މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ރާއްޖޭގެ ފުރަތަމަ ބީޗް ސްޕޯޓްސް ފެސްޓިވަލް ކުޅުދުއްފުށީގައި ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ރާއްޖޭގެ ފުރަތަމަ ބީޗް ސްޕޯޓްސް ފެސްޓިވަލް ކުޅުދުއްފުށީގައި ބާއްވަނީ

ޑަބުލިއު ސްޕޯޓްސް އެކަޑަމީ (ޑަބުލިއުއެސްއޭ) އިން އިންތިޒާމު ކޮށްގެން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއި ކުޅުދުއްފުށީ ކައުންސިލާއި ގުޅިގެން ކުޅުދުއްފުށީގައި ބީޗް ގޭމްސް ފެސްޓިވަލެއް ބާއްވަން އިއުލާންކޮށްފިއެވެ. ނޮވެމްބަރ 13 ން 16 އަށް ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ސްޕޯޓްސް ފެސްޓިވަލްގައި ޖުމްލަ 5 ކުޅިވަރެއް ހިމެނޭއިރު އެ ކުޅި...

އަޙްމަދު މުޖުތަބާ
📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލުން ވެސް އެމް.ޑީ.އެން ގެ ރިޕޯޓް ކުށްވެރިކޮށްފި

ހދ.ނޮޅިވަރަމް ކައުންސިލުން “ޕްރިލިމިނަރީ، އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) ނެރުނު ރިޕޯޓް ކުށްވެރިކޮއްފިއެވެ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) “ޕްރިލިމިނަރީ، އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓްގައި، މާތްވެގެންވާ އިސްލާމްދީނާއި މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަ ކޮށްފައިވާތީ، އެރަށުގެ ރައްޔިތުންނާއި ކައުންސިލުން އެޢަމަލު އެންމެ ހަރުކަށި ޢިބާ...

ފާތިމަތު ސިނާޒާ
އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސެޝަންތަކެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސެޝަންތަކެއް

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. އިއްޔެ އިހަވަންދޫ ސްކޫލް ހޯލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އަލިފާން ރޯވުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކަންކުރަންވީ ގޮތާއި މިފަދަ ހާދިސާ އެއް ހިނގުމުގެ ކުރިން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޢު...

ފާތިމަތު ސިނާޒާ
ހަނިމާދޫ ސްކޫލްގެ ދެމަސައްކަތެއް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލްގެ ދެމަސައްކަތެއް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފި

ހަނިމާދޫ ސްކޫލްގައި ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ޕްލޭ ސްކޫލް ދަރިވަރުންނަށް ޕްލޭ އޭރިއާއަށް ހަދައިދޭނެ ބަޔަކު ހޯދަން ކުރި ޢިއުލާނުތަކަށް އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވާތި އެދެމަސައްކަތް އަލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނު ކޮށްފިއެވެ. ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ގުޅޭގޮތުން ކޮށްފައިވާ ޢިއުލާނުގައިވަނީ  އެމަސައްކަތުގެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 އޮކްޓޯބަރު 15 އިން 2019 އޮކްޓޯބަރު 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، ހަނިމާދޫ [...

ޔުމްނާ ޢަލީ
📍 ށ. ކޮމަންޑޫ

ތިލަދުންމަތިން މާލެ އަށް "އުފާ އެކްސްޕްރެސް" އިން ސްޕީޑް ލޯންޗު ދަތުރުތައް ފަށަނީ

ހއ، ހދ އަދި ށ އަތޮޅުގެ ބައެއް ރަށްތަކާއި މާލެ އާއި ދެމެދު ސްޕީޑް ލޯންޗު ފެރީގެ ހިދުމަތް ވަރަށް އަވަހަށް ފެށުމަށް “އުފާ އެކްސްޕްރެސް” ތައްޔާރު ވެއްޖެއެވެ. އުފާ އެކްސްޕްރެސް ލޯންޗު ހއ އަތޮޅުން ދާނެ ރަށްތަކަކީ ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، އިހަވަންދޫ އަދި މާރަންދޫ އެވެ. ހދ އަތޮޅުން ދަތުރު ކުރާނެ ރަށް ތަކަކީ ނައިވާދޫ، ވައިކަރަދޫ އަދި މަކުނުދޫ އަށެވެ. ށ އަތޮޅުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ އަށް އެކަންޏެވެ. […]

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރުން ހއ ގެ ރަށްތަކުގައި ފަރުވާ ދެނީ

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރުން ހއ ގެ ރަށްތަކުގައި ފަރުވާ ދެނީ

ހދ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން އޮކްޓޫބަރ 13 ވަނަ ދުވަހުން ފެށިގެން މި އޮކްޓޫބަރ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ހއ އަތޮޅުގެ ބައެއް ރަށްތަކުގެ ސިއްޚީ މަރުކަޒު ތަކުގައި ބަލިމީހުން ފަރުވާ ދެއްވުމުގެ ޕްރޮގްރާމެއް ފައްޓަވައިފިއެވެ. ހއ އަތޮޅު ހޮސްޕިޓަލްގައި ހަމުގެ ބަލިތަކާއި ކަރުން މަތީގެ ބަލިތަކާއި މެންޓަލް އިލްނަސް އަށް ފަރުވާ ދެއްވުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ ކުރައްވާފައެވެ. އޮކްޓޫބަރ 15 ވަނަ ދުވަހު ހއ ހޯރަފުށީ […]

އަޙްމަދު މުޖުތަބާ
ދިއްދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ ދިއްދޫ އަދި ނ ވެލިދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިއަދު އިޢުލާން ކޮށްފިއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ 2019 އޮކްޓޫބަރ 20 ވާ އާދިއްތަ ދުވަހު 12:00 ގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ 3 ވަނަ ފަންގިފިލާ) ގައެވެ. އަންދާސީ ހިސާބު ހުށައަޅަން ޖެހޭނީ 2019 އޮކްޓޫބަރ 27 ވާ […]

އަޙްމަދު މުޖުތަބާ
އެމް.ޑީ.އެން ގެ ރިޕޯޓް ކުޅުދުއްފުށި ކައުންސިލުން ވެސް ކުށްވެރިކޮށްފި 📍 ހދ. ކުޅުދުއްފުށި

އެމް.ޑީ.އެން ގެ ރިޕޯޓް ކުޅުދުއްފުށި ކައުންސިލުން ވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ކައުންސިލުން އެ ޢަމަލު ކުއްވެރިކޮއްފިއެވެ.ް އެމް.ޑީ.އެން އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި ނެރުނު ރިޕޯޓްގައި އިސްލާމްދީނަށާއި މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ނިސްބަތްކޮށް ވަރަށް ހުތުރު ގޮތަކަށް ފުރައްސާރަ ކޮށްފައިވާތީ އެކަން އެރަށުގެ ރައްޔިތުންނާއި އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އަމަލަކީ އެ ޖަމިއްޔާއިން...

ފާތިމަތު ސިނާޒާ
ނޭކުރެންދޫ ކުޑަކުދިންގެ ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކުޑަކުދިންގެ ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފި

ހދ ނޭކުރެންދޫ ކުޑަ ކުދިންގެ ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް މައޫޒު އިބްރާހިމް ވިދާޅުވީ މިއީ ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަމާއިއެކު ކުރި މަސައްކަތެއް ކަމަށެވެ. މައޫޒު އިތުރަށް ވިދާޅުވީ ކައުންސިލްގެ ބޭނުމަކީ މި ޕާކުގެ ސަބުބުން ތުއްތު ކުދިން މައިންބަފައިންނާއެކު ގޮސް އުފާވެރި ހިތްގައިމު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލާ ކުޅެލާ ހެދުންކަމަށެވެ. މިފަދަ ޕ...

އަޙްމަދު މުޖުތަބާ

ށ. އަތޮޅުގެ ކޮންމެ ރަށަކުން ފުޓްބޯޅަ ކޯޗެއް ތަމްރީނުކުރަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭމް.އެމް) އާއި، ށ.އަތޮޅުކައުންސިލާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެފް.އޭ.އެމް “ސީ” ސެޓްފިކެޓް ކޯޗިންގ ކޯސް ރޭ ފެށިއްޖެއެވެ. ށ.އަތޮޅުގައި ދިރިއުޅެމުންދާ 25 އަހަރާއި، 50 އަހަރާ ދެމެދުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދެވޭ މި ކޯހުގައި އަތޮޅުގެ ރަށްރަށުން 25 ފަރާތަކުން ބައިވެރިވެފައިވެއެވެ. ށ.އަތޮޅުގެ މީހުން އުޅޭ ކޮންމެ ރަށެއްގައި އެފް.އޭ.އެމް “ސީ” ލައިސަންސް އޮތް  ކޯޗަކު ތަމްރީނުކުރުމާއި، ހުނަރުވެރި ކޯޗުންތަކެއް އުފެދި ފުޓްބޯޅަ...

ޔުމްނާ ޢަލީ
ގޯލްޑެން ފުޓްސަލް ޗެލެންޖް: ޕެނަލްޓީ ޖަހައިގެން އޭދަފުށިން ނައިވާދޫ ބަލިކޮށްފި 📍 ހދ. ނައިވާދޫ

ގޯލްޑެން ފުޓްސަލް ޗެލެންޖް: ޕެނަލްޓީ ޖަހައިގެން އޭދަފުށިން ނައިވާދޫ ބަލިކޮށްފި

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ދެ ވަނަ ބުރުގައި ހދ. ނައިވާދޫއާ ބ. އޭދަފުށި ވާދަކުރިމެޗް ފުރިހަމަ ވަގުތުކުޅެ އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ނައިވާދޫ ބަލިވެއްޖެއެވެ. ޕެނަލްޓީޖަހައިގެން އޭދަފުށި މެޗް ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ޕެނަލްޓީ އޭދަފުއްޓަށް ވަނީ ނާކާމިޔާބުވެފައެވެ. ނައިވާދޫގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރެވިފައިވީނަމަވެސް ފަހުން ޖެހި ދެޕެނަލްޓީވެސްވަނީ ނާކާމިޔާބުވެފައެވެ. ހދ. ނައިވާދޫއާ...

ހުސައިން ހަބީބް
އިހަވަންދޫ އައިސް ޕްލާންޓްގެ ކެޕޭސިޓީ 50 ޓަނަށް އިތުރުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އައިސް ޕްލާންޓްގެ ކެޕޭސިޓީ 50 ޓަނަށް އިތުރުކޮށްފި

ހއ އިހަވަންދޫގައި ބަހައްޓާފައިވާ މިފްކޯގެ އައިސް ޕްލާންޓުން ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭގޮތަށް ކެޕޭސިޓީ އިތުރުކޮށް ސްޓޯރޭޖް ބޭނުންކުރަން ފަށައިފިއެވެ. މީގެ ކުރިން މިއައިސް ޕްލާންޓުން ދުވާލަކު އުފެއްދެނީ 25 ޓަނުގެ އައިސްއެވެ. މިބަދަލާއެކު އުކާލަންޖެހޭ މަސް މަދުވެ، މަސް ގަންނަ ފަރާތްތަކަށް ވިއްކާ މަހުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އިހަވަންދޫއަށް ވެފައިވާ ވަޢުދެކެވެ. އިހަވަންދޫއަކީ އަކީ އުތުރުގައި ފާހަގަކޮށްލެވޭ މަސްވެރި ރަށެކެވެ. ހާއްސަކޮށް ބޮޑު ކ...

އަޙްމަދު މުޖުތަބާ
ޅ. އަތޮޅުގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި ށ. އަތޮޅު ކައުންސިލްއަށް

ޅ. އަތޮޅުގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި ށ. އަތޮޅު ކައުންސިލްއަށް

ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ތަޖުރިބާ ހޯދުމާއި، ހިއްސާކުރުމަށް ފާދިއްޕޮޅު އަތޮޅުކައުންސިލުން އިއްޔެ ށ.ފުނަދުއަށް ކުރި ޒިޔާރަތުގައި ށ. އަތޮޅުކައުންސިލާއި، އެ ކައުންސިލްގެ ޓީމާ ދެމެދު ތަޖުރިބާ ހޯދުމާއި، ހިއްސާކުރުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. ފާދިއްޕޮޅު އަތޮކައުންސިލާއި، އެ އަތޮޅު ހިންނަވަރާއި، ނައިފަރާއި، ކުރެއްދޫ އޮޅުވެލިފުށީ ކައުންސިލުން ޖުމުލަ 22 މުވައްޒަފުން ހިމެނޭ ޓީމާއެކު ބޭއްވުނު ބައްދަލުވުމުގައި 2018ވަނަ އަހަރު ހިންގުނު ޙަރަކާތްތަކުގެ މަޢުލޫމާތާއި، 2019ވަނަ އަހަރު ފާސްކުރެ...

ޔުމްނާ ޢަލީ
‎ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ރާސިޙު ނިޔާވެއްޖެ 📍 ހއ. ބާރަށް

‎ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ރާސިޙު ނިޔާވެއްޖެ

‎ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު ނިޔާވެއްޖެ އެވެ. ހއ. ބާރަށަށް އުފަން ރާސިޙު މުހައްމަދު ނިޔާވެފައިވަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮން މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ރާސިޙުގެ ހާލުދެރަވެ ޑޮކްޓަރުން އުންމީދު ކަންޑާލާފައިވަނީ މިއަދު ހެނދުނުއެވެ. https://thiladhun.com/6282 ލެއަށް ކެންސަރުޖެހި ރާސިޙްއަށް އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާތާ ތިން ހަފްތާ ވަރުވެދާނެކަމަށް ރާސިހުގެ އާއިލާއިން މަޢުލޫމާތުދެއެވެ.

އިބްރާހިމް އަސްވާޤް
"ނަޝީދު އެންޑް ކޯ" އުތުރު ގޮފި ކުޅުދުއްފުށީގައި ހުޅުވައިފި

"ނަޝީދު އެންޑް ކޯ" އުތުރު ގޮފި ކުޅުދުއްފުށީގައި ހުޅުވައިފި

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ، ލޯ ފާރމް “ނަޝީދު އެންޑް ކޯ” އުތުރު ގޮފި ކުޅުދުއްފުށީގައި ހުޅުވައިފި އެވެ. މި އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަނެވެ. މާލޭގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަޝީދު ވިދާޅުވީ، މިއަދު ހުޅުވިގެން މިދިޔައީ އެ އޮފީހުގެ އުތުރު ގޮފި ކަމަށާއި ދެކުނު ގޮފި ހުޅުވުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. މި އޮފީސް ހުޅުވުމުގެ ރަސްމިއް...

އިބްރާހިމް އަސްވާޤް