މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ފޭދޫ ސާމީއަށް އެހީވުމަށް ކޮމަންޑޫގައި ފަންޑުފޮށިތަކެއް ބަހައްޓައިފި 📍 ށ. ފޭދޫ

ފޭދޫ ސާމީއަށް އެހީވުމަށް ކޮމަންޑޫގައި ފަންޑުފޮށިތަކެއް ބަހައްޓައިފި

ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. ކޮމަންޑޫ ކައުންސިލުން، އެރަށުގެ ތިން ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓައިފިއެވެ. ކޮމަންޑޫ ކައުންސިލުން މިއަދު އެ އިދާރާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކޮމަންޑޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީވުމަށްޓަކައި އެރަށުގެ 3 ސަރަހައްދެއްގައި ފަންޑުފޮށި ބެހެއްޓިފައިވާނެ ކަމަށެވެ. އެ ތަންތަނަކީ އެރަށު ސިއްޙީ މަރުކަޒާއި، އެރަށު މިސްކިތެއް ކަމަށްވާ މަސްޖިދުއް ރަޙީމްގަޔާއި އަދި ކޮމަންޑޫ ކައުންސިލް އި...

މުޙައްމަދު އިނާން
އިހަވަންދޫ ރައްޔިތުންގެ ދިގު އިންތިޒާރެއް ކުލަވުމާއި ހަމައަށް، ބިންހިއްކަން ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރައްޔިތުންގެ ދިގު އިންތިޒާރެއް ކުލަވުމާއި ހަމައަށް، ބިންހިއްކަން ހަވާލުކޮށްފި

ހއ. އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެދަތިކަން ހައްލުވެގެން ދިޔުމަކީ އެރަށުގެ ރައްޔިތުން ކުރަމުންއައި ދިގު އިންތިޒާރެކެވެ. މިއަދު މިވަނީ އެ އިންތިޒާރު ކުލަވާން ފަށައި، އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފައެވެ. ސަރުކާރުން އަލަށްފަށާ 10 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް، އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރިއިރު އޭގެ ތެރެއިން އެއް މަޝްރޫޢުއަކީ އިހަވަންދޫގެ ބިން ހިއްކުމާ...

ޔުމްނާ ޢަލީ
ހަނިމާދޫ ކައުންސިލުގެ އެހީތެރިކަން ހަނިމާދޫ ސިއްހީމަރުކަޒަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުގެ އެހީތެރިކަން ހަނިމާދޫ ސިއްހީމަރުކަޒަށް

ކޯވިޑް-19 ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރެވިދާނެ ގިނައަދަދެއްގެ ތަކެތި ހަނިމާދޫ ކައުންސިލުގެ ފަރާތުން ހަނިމާދޫ ސިއްޙީ މަރުކަޒަށް ހަދިޔާކޮށްފިއެވެ. ހަނިމާދޫ ކައުންސިލުގެ ފަރާތުން 09 ނޮވެމްބަރ 2020 ހޯމަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 200 ފޭސް މާސްކާއި، 300 ސާޖިކަލް ގްލޯވްސްގެ އިތުރުން 10 ލީޓަރުގެ ހޭންޑް ސެނިޓައިޒާއެވެ. ހަނިމާދޫ ކައުންސިލުގެ ފަރާތުން ހަދިޔާކުރި މިތަކެތި ހަނިމާދޫ ސިއްޙީ މަރުކަޒާއި ހަވާލު ކޮށްދެއްވާފައިވަނީ ހަނިމާދޫ ކައުންސިލުގެ ރައީ...

އިބްރާހިމް ޚަލީލް
ނޫމަރާ އަައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ށ. ނޫމަރާ

ނޫމަރާ އަައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ށ. ނޫމަރާ  އަައު އިންޖީނުގެ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފެނަކައިން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް، ނޫމަރާ އައު އިންޖީނުގޭގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ 18-15 ނޮވެންބަރު 202...

މުޙައްމަދު އިނާން
މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ 📍 ނ. މިލަދޫ

މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ

ނ. މިލަދޫގައި ޤާއިމުކޮށްފައިވާ ނެޓްބޯޅަ ކޯރޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެރަށު ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި “ކައުންސިލް ނެޓްބޯލް ޗެލެންޖް-1” ގެ ނަމުގައި، އެރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތަކީ އެރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ބޭނުމުގައި އެރަށު ކައުންސިލުން ބާއްވާ މުބާރާތެއް ކަމަށް މިލަދޫ ކައުންސިލުން ބުންޏެވެ. މ...

މުޙައްމަދު އިނާން
ތިލަދުންމަތީގެ 9 ރަށެއްގައި އައުޓްޑޯރ ޖިމް ހެދުމަށް ބަޔަކާއި ހަވާލުކޮށްފި

ތިލަދުންމަތީގެ 9 ރަށެއްގައި އައުޓްޑޯރ ޖިމް ހެދުމަށް ބަޔަކާއި ހަވާލުކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ސޮއިކޮށްފިއެވެ. މިއަދު އެނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކް...

އަލީ އާދިލް
ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ގުޅައިދިނުމާ ގުޅުންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ގުޅައިދިނުމާ ގުޅުންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ފަރާތުން ހދ. ކުޅުދުއްފުށީ ސިޓީގައި ގާއިމްކޮށްފައިވާ، ފެނާއި ނަރުދަމާ ގުޅައިދިނުމާއި ގުޅުންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފިއެވެ. މި މަސައްކަތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް އެކަމަށް އެ ކުންފުނިން ކުރި އިޢުލާނެއްގައި ބުނެފައިވާއިރު ބީލަމުގައި ބައިވެރިވުމަށް ޖުމްލަ ދެ ޝަރުތެއް ފުރިހަމަ ވާންޖެހެއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް އިކ...

އިބްރާހިމް ޚަލީލް
އުތުރަށް ނެރުނު ހުދު ސަމާލުގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

އުތުރަށް ނެރުނު ހުދު ސަމާލުގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

އުތުރުގެ އަތޮޅު ތަކަށް މޯލްޑިވްސް މީޓްއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) ނެރުނު ހުދު ސަމާލުގެ ވަގުތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ. ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން އެންމެ ފުރަތަމަ ހުދު ސަމާލެއް ނެރެފައިވަނީ މިއަދުގެ12:15 ގަ އެވެ. އޭގެ ފަހުން މިރޭ 21:00 އަށް އިތުރު ކުރުމަށްފަހު އަނެއްކާވެސް ސަމާލުގެ ވަގުތު އިތުރުކޮށްފައިވަނީ މިރޭ ދަންވަރު 02:00 އަށެވެ. މިއަދު 10:00 އިން […]

އިބްރާހިމް އަސްވާޤް
ތަކަންދޫއަށް ލެއްގި ބޮޑުމަސް ބޭރުކޮށްލައިފި 📍 ހއ. ތަކަންދޫ

ތަކަންދޫއަށް ލެއްގި ބޮޑުމަސް ބޭރުކޮށްލައިފި

ހއ. ތަކަންދޫއަށް ލެއްގި ބޮޑުމަސް ރާއްޖޭގެ ރަށަކަށް ނުލައްގާނެހެން ބޭރުކޮށްލައިފި އެވެ. “ތިލަދުން” އާ ވާހަކަ ދައްކަވަމުން ތަކަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ނިޔާޒް ވިދާޅުވީ، މިމަސް ބޭރުކޮށްލާފައިވަނީ އެމްއެންޑީއެފްގެ ލަފާގެ މަތިން އޮޔާއި ވައި މިވަގުތު ހުރިގޮތް ބެލުމަށް ފަހު ރާއްޖޭގެ ރަށަކަށް ނުލައްގާނެހެން މާރަންދޫ އާއި ތަކަންދޫއިން ނެއްޓޭގޮތަށް މާކަނޑަށް ކަމަށެވެ. މިމަސް ގެންގޮސްފައިވަނީ ބޮޑު މަހުގެ ނިގުލުގައި ވަލެއް އެއްސުމަށްފަހު ދޯންޏެއްގައި ކަފަޖަހައިގެން ކަމަށް ނިޔާޒް ވިދާޅުވި އެވެ. ނިޔާ...

އިބްރާހިމް އަސްވާޤް
އުތުރަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެތީ މޫސުމަށް ސަމާލުވުމަށް އެދިއްޖެ

އުތުރަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެތީ މޫސުމަށް ސަމާލުވުމަށް އެދިއްޖެ

އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މޯލްޑިވްސް މީޓްއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން މިއަދު ނެރުނު ހުދު ސަމާލުގެ ވަގުތު އަނެއްކާވެސް އިތުރު ކޮށްފި އެވެ. މެޓް އޮފީހުން ނެރުނު ހުދު ސަމާލުގެ ވަގުތު ވަނީ މިރޭގެ 21:00 އަށް އިތުރު ކޮށްފަ އެވެ. މިސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅާދެމެދުގެ އަތޮޅުތަކަށެވެ. މިއަދު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދިވެހި ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު […]

އިބްރާހިމް އަސްވާޤް
ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފި 📍 ހއ. ތަކަންދޫ

ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފި

ހއ. ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފިއެވެ. ކުނިވެފައި އޮތް ބޮޑު މަހެއް އެ ރަށަށް ލައްގާފައިވާ ކަމަށް އެ ރަށުގެ ކައުންސިލުންވެސް ވަނީ ވިދާޅުވެފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ މަސް ލައްގާފައިވަނީ އެ ރަށުގެ އިރުމަތީ ފަރާތަށް ކަމަށެވެ. އަދި މި ސަރަހައްދަކީ މީހުން އެހާ ގިނައިން ގޮސް އުޅޭ ސަރަހައްދެއް ނޫންކަމަށް އެމީހާ ބުނެފައިވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، މިއީ ދިގުމިނުގައި 40 އަކަށް ފޫޓު ހުރި މަހެކެވެ. އަދި […]

މުޙައްމަދު މާއިލް ހަސަން
ތިލަދުންމަތީ މީހުން ތުޅުތައް މުގުހުރި ހާދިސާ

ތިލަދުންމަތީ މީހުން ތުޅުތައް މުގުހުރި ހާދިސާ

ދިވެހިރާއްޖޭގައި އެއް ދުވަސްވަރެއް ދިޔައެވެ. ރާއްޖޭގެ ބޮޑެތި ހުރިހާ އަތޮޅެއް ހުންނަނީ މާލޭގެ ބޮޑެތި ބޭފުޅުންނަށް ނޫނީ މާލޭގެ ބޮޑެތި އާއިލާތަކަށެވެ. ތިލަދުންމަތި އޮންނަނީ އަތިރީގެއަށެވެ. އައްޑު އަތޮޅު އޮންނަނީ ސައްޔިދު ކިލެގެފާނަށެވެ. ފެލިދެ އަތޮޅު އޮންނަނީ ކަޅުހުރާގެއަށެވެ. އެ ދުވަސްވަރު އެ އަތޮޅުތަކުގެ ބޮޑެތި ބޭފުޅުންނާ މާލޭގެ އެ އާއިލާތަކާ ވެސް ގާތް ގުޅުމެއް އޮތެވެ. އެ ގުޅުމުގެ ތެރެއިން ހިނގި އެއް ހާދިސާއަކީ ތިލަދުންމަތީ މީހުން އޮޑިދޯނިފަހަރުގައި މާލެ އައިސް ބުންބާ މީހުން (ވޯރާ […]

ޢަބްދުﷲ ސަޢީދު
ނިޔާ އެކަޑަމީއިން ވުމެންސް ޕޭރެންޓްސް ފުޓްސަލް މުބާރާތެއް މުރައިދޫގައި ފަށަނީ

ނިޔާ އެކަޑަމީއިން ވުމެންސް ޕޭރެންޓްސް ފުޓްސަލް މުބާރާތެއް މުރައިދޫގައި ފަށަނީ

ހއ.މުރައިދޫގައި މިހާރު ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން “ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް” ފެށުމަށް އެ އެކަޑަމީން ތައްޔާރުވާން ފަށައިފިއެވެ. ނިޔާ އެކަޑަމީގައި މިހާރު ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތް 27 ނޮވެމްބަރ 2020 ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ވަނީ 6 ޓީމަކުން ބައިވެރި ވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އިންފިނިޓީ، [...

އިބްރާހިމް ޚަލީލް
ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020 ގުރުއަތުލުން ބާއްވައިފި 📍 ހދ. ހަނިމާދޫ

ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020 ގުރުއަތުލުން ބާއްވައިފި

ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން ހިންގުމަށް އިޢުލާން ކޮށްފައިވާ “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ޤުރުއަތުލުމުގެ ރަސްމިއްޔާތު 05 ނޮވެމްބަރ 2020 ވީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓްގައި ބާއްވާފައިވާއިރު، މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހިގެ ހަވީރު 16:00 ގައެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ޔޫތު ސެންޓަރުގެ ޓާފް ކޯޓުގައެވެ. މި މުބާރާތް […]

އިބްރާހިމް ޚަލީލް
ބާރަށު ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހއ. ބާރަށް

ބާރަށު ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. ބާރަށު ފެނަކަ އަައު އޮފީސް އިމާރާތާއި، އެރަށު ފެނަކަ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. ބާރަށުގައި ފެނަކައިން އަލަށް އިމާރާތް ކުރުމަށް ނިންމާފައި ވަނީ 2 ބުރީގެ ޒަމާނީ އޮފީސް އިމާރާތެކެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ބާރަށު، ފެނަކަ 2 ބުރީގެ އަައު އޮފީސް އިމާރާތާއި، ވަށާފާރު […]

އަޙްމަދު ވަހީދު