މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
📍 ހދ. ކުމުންދޫ

ކުމުންދޫގައި ލައިސަންސް ޓެސްޓުގެ ދުއްވުމުގެ ބުރެއް ބާއްވަނީ

ހދ. ކުމުންދޫގައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް، ލައިސަންސް ޓެސްޓުގެ ދުއްވުމުގެ ބުރެއް ބާއްވަން ނިންމައިފިއެވެ. އެރަށު ކައުންސިލުން ބުނެފައިވަނީ މި ބުރު ބޭއްވުމަށް ނިންމާފައިވަނީ، އެކަމަށް އެދި އެރަށުގެ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާތީ، ހދ. އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށްފަހުކަމަށެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހު މި ދުއްވުމުގެ ބުރު ބޭއްވުމަށް ނިންމާފައިވާއިރު، މުޅިން އަލަށް ލައިސަންސް ނަގާ ފަރާތްތަކުން، ތިއަރީ ޓެސްޓުގައި ބައިވެރިވުމަށް...

Thiladhun
ތަކަންދޫ ބަނދަރުގައި ހުންނަ ޖޯލިތައް، ބަނދަރު ތެރެއަށް އުކާލައިފި 📍 ހއ. ތަކަންދޫ

ތަކަންދޫ ބަނދަރުގައި ހުންނަ ޖޯލިތައް، ބަނދަރު ތެރެއަށް އުކާލައިފި

ހއ. ތަކަންދޫ ބަނދަރުމަތީގައި ބަހައްޓާފައި ހުރި ޖޯލިފަތިތައް، ބަންދަރު ތެރެއަށް އަޅާލައިފިއެވެ. ތަކަންދޫ ބަނދަރުމަތީގައި ހުންނަ ޖުމްލަ އަށް ޖޯއްޔެއް ވަނީ ބަނދަރު ތެރެއަށް އެއްލާލާފައެވެ. އަދި މިހާރު އެ ރަށު ކައުންސިލް އާއި، ރަށުގެ ރައްޔިތުން ގުޅިގެން، އެ ޖޯލިތައް ވަނީ ބަނދަރުން ނަގާފައެވެ. ތަކަންދޫއިން، ތިލަދުން އޮންލައިނަށް މަޢުލޫމާތު ދިން މީހަކު ބުނީ، މި ޖޯލިތަކަކީ އެ ރަށު ބަނދަރުމަތީގައި މީހުން ފިނިކޮށްލަން ހޮޅުއަށި ހަދައިގެން ތިބޭ ޖޯލިތަކެއް ކަމަށާއި، ރަށުން ބޭރުން، ތަކަންދުއަށް […]

Thiladhun

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހއ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު، މި އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމާ، އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ. އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު، ހއ. އަތޮޅުގެ ޢާންމު ފަރާތްތަކަށާއި، ހއ. އަތޮޅުގެ ހުރިހާ ސްކޫލު/ މަދްރަސާތަކަށާއި، ރަށުކައުންސިލުތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކުލަބް  ޖަމްޢިއްޔާތަ...

Thiladhun
ހދ. އަތޮޅު ކައުންސިލުގެ ވޮލީ މުބާރާތް މާދަމާ ފަށަނީ

ހދ. އަތޮޅު ކައުންސިލުގެ ވޮލީ މުބާރާތް މާދަމާ ފަށަނީ

ހދ. އަތޮޅު ކައުންސިލުން އިސްނަގައިގެން، އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް، މާދަމާ ފެށުމަށް ނިންމައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޜަނަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މާދަމާއިން ފެށިގެން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހާ ހަމައަށް، މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނެއެވެ. މި  މުބާރާތުގެ ފިރިހެން ޑިވިޜަންގައި މި އަހަރު ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ، ކުޅުދުއްފުށީ އީޑީ، ޓީމް ނޮޅިވަރަމް، ވިޔެސް އަދި ޓީމް ފިނެއެވެ. […]

Thiladhun

ށ. ވަނގަރުގައި ހަދާ ރިސޯޓު "ޖޭޑަބްލިއު މެރިއޮޓް" ހުޅުވަނީ

ށ. ވަނގަރުގައި ހަދާ ރިސޯޓު “ޖޭޑަބްލިއު މެރިއޮޓް” އަންނަ ނޮވެމްބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހޮޓެލް ބްރޭންޑް “ޖޭޑަބްލިއު މެރިއޮޓް” އަކީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން މެރިއޮޓް އިންޓަނޭޝަނަލްގެ ހޮޓެލް ބްރޭންޑެކެވެ. ކުރިން އެމެރިކާގެ ހޮޓެލް ބްރޭންޑެއް ކަމަށްވާ ވައިސްރޯއީގެ ނަމުގައި ހިންގި ރިސޯޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ރިސޯޓުގެ ކޮޓަރިތަކުގެ ފެންވަރު މަތިކޮށް ރެސްޓޯރަންޓާއި އެނޫން ވެސް ބައެއް […]

އިބްރާހިމް އަސްވާޤް
📍 ހއ. ކެލާ

ކެލާ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެހީ ހޯދަނީ

ހއ. ކެލާ ޝެއިހު އިބްރާހީމް ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޙަރަކާތްތަކަށް ފައިސާ ހޯދުމުގެ ކަންކަމުގައި ބައިވެރިވާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. އެ ސްކޫލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރާ ރަސްމިއްޔާތަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑުރައިޒުކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ސުޓޭސަނަރީ ވޮޗަރ އަށް ތަކެތި ހޯދައިދިނުމާއި ޔުނީފޯމުފޮތި ސުކޫލުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވީމާ ސުކޫލުން މިޚިދުމަތް ހޯއްދަވަން […]

އަފްރާހް އަބްދުލް ރަޝީދު
ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު އެހީއަކަށް އެދި އާދޭސްކުރަނީ! 📍 ހއ. ބާރަށް

ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު އެހީއަކަށް އެދި އާދޭސްކުރަނީ!

‎إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎ https://thiladhun.com/8657   ފުރާވަރު އުމުރުގައި ކޮންމެ ކުއްޖަކު ވެސް ރައްޓެހިންނާއެކު ކުޅެ ސަކަރާތް ޖަހަން ބޭނުން ވާނެއެވެ. ސްކޫލުގައި މޮޅަށް ކިިޔަވައި މައިބަފައިން ފަހުރުވެރިކޮށްދޭން ބޭނުން ވާނެއެވެ. ނަމަވެސް ހއ. ބާރަށަށް އުފަން ރާސިހު މުހައްމަދު މިއަދު މިވަނި މިހުރިހާ ކަމަކުން މަހްރޫމްވެފައެވެ. ލެއަށް ކެންސަރުޖެހި މަރާއި ހަނގުރާމަ ކުރަންޖެހިފައެވެ. މީގެ މަހެއްހަ ދުވަސް ކުރީގެ ވާހަކައެކެވެ. އުމުރުން 14 އަހަރުގެ ރާސިހަކީ އާންމުކޮށް ސްކޫލަށްދާން ބޮޑާ...

އަފްރާހް އަބްދުލް ރަޝީދު
ކުޅުދުއްފުށީ އިންޑޯ ކޮމްޕްލެކްސް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި

ކުޅުދުއްފުށީ އިންޑޯ ކޮމްޕްލެކްސް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށިގައި އަޅަން ފަށާފައިފާ އިންޑޯ ކޮމްޕްލެކްސްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށް ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވަލުކޮށްފައި ވަނީ ކޮޕެއިންސް އިންވެސްޓްމަންޓު ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. Contract signed with Copains Investment for the completion of work in HDH. Kulhudhuffushi Indoor Complex. pic.twitter.com/hXSUnDiCna — Ministry of Youth,Sports and Community Empowerment (@MoYSCEmv) Sep...

އަފްރާހް އަބްދުލް ރަޝީދު

އެމްއައިބީގެ 10000 ހިއްސާ ހދ އަތޮޅު ކައުންސިލުން ގަނެފި

ހދ. އަތޮޅު ކައުންސިލުން 10000 ހިއްސާ އިސްލާމިކް ބޭންކުން ގަނެފި އެވެ. އިސްލާމިކް ބޭންކުގެ ކުޅުދުއްދުށީ ބުރާންޗް މެދުވެރިކޮށް ހދ. އަތޮޅު ކައުންސިލުން ގަނެފައިވަނީ 35 ރުފިޔާގެ ރޭޓުން 350000 ރުފިޔާގރ ހިއްސާ ކަމަށް ހދ އަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ. އެކަމަށްޓަކައި މިއަދު އެމްއައިބީ ކުޅުދުއްފުށީ ބުރާންޗުގައި ބޭއްވި ހަފްލާއެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައިންސިލްގެ ރައީސް އެވެ. އެމްއައިބީގެ ފަރާތުން ހިއްސާގެ ލިޔުމާ ހަވާލުވެލެއްވީ ކުޅުދުއްފުށީ ބުރާންޗުގެ މ...

އިބްރާހިމް އަސްވާޤް
އަންނަ އަހަރު އަމީރު އަމީން ސްކޫލަށް ކުދިން ވައްދަން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

އަންނަ އަހަރު އަމީރު އަމީން ސްކޫލަށް ކުދިން ވައްދަން ހުޅުވާލައިފި

ކުޅުދުއްފުށީ ކައުންސިލުން ހިންގާ ނާސަރީ ސްކޫލް، އަމީރު އަމީން ސްކޫލުގެ ބޭބީ ނާސަރީއަށާއި ނާސަރީއަށް އަންނަ އަހަރު ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާ، މިއަދު ސްކޫލުން އެކަން އިއުލާން ކޮށްފައިވާއިރު، 2020 ވަނަ އަހަރު ބޭބީ ނާސަރީއަށް ވެއްދުމަށް ޝަރުތު ހަމަވަނީ 31 މާރިޗު 2020 އަށް ދެ އަހަރު ފުރި ތިން އަހަރު ނުފުރޭ ކުދިންނެވެ. ނާސަރީއަށް ވެއްދުމަށް ޝަރުތު ހަމަވަނީ 31 މާރިޗު 2020 އަށް ތިން އަހަރު ފުރި، […]

Thiladhun
📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ފެނުގެ ނިޒާމާ ގުޅަން ބޭނުންވާ ގެތަކަށް ފުރުޞަތު ހުޅުވާލައިފި

ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ ދަށުން، ގޭގެއަށް މީޓަރު ގުޅަައިދޭނީ، އެކަމަށްޓަކައި ގޭގެ ވެރިފަރާތުން އެކަން ކައުންސިލަށް އެންގުމުންކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ. އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އިން މިގޮތަށް ކަންތައް ކުރުމަށް އަންގާފައިވާކަމަށާއި، މިކަމަށްޓަކައި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ 12:00 ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. މިމުއްދަތުގެ ފަހުން ފޯމު ހުށައަޅާ ގޭގެއަށް މީޓަރު ގު...

Thiladhun
📍 ހއ. ހޯރަފުށި

ހޯރަފުށީ އެއަރޕޯޓަށް ބޭނުންވާ ފަޔަރ ފައިޓަރުން، ބޭރު ގައުމަކުން ތަމްރީން ކުރަނީ

ރާއްޖެއިން ބޭރުގައި ބާއްވާ ފަޔަރ ފައިޓިންގ ޓްރެއިނިންގ ޕްރޮގުރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު، ހއ. ހޯރަފުށީ ރަށްވެހިންނަށް، އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ހޯރަފުށީ ކައުންސިލުން ބުނެފައިވަނީ މި ޕްރޮގުރާމަކީ އެރަށު އެއަރޕޯޓު ހުޅުވުމުގެ ކުރިން، އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން ބައެއްކަމުގައެވެ. އެކައުންސިލުން ކޮށްފައިވާ އިއުލާނުގައިވަނީ މި ޓްރެއިނިންގ ޕްރޮގުރާމުގައި ބައިވެރިވެވޭނީ، ސާނަވީ އިމްތިހާނަކުން ތިން މާއްދައިން ފާސްވެފ...

Thiladhun
ހިންދީ ދީނުގެ ”އޯނަމް“ ބޭއްވި ކަމަށް ބުނާ މައްސަލަ ބަލަންފަށައިފި 📍 ހދ. ކުޅުދުއްފުށި

ހިންދީ ދީނުގެ ”އޯނަމް“ ބޭއްވި ކަމަށް ބުނާ މައްސަލަ ބަލަންފަށައިފި

ކުޅުދުއްފުށީ ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީއިން  ބަލަންފަށައިފި އެވެ. “ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަންފަށައިފި.” އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ. މިދިޔަ ހުކުރު ދުވަހު، ހދ.ކުޅުދުއްފުށީގެ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ޓީޗަރުންތަކެއް އިސް ނަގައިގެން ގެންދިޔަ ގެޓް ޓުގެދާއެއްގެ ފޮޓޯތަކެ...

ޔުމްނާ ޢަލީ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކުނި އަންދާ ނިޒާމެއް ބަހައްޓަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީގައި ކުނި އަންދާ އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް މެކްސްޓާ މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ. އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ އިތުރުން ފުވައްމުލަކު އަދި މާފުށީގައިވެސް އިންސިނެރޭޓަރު ބެހެއްޓުމަށް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި މެކްސްޓާ މޯލްޑިވްސް އިން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިބްރާހިމް އެވެ. މ...

އަފްރާހް އަބްދުލް ރަޝީދު
ބޭރުގައި އޮންނަ ފަޔަރފައިޓިންގ ޓްރެއިނިންގެ ފުރުޞަތު ތުރާކުނު ރަށްވެހިންނަށް 📍 ހއ. ތުރާކުނު

ބޭރުގައި އޮންނަ ފަޔަރފައިޓިންގ ޓްރެއިނިންގެ ފުރުޞަތު ތުރާކުނު ރަށްވެހިންނަށް

ރާއްޖެއިން ބޭރުގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ފަޔަރ ފައިޓިންގ ޓްރެއިނިންގ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު، ހއ. ތުރާކުނު ރަށްވެހިންނަށްވެސް ހުޅުވާލައިފިއެވެ. ޒުވާނުން ބާރުވެރިކުރުމަށާއި، އެކި އެކި ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ މި ޓްރެއިނިންގ ޕްރޮގުރާމުގެ މަގުސަދުކަމަށްވާއިރު، މި ޕްރޮގުރާމަށް ނުވަތަ ކޯހަށް ބައިވެރިން ކަނޑައެޅުމުގައި ބަލާނީ، ބައިވެރިވާން ޝައުގުވެރިކަން ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތްތައްކަމަށް، ތުރާކުނު ކައުންސިލުނ...

Thiladhun