📍 ހދ. ނައިވާދޫ
ނަލަނަލަ ނައިވާދޫ: ލޯކަލް ޓޫރިޒަމް ފައްކާކުރަން ހަމަ މަރެއް
ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރައިގެން ސްޕީޑް ލާންޗެއްގައި 30 މިނިޓު ރާސްތާގައި އޮންނަ ހދ. ނައިވާދޫއަކީ އަތޮޅުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފައްކާކުރަން ހޮވާލެވޭނެ އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން އެއްރަށެވެ. ހދ. ކުޅުދުއްފުށި އެއަރޕޯރޓުން ފުރައިގެންވެސް ސްޕީޑް ލާންޗެއްގައި 25 މިނިޓުން ހދ. ނައިވާދޫއަށް ފޯރާނެއެވެ. އާބާދީގައި 866 މީހުން ތިބި ނައިވާދޫގައި ދިރިއުޅެނީ 400 އެއްހާ މީހުންނެވެ. ނައިވާދޫއަކީ އަތޮޅުގައި ހިޖުރަކުރުމުގެ މައްސަލަ އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ އެއްރަށްވެސ...