މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
ނޮޅިވަރަމްވެސް މޮނީޓަރިން އަށް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްވެސް މޮނީޓަރިން އަށް

ހދ. ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅު ބޯޓުގެ ކައްޕި ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު ހދ. ނޮޅިވަރަމްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފާޅު ބޯޓު މިއަދު އެރަށަށް ގޮސްފައިވާތީ އެވެ. ފާޅު ބޯޓު އެރަށް ގޮސްފައިވަނީ މާލެ ދިއުމަށްފަހު މުދާ ހިފައިގެންކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. އަދި ނޮޅިވަރަމުން ބަޔަކު އެބޯޓަށް އަރާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނޮޅިވަރަމް މޮނިޓަރިނ...

އަލީ އާދިލް
މާލެ ދަތުރުކުރާ ބޯޓެއްގެ ކައްޕި ޕޮޒިޓިވްވުމާއެކު ކުޅުދުއްފުށި މޮނީޓަރިންއަށް 📍 ހދ. ކުޅުދުއްފުށި

މާލެ ދަތުރުކުރާ ބޯޓެއްގެ ކައްޕި ޕޮޒިޓިވްވުމާއެކު ކުޅުދުއްފުށި މޮނީޓަރިންއަށް

ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކައްޕި ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު އެސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ޕޮޒިޓިވް ވެފައިވަނީ ފާޅު ބޯޓުގެ ކެޕްޓަންއެވެ. ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 25 ސެޕްޓެމްބަރު 2020، 20:45 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ. ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ […...

އަލީ އާދިލް
ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީ މާދަމާ ބަނދަރު ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީ މާދަމާ ބަނދަރު ކުރަނީ

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި މާދަމާ ކުޅުދުއްފުށީގައި ބަނދަރު ކުރާއިރު، އެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް އެމަސައްކަތުގެ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ޝިޕިންގ ލައިންއިން ބުނެފިއެވެ. މި ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ ހޮނިހިރު ދުވަހު ފަތިހު 5:00 ހާއިރު ކަމަށް ލަފާކޮށްފައިވާއިރު، އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ. 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ […]

އަޙްމަދު ވަހީދު
ހޯރަފުށީ ކުރީގެ ބޮޑު ކަތީބު ނަސީރަށް ބަދަލުދޭން ހުކުމްކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކުރީގެ ބޮޑު ކަތީބު ނަސީރަށް ބަދަލުދޭން ހުކުމްކޮށްފި

ހއ. ހޯރަފުށީ ކުރީގެ ބޮޑު ކަތީބު އަލީ ނަސީރު އާދަމް (ނަސީރުބެ)އެ ރަށު އޮފީހުގެ ބޮޑު ކަތީބުކަމުން، 2010 ވަނަ އަހަރު ވަކިކުރީ، ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އެކަމުގެ ބަދަލުދޭން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. މި މައްސަަލައަކީ އަލީ ނަސީރު އާދަމް ބޮޑުކަތީބު ކަމުގެ ވަޒީފާ އަދާކުރަމުން ގެންދަވަނިކޮށް، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން އޭރު އަލަށް އުފެއްދި، މަތި އުތުރު ޕްރޮވިންސް […]

ޔުމްނާ ޢަލީ
މިލަންދޫ ފެނަކަ އައު އޮފީހުގެ %38 މަސައްކަތް ނިމިއްޖެ: ފެނަކަ 📍 ށ. މިލަންދޫ

މިލަންދޫ ފެނަކަ އައު އޮފީހުގެ %38 މަސައްކަތް ނިމިއްޖެ: ފެނަކަ

ށ. މިލަންދޫގައި އިމާރާތް ކުރަމުންދާ މިލަންދޫ ފެނަކަ އައު އޮފީގެ %38 މަސައްކަތް ނިމިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ. މިލަންދޫގައި އަލަށް އިމާރާތް ކުރެވޭ ފެނަކަ އޮފީހަކީ 03 ފަންގިފިލާއަށް އިމާރާތް ކުރެވޭ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ އޮފީހެކެވެ. އެ އޮފީސް އިމާރާތުގެ މަސައްކަތާއި ގުޅިގެން ފެނަކައިން ބުނީ މިލަންދޫގައި އަލަށް އިމާރާތް ކުރެވޭ 03 ފަންގިފިލާގެ ފެނަކަ އޮފީހުގެެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ. އަދި މިމަޝްރޫޢުގެ %38 މަސައްކަތް މިހާރު […]

އަޙްމަދު ވަހީދު
ފުނަދޫއިން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަނީ 📍 ށ. ފުނަދޫ

ފުނަދޫއިން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަނީ

ށ. ފުނަދޫއިން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަން ނިންމައި، ބިމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެ ފުރުޞަތު ހުޅުވާލައި ށ. ފުނަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެ ރަށުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބިންތަކެއް ދޫކުރުމަށް ނިންމައި ފުރުޞަތު ހުޅުވާލާ ކަމަށެވެ. މިގޮތުން ދޫ ކުރަން ނިންމާފައި ވަނީ 2000 އަކަ ފޫޓުގެ ބިންތަކެއް ކަމަށް ފުނަދޫ ކައުންސިލުން ބުނެފައި ވެއެވެ. އެ ރަށުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން ނިންމާފައި ވަނީ ރަށުގެ ދެކުނު […]

ޔުމްނާ ޢަލީ
މާރަންދޫއިން ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިމެއް ދޫކުރަނީ 📍 ހއ. މާރަންދޫ

މާރަންދޫއިން ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިމެއް ދޫކުރަނީ

ލޮނުމަސް އެޅުމަށާއި، މަސް ކައްކައި ހިއްކުމަށް ބިމެއް ދޫކުރުމަށް ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފި އެވެ. އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ އެރަށުގެ ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާ ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މި ބިމުގެ ބޮޑުމިން 1500 އަކަފޫޓް އެވެ. ބިން އޮތްތަންނަކީ ހަވާގޭގެ އިރުމަތިން ކޯރުކެނޑިމަގުގެ އުތުރުފަޅީގައި ކަމަށް އިޢުލާނުގައި ބުނެފ...

އިބްރާހިމް އަސްވާޤް
އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފި

އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޮޕަރޭޝަންތަކެއްގައި އެވެ. އެގޮތުން މި އޮޕަރޭޝަންތައް ހިންގާފައިވަނީ އުތުރުގެ 3 ރަށަކީ، ށ. ފުނަދޫ، ނ. ކުޑަފަރީގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާ...

ޖަލްވާން ޖާދުﷲ
ދިއްދޫ "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020"ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފި 📍 ހއ. ދިއްދޫ

ދިއްދޫ "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020"ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފި

ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒާއި އަދި ނެކްސްޓް ބައި ފިހާރަ ގުޅިގެން ފިރިހެނުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މި މުބާރާތް އިންތިޒާމްކުރާ ކޮމެޓީން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ދިއްދޫގައި ވޮލީ ކުޅުންތެރިން އުފެއްދުމާއި، އަދި ވޮލީގެ ހުނަރު ޒުވާނުންގެ މެދުގައި އިތުރު ކުރުނަ ކަމަށެވެ. މި މުބާރާތް ދިއްދޫގެ ޒުވާނުންނަށް ހާއްސަ ކުރެވިފައިވީ ނަމ...

އިބްރާހިމް ޚަލީލް
އުލިގަމާއި، އުތީމުގެ އައު އިންޖީނުގޭގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް 📍 ހއ. އުތީމު

އުލިގަމާއި، އުތީމުގެ އައު އިންޖީނުގޭގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް

ހއ. އުލިގަމު އަދި ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރެވެމުން ދާކަމަށް ފެނަކައިން ބުނެފިއެވެ. އެ ދެ ރަށުގައި ފެނަކައިން އައު އިންޖީނުގޭ އިމާރާތް ކުރުމުގެ މަޝްރޫޢު ހިންގަމުންދާއިރު ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 65 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ފެނަކައިން ބުންޏެވެ. މީގެ އިތުރުން ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ […]

އަޙްމަދު ވަހީދު
ނޭކުރެންދޫ ސްކޫލު ދަރިވަރުންގެ ފިހިތަކުން ރަށުގެ ކަނޑޫފާ ދުނިޔެއަށް ދައްކާލަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ސްކޫލު ދަރިވަރުންގެ ފިހިތަކުން ރަށުގެ ކަނޑޫފާ ދުނިޔެއަށް ދައްކާލަނީ

ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު އަންގައިދޭ ކުރެހުން ތަކާއިއެކު ނޭކުރެންދޫ ސްކޫލުގެ ދަރިވަރުން ބައިނަލްއަޤްވާމީ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވެ، އެ ދަރިވަރުންގެ ފިހިތަކުން ކުރަހާލި ކުރެހުންތައް މެދުވެރިކޮށް، ނޭކުރެންދޫ ކަނޑޫފާ ދުނިޔެއަށް ދައްކާލުމުގައި ބައިވެރިވެއްޖެއެވެ. ނޭކުރެންދޫ ސްކޫލުން ވަނީ މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ މެންގްރޫވް...

ޙުސައިން ޝަހުދީ
ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުން ކައުންސިލާއިއެކު މަޝްވަރާކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުން ކައުންސިލާއިއެކު މަޝްވަރާކޮށްފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރުގެ ކަމާބެހޭ ޓީމަކުން ހަނިމާދޫ ކައުންސިލާއިއެކު މިއަދު މަޝްވަރާކޮށްފިއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގައި ޝާމިލްވާ އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރުގެ ޓީމެއް ހަނިމާދޫއަށް ދިޔައީ މިއަދުއެވެ. މި ޓީމުގައި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލަކާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ އިތުރުން އިކޮނޮމިކް މިނ...

ޝިއުނާ އާދަމް
ހއ އަތޮޅުގެ ހުރިހާ މެންބަރުން ތިމާވެއްޓާބެހޭ ވަޒީރުގެ އަރިހަށް

ހއ އަތޮޅުގެ ހުރިހާ މެންބަރުން ތިމާވެއްޓާބެހޭ ވަޒީރުގެ އަރިހަށް

ރައްޔިތުންގެ މަޖިލީހުގައި ހއ އަތޮޅުގެ ތަމްސީލް ކުރަށްވަމުންދާ 5 މެންބަރުން ސިލްސިލާކޮށް ބާއްވަމުންގެންދާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު އެންވައިރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހްމަދު އާއި ބައްދަލުކުރައްވައިފި އެވެ.  މި ބައްދަލުމުގައި މި ފަސް މެންބަރުންވެސް ވަނީ ދާއިރާގެ ރަށްތަކުގެ ތިމާވެއްޓަށް ދިމާވެފައިވާ އެތަކެއް މައްސަލަތަކެއްގެ ވާހަކަ މިނިސްޓަރ އަށް ހިއްސާ ކުރަށްވާފަ އެވެ. އަދި މިކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ދެފަރާތުގެ ދެމެދުގައި ވަނީ ވާހަކަދެ...

މުޙައްމަދު އިނާން
ކާގޯ ފެރީގެ ސަބަބުން ސަރަހައްދީ ތަރައްޤީގެ ފުރުސަތުތަށް ހުޅުވިގެންދާނެ: ޝިފާޢު

ކާގޯ ފެރީގެ ސަބަބުން ސަރަހައްދީ ތަރައްޤީގެ ފުރުސަތުތަށް ހުޅުވިގެންދާނެ: ޝިފާޢު

އިންޑިއާ އާއި ރާޖެއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށާފައިވާއިރު، މި ކާގޯ ފެރީގެ ސަބަބުން ސަރަހައްދީ ތަރައްޤީގެ ފުރުސަތުތަށް ހުޅުވިގެންދާނެ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. މެންބަރު ޝިފާޢު މިއަދު ވިދާޅުވީ އިންޑިއާ އާއި ރާޖެއާއި ދެމެދު މިއަދު ފެށުނު ކާގޯ ފެރީގެ ޚިދުމަތަކީ ދިގު އިންތިޒާރަކަށްފަހު، ބޮޑު ތިލަދުންމައްޗަށާއި އަދި މުޅި ޤައުމަށްވެސް އެކަމުގެ ނަފާ ލިބޭނެ، އެކަމުން އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ޚިދުމަތެއް ކަމަށެވެ. […...

ޔުމްނާ ޢަލީ
މާލެއަށް ބަރޯސާވުން ކުޑަކޮށް، އިޤްތިސާދު ލާމަރުކަޒު ކުރުމަށް ކާގޯ ފެރީ މުހިއްމު: މިނިސްޓަރ ނަހުލާ

މާލެއަށް ބަރޯސާވުން ކުޑަކޮށް، އިޤްތިސާދު ލާމަރުކަޒު ކުރުމަށް ކާގޯ ފެރީ މުހިއްމު: މިނިސްޓަރ ނަހުލާ

މާލެއަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ އިޤްތިސާދީ ހަރަކާތްރައް ލާމަރުކަޒު ކުރުމަށް އަލަށް ފެށިގެން ދިޔަ ކާގޯ ފެރީގެ ޚިދުމަތް މުހިއްމުކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ ރާއްޖެއާއި އިންޑިޔާއާއި ދެމެދު ފެށިގެން ދިޔަ ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، އިންޑިއާގެ މިނިސްޓްރީ އޮފް ސްޓޭޓް ފޮރ ޝިޕިންގގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގ...

އަލީ އާދިލް