ކަނޑިތީމުދާއިރާގެ ކުރީގެ މެމްބަރ މުޙައްމަދު ޙުސައިންގެ ފައުންޑޭޝަން "އެމްއެޗް ފައުންޑޭޝަން" އިން ށ. ގޮއިދޫގައި ޒަމާނީ ޖިމްއެއް ހުޅުވައިފިއެވެ.
ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ތިލަދުން އަށް މަޢުލޫމާތު ދެއްވިގޮތުގައި މިޖިމް ހުޅުވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ޖިމް ހުޅުވުމުގެ ކުރިން 120 ދުވަހުގެ ޓްރެއިނިން ޕްރޮގްރާމްއެއް ބާއްވާފައިވާނެކަމަށާއި މިޕްރޮގްރާމްގައި ބޭނުމަކީ ޖިމްގައި ހުރިތަކެތި ބޭނުންކުރާނެގޮތާއި ރައްކާތެރި ގޮތްތަކާއި ބެހޭ ގޮތުން މަޢުލޫތު ދިނުމެވެ. މިވަގުތު ކުރިއަށްގެންދަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި މެމްބަރޝިޕް ބެލެހެއްޓިގެން ކުރިއަށްގެންދިއުމުގެ ވިސްނުން ހުރިކަމަށް ޝާހިދު ވިދާޅުވިއެވެ.
“މިއީ ޒުވާނުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް، ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް ލިބިގެންދިޔަ ވަރަށް މުހިންމު ކަމެއް، މިކަން ކުރުމުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން"
ގޮއިދޫ ކައުންސިލްގެ ރައީސް ޝާހިދު ވިދާޅުވިއެވެ.
މިޖިމްއަކީ ތަފާތުއެކި ޚިދުމަތްތަކާއިއެކު ޒަމާނީ ފެންވަރުގެ ޖިމްއެއްކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!