ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދިޔަ ކުދިން: މިއަދު ޒުވާނުން
ދިވެހި ރާއްޖޭގައި، ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދާ 5000 ށްވުރެ ގިނަ ކުދިން އެބަތިބިކަމަށް އަޅުގަޑަށް ގަބޫލުކުރެވެއެވެ. މިއީ ލިބެން ހުރި ހިސާބުތަކުގެ މައްޗަށް އަންދާޒާކޮށް ނެރެފައިވާ އަދަދެކެވެ. ކުޑައިރު މިގޮތަށް ނުހައްގު އަނިޔާއާއި ގޯނާއާއި ކުރިމަތިވި އެތައް ކުދިންނެއް އެ އުދާހުގެ ތެރޭގައި ދިރިއުޅުން ވޭތުކުރަމުން އެގެންދަނީ މިއަދު ޒުވާނުންގެ ގޮތުގައެވެ. އެއީ ވެސް ހާހުން ގުނާލެވޭނެ އަދަދެކެވެ. އެމީހުން އިންސާފު ހޯދަން ދާނެތަނެއް ނެތެވެ. އިންސާފު ނުލިބޭނެކަމުގެ ޔަގީންކަން އޮތީމައެވެ...