📍 ހދ. ކުޅުދުއްފުށި
ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ޝޫޓްކުރި "ކަނބުލޮ" އޯގަސްޓް މަހު އަޅުވަނީ
ހދ. ނޮޅިވަރަންފަރާއި ހދ. ކުޅުދުއްފުށި ސިޓީގައި ޝޫޓްކުރި “ކަނބުލޮ” މި އަހަރުގެ އޯގަސްޓް މަހު އަޅުވާނެ ކަމަށް އިޢުލާނުކޮށްފިއެވެ. ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން ހުށަހަޅާ މި ފިލްމަކީ، ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކުން އެމީހުންނަށް ދެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރުކުރުވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ. މި ފިލްމުގައި މުޖުތަމަޢުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކ...