މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,623 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9623 ޚަބަރުގެ ތެރެއިން
ކޯވިޑް 19 އާއި ގުޅިގެން ހަނިމާދޫގައި ޢަމަލު ކުރާނެގޮތް ހާމަކޮށްފި 📍 ހދ. ހަނިމާދޫ

ކޯވިޑް 19 އާއި ގުޅިގެން ހަނިމާދޫގައި ޢަމަލު ކުރާނެގޮތް ހާމަކޮށްފި

ކޯވިޑް 19 އާއި ގުޅިގެން ހދ. ހަނިމާދޫގައި ޢަމަލު ކުރާނެގޮތް، ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. އެކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލުން ނެރެފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެންފަށައި، އުތުރުގައިވެސް އެ ނުރައްކާތެރި ބައްޔަށް މީހަކު ފައްސި ވެ ބިރުވެރި ޙާލަތަށް ގޮސްފައިވާތީ، އެކަމުން ރައްކާތެރި ވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހުރިހާ ފަރާތަކުން އަޅަމުން ގެންދާ މިދަނޑިވަޅުގައި ހުރިހާ ފަރާތެއް...

ޝިއުނާ އާދަމް
ކުޅުދުއްފުށި ފުރަބަންދު ކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ފުރަބަންދު ކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީ މިއަދު މެންދުރު 12 އިން ފެށިގެން ފުރަބަންދުކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދިއްޖެއެވެ. ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުމުގެ ބިރު ކުޅުދުއްފުށި ސިޓީގައިވެސް މި ވަނީ ބޮޑުވެފައި ވާ ކަމަށެވެ. ބަލި ފެތުރުން ކޮންޓްރޯލު ކޮށް ރައްކާތެރިވުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ދަށުން 21 އެޕްރީލް 2020 ގެ (މިއަދު) މެންދުރު 12:00 އިން ފެށިގެން 24 އެޕްރީލް 2020 ގެ 12:00 އަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު […]

ޝިއުނާ އާދަމް
މުރައިދޫއިން ފުރައިގެން ބާރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފި 📍 ހއ. ބާރަށް

މުރައިދޫއިން ފުރައިގެން ބާރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ޚިލާފަށް ހއ. މުރައިދޫއިން ފުރައިގެން އެއަތޮޅު ބާރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ ހއ. މުރައިދޫ އިން ޑިންގީއެއްގައި ހއ. ބާރަށަށް ގޮސް، އަންބުރާ ހއ. މުރައިދޫ އަށް ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ގެ އެންގެވުމާ ޚިލާފުވި މިމީހާ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 20 ވަނަ ދުވަހުގެ 23:36 ހާއިރު ހައްޔަރުކޮށް މިމައްސަލަ ތަޙްޤީގު ކުރަމުން އަ...

ޝިއުނާ އާދަމް
3 ދުވަހަށް ކުޅުދުއްފުށި ފުރަބަންދު ކުރަނީ 📍 ހދ. ކުޅުދުއްފުށި

3 ދުވަހަށް ކުޅުދުއްފުށި ފުރަބަންދު ކުރަނީ

މާދަމާ މެންދުރު 12:00 އިން ފެށިގެން 72 ގަޑިއިރު ވަންދެން ހދ. ކުޅުދުއްފުށި ސިޓީ ފުރަބަންދު ކުރަން ނިންމާފައިވާކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ ހދ. ކުޅުދުއްފުށި ސިޓީ ކޯވިޑް-19 ޓާސްކްފޯހުން ނިންމި ނިންމުމެއްކަމަށެވެ. އެއީ ސަލާމަތީގޮތުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ލަތީފް ވިދާޅުވިއެވެ. ކުޅުދުއްފުށި ފުރަބަންދު ކުރުމުގައި އަމަލު ކުރަމުން ދާނީ މާލޭގައި އަމަލުކުރަމުންދާ ގޮތަށ...

ޝިއުނާ އާދަމް
އެންމެ ފަހުވަގުތާއި ހަމައަށްވެސް ހުންނާނީ ހިރިމަރަދޫ ރައްޔިތުންގެ ޚިދުމަތުގައި: ވަހީދު 📍 ހދ. ހިރިމަރަދޫ

އެންމެ ފަހުވަގުތާއި ހަމައަށްވެސް ހުންނާނީ ހިރިމަރަދޫ ރައްޔިތުންގެ ޚިދުމަތުގައި: ވަހީދު

އެންމެ ފަހުވަގުތާއި ހަމައަށްވެސް ހުންނާނީ ހިރިމަރަދޫ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ވަޙީދުގެ ފޭސްބުކްގައި މިއަދު ލިޔުއްވާފައިވަނީ މާތްﷲ އިރާދަ ކުރެއްވިއްޔާ އޭނާ ހުންނާނީ އެންމެ ފަހު ވަގުތާއި ހަމަޔައްވެސް ހިރިމަރަދޫގެ ލޮބުވެތި ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ. ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ހއ. އުލިގަމަށް ދަތުރުކުރި މީހެއް އިއްޔެ ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، ހިރިމަރަދޫގައި އެމީހާއާއި ސީދާ ބައްދަލުވި މީހެއް ހުރުމުން މިވަގުތ...

ޝިއުނާ އާދަމް
ކާވިޔާ ބޯޓުން ދަތުރުކުރި މީހުން އެކަހެރިވާން އަނގައިފި 📍 ހއ. އިހަވަންދޫ

ކާވިޔާ ބޯޓުން ދަތުރުކުރި މީހުން އެކަހެރިވާން އަނގައިފި

ހއ. އިހަވަންދޫ ކާވިޔާ ބޯޓުން އެރަށަށް ދަތުރުކުރި މީހުންނާއި، އެމީހުންނާއި ސީދާ ދިމާވެފައިވާ މީހުން  އަމިއްލައަށް އެކަހެރިވުމަށް ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުން އަންގައިފިއެވެ. ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު މާލެއިން އިހަވަންދޫ އަށް ކާވިޔާ ބޯޓުން ދަތުރުކުރައްވާފައިވާ މީހެއް ކޯވިޑް-19 އަށް ފައްސިވެފައިވާތީ، އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކާވިޔާބޯޓުން ދަތުރުކުރެއްވ...

ޝިއުނާ އާދަމް
ދިއްދޫއަށް އަރާ ފޭބުމުގައި އަމަލު ކުރަންވީ ގޮތް ހާމަކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫއަށް އަރާ ފޭބުމުގައި އަމަލު ކުރަންވީ ގޮތް ހާމަކޮށްފި

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އަންގާފައިވާ ގޮތުގެ މަތީން އަމަލު ކުރުމަށްޓަކައި، ހއ. ދިއްދޫއަށް އަރާ ފޭބުމުގައި އަމަލު ކުރަންވީ ގޮތް ދިއްދޫ ކައުންސިލުން ހާމަ ކޮށްފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ފެތުރެމުންދާ ކަމަށް އެޗްޕީއޭ އިން ކަނޑައަޅުއްވައި، އެ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އަންގައި ނެރުރުއްވާފައިވާ ބަޔާނު...

ޙުސައިން ޝަހުދީ
ކޯވިޑް-19 އާއި ގުޅިގެން ދިއްދޫ ކައުންސިލުގެ އިތުރު ފިޔަވަޅުތަކެއް 📍 ހއ. ދިއްދޫ

ކޯވިޑް-19 އާއި ގުޅިގެން ދިއްދޫ ކައުންސިލުގެ އިތުރު ފިޔަވަޅުތަކެއް

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުން ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން އާންމުކޮށް ޢިއުލާން ކޮށްފިއެވެ. ދިއްދޫ ކައުންސިލުން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުންދާތީ، އެ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލު ކުރުމުގެގޮތުން ހއ. ދިއްދޫ ކޮވިޑް ޓާސްކް ފޯސް ގެ ލަފާގެ މަތިން 20 އެޕްރީލް 2020 (މިއަދު) އިން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާކަމަށެވެ. ދިއްދޫ ކައުންސިލުން އަޅަން ނިންމި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފިނަމަ ބޭރަށް ނުކުންނަން ޖެހޭ މީހުން ރަޖިސްޓަރީވާން ހުޅުވައިލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފިނަމަ ބޭރަށް ނުކުންނަން ޖެހޭ މީހުން ރަޖިސްޓަރީވާން ހުޅުވައިލައިފި

ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފި ހާލަތެއްގައި ދުރާލައި ތައްޔާރުވުގެ ގޮތުން ކޮންމެހެން ބޭރަށް ނުކުމެ އުޅެން ޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ރަޖިސްޓަރީ ވުމަށް ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފިއެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 ގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފިނަމަ ދުރާލައި ތައްޔާރުވުމުގެ ގޮތުން ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ މީހުން ދެނެގަތުމަށް ބޭނުންވާ ކަމ...

ޝިއުނާ އާދަމް
ކެނޯއެއްގައި ނޮޅިވަރަމުން ފުރައިގެން ކުޅުދުއްފުށި އެއަރޕޯޓަށް އަރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކެނޯއެއްގައި ނޮޅިވަރަމުން ފުރައިގެން ކުޅުދުއްފުށި އެއަރޕޯޓަށް އަރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފި

ކެނޯއެއްގައި ހދ. ނޮޅިވަރަމުން ފުރައިގެން ހދ. ކުޅުދުއްފުށި އެއަރޕޯޓް ރަންވޭ ހުޅަނގުފަރާތުން އަރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ. މިކަމާއި ހުޅިގެން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ، އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން މަނާކޮށްފައިވާ ދަންޑިވަޅެއް ގައި، ހުއްދަ ނުހޯދާ 19 އޭޕްރީލް 2020 ވަނަ ދުވަހު ހދ. ނޮޅިވަރަން ހުޅަންގު ފަރާތުން ކެނޯ އެއްގައި އައި 2 މީހަކު ހދ.ކުޅުދުއްފުށި އެއަރޕޯޓް ރަންވޭ ހުޅަނގު ކޮޅުން ބަނޑުން ޖަހާލާފައި ވާކަމަށް ބުނެ ހދ.ކުޅުދުއް...

ޝިއުނާ އާދަމް
ނޮޅިވަރަމު ކަރަންޓީނުކޮށް މޮނިޓަރިންގެ ހާލަތަށް

ނޮޅިވަރަމު ކަރަންޓީނުކޮށް މޮނިޓަރިންގެ ހާލަތަށް

ހދ ނޮޅިރަމް މޮނީޓަރިންގެ ހާލަތަށް ގެނަސްފައިވާކަން އެޗްޕިއޭއިން ހދ. ނޮޅިވަރަމް ކައުންސިލަށް އަންގައިފިއެވެ. އެޗްޕީއޭއިން ނޮޅިވަރަމް ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ އެރަށް ކަރަންޓީނުކޮށްފައިވަނީ ނޮޅިވަރަމަށް ދަތުރުކޮށްފައިވާ ބޯޓެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ޞިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށެވެ. ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަ...

ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން ދިއްދޫގައި ފުލޫ ކްލިނިކެއް ހުޅުވައިފި 📍 ހއ. ދިއްދޫ

ކޯވިޑް-19 އާއި ގުޅިގެން ދިއްދޫގައި ފުލޫ ކްލިނިކެއް ހުޅުވައިފި

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ދިއްދޫގައި ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން ދިއްދޫގައި ހުޅުވުނު ފުލޫ ކުލިނިކް ހުޅުވާފައިވަނީ ދިއްދޫ ޕްރީސުކޫލުގައިއެވެ. އެ ފުލޫ ކުލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، އެ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ. އެ ފުލޫ ކްލިނިކަށް ދެއްކުމަށް ހުޅުވާލާފައި ވަނީ ރޯގާގެ އަލާމާތް ހުންނަ ދިވެހިންނާއި ބިދޭސީން ނަށެވެ. ދިވެއްސެއްނަމަ […]

އަލީ އާދިލް
އުލިގަމުން ފައްސިވި މީހާއާއި ގުޅުން ހުރި 131 މީހުން ދެނެގަނެފި

އުލިގަމުން ފައްސިވި މީހާއާއި ގުޅުން ހުރި 131 މީހުން ދެނެގަނެފި

ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވި މީހާއާއި ގުޅުން ހުރި 131 މީހުން ހޯދިއްޖެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މިހާރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ވިދާޅުވީ ކޭސް 52 އާއި ސީދާ ބައްދަލުވި 131 މީހުން ދެނެގަނެވިފައި ވާކަމަށެވެ. ކޭސް 52 އަކީ ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވެފައިވާ މީހާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މި މަހުގެ […]

ޝިއުނާ އާދަމް
ކޯވިޑް-19 ގެ ބިރުވެރި ރާޅު ތިލަދުން މައްޗަށް

ކޯވިޑް-19 ގެ ބިރުވެރި ރާޅު ތިލަދުން މައްޗަށް

ފެތުރެމުންދާ ކޯވިޑް-19ގެ ބިރު ވެރި ރާޅު ތިލަދުން މައްޗަށް ބިންދާލި މިދަނޑިވަޅުގައި، މުޅި ރާއްޖެވެސް އޮތީ ދުނިޔެކޭ އެއްފަދައިން ބިރުވެރި ކަމުގައެވެ. މިކަން މިހެން ވާން ލޮލާއި ބޮލުން ނޭދޭ ހާލު، މިވަގުތަކީ ޙަޤީޤަތާއި ކުރިމަތިލައި، އެކަކު އަނެކަކުގެ ހާލުބަލައި، އެއްބައި ވަންތަކަން އިސްކޮށް، ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ ބަހަށް ކިޔަމަންވެ، އިރުޝާދުގައި ހިފައި، މާތް ﷲ ގެ ކިބައަށް ދުޢާކުރުން މަތީ ތިބެންވީ ވަގުތެވެ. އުންމީދު ކަނޑާލުމެއްނެތި ތިމާއާއި އަނެކާއަށް ޓަކައި ހެޔޮ ދުޢާކުރާންވީ ވަގުތެވެ. […]

ޙުސައިން ޝަހުދީ
އުލިގަމުން ކޯވިޑް-19އަށް ޝައްކުވި މީހާ އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ

އުލިގަމުން ކޯވިޑް-19އަށް ޝައްކުވި މީހާ އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ

ހއ. އުލިގަމުން ކޯވިޑަށް ޝައްކުވި މީހާ އެ ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ އުލިގަމުން ކޯވިޑަށް ޕޮޒިޓިވްވި މިމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަސް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިމީހާއަކީ މިހާތަނަށް ޕޮޒިޓިވްވި އެއްވެސް މީހަކާ ސީދާ ދިމާވި މީހެއް ނޫންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ކޯވިޑް-19އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ، އެމީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމ...

ޔުމްނާ ޢަލީ