📍 ށ. މަރޮށި
"ނަފުރަތުގެ އަމަލު"ބިލުން ބޮޑު ފިތުނައެއް އުފެދިދާނެ: މަރޮށި ކައުންސިލް
“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު އޮތްގޮތުން ދިވެހި ގައުމުގައި ބޮޑު ފިތުނައެއް އުފެދި، ދީނީ އިލްމުވެރިންނަށް މުންކަރާތްތައް މަނާކުރުމަށް އޮތް ދޮރުތައް ބަންދުވެދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ށ. މަރޮށި ކައުންސިލުން ބުނެފިއެވެ. މަރޮށި ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވ...