މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,628 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9628 ޚަބަރުގެ ތެރެއިން
ރުއްގަސް ކަނޑައި ބޭރުކޮށްގެން، ބާރަށު ކައުންސިލް 191,250ރ އިން ޖޫރިމަނާކޮށްފި 📍 ހއ. ބާރަށް

ރުއްގަސް ކަނޑައި ބޭރުކޮށްގެން، ބާރަށު ކައުންސިލް 191,250ރ އިން ޖޫރިމަނާކޮށްފި

ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑައިގެން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ މިއަދު ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބާރަށުގެ ގުރީންބެލްޓް ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި އަދި ހއ.ބާރަށުން ރުއްގަސް ބޭރުކުރުމާ ގުޅިގެން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ  ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. ބާރަށު ކައ...

އަލީ އާދިލް
ކުޅުދުއްފުށިން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގަނީ

ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރިފައި ވޭތޯ ބެލުމަށްޓަކައި މިރޭ އަދި މާދަމާ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލްހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. ކޭއާރުއެޗް އިން ބުނީ އެރަށުގެ ހުރިހާ ރައްޔިތުން ވެސް މިކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވުން އެދޭ ކަމަށެވެ. ކޭއާރުއެޗް އިން ބުނީ އުތުރުގެ ޕޮލިސް ކްލަސްޓަރއާ ގުޅިގެން އެންމެ ފަހުން ނެގުނު 93 ސާމްޕަލް ވެސް ވަނީ ނެގެޓިވް ވެފައި ކަމަށެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވި […]

ޔުމްނާ ޢަލީ
ޚާއްޞަ ޓީމަކުން ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް ވަނީ ނިންމަވާފައި: ޔާސިރު

ޚާއްޞަ ޓީމަކުން ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް ވަނީ ނިންމަވާފައި: ޔާސިރު

ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭތީ އެޗްއޯއީސީގެ ޚާއްޞަ ޓީމަކުން ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް ޞާލިޙް ނިންމަވައިފިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިގޮތަށް ވިދާޅުވީ ކުޅުދުއްފުށީގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މިއަދު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ)ގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހުގައި އެވެ. ޔާސިރު ވިދާޅުވީ މިއަދު އެޗްއޯއީސީގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެ ވަޑައިގެންފައި ވާކަމަށެވެ. އަދި ކުޅ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ އާރޓިފިޝިއަލް ބީޗާއި އެއަރ ޕޯރޓް ބީޗް ހިތްފަސޭހަ މާހައުލަކަށް ހަދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އާރޓިފިޝިއަލް ބީޗާއި އެއަރ ޕޯރޓް ބީޗް ހިތްފަސޭހަ މާހައުލަކަށް ހަދަނީ

ހދ. ކުޅުދުއްފުށީ އާރޓިފިޝިއަލް ބީޗާއި އެއަރ ޕޯރޓް ސަރަހައްދުގެ ބީޗްގައި ގޮޑި އަދި ކުޑަ ޖަހާ ބީޗް ސަރަހައްދު ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ބޭނުންވެގެން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ އިން އިޢުލާން ކޮށްފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން – 04 ނޮވެމްބަރ 2020 ވާ (ބުދަ) ދުވަހުގެ 13:00 ގައި އަދި އަންދާސީ […]

އިބްރާހިމް އަސްވާޤް
ކެލާ ''ލިލީ ހައުސް'' ތަރައްޤީކުރަނީ 📍 ހއ. ކެލާ

ކެލާ ''ލިލީ ހައުސް'' ތަރައްޤީކުރަނީ

ހއ. ކެލާ ”ލިލީ ހައުސް” ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރަން ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ. ޠާރިޤް މިހެންވިދާޅުވީ ކެލާދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފާއި އަދި ކެލާ ކައުންސިލާއިއެކު އޮންލައިންކޮށް ކުރިއަށް ގެންދެވި ބައްދަލުވުމަކަށް ފަހުގައި އެވެ. ޠާރިޤް ވިދާޅުވީ ކެލާ ”ލިލީ ހައުސް” ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުމުގައި ކެލާދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފާއި އަދި ކެލާ ކައުންސިލްގެ ފުރ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ޓާސްކު ފޯހާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން: އެޗްއީއޯސީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޓާސްކު ފޯހާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން: އެޗްއީއޯސީ

އުތުރުގެ ޕޮލިސް ކްލަސްޓާއާއި ގުޅިގެން މިވަގުތު މޮނިޓަރިންގައި އޮތް ކުޅުދުއްފުށީގައި، ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭތީއާއިއެކު އެރަށު ކޯވިޑް ޓާސްކް ފޯހާއި ގުޅިގެން މަސައްކަތް ކުރަށް ވަމުން ގެންދަވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ. ރޭ އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދަށްކަވަމުން އެޗްއީއޯސީގެ ޢަބުދުﷲ މަޢުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭތީ، އެޗްޕީއޭގެ ގައިޑްލައިންތަކާ...

ޒިޔާން އަމްޖަދު
އުތުރުގެ ޕޮލިސް ކްލަސްޓާ: ތިން އަތޮޅުން ގިނަ ކޮންޓެކްޓުންތަކެއް 📍 ހދ. ކުޅުދުއްފުށި

އުތުރުގެ ޕޮލިސް ކްލަސްޓާ: ތިން އަތޮޅުން ގިނަ ކޮންޓެކްޓުންތަކެއް

އުތުރުގެ ޕޮލިސް ކްލަސްޓާ ފެށުންއައީ 24 ސެޕްޓެމްބަރު 2020 ގައި ތިލަދުންމަށްޗަށް ދަތުރު ކުރި 18 ފުލުހެއްގެ ދަތުރާއި ގުޅިގެން ކަމަށާއި، އެ ކްލަސްޓާގައި ގިނަ ރަށްތަކަކުން ގިނަ ޢަދަދެއްގެ ސީދާ ބައްދަލުވި މީހުން ދެނެގަނެވިފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ. ރޭ އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުގެ ޕޮލިސް ކްލަސްޓާއާއި ގުޅުން ހުރި މަޢުލޫމާތު ހާމަ ކުރަށްވަމުން އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން އިބްރާޙީމް ނާޒިމް ވިދާޅުވީ […]

ޝިއުނާ އާދަމް
ޚާއްޞަ ހުއްދަ ހިތި ބޭހަކަށްވެ، އުތުރުގެ "ހިތް" ހުއްޓިފައި 📍 ހދ. ކުޅުދުއްފުށި

ޚާއްޞަ ހުއްދަ ހިތި ބޭހަކަށްވެ، އުތުރުގެ "ހިތް" ހުއްޓިފައި

އުތުރުގެ 3 އަތޮޅުގެ ރައްޔިތުން އެ ރަށަކުން ގިނަ ޚިދުމަތްތަކެއް ލިބިގަންނަ ކުޅުދުއްފުށްޓަކީ އުތުރުގެ ”ހިތް” ކަމަށް ދެބަސްވާނެ އެއްވެސް ޖާގައެއް ނެތެވެ. އެ ”ހިތަށް” ޒަޚަމެއްވެއްޖެ ނަމަ އޭގެ އަސަރު ސީދާ އަދި ނުސީދާ ގޮތުން ވެސް ނުކުރާނެ ރައްޔިތަކު ހއ. ހދ. އަދި ށ އަތޮޅުގައި ނެތްކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ކުޅުދުއްފުށީގެ ރައްޔިތުންވެސް ހިމެނޭހެން މި އަތޮޅުތަކު ރަށްތަކުގެ ރައްޔިތުން ވެސް މިތިބީ ސިހި، އިނގިލީގައި ދައިގަނެގެންނެވެ. އެޗްޕީއޭގެ ޚާއްޞަ ހުއްދަ ތިލަދުންމަށްޗަށް […]

ޙުސައިން ޝަހުދީ
ޗާލު ނައިވާދޫގެ ''ނަލަނަލަ ރަސްތުނޑި'' މައިޒާން ހުޅުވައިފި 📍 ހދ. ނައިވާދޫ

ޗާލު ނައިވާދޫގެ ''ނަލަނަލަ ރަސްތުނޑި'' މައިޒާން ހުޅުވައިފި

ހދ. ނައިވާދޫ ޒުވާނުންގެ ހިތުގައި ނައިވާދޫއަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަން މިފަހަރު ދައްކުވައި ދިނީ އެ ރަށުގެ ޗާލު ތުނޑީގައި ތައްޔާރުކުރި ”ނަލަނަލަ ރަސްތުނޑި” މައިޒާނުންނެވެ. ނައިވާދޫ ޒުވާނުންތަކެއް އިސްނަގައިގެން އެރަށުގެ އުތުރު ތުނޑީގައި ތަރައްޤީކުރު މި މައިޒާން، ރާއްޖޭގެ ޤައުމީ ދުވަހާއި ގުޅުވައިގެން އިއްޔެ ވަނީ ހުޅުވައި، ބޭނުން ކުރަން ފަށާފައިއެވެ. އިއްޔެ އެ މައިޒާން ބޭނުން ކުރަން ފެށިއިރު، އެ މައިޒާން ބޭނުން ކުރުމަށް ވަނީ ރަސްމިއްޔާތެއް ވެސް […]

ޙުސައިން ޝަހުދީ
މާރާމާރީތަކެއް ހިނގާ ބޮޑެތި ޒަޚަމްތަކެއް 📍 ށ. ފޯކައިދޫ

މާރާމާރީތަކެއް ހިނގާ ބޮޑެތި ޒަޚަމްތަކެއް

ރާއްޖޭގެ 3 ސަރަޙައްދެއްގައި މާރާމާރީ ތަކެއް ހިނގާ 3 މީހަކަށް ބޮޑެތި ޒަޚަމްތަކެއް ވެއްޖެ އެވެ. އެންމެ ބޮޑު ޒަހަމެއް ވެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދިނުމުން ނެވެ. މީސް މީޑިޔާގައި ދަޢުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ވަނީ “ކޮށާލައިފަ” އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ކަތިވަޅިއެއްފަދަ ތޫނުއެއްޗަކުން ސީރިއަސް ޒަޚަމްތަކެއް ދީފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ އަތް ތިލައިން ބައެއް ވަނީ […]

ޔުމްނާ ޢަލީ
📍 ހއ. އުތީމު

އެއްވެސް ބާރެއް އެހެން ބަޔަކަށް ދޫކޮށްލައިފިނަމަ، ފަހުން ރޯން ޖެހޭނެ

ދިވެހިރާއްޖޭގެ އެއްވެސް ބާރެއް އެހެން ބަޔެއްގެ އަތްމަށްޗަށް ދޫކޮށްލައިފިނަމަ ފަހުން ކަރުނައަޅާ ރޯން ޖެހޭނެ ކަމަށް ހއ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ރަޝީދު މިހެން ވިދާޅުވީ، އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އިއްޔެ ކުރިއަށް ދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ، އުތީމަށް އުފަން ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޚިދުމަތަށްޓަކައި ދިވެހި ބިމަށް ނޭވާލާ ކޮންމެ ދަރިއަކު ވެސް ބޮ...

ޝިއުނާ އާދަމް
ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ!

ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފިއެވެ. އެޗްއީއޯސީން ބުނީ ކުޅުދުއްފުށިން މިމަހުގެ ފެނިފައިވާ ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންގެ ތެރެއިން 4 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ރަށުގައި ބަލި ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެ ރަށުގެ ޓާސްކްފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު އެރަށު...

ޔުމްނާ ޢަލީ
ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި 📍 ހއ. އުތީމު

ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރެވެމުންދާ77 ވަނަ ޤައުމީ ދުވަހާއި ގުޅުވައިގެން އުތީމުގައި މިއަދު ވަނީ ޤައުމީ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތަކުން ދުވަސް ފަށާފައެވެ. މި ރަސްމިއްޔާތުގައި އުތީމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިތުރުން، ސްކޫލު ކުދިންވެސް ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތަަށްފަހު، ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒުގައިވަނީ މި ދުވަހާއި ބެހޭ ގޮތުން ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާ...

މުޙައްމަދު މާއިލް ހަސަން
ނޮޅިވަރަމުގައި "ބޮޑު ވަކި" އާލާކޮށް މުޑުވަށް ކުރަނީ

ނޮޅިވަރަމުގައި "ބޮޑު ވަކި" އާލާކޮށް މުޑުވަށް ކުރަނީ

ނޮޅިވަރަމުގެ ކަނޑޫފާގައި ހެދިފައިވާ ކަނޑޫ އާއިލާގެ ގަސްތައް މަރުވަމުން ދިޔުމާއި ގުޅިގެން އެތަނުގެ ފެހިކަން ގެއްލެމުންދާތީ އެތަން އިތުރަށް ފެހިކޮށް ނެތެމުންދާ ބާވަތްތަކުގެ ގަސްތައް އާލާކުރުމުގެ ގޮތުން އެ ބާވަތްތަކުގެ ގަސް މުޑުވަށްކޮށް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް 18 އޮކްޓޯބަރ 2020 ވީ އާދީއްތަ ދުވަހު ފަށާފައިވާއިރު، ފުރަތަމަ ދުވަހު ވަނީ އެ ރަށުން ނެތިގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތެއް ކަމުގައިވާ ބޮނޑަވަކި ގަހުގެ 200 އަށްވުރެ ގިނަ ގަސް އިންދާފައެވެ. މި […]

އިބްރާހިމް ޚަލީލް
މޮޅަދޫ ކަނޑޫފަލުގެ ރީތިކަން ދައްކާލުމަށް ފޮޓޯ ކޮންޓެސްޓެއް 📍 ހއ. މޮޅަދޫ

މޮޅަދޫ ކަނޑޫފަލުގެ ރީތިކަން ދައްކާލުމަށް ފޮޓޯ ކޮންޓެސްޓެއް

ހއ.މޮޅަދޫގެ އެކިއެކި ތަންތަނުގެ ރީތިކަން ދައްކުވައިދިނުމުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނޑޫފަލުގެ ރީތިކަން ދައްކުވައިދިނުމުގެ ގޮތުން “މޮޅަދޫ ކަނޑޫފާ ފޮޓޯ ކޮންޓެސްޓް”ގެ ނަމުގައި ކޮންޓެސްޓެއް ފަށައިފިއެވެ. މޮޅަދޫ ކަނޑޫފަލުގައި ނޭޗަރ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން އިސްނަގައިގެން މިހާރު ފަށާފައިވާއިރު، މި ފޮޓޯ ކޮންޓެސްޓްގެ އެންމެ ބޮޑު މަޤުޞަދަކީ ކަނޑޫފަލުގައި ޕާކް ތަރައްޤީ ކުރުމުގެ ކުރިން އެތަން އޮތްގޮތުގ...

އިބްރާހިމް ޚަލީލް