މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ގޮއިދޫ (95 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
95 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ގޮއިދޫގެ އެންމެ ފަހުގެ ޚަބަރުތައް

95 ޚަބަރުގެ ތެރެއިން
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ޕްލޭއޮފް ދެވަނަ މެޗު ގޮއިދޫ ކާމިޔާބުކޮށްފި 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ޕްލޭއޮފް ދެވަނަ މެޗު ގޮއިދޫ ކާމިޔާބުކޮށްފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ޕްލޭއޮފް ދެވަނަ މެޗު ގޮއިދޫއިން ކާމިޔާބު ކޮށްފިއެވެ. ޕްލޭއޮފް ދެވަނަ މެޗުގައި މިއަދު ބައްދަލު ކޮށްފައި ވަނީ ޕްލޭއޮފް ފުރަތަމަ މެޗުން ބަލިވި ކޮމަންޑޫއާއި ގްރޫޕް ބީގެ ދެވަނަ ހޯދި ގޮއިދޫއެވެ. މި މެޗު މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި […]

އިބްރާހިމް ޚަލީލް
މިއަދުގެ މެޗުތައް މިލަންދޫއާއި ނޫމަރާ އަދި ނަރުދޫއިން ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ގޮއިދޫއަށް ހަނި މޮޅެއް 📍 ށ. ނޫމަރާ

މިއަދުގެ މެޗުތައް މިލަންދޫއާއި ނޫމަރާ އަދި ނަރުދޫއިން ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ގޮއިދޫއަށް ހަނި މޮޅެއް

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މިލަންދޫއާއި ނަރުދޫ އަދި ނޫމަރާއިން ފަސޭހަ ކަމާއިއެކު މޮޅުވިއިރު ގޮއިދޫ ވެސް ފޭދޫއަތުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. މިއަދު ގްރޫޕް އޭގައި ނަރުދޫގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ފީވަކެވެ. މި މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ތިންވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫއިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި ނަރުދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފީވަކާއި ނަރުދޫއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ނަރުދޫ، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގު ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ނަރުދޫ، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގު ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ދެވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މަރޮށި، ގޮއިދޫ، ކަނޑިތީމް، ފުނަދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތް ތިން ގްރޫޕަކަށް ބަހާލައިގެން ތިން ގްރޫޕްގެ މެޗުތައް ތިން ރަށުގައި ކުޅެމުން އަންނައިރު، ގްރޫޕް އޭ ގެ މެޗުތައް ކުޅެމުން އަންނަނީ ނަރުދޫގައެވެ. ގްރޫޕް އޭގައި އިއްޔެ ފޯކައިދޫއާއި ނަރުދޫ ބައްދަލުކުރި މެޗު […]

އިބްރާހިމް ޚަލީލް
މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. ގޮއިދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރީ ގޮއިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ”މި މަހު 27 ވަނަ ދު...

ޔުމްނާ ޢަލީ
ގޮއިދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ށ. ގޮއިދޫ

ގޮއިދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ށ. ގޮއިދޫ ފެރީ ސްޓޮޕްގައި ގާއިމުކުރެވޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފި އެވެ. މިއީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ސްޓޮޕެކެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓް ގާއިމުކުރާނެއެވެ. އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. އަދި ށ. އަތޮޅުގައި މިހާރު ވަނީ ފެރީ ދަތުރުތައް ފަށައިފައެވެ. މިއީ ހައިސްޕީޑް ލޯންޗް […]

އަޙްމަދު ވަހީދު
ބ. ގޮއިދޫން މަސްތުވާތެކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ބ. ގޮއިދޫން މަސްތުވާތެކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ގޮއިދޫގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގޮއިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރަންއުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އެރަށުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއ...

ޔުމްނާ ޢަލީ
ގޯލަޑަން ފުޓުސަލް ޗެލެންޖު: އިހަވަންދޫ، ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫއަށް މޮޅެއް 📍 ހއ. އިހަވަންދޫ

ގޯލަޑަން ފުޓުސަލް ޗެލެންޖު: އިހަވަންދޫ، ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫއަށް މޮޅެއް

ސްނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި 2 ވަނަ ރޭ ކުޅުނު މެޗުތަކުން ހއ. އިހަވަންދޫ، ހދ. ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫ ވެސް ކުޅުނު މެޗްކާމިޔާބު ކޮށްފި އެވެ. ރޭ ހއ އަތޮޅުގެ 2 މެޗެއް ކުޅެފައިވާއިރު މުރައިދޫ ކެލާ ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުންވަނީ އެއްވަރުވެފަވާއިރު 3-2 ގެ ނަތީޖާއިން ބާރަށް މައްޗަށް އިހަވަންދޫ ވަނީ ކުރިހޯދާފައެވެ. ހދ.އަތޮޅުގެ 2 މެޗު ކުޅެފައިވާއިރު 4-3 ގެ ނަތީޖާއިން މަކުނުދޫވަނީ ނެއްލައިދޫ ބަލިކޮށްފައެވެ. ދެވަނަ […]

އަލީ ރިޔާޟް
ގޮއިދޫ ދަނޑުވެރިންނަށް ކައުންސިލްގެ ފަރާތުން ހެޔޮ އަގެއްގައި ގަސްކާނާ ފޯރުކޮށްދެނީ 📍 ށ. ގޮއިދޫ

ގޮއިދޫ ދަނޑުވެރިންނަށް ކައުންސިލްގެ ފަރާތުން ހެޔޮ އަގެއްގައި ގަސްކާނާ ފޯރުކޮށްދެނީ

ރަމަޟާން މަހުގެ ދަނޑުވެރިކަމަށް ށ. ގޮއިދޫ ދަނޑުވެރިންނަށް، އެރަށު ކައުންސިލްގެ ފަރާތުން ހެޔޮއަގެއްގައި ގަސްކާނާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން 8 ޓަނުގެ ގަސްކާނާ ދަނޑުވެރިންނަށް ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ ގޮއިދޫ ކައުންސިލުން ގަސްކާނާ ގެނެސްފައި މިވަނީ އާއްމުކޮށް ގަސްކާނާ ލިބެން ހުންނަ އަގަށް ވުރެ އަގުހެޔޮކޮށް އެރަށުގެ ދަނޑުވެރިންނަށް ވިއްކުމުގެ ގޮތުންނެވެ. އެގޮތުން ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން...

އައިޝަތު ނަސާޔާ
ގޮއިދޫ ފުޓްސަލް ދަނޑު އޭ ކެޓަގަރީގެ ދަނޑެއް ގޮތުގައި ތަރައްގީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި 📍 ށ. ގޮއިދޫ

ގޮއިދޫ ފުޓްސަލް ދަނޑު އޭ ކެޓަގަރީގެ ދަނޑެއް ގޮތުގައި ތަރައްގީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ށ. ގޮއިދޫ ފުޓްސެލް ދަނޑު މަރާމަތުކޮށް އޭ ކެޓަގަރީގެ ދަނޑެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ އިއްޔެ ވެވުނު މިއެއްބަސްވުމުގައި ކައުންސިލާއި އެކު ސޮއި ކޮށްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައި ކޮމްޕެނީ ކަމަށެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދުއެވެ. އަދި އެކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރ...

އައިޝަތު ނަސާޔާ
ގޮއިދޫ ސްކޫލުގައި 8 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ގޮއިދޫ

ގޮއިދޫ ސްކޫލުގައި 8 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ގޮއިދޫ ސްކޫލުގައި 08 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ބުނީީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. ގޮއިދޫ ސްކޫލްގައި 8 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ  ފުރުޞަތު މިކަމަށް  ޝަރުޠުހަމަވާ  ހުރިހާ  ފަރާތްތަކަށް ފިނޭން މިނިސްޓްރީއިން ވަނ...

ޝިއުނާ އާދަމް
ގޮއިދޫ ކައުންސިލުން އެދުނީ، އެ ރަށާއި ކައިރިން ރިސޯޓެއް ތަރައްޤީކުރުމަށް 📍 ށ. ގޮއިދޫ

ގޮއިދޫ ކައުންސިލުން އެދުނީ، އެ ރަށާއި ކައިރިން ރިސޯޓެއް ތަރައްޤީކުރުމަށް

ށ. ގޮއިދޫ ކައިރިން ރިސޯޓެއް ތަރައްޤީކޮށްދެއްވުން އެދި މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ދަންނަވައިފި އެވެ. އެކައުންސިލުން މިގޮތައް އެދިފައިވަނީ މިއަދު މެންދުރުފަހު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ކަންތައްތައް ރައީސް އާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ޒުވާނުންގެ 70 އިންސ...

އަލީ އާދިލް
ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ތަރައްޤީކުރަމުންގެންދާތީ، ރައްޔިތުންތިބީ އުފަލުން: ށ. ގޮއިދޫ ކައުންސިލް 📍 ށ. ގޮއިދޫ

ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ތަރައްޤީކުރަމުންގެންދާތީ، ރައްޔިތުންތިބީ އުފަލުން: ށ. ގޮއިދޫ ކައުންސިލް

މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ވަޢުދުވީ ފަދައިން ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގޮއިދޫގައި ތަރައްޤީކުރަމުންގެންދާތީ، ކައުންސިލާއި ރައްޔިތުންތިއްބެވީ ވަރަށް ހިތްހަމަޖެހިފައިކަމުގައި މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެކައުންސިލުން މިހެން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އާއި މިއަދު މެންދުރުފަހު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި  ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުން ވަނީ ރަ...

އަލީ އާދިލް
ހިރިމަރަދޫ އަދި ގޮއިދޫ ސްކޫލް ހިމެނޭހެން 6 ސުކޫލަކަށް ޕްރިންސިޕަލުން ހޯދަނީ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ އަދި ގޮއިދޫ ސްކޫލް ހިމެނޭހެން 6 ސުކޫލަކަށް ޕްރިންސިޕަލުން ހޯދަނީ

ހދ. ހިރިމަރަދޫ ސްކޫލާއި، ށ. ގޮއިދޫ ސްކޫލް ހިމެނޭހެން 6 ސުކޫލަކަށް ޕްރިންސިޕަލުން ހޯދަން ޢިއުލާންކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުން އެ ދެރަށުގެ ސްކޫލްތަކުގެ އިތުރުން ދެން ޕްރިންސިޕަލުން ހޯދަނީ ގއ. ކޮނޑޭ ސްކޫލާއި ވާދޫ ޖަމާލުއްދީން ސްކޫލާއި މ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ނ. މަގޫދޫ ސްކޫލަށް ކަމަށެވެ. ޕްރިންސިޕަލްކަމުގެ ތަފާތު ހަތް ރޭންކެއް ހިމެނޭއިރު އެންމެ ދަށް ރޭންކުން އެ މަގާމަށް ހޮވޭ މީހަކަށް ވެސް އަސާސީ […]

ޝިއުނާ އާދަމް
ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި 📍 ށ. ގޮއިދޫ

ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. މިއަދު ގޮއިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފަށަައިދިނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކަނޑިތީނު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީން އަބްދުލް ހަކީމާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ށ. އަތޮޅު ކައުންސިލުގެ ރައީސް އިބްރާހިމް ޝިޔާމް އަދި ގޮއިދޫ ކައުންސިލުގެ ރައީސް އިންރާހިމް ޝާހިދެވެ. މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދ...

އަޙްމަދު ވަހީދު