މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ނާގޯށި ހިމެނޭހެން ކުންފުނީގެ އެއްވެސް ހަރުމުދަލެއް ވިއްކާލާކަށް ނޫޅެން: އެމްޓީޑީސީ

ނާގޯށި ހިމެނޭހެން ކުންފުނީގެ އެއްވެސް ހަރުމުދަލެއް ވިއްކާލާކަށް ނޫޅެން: އެމްޓީޑީސީ

ހދ. ނާގޯށި ހިމެނޭހެން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ރަށެއްގެ ހެޑްލީސް ޙައްޤެއް ނުވަތަ ހަރުމުދަލެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީޑީސީން މިކަން ހާމަކުރީ އެ ކުންފުނީގެ ބައެއް ރަށްތައް ވިއްކާލަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެމްޓީޑީސީން ބުނީ ހދ. ނާގޯށި، ގދ. މަގުއްދުވާ، އަދި ބ. ކިހަވައްހުރަވަޅި އަކީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓް ތ...

ޔުމްނާ ޢަލީ
ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައިން ވަކިކޮށް އެހެން ބަޔަކާ ހަވާލުކުރަނީ 📍 ށ. ނަރުދޫ

ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައިން ވަކިކޮށް އެހެން ބަޔަކާ ހަވާލުކުރަނީ

ށ. ނަރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަކިކޮށް، އެމް.ޑަބްލިޔު.އެސް.ސީ ނުވަތަ އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހަސަނާ ވަނީ ނަ...

ޔުމްނާ ޢަލީ
އުލިގަމުން 3 ބިމެއް ވިއްކަން ހުޅުވާލުމުން އެކަކުވެސް ނުލި، ދެވަނަ ފަހަރަށް ހުޅުވާލައިފި

އުލިގަމުން 3 ބިމެއް ވިއްކަން ހުޅުވާލުމުން އެކަކުވެސް ނުލި، ދެވަނަ ފަހަރަށް ހުޅުވާލައިފި

ހއ. އުލިގަމުން  ބިން ގަތުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ. އުލިގަމު ކައުންސިލުން މި ފުރުސަތު އަލުން ހުޅުވާލީ، އެ ރަށުން ބިން ގަތުމަށް 25 މެއި 2025 ގައި ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިން ގަތުމަށް ހުށަހަޅާފައި ނުވާތީއެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވިއްކުމަށް ހަމަޖެހިފައިވަނީ އުލިގަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުން 2،500 އަކަފޫޓުގެ ތިން ބިމެވެ. މި ބިންތައް ގަތުމަށް ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި […]

އިބްރާހިމް އަސްވާޤް
ކެލާގައި މަގު ކޮންނަނިކޮށް މީހެއްގެ ގަޔަށް ފާރެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ 📍 ހއ. ކެލާ

ކެލާގައި މަގު ކޮންނަނިކޮށް މީހެއްގެ ގަޔަށް ފާރެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ

ހއ. ކެލާގެ މަގުހެދުމުގެ މަޝްރޫއުގައި ކޭބަލް ހޮޅި ވަޅުލުމަށް މަގު ކޮންނަމުން ދަނިކޮށް، ހަ ފޫޓުގެ ބާ ފާރެއް ވެއްޓި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި މިހާދިސާ ގައި އަނިޔާވެފައިވަނީ، އެރަށުގެ އުމުރުން 60 އަހަރުން މަތީގެ ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މިއަދު ހަވީރު ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހާކު […]

އިބްރާހިމް އަސްވާޤް
ކަނޑިތީމުން ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި 📍 ށ. ކަނޑިތީމު

ކަނޑިތީމުން ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ށ. ކަނޑިތީމުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި ޢިއުލާންގައި ކަނޑިތީމު ކައުންސިލުން ބުނީ މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ކަނޑިތީމު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1750 އަކަފޫޓުގެ ދެ ބިމެކެވެ. އެއީ ބިން ނަންބަރު LT-026 އަދި LT-027 އެވެ. މި ބިންތަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މަގުކޮނުމުގެ މަސައްކަތް ކުރުމުގެ ލައިސަންސް 7 ފަރާތަކަށް ދޫކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަގުކޮނުމުގެ މަސައްކަތް ކުރުމުގެ ލައިސަންސް 7 ފަރާތަކަށް ދޫކޮށްފި

ކުޅުދުއްފުށި ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރުމަށްޓަކައި ހަތް ފަރާތަކަށް މަގުކޮނުމުގެ ލައިސަންސް ދޫކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރެވޭނީ ހަމައެކަނި މި ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ލައިސަންސް ދޫކުރުމާއެކު، މަގު ކޮނެ، މަގުގައި ތަކެތި ވަޅުލުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މަގުގައި ތަކެތި ވަޅުލައިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ކަމ...

ޝިއުނާ އާދަމް
ކޭއާރުއެޗުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ''ސްޕެޝަލް ކޮންސްޓެބިއުލަރީ'' ހިދުމަތް ތައާރަފްކުރަނީ

ކޭއާރުއެޗުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ''ސްޕެޝަލް ކޮންސްޓެބިއުލަރީ'' ހިދުމަތް ތައާރަފްކުރަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން “ސްޕެޝަލް ކޮންސްޓެބިއުލަރީ” ހިދުމަތް އެ ހޮސްޕިޓަލުގައި ފެށުމަށް މަޝްވަރާކޮށްފިއެވެ. މި ހިދުމަތް ފެށުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ކޭއާރުއެޗްގެ ސީއީއޯ ނާޒިމާ އަލީ އާއި އެ ހޮސްޕިޓަލުގެ އިސް މެނޭޖްމަންޓް ޓީމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ވަނީ ބައިވެފައެވެ. ކޭއާރުއެޗުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ހޮސްޕިޓަލުން ފަރުވާ ހޯދާ ބ...

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީއަށް ފުޓްސަލް ބޯޅަ ހަދިޔާކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީއަށް ފުޓްސަލް ބޯޅަ ހަދިޔާކޮށްފި

ށ. ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީ ފުޓްސަލް ބޯޅަ ހަދިޔާކޮށްފިއެވެ. ނަރުދޫ ކައުންސިލްގެ ފަރާތުން މި ބޯޅަތައް ރަމްޒު ސްޕޯޓްސް އެކަޑަމީއާ ހަވާލުކޮށްދެއްވާފައި ވަނީ ކައުންސިލްގެ ނައިބު ރައީސް އަހްމަދު މާހިރެވެ. ނަރުދޫ ކައުންސިލުން ބުނިގޮތުގައި މިއީ ރަމްޒު ސްޕޯޓްސް އެކަޑަމީން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައާއި އަދި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގައި ބޭނުންކުރުމަށް ދެވުނު އެހީތެރިކަމެކެވެ. މި އެހީތެރިކަމާއި ގުޅިގެން ރަމްޒު ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއް...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (11)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (11)

29 ޖުލައިގެ އަދަދާއި ގުޅޭ: މަންމަގެ ޖުމްލަތަކުން އާއިޒްގެ ދެ ލޮލަށް ކަރުނަ ޖަމާވިއެވެ. ހިތުގައި ޖެހި ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ދުވަހަކު ވެސް މަންމަ ދެރަކޮއްފައިނުވާއިރު، މިއަދު އޭނާއަށް މަންމަ ހިތުގައި ޖެއްސިއްޖެކަން އިހްސާސް ކުރެވުނެވެ. މަންމައަށް ގޮވަން ދާން ބޭނުން ވެގެން ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު ވެސް އޭނާ ހުއްޓުނީ ބޭކާރު ކަމަކަށް ވާނެތީއެވެ. ޔަޤީނެވެ. މަންމައަށް ގޮވަން އޭނާ ދާނެޔޭ ޚުދު މަންމަ ވެސް ހީ ކުރާނެއެވެ. ނަމަވެސް އާއިޒް މިސްރާބު ޖެހީ […]

ސަލާމާ ޢަބްދުލް ޢަލީމް
ހަނިމާދޫގައި މާބަނޑު މީހުންގެ ސްކޭން ޚިދުމަތް ފެށުމަށް ތައްޔާރުވަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި މާބަނޑު މީހުންގެ ސްކޭން ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ސްކޭން މެސިން އެ މަރުކަޒަށް ލިބިފައިވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ. އެ ސްކޭން މެޝިން ހަނިމާދޫ އަށް ގެންދިޔައީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އަހްމަދު ޝަމީމް މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެގޮތް ހެދުމަށް ބޭނުންވާ ސްކޭން މެޝިން […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ އުފެއްދުންތައް ވިއްކަން ހާއްސަ ފިހާރައެއް ސިޓީ ކައުންސިލުން ތަރައްގީކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އުފެއްދުންތައް ވިއްކަން ހާއްސަ ފިހާރައެއް ސިޓީ ކައުންސިލުން ތަރައްގީކުރަނީ

ހދ. ކުޅުދުއްފުށީ ސިޓީގެ މަސައްކަތްތެރިންގެ އުފެއްދުންތައް ވިއްކަން ”އޮތެންޓިކް ކުޅުދުއްފުށި ޝޮޕް”ގެ ނަމުގައި ފިހާރައެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވ...

ޔުމްނާ ޢަލީ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ތިލައިގައި ސިޓީ ކައުންސިލުން ''ޝިޕް ވްރެކެއް'' ގާއިމުކުރަނީ

ހދ. ކުޅުދުއްފުށީ ސިޓީގެ ތިލާގައި ”ޝިޕް ވްރެކް”އެއް (shipwreck) ގާއިމުކުމަށް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާކަމަށް ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުގެ ބަޖެޓްގައި ހިމަނާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ ''އައިލެންޑް ކާނިވަލް'' ވެގެންދާނީ ރަށެއްގައި ބޭއްވޭ އެންމެ ބޮޑު ކާނިވަލަށް: އާތިފް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ''އައިލެންޑް ކާނިވަލް'' ވެގެންދާނީ ރަށެއްގައި ބޭއްވޭ އެންމެ ބޮޑު ކާނިވަލަށް: އާތިފް

ކުޅުދުއްފުށީ ސިޓީގައި ބާއްވަން ސިޓީ ކައުންސިލުން ޕްލޭންކޮށްފައިވާ ”އައިލެންޑް ކާނިވަލް” ވެގެންދާނީ ރާއްޖޭގެ ރަށެއްގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކާނިވަލަށްކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރޭ ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ...

ޔުމްނާ ޢަލީ
ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ، ޑރ. ނަޛީފް ކޭއާރުއެޗުގައި ބަލިމީހުން ބައްލަވަން ފައްޓަވައިފި

ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ، ޑރ. ނަޛީފް ކޭއާރުއެޗުގައި ބަލިމީހުން ބައްލަވަން ފައްޓަވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ (ގޭސްޓްރޮއޮޓްރޮލޮޖިސްޓް) ޑރ. މުޙައްމަދު ނަޛީފް ބަލިމީހުން ބައްލަވަން ފައްޓަވައިފިއެވެ. ކޭއާރުއެޗުން މިއަދު ބުނީ ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ ޑރ. މުޙައްމަދު ނަޛީފް މިހާރު ގެންދަވަނީ އެ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަމުން ކަމަށެވެ. އެހެންވެ، ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމެންޓު ހެއްދެވުމުގެ ފުރުސަތު މިހާރު ވަނީ އެ ހޮސްޕިޓަލުން ހުޅުވާލާފައެވެ. އެގޮތުން ހަވީރު 4:...

ޔުމްނާ ޢަލީ
ކޭއާރުއެޗުން މާދަމާ ހެލްތު ސްކްރީނިން ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުން މާދަމާ ހެލްތު ސްކްރީނިން ޕްރޮގްރާމެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިންތިޒާމުކޮށްގެން މާދަމާ ހާއްސަ ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ. މި ޕްރޮގްރާމަކީ އާންމުންގެ ސިއްހީ ހާލަތު ދެނެގަތުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ސްކްރީނިން ޕްރޮގްރާމް އޮންނާނީ 31 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އިން 18:00 އަށް، ގަލަދުން ޕާކް ސަރަހައްދުގައެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އެކި ބާވަތުގެ ސިއްހީ ޓެސްޓުތައް ހެދުމުގެ ފުރުސ...

ޔުމްނާ ޢަލީ