މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ފަޚުރުވެރި އުތީމު ގަނޑުވަރު ބަލައިލަން ޒިޔާރަތެއް، އެނގެން މުހިންމު ކަންކަން 📍 ހއ. އުތީމު

ފަޚުރުވެރި އުތީމު ގަނޑުވަރު ބަލައިލަން ޒިޔާރަތެއް، އެނގެން މުހިންމު ކަންކަން

ދިވެހި ރާއްޖޭގެ މިނިވަންކަމުގެ މޭސްތިރިޔާ، އައްސުލްޠާން މުޙައްމަދު ތަކުރުފާނު އުޅުއްވި ބިނާއަށް ވަނުމަކީ ކޮންމެ ދިވެއްސެއްގެ ހިތުގައި ވެސް ފަޚުރުވެރިކަމުގެ އިޙްސާސްތައް އުފެދޭނެ ކަމެއްކަން ގައިމެވެ. ގަނޑުވަރުގެ އެތެރޭގެ ހަމަހިމޭންކަމާއި، އެ ތަނުގެ މާތްކަން ހިތަށް ވަނުމުން ކުރެވޭނީ އިޙްތިރާމްގެ އިޙްސާސެކެވެ. ގަނޑުވަރުގެ އެތެރޭގެ ފަރުމާއާއި އަތްތެރި މަސައްކަތްތައް ބަލައިލުމުން އެތައް އަހަރެއް ކުރީގެ ދިވެހިންގެ ވައްޓަފާޅި ހިތަށް ތަޞައްވުރު ކުރެވޭނެއެވެ. އަދި ގަނޑުވަރުގެ އެތެރޭގެ އަޖައިބު ކުރަނިވި ކ...

ސަލާމާ ޢަބްދުލް ޢަލީމް
ދިއްދޫ ހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު ހަތަރެއްގައި، ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު ހަތަރެއްގައި، ބައިވެރިވާން ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ދިއްދޫގެ އަންހެން ބޭފުޅުންނަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ހއ.ދިއްދޫ ހޭންޑްބޯޅަ މުބާރާތް 2026” ގައި  ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހަމައެކަނި ދިއްދޫގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިފައިވާ މި މުބާރާތުގެ މަޤްޞަދަކީ ދިއްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. މި މުބާރާތަށް...

ފާތިމަތު ސަޙާ
ކުޅުދުއްފުށީގައި ''ޕޮޒިޓިވް ޕޭރެންޓިން ސެޝަން'' އެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ''ޕޮޒިޓިވް ޕޭރެންޓިން ސެޝަން'' އެއް، ބައިވެރިވާން ހުޅުވާލައިފި

ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ބޭއްވުމަށް ހަމަޖެހިފައިވާ  “ޕޮޒިޓިވް ޕޭރެންޓިން ސެޝަން” ގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ( ކޭ.އާރް.އެޗް ) އިން ހުޅުވާލައިފިއެވެ. ޕޮޒިޓިވް ޕޭރެންޓިން ސެޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރުމަށް އެ ހޮސްޕިޓަލުގެ ނަމްބަރު 6528864 އަށް މިއަދުގެ 15:00 އިން ފެށިގެން ގުޅުއްވާ ނުވަތަ އެ ހޮސްޕިޓަލްގެ ވެބްސައިޓް www.krh.gov.mv ގެ ޕޭޝަންޓް ޕޯރޓ...

ފާތިމަތު ސަޙާ
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ހދ.އަތޮޅުގެ މެޗުތައް މާދަމާ ފަށަނީ

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ހދ.އަތޮޅުގެ މެޗުތައް މާދަމާ ފަށަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅުގެ މެޗުތައް މާދަމާ ފަށާނެއެވެ. މި މުބާރާތުގެ ހދ. އަތޮޅުގެ މެޗުތައް ހޯސްޓްކުރާ ރަށަކީ ނޮޅިވަރަންފަރެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ހދ. އަތޮޅުގެ ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހޯސްޓްކުރާ ރަށް ނޮޅިވަރަންފަރު، ހަނިމާދޫ އަދި ކުމުންދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނ...

ޔުމްނާ ޢަލީ
ކޭއާރުއެޗުގައި ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމަށް ހުޅުވާލައިފި

ކޭއާރުއެޗުގައި ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމަށް ހުޅުވާލައިފި

ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހެލްތު ޓްރިޕްގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ ނަންބަރު 6528864 އަށް ގުޅައިގެން ނުވަތަ އެ ހޮސްޕިޓަލުގެ ވެބްސައިޓް www.krh.gov.mv ގެ ޕޭޝަންޓް ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. މި މަލ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށްވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށްވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފި

ހދ. ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށް ވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފައިވާކަމަށް އެ ކުންފުނިން ނެރުނު “ވީކްލީ ސްޓެޓިސްޓިކްސް” ގައި ބުނެފިއެވެ. ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް (ކޭޕީއެލް)ގެ މި ރިޕޯޓުގައި ބުނާ ގޮތުން އޯގަސްޓް 2 އިން 8 އަށް ހިނގި ހަފުތާގައި އުތުރުގެ ޕޯޓުން ވަނީ 9،592 ޕެކޭޖުގެ ޖެނެރަލް ކާގޯ، 23،628 ޕެކޭޖުގެ ސްޕެއާ ޕާޓްސް އަދި 2834 ކާޓަން ޑްރިންކްސްގެ އިތުރުން 254 މޮޓޯސައިކަލާއި 1 ހެވީ ވެހިކަލް ކްލިއާ […]

ފާތިމަތު ސަޙާ
ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް

މިއަހަރުގެ ޒުވާނުންގެ ދުވަހަށް ޚާއްސަކޮށް ހާއްސަ ހަރަކާތްތަކެއް ގެންދަން ހދ. ނޭކުރެންދޫ ކައުންސިލުން ތައްޔާރުވެއްޖެއެވެ. ނޭކުރެންދޫގައި މި ދުވަސް ފާހަގަކުރުމަށް ގެންދަން ތައްޔާރުވެފައިވާ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ޒުވާނުންގެ ފޯރަމް އެވެ. “މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ދައުރު” މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ފޯރަމެއް އޮންނާނީ މިރޭ 20:45 ގައި އެރަށު ކައުންސިލް އިދާރާ އާއި ދެމެދު ބީޗު ސަރަހައްދުގައެވެ. މި ފޯރަމްގައި ދަރުސްދެއްވަން ހަމަޖެހިފައި ވަނީ އައްސައިޚް މ...

ފާތިމަތު ސަޙާ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (14)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (14)

9 އޯގަސްޓްގެ އަދަދާއި ގުޅޭ: ” ލޯބިވަނީތަ އަހަރެންދެކެ؟” މާޔާގެ ސުވާލުން އާއިޒަށް ސިހުން ލިބުނެވެ. އެހާ ސީދާކޮށް މާޔާ އެ ސުވާލު ކުރާނެ ކަމަށް އާއިޒް ހިތަކަށް ވެސް ނާރައެވެ. ދޭނެ ޖަވާބެއް ނޭނގިފައި އާއިޒަށް އިނދެވުނީ މާޔާގެ މޫނަށް ބަލާށެވެ. ” އަހަރެން މަތިން މިސްވާން ޖެހޭ ސަބަބެއް އޮންނާނެ އެއްނު.” އަނެއްކާ ވެސް މާޔާ ބުންޏެވެ. ހިތަށް އަރާ އެއްޗެހި ފަސޭހައިން ދުލުން ބޭރުކޮއްލަން މާޔާ ޖެހިލުމެއް ނުވެއެވެ. އަނެކާ ކޮންމެ އެއްޗެއް […]

ސަލާމާ ޢަބްދުލް ޢަލީމް
އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޕްލެޓްފޯމެއް ގާއިމުކުރުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް ހުށަހަޅައިފި 📍 ހދ. ހަނިމާދޫ

އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޕްލެޓްފޯމެއް ގާއިމުކުރުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް ހުށަހަޅައިފި

އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް، ހުރިހާ ރަށެއްގެ ޚިޔާލު ހޯދައި ރަނގަޅު ޕްލެޓްފޯމެއް އެކުލަވާލުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް އެރަށު ކައުންސިލުން ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުން ހުށަހަޅާފައި ވަނީ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީއާއި ކައުންސިލްތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ސިލްސިލާ ބައްދަލްވުންތަކުގެ ތެރެއިން...

ސަލާމާ ޢަބްދުލް ޢަލީމް
ނެއްލައިދޫގައި ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކުގެ މައުލޫމާތު ޕްރޮގްރާމެއް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކުގެ މައުލޫމާތު ޕްރޮގްރާމެއް

ހދ. ނެއްލައިދޫގައި، ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކާބެހޭ ގޮތުން ދަނޑުވެރިންނަށް ޢަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ. މިއީ ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ނެއްލައިދޫ ކައުންސިލް އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަަޞީލަތްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި މަޢުލޫމާތު ދެއްވީ މިނިސްރީގެ ފަރާތުން ހދ.ހަނިމާދޫ ސެންޓަރުން، އެގްރިކަލްޗަރ އޮފިސަރ...

ސަލާމާ ޢަބްދުލް ޢަލީމް
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯކްޝޮޕެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯކްޝޮޕެއް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން “ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯރކްޝޮޕް 2026” ގެ ނަމުގައި ވޯރކްޝޮޕެއް އިއްޔެ ބާއްވައިފިއެވެ. މިއީ އެ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، އޮޓޮމޭޓްކޮށް، ކަރުދާހާއި ނުލާ މަސައްކަތްކުރާ އިދާރާއަކަށް ހެދުމަށް އެކުލަވާލާފައިވާ ޑިޖިޓަލައިޒޭޝަން އެޖެންޑާގެ ތެރެއިން ހިންގާފައިވާ ވޯކްޝޮޕެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ވޯކްޝޮޕްގައި އެ ކައުންސިލްގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އިދާރީ މުވައ...

ފާތިމަތު ސަޙާ
ށ.ފޭދޫ އިން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި 📍 ށ. ފޭދޫ

ށ.ފޭދޫ އިން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުބިމަށް ކުރިމަތިލުމުގެ ފުރުޞަތު ށ. ފޭދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދަނޑުވެރިކަމަށް ބިން ދޫކުުރުމުގެ މަޤްޞަދަކީ އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ފުރުޞަތު ފަހިކޮށްދީ، ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމާޢި ފުދުންތެރި ރައްޔިތުން އުޅޭ ރަށަކަށް ހެދުންކަމުގައި ކައުންސިލުން މަޢުލޫމާތު ދެއެވެ.  އަދި އެ އުޞޫލުގެ ދަށުން ކޮންމެ ބިމެއް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން އެ ބިމެއް އެ މީހެއްގެ ކިބައި...

ފާތިމަތު ސަޙާ
ކުޅުދުއްފުށީ އުތުރު ބަނދަރުގެ ވަގުތީ އޮފީސް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އުތުރު ބަނދަރުގެ ވަގުތީ އޮފީސް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފި

ކުޅުދުއްފުށި ސިޓީގެ އުތުރު ބަދަނރު ސަރަހައްދުގައި ވަގުތީ ޖާގައިގައި ހިންގަމުންދިޔަ ބަނދަރު އޮފީސް، މިހާރު ވަނީ ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކަށް ބަދަލުކޮއްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި އޮފީސް ޒަމާނީކޮށް ތަރައްގީކޮށްފައި ވަނީ ޚިދުމަތް ދިނުމަށް ޚާއްޞަ ކައުންޓަރަކާއި، އޮފީސް ބަޔަކާއި އަދި ގުދަނެއް ހިމެނޭގޮތަށެވެ. ކުޅުދުއްފުށީ ސިޓީއަކީ ގިނަ ޚިދުމަތްތަކެއް ގާއިމުވެފައިވާ އުތުރުގެ ވިޔަފާރީގެ ވެސް މައި ހަބުކަމުން އެ ސިޓީއަށް ޚިދުމަތްތައް ހޯދަން ކޮންމެ ދުވަހަކުވެސް ގިނަ އަދަ...

ފާތިމަތު ސަޙާ
ދަރިވަރުންގެ އުފެއްދުންތެރި ވިސްނުމާއި ހުނަރުތައް ދައްކުވައިދިން ޖަލާލުއްދީން ސްކޫލްގެ ''ބިޒްނަސް އެކްސްޕޯ'' ވަރަށް ކާމިޔާބު 📍 ހދ. ކުޅުދުއްފުށި

ދަރިވަރުންގެ އުފެއްދުންތެރި ވިސްނުމާއި ހުނަރުތައް ދައްކުވައިދިން ޖަލާލުއްދީން ސްކޫލްގެ ''ބިޒްނަސް އެކްސްޕޯ'' ވަރަށް ކާމިޔާބު

ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންގެ އުފެއްދުންތެރި ވިޔަފާރި ޚިޔާލުތަކާއި ހުނަރުތައް ދައްކާލުމަށް ބޭއްވި “ބިޒްނަސް އެކްސްޕޯ 2026” ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މިއީ އެ ސްކޫލުގެ ގްރޭޑް 9، 10، 11 އަދި 12 ގެ ދަރިވަރުންގެ އާދަޔާޚިލާފު ވިޔަފާރި ޚިޔާލުތަކާއި، ވިޔަފާރިވެރިކަމުގެ މަޝްރޫޢުތަކާއި، އުފެއްދުންތެރި ހައްލުތައް ދައްކާލުމަށް އެކުދިންނަށް ފަހިކޮށްދެވުނު ފޯރިގަދަ ޕްލެޓްފޯމެކެވެ. ޖަލާލުއްދީން ސްކޫލުން އެ ސްކޫލްގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ މުޅި އެކްސްޕޯގެ ތެރޭގައ...

ފާތިމަތު ސަޙާ
ހޯރަފުށީ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހޯރަފުށީގެ ކްލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ “ހޯރަފުށީ ކައުންސިލް ކަޕް” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި މުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހޯރަފުށީ ކްލަބް ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހޯރަފުށީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއ...

ފާތިމަތު ސަޙާ