ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ "އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2021" ގެ ގުރުއަތުލުން ބާއްވައިފިއެވެ.

މި މުބާރާތަކީ ހަނިމާދޫ ގައި ފުޓްބޯޅައިން ފާހަގަ ކޮށްލެވުނު ހުނަރުވެރިއެއް ކަމަށްވާ، އެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ

Ad
rt

މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ 23 ނޮވެމްބަރ 2021 ވީ އަންގާރަ ދުވަހުގެ ރޭ 21:00 ގައި ހަނިމާދޫ ބްރޭކް ޓައިމް ކެފޭގައި އެކަމަށްޓަކައި ބޭއްވި ކުޑަކުޑަ ރަސްމިއްޔާތެއްގައެވެ.

މި އަހަރުގެ މުބާރާތުގައި ޖުމުލަ ހަތް ޓީމު ވަނީ ބައިރިވެފައި ވެއެވެ. އެ ޓީމު ތަކަކީ ޔުނީފޯމް، ރިއަލްސްޓާރސް، ރޫހު، ޝީލްޑު، އަހުލީ ޔޫތު ފުރެންޑްސްގެ އިތުރުން ވިކިލާނެއެވެ.

މި އަހަރުގެ މުބާރާތުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މި މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ފުރަތަމަ ބުރު ނިމޭއިރު ޕޮއިންޓު ޓޭބަލުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލުގެ މެޗުން މޮޅުވާ ޓީމަކަށެވެ.

މި މުބާރާތުގައި ޖުމުލަ 23 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 27 ނޮވެމްބަރ 2021 ވާ ހޮނިހިރު ދުވަހުގެ ހަވީރު 1545 ގައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ރިއަލް ސްޓާރސްއެވެ.