މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ވަލުތެރޭގައްޔާއި މަގުމަގުގެ ކައިރީގައި ހުއްދަނެތި ގަސް އިންދުން ނޮޅިވަރަންފަރު ކައުންސިލުން މަނާކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ވަލުތެރޭގައްޔާއި މަގުމަގުގެ ކައިރީގައި ހުއްދަނެތި ގަސް އިންދުން ނޮޅިވަރަންފަރު ކައުންސިލުން މަނާކޮށްފި

ހދ. ނޮޅިވަރަންފަރު ވަލުތެރޭގައްޔާއި މަގުމަގުގެ ކައިރީގައި ހުއްދަނެތި ގަސް އިންދުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ. އެ ރަށު ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަލުތެރޭގައިވާ ބޮޑެތި މިދިލަގަސްތަކާއި އެނޫންވެސް ގަސްގަހަށާއި ރުއްތަކުގައި އަލިފާންރޯކޮށް، ކެނޑުމަށްފަހު، ރަށުގެ ވަލުތެރޭގައްޔާއި މަގު މަގުގެ ކައިރީގައި، މަގަށް އަރާގޮތަށް ކެޔޮގަހާއި ބަބުކެޔޮ ގަސް އިންދުމަށް ވަޅުކޮނެ، މުޅިރަށުގެ ތިމާވެށި ހަލާކުވެފައިވާކަންވަނީ އެފަރާތުގެ ސަމާލުކަމަށް އައިސްކަމަށެވެ. މިކަމާ ގުޅިގެން ހ...

އަޙްމަދު އަރުޝަމް
ފުލުހުންގެ ތަޙުގީގަށް 2 މީހަކު ހޯދަނީ 📍 ށ. މަރޮށި

ފުލުހުންގެ ތަޙުގީގަށް 2 މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން 2 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މިއަދު 13.19 ގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނިގޮތުން މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ 21 އަހަަރުގެ، ށ. މަރޮށި/ހަވާ ސަދުޙާން އަޙްމަދު ޒާހިރު  އާއި 25 އަހަރުގެ، ހދ. ހަނިމާދޫ / ޗިޅިޔާގެ މުޙައްމަދު ސިނާން އެވެ. މި 2 މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި […]

އަޙްމަދު އަރުޝަމް
ބޮމުގެ ހަމަލާގައި އަނިޔާވި "އާންމު މީހާ" ހާލުގައި ޖެހި އާންމުންގެ އެހީއަށް!

ބޮމުގެ ހަމަލާގައި އަނިޔާވި "އާންމު މީހާ" ހާލުގައި ޖެހި އާންމުންގެ އެހީއަށް!

އާދަމް އުމަރަކީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނީލޯފަރުމަގުގައި ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާގައި އަނިޔާލިބުނު މީހުންގެ ތެރެއިން އެކަކެވެ. އާދަމް އުޅެ ބޮޑުވީ މަންމަގެ ރަށް ކަމުގައިވާ ހދ.ވައިކަރަދޫގައެވެ. އޭނާގެ އަންހެނުންގެ ރަށަކީވެސް އެއީއެވެ. ކައިވެންޏަށް މިހާރު 17 އަހަރު ވެފައިވާއިރު، ދެމަފިރިން އެކުގައި މާލެ ބަދަލުވީ މީގެ 11 ވަރަކަށް އަހަރު ކުރިންނެވެ. ދިރިއުޅުން މާލެއަށް ބަދަލުކުރި އެންމެ ބޮޑު ސަބަބަކީ ދަރިން ލިބުމުގައި ދިމާވި މައްސަލަތަކަށް ހައ...

އިބްރާހިމް ޚަލީލް
21 ދުވަސް ފަހުން މިލަންދޫ މޮނިޓަރިން ހާލަތުން ނަގައިފި 📍 ށ. މިލަންދޫ

21 ދުވަސް ފަހުން މިލަންދޫ މޮނިޓަރިން ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން، ށ. މިލަންދޫ މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 21 ދުވަސް ފަހުންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 20 ވަނަ ދުވަހުގެ 18:01 އިން ފެށިގެންނެވެ. އެ ހާލަތުން ވީއްލީ 9 ޖޫން 23:57 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިލަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވް […]

ތިލަދުން
ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތައް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތައް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ. އެސިޓީ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ. މިމީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ބަލީގެ އަލާމަތްތައް ހުރެގެން އެމީހާ ވަނީ ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދައްކާފަ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ،  އެސިޓީ މޮނީޓަރިންގެ ހާލ...

އަޙްމަދު އަރުޝަމް
150 ރެންޑަމް ސާމްޕަލް ނެގެޓިވްވެ، މިލަންދޫ އާންމު ހާލަތަށް ދިއުމުގެ އުންމީދުގައި 📍 ށ. މިލަންދޫ

150 ރެންޑަމް ސާމްޕަލް ނެގެޓިވްވެ، މިލަންދޫ އާންމު ހާލަތަށް ދިއުމުގެ އުންމީދުގައި

ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ށ. މިލަންދޫ އެހާލަތުން އާންމު ހާލަތަކަށް ދިއުމަށް ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ވަޒަން ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ. އެރަށުގައި ބަލިފެތުރިފައި ވޭތޯ ބެލުމަށް އެންމެފަހުން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގީ ހުސްވި މޭމަހު ފަހުކޮޅުއެވެ. އެ ސާމްޕަލްތައް ވެސް ވަނީ ނެގެޓިވްވެފައެވެ. އެފަހަރު 200 ރެންޑަމް ސާމްޕަލެއް ނެގިއެވެ. މިލަންދޫ ސިއްހީ މަރުކަޒުން މިރޭ ވިދާޅުވީ، އެރަށް މޮނިޓަރިން ހާލަތުން އާންމު ހާލަތަކަށް […]

ޔުމްނާ ޢަލީ
ކޯވިޑް19: ހދ. އަތޮޅު 9 ރަށެއްގައި 108 އެކްޓިވް ކޭސް

ކޯވިޑް19: ހދ. އަތޮޅު 9 ރަށެއްގައި 108 އެކްޓިވް ކޭސް

ކޯވިޑް19 ގެ ރާއްޖެއަށް ފެތުރި މިބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު ހދ. އަތޮޅުގެ 9 ރަށެއްގައި 108 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ހާމަކޮށްފި އެވެ. ކޭއާރުއެޗްއިން މިރޭ އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު މިއަދު އެކަނިވެސް އެކިރަށްރަށުން 23 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މިއަދު ބަލިން ފަސޭހަވެފައިވަނީ 21 މީހެކެވެ. އަލަށް ޕޮޒިޓީވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 31 ފުރަބަންދު، ކޮންޓެކްޓް ޓްރޭސިންއިން 57 މީހަކާއި...

އިބްރާހިމް އަސްވާޤް
މިސާލުބަސް (1): "އުތީމު މީހުން މުލިދޫއަށް އަރައިގެން އުޅޭހެން" 📍 ހއ. އުތީމު

މިސާލުބަސް (1): "އުތީމު މީހުން މުލިދޫއަށް އަރައިގެން އުޅޭހެން"

ދިވެހި ބަހުން ލިޔާ ލިޔުންތަކުގެ ފުރިހަމަކަން އިތުރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބުނުންތަކެއް ހުރެއެވެ. އޭގެތެރޭގައި ހަރުބަސް، މުސްކުޅިބަސް، ބޯދާބަސް، މިސާލު، މިސާލުބަސް، މަޖާޒު އަދި މަޖާޒީ މިސާލު ފަދަ ބުނުންތައް ހިމެނެއެވެ. ތަފާތު ނަންނަމުގައި މިބަސްތައް ބޭނުން ކުރެވެމުން އައި ނަމަވެސް މި ހުރިހާ ބަސްތަކަކުން ކޮށްދެނީ އެއްކަމެއް ކަމުގައި ދެންނެވިދާނެއެވެ. އެއީ ލިޔުންތައް އިތުރަށް ފުރިހަމަކޮށް ރީތިކުރުމެވެ. ހުރިހައި މިސާލުބަސްތަކަކީ އޭގައި ހަޤީޤަތެއް އެކުލެވިގެންވާ ބުނުމެކެވެ. މިސާލުބ...

އިބްރާހިމް ޚަލީލް
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީ ފުލޫ ކުލިނިކަށް ދެއްކި މީހަކާއި އެކު އިތުރު 3 މީހުން އެރަށުން ޕޮޒިޓިވް ވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއްވި ގޮތުގައި ފުލޫ ކުލިނިކުން ނެގުނު ސާންޕަލްއިން ޕޮޒިޓިވްވެފައިވަނީ 45 އަހަރުގެ ފިރިހެނެކެެވެ. މިމީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ބަލީގެ އަލާމަތްތައް ހުރެގެން އެމީހާ ވަނީ ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދައްކާފަ އެވެ. މީގެ އިތުރުން އެރަށުން ޕޮޒިޓިވް ވެފައިވާ އިތުރު 3 މީހުންނަކީ ފުރަބަންދުގައި ތިބި […]

އަލީ އާދިލް
ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހދ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ. އެ ދެބެއިން ޕޮޒިޓިވްވިކަން އެނގުނީ ހަވީރު 4 ޖަހާކަށް ހާއިރުއެވެ. އެއީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެއިންނެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ، ޑޮކްޓަރަށް ދައްކަން ސިއްހީ...

ޝިއުނާ އާދަމް
ހަނިމާދޫ ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވެއްޖެ، ސްކޫލް ދަރިވަރެއް ހިމެނޭ! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވެއްޖެ، ސްކޫލް ދަރިވަރެއް ހިމެނޭ!

ހދ. ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، އެ ދެބެންނަކީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެންކަމަށެވެ. އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރަކު ހިމެނެއެވެ. “އަލާމާތްތައް ހުރެގެން އެ ދެބެން ދެއްކީ، ރޯގާގެ އަލާމާތް ހުއްޓަސް އަޅުގަނޑުމެން މިދަނީ ޓެސްޓް ކުރަމުން، އިއްޔެ ކުރީ ދުވަހު […]

ޔުމްނާ ޢަލީ
42 އަހަރުގެ އަގުހުރި ހިދުމަތަށްފަހު ދިއްދޫ މުހައްމަދު ނަޞީރު ރިޓަޔާ ކުރައްވައިފި 📍 ހއ. ދިއްދޫ

42 އަހަރުގެ އަގުހުރި ހިދުމަތަށްފަހު ދިއްދޫ މުހައްމަދު ނަޞީރު ރިޓަޔާ ކުރައްވައިފި

42 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކޮށް ދެއްވި ހއ. ދިއްދޫ  “ތިލަދޫ” މުޙައްމަދު ނަޞީރު އިއްުޔެ ރިޓަޔާ ކުރަށްވައިފިއެވެ. އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ ތިލަދުންމަތީ އުތުރުބުރީ (ހއ) އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރގެ މަޤާމުގައެވެ. މުޙައްމަދު ނަޞީރު ސަރުކާރުގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވީ 29 މާރިޗް 1979 ގައި އެއަރ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީކަމުގެ މަގާމަށެވެ. އޭގެފަހުން އިނގިރޭސި ވިލާތުން ހެޑްމާސްޓަރކަމުގެ ކޯސް ފުރިހަމަ ކުރައްވާ 1981 ގައި ތަޢުލީމީ ދާއިރާއާ ގުޅިވ...

ޝިއުނާ އާދަމް
ދިއްދޫ ހިއްކި ސަރަހައްދުގައި ޖަހާފައިހުރި ހިލަތަކުގެ ތެރެއަށް ކުނި ނޭޅުމަށް އެދެފި 📍 ހއ. ދިއްދޫ

ދިއްދޫ ހިއްކި ސަރަހައްދުގައި ޖަހާފައިހުރި ހިލަތަކުގެ ތެރެއަށް ކުނި ނޭޅުމަށް އެދެފި

ހއ. ދިއްދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ހިލަތަކުގެ ތެރެއަށް އެއްވެސް ޒާތެއްގެ ކުންޏެއް ނޭޅުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން އެދެފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ދިއްދޫ ހިއްކި ސަރަގައްދުގެ މޫދަށާއި ހިލަތަކުގެ ތެރެއަށް ކުނީގެ އިތުރުން ކެއިން ބުއިމަށް ބޭނުންކުރާ ކުނިވާޒާތުގެ ތަކެތި އަޅަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. ކުނިވާޒާތުގެ ތަކެތި އެޅުމުގެ ސަބަބުން އެ ސަރަހައްދުގައި ވަސްނުބައިވެ ބުޅަލާއި އަދި އެ...

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހއ. ދިއްދޫ

ތިލަދުންމަތީ ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުނންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގުތަކަށް ވެލިއެޅުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 3...

އަޙްމަދު ވަހީދު
މެމްބަރުން ވޯޓުލީގޮތް ނުހިމަނާ، ނައިވާދޫ ކައުންސިލުގެ ނިންމުންތައް އާންމުކުރަން ނިންމައިފި 📍 ހދ. ނައިވާދޫ

މެމްބަރުން ވޯޓުލީގޮތް ނުހިމަނާ، ނައިވާދޫ ކައުންސިލުގެ ނިންމުންތައް އާންމުކުރަން ނިންމައިފި

ހދ. ނައިވާދޫ ކައުންސިލުން ނިންމާނިންމުންތައް ވަކިން ލިޔެލުމަށްފަހު ހުރިހާ މެމްބަރުންގެ ސޮއިއާއިއެކު ވޯޓްލީގޮތް ނުހިމަނާ އާންމުކުރަން އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ 27 މެއި 2021 ގައި ބޭއްވި އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މިނިންމުން މިގޮތައް ނިންމާފައިވަނީ ކީއްވެތޯ “ތިލަދުން” ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު މުޙައްމަދު ވިދާޅުވެފައިވަނީ ކައުންސިލުގެ...

އިބްރާހިމް ޚަލީލް