މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
އެމްޑީޕީގެ ވެރިކަން ދަމަހައްޓައިފި ނަމަ ހަނިމާދޫން މީހުން ބާލާނެ: ޔާމީން

އެމްޑީޕީގެ ވެރިކަން ދަމަހައްޓައިފި ނަމަ ހަނިމާދޫން މީހުން ބާލާނެ: ޔާމީން

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އިތުރު ދައުރަކަށް އިންތިޚާބުވެއްޖެނަމަ، ހދ. ހަނިމާދޫ މީހުން އެ ރަށުން ބާލާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޢަބްދުުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ހއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ހަނިމާދޫގެ ކުރިމަގަށް އެންމެ މުހިއްމު ކަމަކީ އެ ރަށަކީ އެ ރަށުގެ ރައްޔިތުންގެ ތަނެއްގެ ގޮތުގައި އޮތުން ކަމަށެވެ. އެގޮތުން...

ޝިއުނާ އާދަމް
ޚަލީލްގެ ކޮލަމް: ހަނިމާދޫގައި ފުޓްސަލް ކުޅޭނެ ދަނޑެއް ނެތި އަހަރުތަކެއް

ޚަލީލްގެ ކޮލަމް: ހަނިމާދޫގައި ފުޓްސަލް ކުޅޭނެ ދަނޑެއް ނެތި އަހަރުތަކެއް

ރަށުގައި ކަމެއްނުވެ އޮވެއްޖެނަމަ އެ ވާހަކައެއް ލިޔަން ގަލަން ނަގާ ކޮންމެ ފަހަރަކު ހިތައް އުނދަގޫކުރާވާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެއެވެ. ކޮންމެ ކަމެއް ސިޔާސީގޮތުން މިނެކިރޭ މިފަދަ ދުވަސްވަރެއްގައި ނުވެ އޮންނަ ކަމެއްގެ ވާހަކަ ފަށާއިރަށް އިދިކޮޅުން އެކަމުގެ ނާޖައިޒް ފައިދާ ނަގާފަދައިން، ކަމެއް ހާސިލްވެގެން އެ ވާހަކައެއް ދައްކާނަމަ އެއްކޮޅު މީހުންގެ “ބެޖު” ތަންމިނަށް ބޮޑުކުރާތީއެވެ. އެންމެ ރަނގަޅެވެ. އެއްކޮޅެއް ވެސް ނޫނެވެ. އަދި ދެކޮޅެއްވެސް ނޫނެވެ. ރަނގަޅު ކަމެއްނަމަ އެއީ ރަނގަޅު ކަމެކެވެ. […...

އިބްރާހިމް ޚަލީލް
ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަންފަރު

ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަމުމަށް އިއުލާން ކޮށްފި އެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދިނުމަށް އަންދާސީ ހިސާބު ހެށަހެޅުމަށް މި އޮކްޓޯބަރ މަހުގެ 20 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 11 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ހަނިމާދޫ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދިނުމަށް އަނ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ: އެމްޔޫ މަނިކު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ: އެމްޔޫ މަނިކު

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ ކަމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ. ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ ގައި ވާހަކަ ދައްކަމުން އެމްޔޫ މަނިކު ވިދާޅުވީ ހުރިހާ ފަންތިއެއްގެ ރިސޯޓުތައް ރާއްޖޭގައި ހުޅުވިގެން ގޮސް ރާއްޖެއަކީ ޓޫރިޒަމްގެ “ބެންޗް މާކް”އަށް ވެގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރު އެ އަންނަނީ އަދި ކިރިޔާ ކަމަށާއި އެ […]

މުޙައްމަދު އަފްރާޙް
ހަނިމާދޫ ފުޓްބޯޅަ ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ފުޓްބޯޅަ ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން ހަނިމާދޫ ލީގް 2022/2023 ގެ ނަމުގައި ފުޓްބޯޅަ ލީގެއް އެ ރަށުގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު ފުރަތަމަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އޮކްޓޯބަރ އަދި ނޮވެމްބަރ ގައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ […]

އިބްރާހިމް ޚަލީލް
ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ތަމްރީން ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި

ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ތަމްރީން ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި

ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ތަމްރީން ޕްރޮގްރާމެއް ހދ. ހަނިމާދޫ ގައި ފަށައިފި އެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ޕްރޮގްރާމަކީ ވިޔަފާރީ ކުރުމުގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމްއެއް ފަށާފައިވަނީ މިއަދު ކަމަށެވެ. ސިލްސިލާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަ...

މުޙައްމަދު އަފްރާޙް
ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ހަނިމާދޫގައި ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ހަނިމާދޫގައި ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުރަޒާއި ގުޅޭގޮތުން ތިލަދުންއަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލް މެންބަރު ހާރިޘާ މުޙައްމަދު ވިދާޅުވެފައި ވަނީ މި މައުރަޒުގައި ދަނޑުވެރިން ހައްދާ ތަކެތި ވިއްކ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި

ހދ. ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓަށް ލިބުނީ މިއަދު 12:41 ހާއިރުކަމަށެވެ. އަޑިއަށް ގޮސްފައިވަނީ ލީން އެކްސްޕްރެސް ނަމަކަށް ކިޔާ ލޯންޗެކެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހަނިމާދޫ ޕޯސްޓްގެ ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ލޯންޗު ވަނީ އެ ސަރަހައްދުން […]

އިބްރާހިމް އަސްވާޤް
"މީގެކުރިން ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަޤްވާމީ ކުރީ ނަންބޯޑަކުން، ދެން ވާނީ ކުރިން ވީގޮތެއް ނޫން" 📍 ހދ. ހަނިމާދޫ

"މީގެކުރިން ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަޤްވާމީ ކުރީ ނަންބޯޑަކުން، ދެން ވާނީ ކުރިން ވީގޮތެއް ނޫން"

މީގެކުރިން ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަޤްވާމީ ކުރީ ނަންބޯޑަކާއެކު ކަމަށާއި، ދެން ވާނީ ކުރިން ވީގޮތެއް ނޫންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޒޯން 1 ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް، “ބޮޑުތިލަދުންމަތި ގުޅާލުން” ނަމުގައި ރޭ، ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގ...

އަލީ އާދިލް
"ބަޑިއެެއް އޮވެދާނެ" ކަމަށް ބުނެގެން ހައްޔަރުކުރި ހަނިމާދޫ އެއާޕޯޓު މުވައްޒަފު ދޫކޮށްލައިފި 📍 ހދ. ހަނިމާދޫ

"ބަޑިއެެއް އޮވެދާނެ" ކަމަށް ބުނެގެން ހައްޔަރުކުރި ހަނިމާދޫ އެއާޕޯޓު މުވައްޒަފު ދޫކޮށްލައިފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދައްކައިގެން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެތަނުގެ މުވައްޒަފަކު އިއްޔެ ދޫކޮށްލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ހއ އަދި ހދ އަތޮޅަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނު ދަތުރުކުރެއްވި ފްލައިޓް ހަނިމާދޫއަށް ޖައްސަން ކައިރިވެފައިވަނިކޮށް އެ ފްލައިޓަށް ޚިދުމަތްދޭ މުވައްޒަފުންގެ ބޮޑީ ސެކިއުރިޓީން ޗެކް ކުރިވަގުތު އެތަނުގެ މުވައްޒަފަކު އެހެން މުވައްޒަފަކު ޗެކްކުރަމުން ދަނިކޮ...

ޔުމްނާ ޢަލީ
ސަމާސާއަކަށް "ބަޑިއެެއް އޮވެދާނެ" ކަމަށް ބުނި ހަނިމާދޫ އެއަރޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި 📍 ހދ. ހަނިމާދޫ

ސަމާސާއަކަށް "ބަޑިއެެއް އޮވެދާނެ" ކަމަށް ބުނި ހަނިމާދޫ އެއަރޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދެއްކި އެތަނުގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ ރައްކާތެރިކަން ކޮމްޕްރަމައިސް ވާގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާއި ގުޅިގެން ސުވާލު ކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިތުބާރު ހުރި މަސްދަރަކުން ތިލަދުން އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަ...

މުޙައްމަދު އަފްރާޙް
ތިލަދުންމަތީގެ އުންމީދުތަކާއި ގުޅިފައިވާ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ހަނިމާދޫ

ތިލަދުންމަތީގެ އުންމީދުތަކާއި ގުޅިފައިވާ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. އެގޮތުން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީއެވެ. އަދި ޖޭއެމްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ކޭ އެސް ރެޑީއެވެ. މި ރަސްމިއްޔާތުގެ ދައުލަތުގެ ވ...

އަޙްމަދު ވަހީދު
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ތަޖުރިބާ ދަތުރެއް އިހަވަންދޫއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ތަޖުރިބާ ދަތުރެއް އިހަވަންދޫއަށް

އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށް ގެންދާ  ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ތަޖުރިބާގެ ދަތުރު އެ ޖަމިއްޔާއިން މިއަދު ހއ. އިހަވަންދޫއަށް ކޮށްފިއެވެ. މި ދަތުރުގައި އެ ޖަމިއްޔާއިން ހަނިމާދޫގައި ހިންގަމުން އަންނަ ސަޢާދާ ޕްރީސްކޫލުގެ ހަތަރު މުދައްރިސުންނާއި އެ ސްކޫލުގެ ޕީޓީއޭ ހަތް މެމްބަރުންގެ އިތުރުން ޖަމިއްޔާގެ ހަ މެމްބަރުންނާއިއެކު ޖުމްލަ 17 މީހުން ވަނީ ބައިވެރިވެފައެވެ. މި ދަތުރުގައި އިހަވަންދޫގައި ގައި ފަށާ ތަޢުލީމް ފޯރުކޮށް ދިނުމުގެ ގޮތުން އަމިއްލަ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓް މަޝްރޫއިން ބޮޑު ތިލަދުންމަތީގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް އަންނާނެ: އަމީރު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް މަޝްރޫއިން ބޮޑު ތިލަދުންމަތީގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް އަންނާނެ: އަމީރު

ހަނިމާދޫ އެއަރޕޯޓް ތަރައްޤީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތި އިތުރުން, މުޅި ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައި ވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށެވެ. ފެންނަން ހުރި ހަޤީޤަތަކީ ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް, މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކު...

މުޙައްމަދު އަފްރާޙް
ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ އާދީއްތަ ދުވަހު ސޮއިކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ އާދީއްތަ ދުވަހު ސޮއިކުރަނީ

ހދ. ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ އާދީއްތަ ދުވަހު ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ. މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑ...

އަލީ އާދިލް