މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ހއ. ކެލާ ކަނޑޫފާ ސަރަހައްދު: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް 📍 ހއ. ކެލާ

ހއ. ކެލާ ކަނޑޫފާ ސަރަހައްދު: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޙުސައިން ޘަޤީފް
ކުޅުދުއްފުށީ ގަބުރަސްތާނުގައި މަހާނަ ކޮންނަން އިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގަބުރަސްތާނުގައި މަހާނަ ކޮންނަން އިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަށް އިންދައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފި އެވެ. ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އުމުރުން 19 އަހަރުގެ ޒުވާނާ ބުނެފައިވަނީ ގަބުރުކޮނުނީ އޭނާގެ ކޮއްކޮއެއް މަރުވެފައިވުމުން ގަބުރުތައް ކޮނުމުން ކޮއްކޮގެ ގަބުރާއި ދިމާވާވެދާނެކަމަށް ގަބޫލުކުރެވުމުންކަމަށެވެ. އަދި މަހާނަ ކޮނަމުން ދިޔަ ވަރަކަށް ގޮތް ނޭނގޭ މީހަކު އޭނާކައިރު ހުއްޓާނުލައި މަހާނަ ކޮންނަމުން...

އަޙްމަދު މުޖުތަބާ
ހަނިމާދޫގައި ކަނޑުއުޅަނދު ދުއްވާ ފަރާތްތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހަނިމާދޫގައި ކަނޑުއުޅަނދު ދުއްވާ ފަރާތްތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. ހަނިމާދޫގައި ކަނޑުއުޅަނދު ދުއްވާ ފަރާތްތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ސައިކަލުފަދަ އަގުބޮޑެތި މުދާ އެ އުޅަނދު ތަކަށް އަރުވާނަމަ ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން އެ އުޅަނދު ތަކުގެ ކެޕްޓަނުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ފުލުހުންނަށް އެންގުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކަނޑު ބޯޓުތަކުން މަސްތުވާތަކެތި ގެ...

އިބްރާހިމް އަސްވާޤް
ހަސީނާއަށްޓަކައި ނެއްލައިދޫ ކަނބަލުންގެ އެއް ދުވަސް 📍 ހދ. ނެއްލައިދޫ

ހަސީނާއަށްޓަކައި ނެއްލައިދޫ ކަނބަލުންގެ އެއް ދުވަސް

އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ހދ.ކުޅުދުއްފުށި ސޭޑީކޯނަރ ޙަސީނާ ޙަސަން އަށް އެހީތެރިކަން ހޯދުމުގެ ގޮތުން ނެެއްލައިދޫ ކަނބަލުން އިސްނަގައިގެން ”ހެލްޕް ޙަސީނާ” ގެ ނަމުގައި ހަރަކަތެއް ކުރިޔަށް ގެންދިޔުމަށް ހަމަޖައްސައިފިއެވެ. އެފަރަތުން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 ށް ނެއްލައިދޫ ކޮމިޔުނިޓީ ޕާކުގައެވެ. މި ހަރަކާތުގައި ތަފާތު ބާވަތްތަކުގެ ހެދިކާ، މަސްކާށި، މަޖާ ޓްރޭ،ކަޕް ކޭކު،ފުރ...

ފާތިމަތު ސިނާޒާ
ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރަނީ 📍 ހދ. ހަނިމާދޫ

ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރަނީ

މިއަންނަ އަހަރު ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ހުރިހާ އެއާޕޯޓުތަކެއް ބަޖެޓުގައި ހިމަނާފައި ނުވި ނަމަވެސް ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން މި އެއާޕޯޓުތައް ތަރައްޤީކުރެވިގެން ދާނެކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަރނޭޝ...

އަޙްމަދު މުޖުތަބާ
ފިއްލަދޫ ހޮލިޑޭ ކަޕްގެ ގުރުއަތުލުން ބާއްވައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ހޮލިޑޭ ކަޕްގެ ގުރުއަތުލުން ބާއްވައިފި

ހއ.ފިއްލަދޫގެ ޒުވާންނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫގައި ކުރިއަށްގެންދާ ހޮލިޑޭ ކަޕްގެ ގުރުއަތުލުން ބާއްވައިފިއެވެ. މި ގުރުއަތުލުން ބާއްވާފައިވަނީ ފިއްލަދޫ ސުކޫލުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ޑިވިޝަން ކޮމާންޑާރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް އެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ފިއްލަދޫ މުވައްސަސާ ތަކުގެ ވެރިންނާއި ފިއްލަދޫއިން މިމުބާރާތައ...

ފާތިމަތު ސިނާޒާ
ކުޅުދުއްފުށީ ބަނދަރުގައި އޮތް އެމްޓީސީސީ ސްޕީޑް ފެރީގައި ރޯވެއްޖެ

ކުޅުދުއްފުށީ ބަނދަރުގައި އޮތް އެމްޓީސީސީ ސްޕީޑް ފެރީގައި ރޯވެއްޖެ

ކުޅުދުއްފުށީ ބަނދަރުގައި އޮތް އެމްޓީސީސީ ސްޕީޑް ފެރީގައި ރޯވެއްޖެ އެވެ. ކުޅުދުއްފުށި އުތުރު ބަނދަރު ގައި އޮތް އެމްޓީސީސީގެ “އުނިޔަ” ނަމަކަށް ކިޔާ ފެރީގެ ގެނަރޭޓަރ ރޫމް ގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ނޯދަން އޭރިޔާ، ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއިން ހަރަކާތްތެރިވެއްޖެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. HDh. Kulhudhuffushi ban'dharu gai oiy MTCC ge "Uniya" namakah kiyaa ferry ge generator room gai alifaan roavegen MNDF NA, Kulhudhuffushi Fire Station in harakaaiytherivejje. […]

އިބްރާހިމް އަސްވާޤް
ތުރާކުނު ހުޅަނގު ބޭރުން، އިންޑިޔާ ދިދަ ނަގާފަހުރި ދެ ބޯޓެއް ހިފަހައްޓައިފި 📍 ހއ. ތުރާކުނު

ތުރާކުނު ހުޅަނގު ބޭރުން، އިންޑިޔާ ދިދަ ނަގާފަހުރި ދެ ބޯޓެއް ހިފަހައްޓައިފި

ތުރާކުނު ހުޅަނގު ބޭރުން އިންޑިޔާދިދަ ޖަހާފަހުރި ދެ ބޯޓެއް ހިފަހައްޓައިފި އެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ވަދެއުޅުނު، މަސްވެރިކަން ކުރާ ވައްތަރުގެ ބޭރުގެ ދެ ބޯޓެއް ހއ.އިންނަފިނޮޅު ކައިރިން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދީފައިވަނީ، އެ ސަރަޙައްދުގައި މަސްކަންކު...

އިބްރާހިމް އަސްވާޤް

އަންނަ މަސް ނިމިއްޖެ! މިނިސްޓަރު ވިދާޅުވި ޓޫރިޒަމަށް ދޫކުރާ ރަށްތައް އިޢުލާނެއް ނުކުރޭ!

ހދ އަތޮޅުގައި ޓޫރިޒަމް ނެތިގެން އެވާހަކަ ދައްކާތާވީ ދުވަހެއް، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ ފަހުން ވެދާނެއެވެ. އެހެންނަމަވެސް ވީކަމެއް ނެތެވެ. އަދިވެސް އެވާހަކަ ދެއްކެން ހުއްޓުމަކަށް ނާދެއެވެ. ހދ އަތޮޅު ޒުވާނުންވެސް ރަށާ ކައިރި ރިސޯޓު ތަކުގައި މަސައްކަތް ކުރަން ބޭނުން ވާނެއެވެ. އޮފްޑޭގައި ރަށަށް އާއިލާ ކައިރިއަށް ދާން ބޭނުން ވާނެއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ބޮޑު އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ނުކުރެވި މިހާތަނަށް އޮތުމަކީ ބޮޑު މައްސަލައެކެވެ. ސަރުކާރުތަކުގެ ބޮޑު އިޙުމާލެކެވެ...

އަޙްމަދު މުޖުތަބާ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް، ޚާއްޞަ އިނާމު ދެއްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް، ޚާއްޞަ އިނާމު ދެއްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ރޭ ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޚާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. މިއަހަރުގެ ޚާއްޞަ އިނާމު 39 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ފެހި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ފެހި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ ކުޅުދުއްފުށީގައި ރަށް ފެހި ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ކުޅުދުއްފުށީ ކައުންސިލުން މިފެށި ޕްރޮގްރާމްގެ ދަށުން މިއަދު ވަނީ ކުޅުދުއްފުށީ އަމީނީމަގުގައި ހިޔާ ލިބޭ 20 ގަސް އިންދައިފައެވެ. މި ޕްރޮގަރާމްގައި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. ކުޅުދުއްފުށީ ކައުންސިލުން މި ފެށި ރަށް ފެހި ކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމުހޫރިއްޔާއިބްރާހީމް މުޙައްމަދު ޞާލިޙްގެ “ރަށްފެހި” ޕްރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާޙްކުރުމަށްޓަކައި ކައުންސިލްގެ އިސް...

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ކުޑަ މިސްކިތު ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން ޒުވާނަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިއަދު 18:30 ގައި ކުޅުދުއްފުށީ ކުޑަމިސްކިތު މަހާނައެއް ކޮންނަންއިންދާ ހައްޔަރުކުރީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެއިނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރު މަސްތުގެ ހާލުގައި ހުރިކަމަށް ބެލެވޭ ކަމަށާއި ކުޅުދުއްފުށީ ޕޮލިސް އިން މިމައްސަލަ ތަހުޤީގު ކުރަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ. ކުޑަ މިސްކިތު ގަބުރުސްތާނަކީ ކުޅުދުއްފުށީގައި އެންމެ ގިނައިން...

އިބްރާހިމް އަސްވާޤް
ށ.އަތޮޅު ކައުންސިލްގެ ބަޖެޓަށް ޚިޔާލު ހޯދުމުގެ މަޝްވަރާތައް ފަށައިފި

ށ.އަތޮޅު ކައުންސިލްގެ ބަޖެޓަށް ޚިޔާލު ހޯދުމުގެ މަޝްވަރާތައް ފަށައިފި

ށ.އަތޮޅު ކައުންސިލްގެ ބަޖެޓަށް ޚިޔާލު ހޯދުމުގެ މަޝްވަރާތައް ފަށައިފިއެވެ. 2020 ވަނަ އަހަރަށް ލަފާކުރާ ށ.އަތޮޅުކައުންސިލްގެ ބަޖެޓުގައި ހިމަނާނެ ޕްރޮގްރާމުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ފުނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ނިމިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. ށ.އަތޮޅު ސްޓޭޓް ހައުސްގައި ކުރިޔަށްގެންދެވުނު މި ބައްދަލުވުމުގައި ފުނަދޫގެ މުއްސަސަތާތަކުންނާއި، ޖަމްޢިއްޔާތަކާއި، މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި...

އިބްރާހިމް އަސްވާޤް
ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފި 📍 ހދ. މަކުނުދޫ

ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފި

ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރަރު ހުށަހަޅާފައިވަނީ މެރިޓައިމް އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ފަރާތްތަކަކުން، އެ އިންޑަސްޓްރީގައި މަސައްކަތް ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށާއި މިހާރު ބޭނުން ކުރަމުން އަންނަ ދިވެހި ސީމަނުންގެ ފޮތަކީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން، އައިއެލްއޯގެ 1958 ވަނަ ކޮންވެން...

ފާތިމަތު ސިނާޒާ
ފާތުމާފުޅު ދައްތަގެ މަރާއިއެކު މުޅި ހޯރަފުށި ރޮއްވާލައިފި 📍 ހއ. ހޯރަފުށި

ފާތުމާފުޅު ދައްތަގެ މަރާއިއެކު މުޅި ހޯރަފުށި ރޮއްވާލައިފި

ހޯރަފުށީ އެންމެންގެ ލޯބި ލިބިފައިވި ފާތުމާފުޅު ދައްތަގެ މަރާއި އެކު ހޯރަފުށީ ރައްޔިތުންނަށް ލިބުނީ ގަބޫލުކުރަން ދަތި ހަބަރެކެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް މީގެ އެތައް އަހަރެއް ކުރިން ފާތުމާފުޅު ދައްތަ ގެ ފިރިމީހާ ބުނިފަދައިން ”ﷲއޭ ދެއްވީ، ﷲއޭ ގެންދެވީ. ކެތްތެރިވާށޭ، ﷲ ނޫން އެހެން ފަރާތެއް ނެތޭ،” ހިތުގެ އަޑިން ގަބޫލު ކުރަން ޖެހޭނީ މިހެންނެވެ. މުސްކުޅި ބަލީގައި އުޅޭތާ މަސްތަކެއް ފަހުން އުމުރުން 79 އަހަރުގައި ފާތުމާފުޅު މަރުވިއިރު އޭނާގެ 85 އަހަރުގެ […]

ފާތިމަތު ސިނާޒާ