މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ކަންބޮޑުވާ ދަރަޖައަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ކަންބޮޑުވާ ދަރަޖައަށް

ހދ.ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ މިހާރު ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ ކަމުގައި، ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވެއްޖެއެވެ. މި ނޫހަށް މައުލޫމާތު ހިއްސާކުރައްވަމުން ރައީސް އަބްދުލްސައްތާރު ހަސަން ވިދާޅުވީ ހަނިމާދޫގެ ބަނދަރުގެ އުތުރުފަރާތުގެ ގޮނޑުދޮށް ގިރުމަކީ ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމުގައި ދިމާވަމުން އަންނަ ކަމެއް ނަމަވެސް މި އަހަރު އެ ސަރަހައްދު އާދަޔާ ހިލާފަށް ބޮޑަށް ގިރަމުން އަންނަ ކަމަށެވެ. އެތަނުގެ ހާލަތު މިވަގުތު އޮތްގޮތް ސިފަކޮށްދެ...

އިބްރާހިމް ޚަލީލް
މިނިވަންދުވަހާއި ގުޅުވައިގެން ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް 📍 ހދ. ހަނިމާދޫ

މިނިވަންދުވަހާއި ގުޅުވައިގެން ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް

މިއަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް ބާއްވަން ނިންމައި، އެހަރަކާތް އިންތިޒާމްކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ. މި ހަރަކާތް ހިންގުމަށް ހަނިމާދޫ ކައުންސިލުން ބީލަމަށް ހުޅުވާލައިކޮށްފައިވާ ޢިއުލާންގައި ބުނީ، މިނިވަންދުވަހާއި ގުޅިގެން އެ ކައުންސިލުން ހަނިމާދޫ ރައްޔިތުންނަށް ބޭއްވުމަށް ނިންމާފައިވާ އަވެލި މޮޑުމުގެ ޙަރަކާތް އިންތިޒާމްކޮށް، މިހަރަކާތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ...

ޔުމްނާ ޢަލީ
ހަނިމާދޫ ކައުންސިލުން ހިލޭ ހިންގާ ކުރު ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުން ހިލޭ ހިންގާ ކުރު ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން ހިންގާ ކުރުމުއްދަތުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޖުމްލަ ނުވަ ކޯހެއްގައި ބައިވެރިވާން ހުޅުވާލާފައިވާއިރު، މި ހުރިހާ ކޯހެއްވެސް ކުރިއަށް ގެންދަނީ ހަތް ދުވަހުގެ މުއްދަތަށެވެ. އަދި މި ކޯސްތަކުގައި ބައިވެރިވާ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. ކޯސްތަކުގެ މައުލޫމާތު ޅެންހަދަން ދަސްކޮށްދޭ ބޭސިކް ލެވެލް – ސްކޫލް ދަރިވަރުންނަށް ހާއްސަ 30 ޖާގަ، އެހެނިހެން 30 ޖާގަ ބަނދި ހަދަން ދަސްކޮށްދޭ ބޭސިކް ލެވެލް – ސްކޫލް ދަރިވަރު...

އިބްރާހިމް ޚަލީލް
އަތޮޅު ކައުންސިލަކީ ބޭކާރު، ވަކިން ހިންގާ ފެކްޝަނެއް: ފިރާގް 📍 ހދ. ހަނިމާދޫ

އަތޮޅު ކައުންސިލަކީ ބޭކާރު، ވަކިން ހިންގާ ފެކްޝަނެއް: ފިރާގް

އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބޮޑީއެއް ކަމަށާއި އަދި އެއީ ވަކިން ހިންގާ ވަކި ފެކްޝަނެއްކަމަށް ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވެއްޖެއެވެ. ފިރާގް މިހެން ވިދާޅުވީ، ހދ. އަތޮޅު ކައުންސިލުން މިއަހަރު ބާއްވާ ތިލަދެކުނު ޤުރްއާން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައި އަތޮޅު ކައުންސިލުން ކުރި ޢިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ހަނިމާދޫ ކެތިއަރާ ޖަމިއްޔާއަށް ދިން ޖަވާބު ފޭސްބުކްގައި ހިއްސާ ކުރަށްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ފިރާގު […]

ޔުމްނާ ޢަލީ
ހަނިމާދޫގައި ހޮސްޕިޓަލް އަޅަން ބިން އާރުޑީސީއާއި ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ހޮސްޕިޓަލް އަޅަން ބިން އާރުޑީސީއާއި ހަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަށްޓަކައި ބޭނުންވާ ބިން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެ ބިން އާރުޑީސީއާއި ހަވާލުކުރުމަށްޓަކައި އިއްޔެ ވަނީ ހަނިމާދޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އިސްމާއިލް ޝަރީފްއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިންޖިނޭރ، މުހައްމަދު އަހުމީމްއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން ކަ...

އިބްރާހިމް ޚަލީލް
ހަނިމާދޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ޓްރެވެލްސް ގައިޑެއް ނެރެފި 📍 ހދ. ހަނިމާދޫ

ހަނިމާދޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ޓްރެވެލްސް ގައިޑެއް ނެރެފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ނައިކޯ ޓްރެވެލްސް އިން “ނައިކޯ ޓްރެވެލްސް ގައިޑް ޓު ހަނިމާދޫ 2025” ގެ ނަމުގައި ޓްރެވެލްސް ގައިޑެއް ނެރެފިއެވެ. ނައިކޯ ޓްރެވެލްސް އަކީ ހަނިމާދޫއަށް ނިސްބަތްވާ ތިން ބޭފުޅުން ކަމަށްވާ ހުސެއިން ޝަފީއު އަލީ، އިބްރާހީމް ޝިފާން އަދި އަހްމަދު އަފްރާހް ގުޅިގެން ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ ޓްރެވެލްސް އެޖެންސީއެކެވެ. ނައިކޯ ޓްރެވެލްސް އިން ވިއްކަމުން އަންނަ ޕެކޭޖްތައް މިހާރު ވެސް އެ އެޖެންސީގ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފިނަމަ ފައިދާ ބޮޑުވެދާނެ: ނަޝީދު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފިނަމަ ފައިދާ ބޮޑުވެދާނެ: ނަޝީދު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން އެންމެ ބުއްދިވެރި ގޮތަކީ، ޓެންޑާކޮށްގެން، ސަރުކާރަށް އެންމެ ފައިދާބޮޑު ޕްރައިވެޓް ފަރާތެއް ހޯދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރަން އުޅޭކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ދެއްކެވި ވާހަކަ ސަރުކާރުން ދޮގުކޮށްފައި ވަނިކޮށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއ...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓް ބޭރުބަޔަކަށް ވިއްކާލަން އުޅޭކަމަށް ބުނެފަތުރާ ވާހަކައަކީ ދޮގެއް: ސައީދު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ބޭރުބަޔަކަށް ވިއްކާލަން އުޅޭކަމަށް ބުނެފަތުރާ ވާހަކައަކީ ދޮގެއް: ސައީދު

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އިންޓަރނޭޝަނަލް އެއާޕޯޓް ބޭރުބަޔަކަށް ވިއްކާލަންއުޅޭކަމަށް ބުނެފަތުރާ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސައީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރި...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި އެމްއައިބީގެ ސޭލްސް ސެންޓަރެއް އެޅުމަށް ބިން ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އެމްއައިބީގެ ސޭލްސް ސެންޓަރެއް އެޅުމަށް ބިން ހަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސޭލްސް ސެންޓަރެއް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފިއެވެ. އެމްއައިބީގެ ސާވިސް ސެންޓަރ އެޅުމަށް ހަނިމާދޫއިން ބިން ދޫކޮށްފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްބަސްވުމުގައި ސޮއިކޮށް މި މަހުގެ އެއްވަނަ ދުވަހު އެމްއައިބީއަށް ވަނީ ބިން ހަވާލުކޮށްފައެވެ. ހަނިމާދޫގައި އެމްއައިބީން އަޅާ ސާވިސް ސެންޓަރާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ އެމްއ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމާލެވޭނެ: މުއްތަލިބު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމާލެވޭނެ: މުއްތަލިބު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ދަނީ ތަވާލާ އެއްގޮތަށް ކަމަށެވެ. އެގޮތުން މުޅި މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އ...

އަޙްމަދު ވަހީދު
ކައުންސިލް އިންތިހާބަށް ފަހިކުރަން، ޕީއެންސީގެ ވަފުދެއް ހދ.އަތޮޅަށް 📍 ހދ. ހަނިމާދޫ

ކައުންސިލް އިންތިހާބަށް ފަހިކުރަން، ޕީއެންސީގެ ވަފުދެއް ހދ.އަތޮޅަށް

އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރޝިޕްގެ ބޭފުޅުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަން ފަށައިފި އެވެ. މި ގޮތުން ޕީއެންސީގެ ލީޑަރޝިޕްގެ ވަފުދެއް ވަނީ ހދ. އަތޮޅަށްވެސް ޒިޔާރަތްކޮށްފަ އެވެ. މިޓީމުގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި މިނިސްޓްރީތަކުގެ އިސްވެރިން ހިމެނެއެވެ. ފުރަތަމަ ހދ. އަތޮޅުން ހަނިމާދޫއަށް ޒިޔާރަތްކޮށް، އެ ރަށުގައި ޕާޓީގެ ސްޓިއަރިންގް ކޮމިޓ...

އަލީ އާދިލް
ހަނިމާދޫ ކައުންސިލާއި އެމްއައިޓީއީ ކޮލަޖާ ދެމެދު އެއްބަސްވުމެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލާއި އެމްއައިޓީއީ ކޮލަޖާ ދެމެދު އެއްބަސްވުމެއް

ހދ. ހަނިމާދޫގައި އިޔާދަކުރަނިވި ހަކަތައާއި ގުޅުންހުރި ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ހަނިމާދޫ ކައުންސިލުން އެމް.އައި.ޓީ. ކޮލެޖާއެކު ފަހުމުނުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ކޯސްތަކަކީ ހއ އަތޮޅާއި ހދ އަތޮޅަށް އަމާޒުކޮށްގެން ހަނިމާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ. މި އެއްބަސްވުމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، އަމާޒަކީ މިހިސާބުގެ މިފަދަ ގިނަ ކޯސްތައް ހަނިމާދޫއަށް ގެންދިއުން ކަމަށެވެ. އެގޮތުން ހަނިމާދޫގައި ވާނީ މިފަދަ ހަރަކާތްތައް...

އައިޝަތު އައިނީ އާމިރު
ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހަނިމާދޫއަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފި 📍 ހދ. ހަނިމާދޫ

ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހަނިމާދޫއަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފި

ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ފަރާތުން ހދ. ހަނިމާދޫ ކައުންސިލަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ. ހަނިމާދޫ ކައުންސިލަށް މި ގަސްތައް ހަދިޔާކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަނިމާދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ބުނީ ރާއްޖޭގައި ކާނާގެ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ފުޑްސެކިއުރިޓީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ފުޑްސެކިއުރިޓީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހދ. ހަނިމާދޫގައި ފުޑްސެކިއުރިޓީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި ހަނިމާދޫ ކައުންސިލާއެކު މިއަދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން މިއަދު ހަނިމާދޫ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ މިއަދު ހަނިމާދޫ...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓް ނިމުމުން ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ: މުބީން 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ނިމުމުން ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ: މުބީން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމުން އެ އެއާޕޯޓަށް ޖައްސާ ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން މިހެން ވިދާޅުވީ ހަނިމާދޫއަށް ޖައްސާ ފްލައިޓުތައް ޓާމިނަލާ ކައިރި ނުވުމުގެ ސަބަބުން ވާރޭ ވެހޭ ދުވަސްތަކުގައި ފަސިންޖަރުންނަށް ދިމާވާ ދަތިތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ހަނިމާދޫ އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ފޭބި ފަސިންޖަރުން ވާރެއާ ތެމިގެން ޓާމިނ...

އަޙްމަދު ވަހީދު