މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި ސިޓީގެ ''ތަރައްޤީގެ ޕްލޭން 2027-2031'' އަށް އާންމުންގެ ޚިޔާލު ހޯދުމުގެ ސާވޭ ކުރިއަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ''ތަރައްޤީގެ ޕްލޭން 2027-2031'' އަށް އާންމުންގެ ޚިޔާލު ހޯދުމުގެ ސާވޭ ކުރިއަށް

ކުޅުދުއްފުށި ސިޓީގެ ”ތަރައްޤީގެ ޕްލޭން 2027-2031” އާންމުންގެ ޙިޔާލު ހޯދުމަށް ސާވޭ ފަށައިގެން ކުރިއަށް އެބަދެއެވެ. ކުޅުދުއްފުށި ސިޓީގެ ތަރައްޤީގެ ޕްލޭން 2027-2031 އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޭނުންވާތީ، އެ ގޮތުން ފޯމެއް މެދުވެރިކޮށް ތަރައްޤީގެ ޕްލޭނަށް، ރައްޔިތުންގެ ޚިޔާލު ހުށަހެޅޭނެ އިންތިޒާމު އެ ކައުންސިލުން މިހާރުވަނީ ހަމަޖައްސާފައެވެ. މި ފުރުސަތު ހުޅުވާލައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ރައްޔިތު...

ފާތިމަތު ސަޙާ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (13)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (13)

” އެ ކީއްވެ އެހެން ހީވަނީ؟” ކެތްމަދުވެފައި އިނދެ އާއިޒް ސުވާލު ކުރިއެވެ. ” އޭނަ އުޅެނީ އަހަރެމެންގެ ޑިޕާޓްމަންޓްގަ. އިރުއިރުކޮޅުން ބޮސް ގުޅައިގެން ބޮސްގެ ރޫމަށް ގެންދާނެ. މީޓިންގައި ވެސް ބޮސްގެ ކަޅި ހުންނަނީ އަބަދު މާޔާއަށް. މަގޭ ވެސް ހިތުލައިގެން އުޅޭ ކަމެއް ވީމަ އެހާ ވަރަށް ބެލެނީ.” ނަޖާހު ބުންޏެވެ. ނަޖާހު އެހެން ބުނުމުން އާއިޒަށް އުނދަގޫވާން ފެށިއެވެ. ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ވީހާ ވެސް އަވަހަކަށް މާޔާއާ ބައްދަލްވެލަން ހިތް އެދެން […]

ސަލާމާ ޢަބްދުލް ޢަލީމް
ވަޒީރު ޝިޔާމް ކެލަޔަށްފަހު އިހަވަންދުއަށް

ވަޒީރު ޝިޔާމް ކެލަޔަށްފަހު އިހަވަންދުއަށް

މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިހާރު ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުގައި ހއ. ކެލަޔަށްފަހު ރޭ އެ އަތޮޅު އިހަވަންދޫ އަށް ވަޑައިގެންފިއެވެ. ވަޒީރުގެ މި ދަތުރުގައި ގެންދަވަނީ ވަޑައިގަންނަވާ ރަށްތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ޙާލަތު އޮޅުންފިލުއްވައި، އިތުރަށް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން އެ ކައުންސިލްތަކާ މަޝްވަރާ ކުރައްވައި ޚިޔާލު ހޯއްދަވަމުންނެނެވެ. މީގެ އިތުރުން މި ދަތުރުގައި ކުދި ރުކުމަޑި...

ފާތިމަތު ސަޙާ
ނަރުދޫ ''މަންފާ ދަތުރަށް'' ބޮޑު ތަރުޙީބެއް 📍 ށ. ނަރުދޫ

ނަރުދޫ ''މަންފާ ދަތުރަށް'' ބޮޑު ތަރުޙީބެއް

ށ. ނަރުދޫގައި ކުރިއަށް ގެންދިޔަ ދީނީ ޕްރޮގްރާމް ”މަންފާ ދަތުރަށް” ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ. ނަރުދޫ ކައުންސިލްގެ އޮފިޝަލް ”ތިލަދުން” އަށް ވިދާޅުވީ، މި ޕްރޮގްރާމް ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާއެކުގައި ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ ފަރާތުން މި ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމް ނިންމާލުމަށްފަހު މަންފާ ޖަމިއްޔާއިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ނަރުދޫ ކައުންސިލަށާއި، އެރަށުގެ ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. މި މ...

ފާތިމަތު ސަޙާ
ދިއްދޫ ކައުންސިލަރުން ވެސް ބައިވެރިވި ޖަނާޒާ ޕްރޮގްރާމެއް 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލަރުން ވެސް ބައިވެރިވި ޖަނާޒާ ޕްރޮގްރާމެއް

ހއ ދިއްދޫ ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދިނުމަށް ޖަނާޒާ ޕްރޮގްރާމެއް ބާއްވައިފިއެވެ. ދިއްދޫ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކައުންސިލާއި، އަދި އެރަށު ކީރިތި ގުރުޢާނާއި ބެހޭ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ދިއްދޫ ކައުންސިލުން ބުނީ މި ޕްރޮގްރާމްގައި އެރަށުގެ ކައުންސިލަރުން ގެ އިތުރުން އެކި އުމުރުފުރާގެ ބޭފުޅުން ބައިވެރި ވެފައިވާކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 6 އިން 8 އަށް ދެ ދުވަހުގެ […]

ފާތިމަތު ސަޙާ
ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި 📍 ހއ. ކެލާ

ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި

ހއ. ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި “ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރާއި، އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށްފައިވާ “ދަނޑުވެރި ނަފާ” ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ...

ޔުމްނާ ޢަލީ
ކުރިމަގު ޖަމިއްޔާގެ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް 📍 ހއ. ދިއްދޫ

ކުރިމަގު ޖަމިއްޔާގެ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް

ހއ. ދިއްދޫއަށް ނިސްބަތްވާ ކުރިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ “ޕްލާސްޓިކާ ނުލައި” ކެމްޕޭނުގެ ދަށުން، ފެން އަޅާ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް އެދި ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް މިއަދު ހުޅުވާލައިފިއެވެ. މި ކެމްޕޭނަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އާދަތަކަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ސްކޫލްތަކަށާއި ސަރުކާރުގެ އޮފީސްތަކަށް އަލުން ބޭނުންކުރެވޭ “ވޮސް” (VOSS) ބ...

ފާތިމަތު ސަޙާ
ހަނިމާދޫ ކައުންސިލްގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހިންގުމަށް "ޑްރާފްޓް އެންޑް ކްރާފްޓް" އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލްގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހިންގުމަށް "ޑްރާފްޓް އެންޑް ކްރާފްޓް" އަށް

ހދ.ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮއްގެން ބާއްވާ ” އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯލް ޓޯނަމެންޓް 2026 ” އިންތިޒާމްކޮށް، މުޅި މުބާރާތް ހިންގުމުގެ މަސްޢޫލިއްޔަތު ” ޑްރާފްޓް އެންޑް ކްރާފްޓް” އާ ޙަވާލުކޮށް، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮއްފިއެވެ. ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ  ކައުންސިލްގެ ރައީސް ރައީސްގެ ޢަލީ އިބްރާހީމެވެ. އަދި ޑްރާފްޓް އެންޑް ކްރާފްޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އޯނަރ...

ފާތިމަތު ސަޙާ
ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދައިފި

ށ. ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދުމަށް އެ ރަށު ކައުންސިލުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ބަނދަރު ބެލެހެއްޓުމަށް އަލަށް އެކުލަވާލާ އުޞޫލަކީ، ރަށުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮވެގެން އެކުލަވާލާ އުޞޫލަކަށް ހެދުމެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވަނީި ތިން ކަމަކަށް އަލިއަޅުވާލާފައެވެ. އެގޮތުން ބަދަރު ބެލެހެއްޓުމުގެ އުޞޫލާއި ގުޅޭ މަޢުލޫމާތު އޮޑިވެރިންނާ ހިއްސާކޮށް، އޮޑިވެރިންގެ ޚިޔާލާއި ކަންބޮޑުވު...

ފާތިމަތު ސަޙާ
ދުނިޔޭގެ ގާތުން ދޭ ހަފުތާ: ހަނިމާދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަނެއް 📍 ހދ. ހަނިމާދޫ

ދުނިޔޭގެ ގާތުން ދޭ ހަފުތާ: ހަނިމާދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަނެއް

2026 ވަނަ އަހަރުގެ ގާތުންދޭ ހަފުތާ ފާހަގަކުރުމުގެ ގޮތުން، ހދ. ހަނިމާދޫގެ މާބަނޑު މީހުންނަށާއި ގާތުންދޭ މައިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ސެ ޝަނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޕަބްލިކް ހެލްތު ޔުނިޓާއި، އާރް.އެޗް ސެންޓަރު އަދި ހަނިމާދޫ ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގެ މައިގަނޑު ޢަމާޒަކީ އެންމެން ގުޅިގެން  އާއިލާތައް ބިނާކުރުމުގައި ބޭނުންވާނެ މައުލޫމާތާއި، އަޅާލުން ދިނުމުގެ އިތުރުން އެހީތެރިކަމުގެ ވަރުގަދ...

ފާތިމަތު ސަޙާ
ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް

ހދ. ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް ތަރައްގީކޮށްފިއެވެ. އެ ރަށުގެ ކުޅި ސަރަހައްދުގައި ތަރައްޤީކުރި އައު ޖެޓީ ޕްލެޓްފޯމްގެ މަސައްކަތްކޮށްދީފައި ވަނީ އާރުޑީސީގެއިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ނޮޅިވަރަމް ރައްޔިތުންނާއި ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. އާރުޑީސީން އިއްޔެ ބުނިގޮތުގައި ނޮޅިވަރަމް ކައުންސިލުގެ އެދުމުގެ މަތިން، އެ ރަށުގެ ކުޅި ސަރަހައްދުގައި ތަރައްޤީކުރި އައު ޖެޓީ ޕްލެޓްފޯމްގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައިއެވެ. މި ޕްލެޓްފޯމްގެ މަސައްކަތަށް ބޭނުނ...

ޔުމްނާ ޢަލީ
ބިންތައް ކައުންސިލުން ވަކިކުރެވޭ ހަންނާނުގެ ބިލަށް ވޯޓު ނުދިނުމަށް އާތިފް ގޮވައިލަށްވައިފި

ބިންތައް ކައުންސިލުން ވަކިކުރެވޭ ހަންނާނުގެ ބިލަށް ވޯޓު ނުދިނުމަށް އާތިފް ގޮވައިލަށްވައިފި

ރަށްރަށުގެ ބިންތައް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރެއިން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ނުދެއްވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވައިފިއެވެ. މި އިސްލާހަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި މެމްބަރު ވިދާޅުވެފައި ވަނީ، ބައެއް ކައުންސިލްތަކުން މަޝްރޫއުތަކަށް ބިން ނުދީ ހިފަހައްޓ...

އައިޝަތު ޢާދަމް
ހަނިމާދޫގައި ކުރިއަށްގެންދިޔަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ކުރިއަށްގެންދިޔަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔަ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އޮގަސްޓް މަހުގެ 2 އިން 6 އަށް ހަނިމާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރައްޖެއަށް ކަނޑައަޅުއްވާފައި ހުންނ...

ޔުމްނާ ޢަލީ
މަަކުނުދޫ ފަޅުތެރޭގައި ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރަން އަނެއްކާވެސް ބިޑަށް 📍 ހދ. މަކުނުދޫ

މަަކުނުދޫ ފަޅުތެރޭގައި ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރަން އަނެއްކާވެސް ބިޑަށް

ރާއްޖޭގެ ތިން ސަރަހައްދެއްގައި “ހަލާލް ޓޫރިޒަމް” މޮޑެލްއަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ފުރުސަތު ހުޅުވާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލާފައިވަނީ ހދ. އަތޮޅާއި، ލ. އަތޮޅުގެ އިތުރުން ސ. އަތޮޅުގެ ސަރަހައްދުތަކެކެވެ. މި މަޝްރޫއުގެ ދަށުން އެންމެ ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވަނީ ހދ. މަަކުނުދޫ ފަޅުންނެވެ. އެ ފަޅުން ރިސޯޓު ތަރައްގީ ކުރުމަށް 200 ހ...

އިބްރާހިމް އަސްވާޤް
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާ ކުޅުދުއްފުށީގެ ފަންނުވެރިންނަށް ޓިކެޓާއި އިނާޔަތް ދެނީ 📍 ހދ. ކުޅުދުއްފުށި

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާ ކުޅުދުއްފުށީގެ ފަންނުވެރިންނަށް ޓިކެޓާއި އިނާޔަތް ދެނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރިވާ ކުޅުދުއްފުށީ ސިޓީގެ ފަރާތްތަކަށް ދެކޮޅު ޓިކެޓް ހަމަޖައްސައިދިނުމާއެކު، ކޮންމެ ބައިވެރިއަކަށް 5000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ 05 އޮގަސްޓް 2026 ގައި ބޭއްވުނު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 12 ވަނަ އާންމު ބައްދަލުވުމުގައެވެ. މި ނިންމުމަކީ މައުރަޒުގައި ބައިވެރިވާ ކުޅުދުއްފުށީ ސިޓީގެ އުފެއްދުންތެރިންނަށް ހިތްވަރުދީ، އެފަރާތްތަކަށް މާލީ ގޮތުން އެހީތެރ...

ޔުމްނާ ޢަލީ