން އަންނަ ފޮޓޯއާއި ވީޑިއޯތައް ކަމުގައި ބުނެވިދާނެއެވެ. މިހެން ހައްދާ މޭބިސްކަދުރު ވެޔޮތަކުގައި އަޅާ މޭބިސްކަދުރު ކޯޅި ކުޑަވުމާއި ފޮނިރަހަ ނުލުމުގެ ވާހަކައަކީ ވެސް އާންމު ވާހަކަ...

އިބްރާހިމް ޚަލީލް
ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްޞަ ހަވީރެއް ހަނިމާދޫގައި ބާއްވަނީ 📍 ހދ. ހަނިމާދޫ

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްޞަ ހަވީރެއް ހަނިމާދޫގައި ބާއްވަނީ

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލާއި އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހަނިމާދޫ ޔޫތު ސެންޓަރ ގުޅިގެން “އުފެއްދުން ތެރިންގެ ހުނަރު ދައްކާލުމުގެ” ހާއްސަ ހަވީރެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ޤައުމީ ޒުވާނުންގެ ދުވަހެވެ. މި ދުވަސް ސަރުކާރުން މިފަހަރު ރަސްމީކޮށް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. 22 އޮކްޓޯބަރ 2021 ވާ ހުކުރު […]

އިބްރާހިމް ޚަލީލް